ޚަބަރު / ރާއްޖެ-ތުރުކީ

ޑްރޯންގެ އެހީގައި ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބަލަހައްޓަން މާދަމާ ފަށަނީ

ތުރުކީން ގެނައި ބައިރަކްތާރު ޓީބީ2 ޑްރޯނެއް.--

14 މާޗް 2024 - 19:48

42 comments

ރާއްޖެ އިން ތުރުކީން ގަތް ދެ ޑްރޯންގެ އެހީގައި ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް މާދަމާ ރަސްމީކޮށް އިފުތިތާހުކުރަން ދިވެހި ސަރުކާރުން ނިންމައިފި އެވެ.

އެކަމަށްޓަކައި ހާއްސަ ރަސްމިއްޔާތު ބާއްވަން އެމްއެންޑީއެފުން ނިންމާފައި ވަނީ ނ. މާފަރުގަ އެވެ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި އަސްކަރީ ޑްރޯން އޮޕަރޭޝަންތަކަށް ހާއްސަ ބޭސްއެއް ގާއިމުކުރަން ދިވެހި ސިފައިން ވަނީ ނިންމައިފަ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީ އިން ގެނެސްފައިވަނީ އެ ގައުމުން އުފައްދާފައިވާ "ބައިރަކްތާރު ޓީބީ2" ގެ ދެ ޑްރޯން އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމަށް މި ސަރުކާރުން ތުރުކީއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ގަތް ޑްރޯންތައް ރާއްޖެ ގެނެސް މާފަރުގައި އޮޕަރޭޓް ކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އަދި އެ ޑްރޯން ޓެސްޓު ކުރަން ފަށާފައިވާ އިރު، މާފަރު މަތިން ދުއްވާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

އެ ޑްރޯންތަކާބެހޭ މައުލޫމާތު ސަރުކާރުން އަދި ރަސްމީކޮށް ހާމަކޮށްފައިނުވި ނަމަވެސް، ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، ތުރުކީން ގެނެސްފައިވަނީ "ބައިރަކްތާރު ޓީބީ2" ޑްރޯން އެކެވެ.

ތުރުކީން ގެނައި ބައިރަކްތާރު ޓީބީ2 ޑްރޯނެއް.--

އެމެރިކާއިން މިލިޓަރީ އާލަތްތައް ތުރުކީ އަށް ފޯރުކޮށްދިނުން ހުއްޓާލުމާ ގުޅިގެން، ތުރުކީގެ ޑްރޯން ކުންފުނި، ބައިކާރު އިން އުފެއްދި ޑްރޯންތަކުގެ ތެރޭގައި "ބައިރަކްތާރު ޓީބީ2" ޑްރޯންގެ އުދުހުންތައް ފަށާފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ.

އެންމެ ޒަމާނީ އަސްކަރީ އަދި މުއާސަލާތީ އާލަތްތަކާ އެކު އުފައްދާފައިވާ މި ޑްރޯން އަކީ 27 ގަޑިއިރަށް ވުރެ ގިނަ އިރު 25،000 އަށް ވުރެ ގިނަ ފޫޓު މަތިން އުދުއްސޭ އުޅަނދެކެވެ.

ދިގުމިނުގައި ހަ މީޓަރު، ފިޔަގަނޑުގައި 12 މީޓަރު ހުންނަ ގާތްގަނޑަކަށް 700 ކިލޯގެ ފުލީ އޮޓޮމޭޓަޑް މި އުޅަނދުގައި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުރެ އެވެ. މި ޑްރޯން އަކީ 70 އާއި 120 ނޮޓުގެ ސްޕީޑުގައި ދުއްވުމުގެ ގާބިލުކަން ދީފައިވާ ޑްރޯން އެކެވެ.

