ރައީސް ޑރ. މުއިއްޒު، ސިފައިންގޭގައި އެއާ ފޯސް އުފެއްދުމުގެ ގަރާރުގައި މިރޭ ސޮއިކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
16 މާޗް 2024 - 00:28
ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބަލަހައްޓަން ބޭނުންކުރަން ފެށި ގިނަ އާލަތްތަކަކީ ތުރުކީން ހިލޭ ހަދިޔާކުރި ތަކެތި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
"ބައިރަކްތާރު ޓީބީ2" ގެ ތިން ޑްރޯނާ އެކު ސިފައިންގެ އެއާ ފޯސް އިފްތިތާހުކުރަން ނ. މާފަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު މަގާމުގެ ހުވާކުރެއްވިތާ ދެ ހަފުތާ ވެސް ނުވަނީސް އެ ގައުމަށް ވަޑައިގަތުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު ދެއްވި ދައުވަތަކީ މި ޑްރޯންތައް ހަގީގަތަކަށް ވުމުގެ އަސްލު ކަމަށެވެ. އެ މަނިކުފާނާ މެދު ތުރުކީގެ ރައީސާއި އެ ގައުމުގެ ސަރުކާރުން ބެހެއްޓި ގާތްކަމާއި ދެއްވި ސަލާމުކަމަކީ ދިވެހި އަސްކަރިއްޔާގައި ޑްރޯން ބޭނުންކުރަން ފެށުމުގެ ސަބަބު ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"މި ތަނުން ތިން ޔޫއޭވީ [އަންމޭންޑް އޭރިއަލް ކޮމްބެޓް ވެހިކަލްސް ނުވަތަ ޑްރޯންސް] ފެނުނަސް އިރާދަކުރެއްވިއްޔާ އެ އަށް ވުރެ މާ ގިނަ ވާނެ އެ މަނިކުފާނާއި [ތުރުކީގެ ރައީސް] އަޅުގަނޑުމެންނާ ދޭތެރޭގައި މި އޮތް ގާތްކަމުގެ ތެރެއިން އަޅުގަނޑުމެންގެ އަސްކަރިއްޔާގެ ބާރުވެރިކަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އަދި މީގެ ގިނަ އާލާތްތަކަކީ މި ގާތްކަމުގެ ތެރެއިން ދިވެހި ގައުމަށް ހިލޭ ހަދިޔާ ކުރައްވާފައިވާ ތަކެތި ކަން ވެސް އަޅުގަނޑު ފަހުރުވެރިކަމާ އެކުގައި ފާހަގަކުރަން."
ރައީސް ވިދާޅުވި ގޮތުގައި، އެ މަނިކުފާނު އެންމެ ފުރަތަމަ ތުރުކީ އަށް ކުރެއްވި ދަތުރުފުޅުގައި ބައިރަކްތާރު ކުންފުނީގެ އެންމެ އިސް ދެބޭފުޅުންނާ ބައްދަލުކުރެއްވި އެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަކީ ކުޑަ ގައުމެއް ކަމަށް ވިސްނުމަކީ ރަނގަޅު ވިސްނުމެއް ނޫނެވެ.
އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ގައި ނުވަ ލައްކަ އަކަ ކިލޯމީޓަރުގެ ބޮޑު ބައެއް ހިމެނުނަސް މީގެ ކުރިން އެ ސަރަހައްދު ރަނގަޅަށް ބެލެހެއްޓިފައި ނުވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. ރާއްޖޭގައި އެ ގާބިލްކަން އޭރު ނެތުމުން އިކޮނޮމިކް ސަރަހައްދު ބަލަހައްޓަން ޖެހުނީ އެހެން ބައެއް ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
މި ތަނުން ތިން ޔޫއޭވީ [އަންމޭންށް އޭރިއަލް ކޮމްބެޓް ވެހިކަލްސް ނުވަތަ ޑްރޯންސް] ފެނުނަސް އިރާދަކުރެއްވިއްޔާ އެ އަށް ވުރެ މާ ގިނަ ވާނެ އެ މަނިކުފާނާއި [ތުރުކީގެ ރައީސް] އަޅުގަނޑުމެންނާ ދޭތެރޭގައި މި އޮތް ގާތްކަމުގެ ތެރެއިން އަޅުގަނޑުމެންގެ އަސްކަރިއްޔާގެ ބާރުވެރިކަން،"--- ރައީސް
ސިޔާދަތީ ބާރު އަމިއްލައަށް ހިނގަން އަދި ބެލެހެއްޓުމަކީ އެހެން ބަޔަކު ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި މި ސަރަހައްދުގެ އިން ފާރު ބަލަހައްޓާނީ ދިވެހިން ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ، ބޭރުގެ ބައެއްގެ އެހީއާއެކު މި ފެށި އާ ހިދުމަތުން، އެ އުއްމީދުތައް ހަގީގަތަކަށް ހެދިގެން ދިޔައީ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ އިގުތިސޯދީ ސަރަހައްދު ބަލަހައްޓަން ގެނައި ޑްރޯންތައް.-- ފޮޓޯ: ރައީސް އޮފީސް
"މީގެ ކުރިން ކުރަން ޖެހުނީ، އެހެން ގައުމުގެ އެހީ ހޯދައިގެން. އެއީ ވެސް މައްސަލައެއް ނޫން. އޭރު ކެޕޭސިޓީ ނެތީ. މިހާރު އަމިއްލަ އަށް ބެލެހެއްޓީމާ މިނިވަންކަން ޔަގީންވޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ޑްރޯން ޓެކްނޮލޮޖީގައި ވެސް ފާހަގަކުރެވޭ ބައިރަކްތާރު ކުންފުނީގެ އިސްވެރިން ވަނީ، ރައީސް މުއިއްޒުއާ ބައްދަލުކުރައްވައިފަ އެވެ.
