އެމްޑީޕީގެ ޓިކެޓުގައި ފަރެސްމާތޮޑާ ދާއިރާއަށް ވާދަކުރައްވާ އަހުމަދު ޒައީމު ގަޔަށް ކަޅުތެޔޮ ޖަހާފައި-- ފޮޓޯ: އެމްޑީޕީ
07 މާޗް 2024 - 18:47
އަންނަ މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ޕީއެސްއެމުން ބާއްވާ ބަހުސަށް ވަޑައިގަންނަވަނިކޮށް، އެމްޑީޕީގެ ފަރެސްމާތޮޑާ ދާއިރާގެ ކެންޑިޑޭޓް އަހުމަދު ޒައީމްގެ ގަޔަށް ބަޔަކު މިއަދު ކަޅުތެޔޮ ޖަހައިފި އެވެ.
އެމްޑީޕީގެ ޓިކެޓުގައި ފަރެސްމާތޮޑާ ދާއިރާއަށް ވާދަކުރައްވާ އަހުމަދު ޒައީމު ގަޔަށް ކަޅުތެޔޮ ޖަހާފައި-- ފޮޓޯ: އެމްޑީޕީ
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ އަމީނީ މަގުގައި ހުންނަ އެމްއެންޔޫގެ ފެކަލްޓީ އޮފް އެޑިޔުކޭޝަން (އެފްއީ) އިމާރާތުގެ ކައިރީގައި ޒައީމް ހުއްޓިވަޑައިގެން ހުންނަވާ ތަނެވެ. ހުދު ގަމީހެއްގައި އޭނާ ހުންނެވިއިރު، އެ ގަމީހަށް ގިނަ އަދަދަކަށް ކަޅުތެޔޮ ޖަހާފައި ހުއްޓާ ފެނެ އެވެ.
ކެންޑިޑޭޓުންގެ ބަހުސް ބާއްވަނީ އެމްއެންޔޫގަ އެވެ.
އެމްޑީޕީގެ ޓިކެޓުގައި ފަރެސްމާތޮޑާ ދާއިރާއަށް ވާދަކުރައްވާ އަހުމަދު ޒައީމު ގަޔަށް ކަޅުތެޔޮ ޖަހާފައި-- ފޮޓޯ: އެމްޑީޕީ
އެ އަމަލު ކުށްވެރިކޮށް، އިިދިކޮޅު އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ޒައީމް ބަހުސް އަށް ވަޑައިގެންނެވި މަގުމަތީގައި ކަޅުތެޔޮ ޖެހުމުގެ ހަމަލާއެއް ދިނުމަކީ ފިނޑި އަމަލެއް ކަމަށާއި އެކަން އެ ޕާޓީން ކުށްވެރިކުރާ ކަމަށެވެ.
ފަރެސްމާތޮޑާ ދާއިރާގެ ބަހުސް އޮތީ ހަވީރު 5:00 ގަ އެވެ. އެނގިފައިވާ ގޮތުގައި ޒައީމް ވަނީ ގަމީސް ބަދަލުކުރައްވައިގެން ވަޑައިގެން އެ ބަހުސްގައި ބައިވެރިވެވަޑައިގެންފަ އެވެ.
މިއީ ކޮން ބަޔަކު ކުރި ކަމެއްކަން އަދި އެ މައްސަލަ ފުލުހުންނަށް ހުށަހެޅިކަން ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެޔޮ
09 March 2024
ތީނަަކީ ޑިމޮކްރެޓްސް މީހެއް. ހެދިނެހެދިއެއް ނޭނގެ. އޑޕ ޓިކެޓް ދިންތަން ފެނުނީ..
ދާރތީ
08 March 2024
ޑާރޓީ ޕޮލިޓިކްސް ގަ ވާނީ ޑާރޓީ. ޑުރާމާ ކުޅޭއިރު މޭކަޕް ބޭނުންވާނެ.
123466
08 March 2024
ޑުރާމާ އެމްޑީޕީ
ށަވިޔަނި
08 March 2024
އަނިޔާވެރި ޕީީޕީ ޕީއެންސީ މާޒީއަށް ބަލާ.
ދގފ
07 March 2024
ތިޔައީ ޒައީމޭ އަދު ލޮބުވެތި މި ދިވެހި ގައުމު ފަޚުރުވެރިވާ. ގައުމު ފަޚުރުވެރިވާ.
މަފް
07 March 2024
ގައުމުގެ މިސްރާބު ހުރިގޮތް އެބަފެނޭ. މީ އެބުނާ ދިވެހީންގެ ރާއްޖެ.
ޔައުމިއްޔާ
08 March 2024
އެމްޑީޕީ ވެރިކަމުގަ އޮތް އިރު ވެސް ފެނުނު ގައުމުގެ ހާލަތު ކަޅު ތެލެއް ނޫން ޖެހީކީ ވަޅި ޖަހާތަން ވެސް ފެނުނު
ގޮއްޔެ.
07 March 2024
ވަރަށް ދަށުދަރަޖައިގެ ކަމެއް. މީހުންގެ ސިމްޕަތީ ހޯދަން ނުވަތަ އިތުރު ވޯޓް ހޯދަން އަމިއްލައަށް ކުރި ކަމަކަސް ނުވަތަ ވާދަވެރި އެހެންފަރާތަކުން ކުރިކަމަކަސް ތީ ދުރޫސުލް އަޚްލާގުގެ ކަންފުޅެއްވެސް ނެތް މީހަކު ކުރި ކަމެއް. ތިފަދަ ނޭއްގާނީ ޢަމަލުތަކުން މުޖްތަމަޢު ސަލާމަތްކުރުމަށްއެދި އާދޭސްކުރަން.
ޑްރާމާ
07 March 2024
ހާދަ ޑްރާމާހެން ހީވޭ. ހާދިސާ ރީތިކޮށް ރެކޯރޑްކުރަންވެސް ޓީމެއް އެބައޮތްދޯ ރެޑީގަ
މުރާސިލް
07 March 2024
ތީ އަމިއްލައަށް ރާވައުގެން ޖެއްސި ސްޓަންޓަކަށްވުން ވަރަށް ގާތެވެ. ކެނޑިޑޭޓަށް ތާއީދު ނުލިބޭތީ ތިޔަކަހަލަ ގޭމު ޖެއްސުމަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ކުރާކަމެކެވެ. ބޮޑަށް ބެލެވެނީ ތިޔަ ގޭމު ޖައްސައިގެން މާ ބޮޑު ކާމިޔާބެއް ނުލިބޭނެ ކަމަށެވެ. އަސްލު ހަމަ ބެލެވެނީ ތިކަމުން އަތަށް ގޮވުން ނޫން ކަމެއް ނުވާނެކަމަށެވެ.
ޑރ ކުރުކޫޒާ
07 March 2024
މިފަހަރު އިސްތިހާރުވާންވެގެން އަމިއްލަ ޑިމޮކްރަސީގަވެސް ތިލީކަޅުތެޔޮވިއްޔަ!!!!.
ޖުއްބާ
07 March 2024
ކިޔާއަޑުއަހަން... "ކަނބުރުގެއައް ވަނިއްޔާ އަޅިބުރާނެ"