ތުރުކީން ގެނައި ބައިރަކްތާރު ޓީބީ2 ޑްރޯނެއް.--

ބައިކާރުން ދުނިޔޭގެ ބޭރުގެ ގިނަ ގައުމުތަކަށް ސަޕްލައިކޮށްފައިވާ ޑްރޯންގައި ލޭޒާ ގައިޑަޑް މިސައިލް ހަރުކުރުމުގެ ގާބިލުކަން ވެސް ވަނީ ގާއިމުކޮށްފަ އެވެ. މިގޮތުން، މި ޑްރޯންގެ ޕޭލޯޑް ކެޕޭސިޓީއަކީ 150 ކިލޯ އެވެ.

ސާޖިކަލް ޕްރިޒިޝަން ސްޓްރައިކްތައް ހެދުމުގެ ގާބިލުކަން ލިބިފައިވާ މި ޑްރޯން އޮޕަރޭޓް ކުރުމަށް އެމްއެންޑީއެފްގެ ހާއްސަ ޓީމެއް މާފަރަށް ވަނީ ގޮސްފަ އެވެ.

އެނގިފައިވާ ގޮތުގައި އެމްއެންޑީއެފްގެ ޓީމެއް ވަނީ ތުރުކީ އަށް ގޮސް މި ޑްރޯންތައް އޮޕަރޭޓު ކުރުމުގެ ތަމްރީންތައް ވެސް ހަދައިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލްކަން މި ސަރުކާރުން ގާއިމްކުރާނެ ކަމަށް ވިދާޅުވެފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ރ. މީދޫގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބެލެއްޓުމުގެ ނިޒާމު މި މަހު ހަމަޖެހި، އެ މަސައްކަތް ފަށާނެ ކަމަށެވެ.

ރައީސް މުއިއްޒު ބޭނުންފުޅުވަނީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުން ދިވެހި ސިފައިންގެ އަތްމައްޗަށް ދޫކޮށްލައި، އެކަމުގައި ބޭރުގެ މީހުންގެ ބައިވެރިވުން ހުއްޓާލައްވާށެވެ. ރާއްޖޭގެ އިގުތިސާދީ ސަރަހައްދު މިހާތަނަށް ބަލަހައްޓަމުން އައީ އިންޑިއާގެ ސިފައިންގެ އެހީތެރިކަމާ އެކު އެވެ. ރާއްޖޭގެ އުތުރުގައި ބަހައްޓާފައިވާ ރާޑަރު ސިސްޓަމްގެ ކޮންޓްރޯލް ވެސް އޮންނަނީ އިންޑިއާގެ އަތުގަ އެވެ.

ނަމަވެސް ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލަން ރައީސް މުއިއްޒު ނިންމެވުމާ އެކު، ދެ ގައުމުގެ ގުޅުމަށް ވަނީ ކޮންމެވެސް ވަރެއްގެ ބުރުލެއް އަރައިފަ އެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ތެރެއިން ފުރަތަމަ ގުރޫޕް މިހާރު ވަނީ ފުރައިފަ އެވެ. އެއީ ހެލިކޮޕްޓަރުގެ ބޭނުމަށް އައްޑޫ ގަމުގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިންނެވެ. ދެ ސަރުކާރުން އެއްބަސްވެފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން މި އަހަރުގެ މޭ 10 ގެ ނިޔަލަށް ބޭލުމަށެވެ.

42 ކޮމެންޓް, 82 ރިއެކްޝަންސް

icon happy icon happy 49%
icon sad icon sad 2%
icon angry icon angry 10%
icon wow icon wow 2%
icon inlove icon inlove 37%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާހިރު

16 March 2024

މުސްލިމުންނާ ޢަދާވާތްތެރި އިންޑިއާ ފަދަ ޤައުމަކަށް ޤައުމުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ދޫކޮށްލައިގެން ތިބުމަކީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާވަރުގެ ކަމެއްނޫނެވެ. ތި ޑްރޯން ތަކަކީ ދުނިޔޭގައި މިވަގުތު ބޭނުންކުރާ އެންމެ ފެންވަރު ރަނގަޅު ޑްރޯން ތަކުގެ ތެރޭގައި ހިމެނޭ ޑްރޯން ތަކެކެވެ. މިޒަމާނަކީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ހުރިހާކަމެއްވެސް ކުރަމުން އަންނަ ޒަމާނަށްވާއިރު ތިއީ ވަރަށް ބޭނުންތެރި ފިޔަވަޅެކެވެ.