ތިން ޑްރޯނާއެކު ސިފައިންގޭގައި އެއާފޯސް އިފްތިތާހުކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެ މަނިކުފާނު ވިދާޅުވީ މި ބިޔަ ސަރަހައްދު ބަލަހައްޓަން އަސްކަރިއްޔާއަށް ލިބުނު ގާބިލިއްޔަތުކަމަކީ މިއަދު އެންމެ ކުރީގައި ހިމެނޭ ޓެކްނޮލެޖީ ކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މިއަދު ފެށިގެން މި ދަނީ ވަރަށް ބިޔަ، ގައުމީ ކަމެއް ކަމަށެވެ.
"ހާލުގައި ޖެހޭ މީހުން ނުހޯދިގެން ލަސްވެގެން ނުދާނެ. ނުވަ ލައްކަ އަކަމީޓަރަކީ މީގެ ފަހުން ކޮންމެ ވަގުތުކޮޅެއްގައި ވެސް ސާވޭލިއަންސްގެ ދަށުން ބެލެހެއްޓޭނެ، ހާލުގައި ޖެހޭ މީހުން ހޯދޭނެކަން ޔަގީންކުރެވިގެން ދިޔައީ." އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ޑްރަގްގެ އެކި ކަހަލަ މުއާމަލާތް ހިންގުން ހުއްޓުވުމުގައި މީގެ ކުރިން ޖެހެނީ ކޮންމެ ވެސް އެހެން ފަރާތެއްގެ އެހީ ހޯދަން ކަމަށެވެ. ނަމަވެސް، ރަށްރަށަށް ކަނޑުމަގުން ދެން ޑްރަގް އެތެރެކުރާއިރު ސާވަޔަލަންސް ވަރުގަދަވުމުން، ޔޫއޭވީގެ އެހީގައި އެކަން ހުއްޓިގެންދާނެ ކަމަށް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބުވާނެ." ރައީސް ވިދާޅުވި އެވެ.
އެންމެ ޒަމާނީ އަސްކަރީ އަދި މުވާސަލާތީ އާލަތްތަކާ އެކު އުފައްދާފައިވާ މި ޑްރޯންތަކަކީ 27 ގަޑިއިރަށް ވުރެ ގިނަ އިރު 25،000 އަށް ވުރެ ގިނަ ފޫޓު މަތިން އުދުއްސޭ އުޅަނދެކެވެ. ދިގުމިނުގައި ހަ މީޓަރު، ފިޔަގަނޑުގައި 12 މީޓަރު ހުންނަ ގާތްގަނޑަކަށް 700 ކިލޯގެ ފުލީ އޮޓޮމޭޓަޑް މި އުޅަނދުގައި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުރެ އެވެ. މި ޑްރޯން އަކީ 70 އާއި 120 ނޮޓުގެ ސްޕީޑުގައި ދުއްވުމުގެ ގާބިލުކަން ދީފައިވާ ޑްރޯން އެކެވެ.
މިރޭގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވީ ދިފާއީ ބާރު އޮތީ އޭގެ ފުރިހަމަ މާނައިގައި މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް، ރައްޔިތުންނަށް ލުއި ފަސޭހަތައް ހޯދައިދެވޭ ގޮތަށް ކަމަށެވެ.
ހަނގުރާމަކުރާ ގޮތް ޓެކްނޮލޮޖީއަށް މިހާރު ބަދަލުވެފައިވާ ކަމަށާއި މިހާރު އެކަން ކުރަނީ ލަޝްކަރީންގެ ފުރާނައަށް ނުރައްކާ ވަރު މަދުކުރެވޭ ގޮތްތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
18 March 2024
މުއިއްޒުވަރެއް ހަމަނެތޭ.
