ރައީސް މުއިއްޒާއި ތުރުކީގެ ރައީސް އެކުވެރި މާހައުލެއްގައި މަޝްވަރާއެއްގައި: ތުރުކީގެ ޑްރޯންތަކެއް ރާއްޖެ ގެނައީ ދެ ގައުމުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން.
15 މާޗް 2024 - 17:46
ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބަލަހައްޓަން ތުރުކީން ގަނެފައިވާ އަސްކަރީ ޑްރޯންތައް އިފުތިތާހު ކުރުމުގެ ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. މާފަރަށް މިރޭ ވަޑައިގަންނަވަން ނިންމަވައިފި އެވެ.
އެ ޑްރޯންތައް އިފުތިތާހު ކުރުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ.
ސަރުކާރުން ނިންމާފައި ވަނީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ފުރަތަމަ ފަހަރަށް ގެނައި ޑްރޯންތައް އޮޕަރޭޓް ކުރުމުގެ ބޭސް މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކުރާށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިވެހި ސިފައިން އަމިއްލަ އަށް ބެލެހެއްޓުމުގެ ގާބިލްކަން އިތުރުކުރުމަކީ ރައީސް މުއިއްޒު މަގާމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން އެންމެ އިސްކަން ދެއްވާ އެއް ކަންތައްތައް ކަމަށް ވާތީ ޑްރޯންތައް ބޭނުންކުރަން ފަށަނީ ކަމަށް ދިވެހި ސަރުކާރުން ބުންޏެވެ.
މިހާތަނަށް ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބަލަހައްޓަނީ އިންޑިއާގެ އެހީތެރިކަމާ އެކު އެވެ. އުތުރުން ހއ. އުލިގަމުގައި ބަހައްޓާފައިވާ ރާޑަރުތައް ވެސް މޮނީޓަކޮށް އެ ރާޑަރުތައް މެދުވެރިކޮށް އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ "ކޮންޓްރޯލް" ވެސް އޮންނަނީ އިންޑިއާއަށެވެ.
ރާއްޖެ ގެނައި އަސްކަރީ ޑްރޯންތަކުގެ ތަފުސީލެއް އަދި ދިވެހި ސަރުކާރުން ހާމައެއް ނުކުރެ އެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީ އިން ގެނެސްފައިވަނީ އެ ގައުމުން އުފައްދާފައިވާ "ބައިރަކްތާރު ޓީބީ2" ގެ ދެ ޑްރޯން އެވެ. އިތުރު ޑްރޯންތައް ވެސް ގެންނަން ވަނީ ނިންމައިފަ އެވެ.
ތުރުކީން ގެނައި ބައިރަކްތާރު ޓީބީ2 ޑްރޯނެއް.--
އެމެރިކާއިން މިލިޓަރީ އާލަތްތައް ތުރުކީ އަށް ފޯރުކޮށްދިނުން ހުއްޓާލުމާ ގުޅިގެން، ތުރުކީގެ ޑްރޯން ކުންފުނި، ބައިކާރު އިން އުފެއްދި ޑްރޯންތަކުގެ ތެރޭގައި "ބައިރަކްތާރު ޓީބީ2" ޑްރޯންގެ އުދުހުންތައް ފަށާފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ.
މި ޑްރޯން އަކީ 27 ގަޑިއިރަށް ވުރެ ގިނަ އިރު 25،000 އަށް ވުރެ ފޫޓު މަތިން އުދުއްސޭ އުޅަނދެކެވެ. އެންމެ ޒަމާނީ އަސްކަރީ އަދި މުވާސަލާތީ އާލަތްތައް ހުރެ އެވެ. ދިގުމިނުގައި ހަ މީޓަރު، ފިޔަގަނޑުގައި 12 މީޓަރު ހުރެ އެވެ. ގާތްގަނޑަކަށް 700 ކިލޯގެ ފުލީ އޮޓޮމޭޓަޑް މި އުޅަނދުގައި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުރެ އެވެ. މި ޑްރޯން އަކީ 70 އާއި 120 ނޮޓުގެ ސްޕީޑުގައި ދުއްވުމުގެ ގާބިލުކަން ދީފައިވާ ޑްރޯން އެކެވެ.
ބައިކާރުން ދުނިޔޭގެ ބޭރުގެ ގިނަ ގައުމުތަކަށް ސަޕްލައިކޮށްފައިވާ ޑްރޯންގައި ލޭޒާ ގައިޑަޑް މިސައިލް ހަރުކުރުމުގެ ގާބިލުކަން ވެސް ވަނީ ގާއިމުކޮށްފަ އެވެ. މިގޮތުން، މި ޑްރޯންގެ ޕޭލޯޑް ކެޕޭސިޓީއަކީ 150 ކިލޯ އެވެ.
ޑްރޯންތައް މިރޭ އިފުތިތާހު ކުރުމުގެ ކުރިން އޭގެ ޓެސްޓު ބުރުތަކެއް މާފަރުގައި ވަނީ ޖަހައިފަ އެވެ.