The name is already taken The name is available. Register?

ބަބޫ

15 March 2024

ރާއްޖެއަށް އަމިއްލަ ޑްރޯން އުފެއްދިދާނެތަ؟ ޔަގީން އުފެއްދިދާނެ. ސިވިލިޔަނުންނަށް ހުއްދަ ނުލިބޭތީ މައްސަލައަކީ.

The name is already taken The name is available. Register?

ގަބުޅި ކަތީބު

15 March 2024

ޚާއްސަކޮށް ރާއްޖޭގެ އުތުރުކަނޑު 24 ގަޑިއިރު ބަލަހައްޓަން ވާނެ. އިންޑިއާގެ ދުއްޕާނުން ސަލާމަތްވާން އެބަޖެހޭ . މިހާރު ބޭނުންކުރާ އިންޑިއާގެ ހެލިކޮޕްޓަރާ ޑޯނިއަގަނޑުވެސް އަވަހަށް ފޮނުވާލެވޭތޯ ބަލާ..

The name is already taken The name is available. Register?

ކޭލަކުނު

15 March 2024

މިރޭ 12 ގެ ފަހުން މިއަންނަނީ މިނިވަންކަމުގެ އިހްސާސް . ނުރައްކާތެރި ރާޑަރުތައް ހުއްޓި ބޭރުގައުމެއްގެ އެއްވެސް އެހީތެރިކަމެއް ނެތި މި ބިޔަބޮޑު ސަރަހައްދު ބަލަހައްޓާނީ އަހަރެމެން ދިވެހީން

The name is already taken The name is available. Register?

ފަހުމީބެ

15 March 2024

ރާޑަރުތަކުގެ ރޭޑިއޭޝަނުން ކެންސަރައް މަގު ފަހުވޭ ..

The name is already taken The name is available. Register?

ކުރަބެ

15 March 2024

ރޯދަމަސްވެސް ވީމަކަންނޭނގެ، ލޯބޯ ކޮށިވީމަވެސް ކަންނޭނގެ، ނުވަތަ އަކުރުތަކާއި ފިލިތައް އެއްގޮތްވީމައި ކަންނޭނގެ ހެޑިންބަލައިލީމައި ހީވީ "ބަރަކާތްތެރި" ޑްރޯން ފެނުނުހެން. ޜަނގަޅަށް ބަލައިލީމައި ފެނުނީ ބައިރަކްތާރު އޭ!

The name is already taken The name is available. Register?

ފިރޯށި

15 March 2024

ބައިރަކްތާރު ޓީބީ-2 އަކީ އަހަރުމެން ކުރަން މިއުޅޭ ކަމަށް ބަަރާބަރު ހެޔޮވަރު ޑުރޯންއެއް.

The name is already taken The name is available. Register?

ޞިލްމް

15 March 2024

ކީއްވެތަ ޑުރޯން ނުއުފައްދަނީ

The name is already taken The name is available. Register?

ދޮހޮއްތު

15 March 2024

މިއަންނަނީ ތާރީހީ ފަހުރުވެރި ހިނދުކޮޅެއް … މިގައުމު ސަލާމަތާ ރައްކާތެރިކަމާއެކު މިޖީލައް ވާރުތަ ކޮއްދިނުމައް ލެޔާ ފުރާނައިން ގުރުބާންވި އަބްތާލުންނައް ހެޔޮރަހްމަތް ލެއްވުން އެދި ދުއާ ކުރަން.

The name is already taken The name is available. Register?

ސާޖިދާ

15 March 2024

މީގަ ހަރުކުރަން ލޭޒާ ގައިޑެޑް މިސައިލް ނުގަނޭ ތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454