އިއްބަ
17 March 2024
މުއިޒު އަކީ ބޮޑުތިލަދުންމަތީ ބޭފުޅެކޭ ތަފާތުވާނެ
ޓިނޭ
18 March 2024
ތިބުނީ ބޮޑުތިލަދުންމަތީގަ ތިބެނީ ހުސް ގަމާރުންނޭތަ؟
އަންދަލޫސިޔާ
17 March 2024
ގިނައީ ހަދިޔާކުރި އެއްޗެހި. އެހެންވެ 500 މިލިޔަން ޅަރަދުވީ ކަޓަށްތޯ ނޫނީ މަޖުލިސް އިންތިޚާބަށް ގެންނަ ކަޅު ފައިސާތޯ؟
އަބޫ
16 March 2024
އެމްޑީޕީގެ 5 އަހަރު ތެރޭ ރައްޔަތުންނަ ކިޔާ ރައްގަނޅު ރައްޔަތުން ބޮލުގައި ބޮނޑް ދައްރަނި އަޅުވައި މުޅި ގައުމުގެ ރިޖާވްގައި އެކޮއް ހުސްކޮލީ މިދި އިބޫގެަ ސަރުކާރުން
މޫސާ ޔައިޝް
16 March 2024
ގަދަ. ހިލޭ އެއާފޯސް ގާތް ގަނޑަކަށް މި ގާއިމްކޮށްލީ. ސާބަހޭ ރައީސް
ސިޔާދު ގާސިމް
16 March 2024
މުއިއްޒު އެޅި ފުރަތަމަ ދަތުރުން ވެސް އިންގިލާބީ ކަމެއް މިކޮށްލީ. ފައިދާ ހުރި ބޮޑު ކަމެއް މުހިއްމު ކަމެއް
އަފްރާސިޔާބު
17 March 2024
ފައިދާ ފެންނަން ކުޑަދުވަސް ކޮޅެއްވާނެ. އުދުހޭނެ ވަރު ޑްރޯންގައި ހުންނާނެބާ؟ ދައުލަތުގެ މައިބަދައި އުދުްސައިގަތުމަށް ބޭނުންވާ ހަކަތަ ހުންނާނެބާ؟
ފައްސާން ވަލީދު
16 March 2024
މިލިޔަން ޑޮލަރުން ގަތް އެއްޗެސޭ ބުނި އެމްޑީޕީ ކުދިން ކޮބާ؟
ޅ122
16 March 2024
މުއިޒް ދޮގުހަދާއިރުވެސް ނޭންގޭތަ. ނޭންގޭކަމަ ހެދެނީތަ
މުހައްމަދު ތައުފީގު.
16 March 2024
އަރަބި ގައުމު ތަކާ ގުޅުން ބަދަހިވި ބަޔަކަށް އެހީ ލިބޭލެއް ގިނަވާނެ. މިދިޔަ 5 އަހަރު އެކަން ނުވި. މިބ5 އަހަރު މާ ތަފާތުކޮށް މިދަނީ.
ކިންޑި
16 March 2024
ތުރުކީއަކީ އަރަބި ގައުމެއްނޫން.
އަފްރާސިޔާބު
17 March 2024
އެހެންވިއްޔާ ޕާކިސްތާނު ދަރަނިވެރި ނުވާނެތާ!
ނިހާމް ހަސަން
16 March 2024
4 މަހުން އެއް ފޯސްއެއް ތި ގާއިމް ކޮށްދިނީ. ވަރަށް އުއްމީދީ 5 އަހަރަށް ވާނެ ކަމާމެދު އެއްވެސް ޝައްކެއްނެތެވެ
ޖެއްސު
16 March 2024
މަލާމާތް ނުކޮއްބަލަ، މީ އިންޑިޔާ މީހުން ރާއްޖޭގެ މިނިވަންކަމަށް އަރައިގަނެފާނެތީ އެމީހުން މައިތިރިކުރަން ގަތް އެއްޗެއްސޭ. މިހާރު ނުކެރޭނެ ވައިވެސް އެޅިލަން. އެމްޑީޕީ މީހުނަށްް ނުކުރެވުނު ކަންތައް 3 މަސްތެރޭގަ މުއިއްޒު އެކޮއްލީ.
ސައުދުﷲ ހިލްމީ
16 March 2024
ތަފާތު ވެރިޔެއް. މިނިވަން ކަން ދިފާއުކުރުމުގައި ތިކުރަނީ ނަމޫނާ މަސައްކަތްތަކެއް
އީސަބެ
16 March 2024
މަލާމާތް ކުރަންވާނީވެސް ވަކިވަރަކަށް. މީ ރޯދަމަސްކަން ދަންނާތި.
އަފްރާސިޔާބު
17 March 2024
މިނިވަންކަމަށް ހަގުރާމައެއް އެއްވެސް ސަރުކާރަކުން ކުރިބާ؟ އަޅުވެތި ކަމުގައި ތިބި ދިވެހީން ކޮބައިބާ؟ މިގައުމުގައި އަޅުވެތިވެފައި ދިވެހިން ތިބިނަމަ އެއީ ދިވެހި ވެރިންގެ އަޅުވެތިކަމުގައި ރައްޔިތުން ތިބީ.