ތުރުކީގެ "ބައިރަކްތާރު ޓީބީ2" ގެ ޑްރޯން އޮޕަރޭޓް ކުރުމުގެ ތަމްރީނުތައް ހެދުމަށް ދިވެހި ސިފައިންގެ ޓީމެއް އެ ގައުމަށް ވެސް ދިޔަ އެވެ. އެނގިފައިވާ ގޮތުގައި ތަމްރީނުތަކަށް ފަހު އެ ޓީމު މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ. ޑްރޯންތައް އޮޕަރޭޓް ކުރަން މިރޭ ފަށާނީ ވެސް ދިވެހި ސިފައިން ކަމަށް އެނގިފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުކަޓް
15 March 2024
4 މިލިޔަން ޑޮލަރުގެ 2 ޑްރޯން އަށް 37 މިލިޔަން ޑޮލަރު ހޭދަކުރަން ޖެހުނީ ކީއްވެ؟
އަހުމަދުު
16 March 2024
އަވަހަށް ނަޝީދަށް ގުޅާލާފަ ރޯންފަށޯ، ބޭފުޅާއަށް މިހާރު ގައުމު އެހާ މުހިންމެއް ނޫނޯ، ވެރިކަން ނުލިބެންޏާ.
ހެހެހެހެހެހެ
16 March 2024
ކަސްޓަމްސް ޑިއުޓީ
ޖުމުހޫރީމައދާނުން
15 March 2024
ސާބަހޭ، ސިފައިން، ޝުކުރިއްޔާ ތުރުކިޔާ،
ވަޑި
15 March 2024
ބަޔަކު މާބޮޑު ކަމަކައް ހަދައިގެން އުޅުނު ޗާލްސް މުއިއްޒާ ވާހަކަދެއްކިގޮތުން ފާޑުކިޔައިގެން … އަހަރެމެނައް ހެޔޮ … ބަލާ އިސްލާމީ ވަރުގަދަ ޝަހުޝީޔަތު އުރުދުގާނު …..
ފެހުރިހި
15 March 2024
ހާދަ ބަޔަކައް އަސަރު ކުރާނޭ އުރުދުގާން ރމުއިއްޒު ކޮނޑައް އަތްވައްޓާލައިގެން ހުރީމަ….
ސިންވާ
15 March 2024
ރައީސް ޔާމީނަށް ތާއީދުކުރާ ޗެނަލް 13 ބުނަނީ މީ ބޭކާރު ޑްރޯންތަކެއް ކަމަށް!
ބުޅާގޯނި
15 March 2024
ދިވެހިރައްޔިތުން ވަރައް އުފަލާއެކީ ހިތް ހަމަ ޖެހިގެން މިތިބެނީ މިސަރުކާރާއެކު ޑރ މުއިއްޒު އަށްވުރެ ރަނގަޅު ވެރިޔެއް އަދި ނާދޭ މަސެލިއުޓް ނަގަން ޑރ މުއިއްޒު އަށް
ޖުމާނާ
15 March 2024
ކޮބާ ލޭޒާ ގައިޑެޑް މިސައިލް؟ ޢެވެސް ތިއާއެކީ ހޯދުން މުހިންމެއް ނޫންތަ ؟
ޖެހޭނެއޭ
15 March 2024
އިންޑިއާ އަދި ލަންކާ އަށް ބަރޯސާވުން ކުޑަ ކުރަންވީ ރާއްޖެ އިގްތިސާދީ ގޮތުން ހިންދެމިލަން ބޭނުންނަމަ ލަންކާގެ އުނދަގުލާއި ހެދި ރާއްޖޭގެ ވިޔާފާރިވެރިންނަށް ޕްރޮޑަކްޓެއްގެ ޑިސްޓްރިބިއުޓަރ ކަން ވެސް ނުލިބެއޭ ހަމަ އެގޮތޭ އިންޑިއާ ވެސް ކަން މިހެން ހުރުމުން މިގޮތަށް ލަންކާ އިންޑިއާ އިން ހިސޯރު ކޮށްފައިވާ ޕްރޮޑަކްޓްސް ތައް ބަލާ އެފަދަ ކުންފުނި ތަކަށް އިކޮން މިނިސްޓަރު އަންގައިގެން ރާއްޖެ އަށް ވަކިން ރާއްޖޭގެ ވިޔާފާރިވެރިންނަށް ޑިސްޓްރިބިއުޓަރޝިޕް ދޭން
ރިހުލާ މުހައްމަދު
15 March 2024
ބަޔަކަށް ހީވެދާނެ އަބަދު އިންޑިޔާ ފައިބުޑަށް ވެއްޓި ގެންނޭ ކަންކަން ވާނީ. ހެހެ. ނޫން އެކަން މުއިއްްޒް ނާޒީކޮށްފި
ތިހާމް އަލީ
15 March 2024
މިއަދު މިނިވަން އަމިއްލަ ވަންތަ ގައުމެއްގެ އިހްސާސް ވާން ފަށައިފި. ރައީސް މުއިއްްޒް އަށް ސެލިއުޓް
އަމްނާ މުހައްމަދު
15 March 2024
ދިވެހިންގެ ކަނޑު ބެލެހެއްޓުން ދިވެހީންނަށް. ދިވެހީންގެ ކަންކަން ނިންމުން ދިވެހީންނަށް. ރައީސް ޑރ މުހައްމަދު މުއިއްޒު ވަރެއް ހަމަ ނެތް.