ޗަންޕާ ބްރަދާސް: ރޯދަ ވަނީ އިތުރުކޮށްފައި
18 މާޗް 2024 - 10:09
ޗަމްޕާ ބްރަދާސްގެ ފަރާތުން، މި ރޯދަމަހަށް ހާއްސަ ކޮށްގެން ދިވެހިންނަށް ބަހަން ނިންމި ތަކެތި އިތުރުކޮށްފި އެވެ.
ޗަމްޕާ ބްރަދާސްގެ ފަރާތުން ރޯދަ ހަދިޔާގެ ގޮތުގުގައި އެންމެ ފުރަތަމަ ބަހަން ނިންމީ 50 ޓަނު ކަރާ އާއި 50 ހާސް ކާށި އަދި 10 ޓަނު ފިޔާ އެވެ. އެ ތަކެތި ބަހަން ލޯކަލް ގަވަމެންޓް މިނިސްޓްރީއާ ހަވާލުކޮށްފައިވާއިރު، އެ ބެހުމުގެ މަސައްކަތް ކައުންސިލްތަކުން އަންނަނީ ކުރަމުންނެވެ.
ޗަމްޕާ ބްރަދާސް އިން މިއަދު ބުނިގޮތުގައި، މިހާރު ނިންމާފައިވަނީ މި ހަފުތާގެ ތެރޭގައި އިތުރު 25 ޓަނު ކަރާ އާއި 25 ހާސް ކާށި އަދި 10 ޓަނު އަލުވި ލޯކަލް ގަވަމެންޓް މިނިސްޓްރީއާ ހަވާލުކުރާށެވެ. ހަދިޔާ އަށް އިތުރުކުރި ކަރާ އަދި ކާށި މިހާރު ހުރީ ރާއްޖޭގައި ކަމަށާއި 10 ޓަނު އަލުވި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް ވެސް ބުންޏެވެ.
ރޯދަ ހަދިޔާ އަށް އިތުރުކުރި ބަޔާ އެކު، ޖުމްލަ 75 ޓަނު ކަރާ އާއި 75 ހާސް ކާށި އަދި 10 ޓަނު ފިޔާ އާއި 10 ޓަނު އަލުވި ޗަމްޕާ ބްރަދާސްގެ ފަރާތުން ދިވެހި ރައްޔިތުންނަށް ވަނީ ހަދިޔާ ކޮށްފަ އެވެ.
ޗަމްޕާ ބްރަދާސް އަކީ، ދިވެހިންގެ ލާބަ އާއި މަންފާއަށްޓަކައި އަދި ޖަމާއަތުގެ ތަރައްގީއަށްޓަކައި އެހީތަކެއް ވަމުންދާ ކުންފުންޏެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންބެގެ އާދަނު
19 March 2024
ތިޔަ ވެރިން ބަހަންވީކީ ކަރާއެެއް ނޫން. މި ގައުމަށް ލިބޭހާ ޑޮލަރުކޮޅެއް ހުރީ ތިޔަ މީހުންގެ ބޭރުގެ އެކައުންޓްތަކުގައި. އޭތި މި ރާއްޖޭގެ ބެންކިން ސިސްޓަމްގެ ތެރެއަށް ލީމަ ޑޮލަރު ގެ ކަޅު ބާޒާރު ހުއްޓި، ތަކެތި އަގު ހެޔޮވެ އާއްމު މީހަށް ހަމަޖެހިގެން އުޅެވެން ފަށާދާނެ. މި ކަން އެމީހުން ނުކުރާނެ. އެކަން ކުރެވޭނެ ވެރިއަކު ބޭނުންވޭ!
އަސްލު ހިންގުން ތެރިން
18 March 2024
ދައުލަތް އަސްލު ހިންގާ ގްރޫޕް، ރިސޯޓް އޯނަރސް ގްރޫޕް. މި ގްރޫޕް ހިތް ހަމަ ޖައްސައިގެން އުޅެވޭނި ބުނި ފަޅަކާ ރަށެއް ދީގެން، މި ގްރޫޕް މައިތިރި ކުރާ ވަރު ވެރިޔެއް ބޭނުން ވަނީ. ގައުމިއްޔަތުވެސް މި މިހުނާ ޖެހުނީމަ އިސް ޖަހާލާ.
ހައްގުބަސް.
18 March 2024
ޗަމްޕާ ކުރަންވީ ކަމަކީ ދަޑުވެރިކަން ކުރަންވީ ބިސް ފާމެއް ހަދަންވީ. ޢިންޑިޔާގެ މުސްސަދިންވެސް ދަޑުވެރިކަމުން ބޮޑު އާމްދަނީއެއް ނަގާ. ޢަމްބާނީ އަމުހައްދާ ޢޭގެން ބޮޑު އާމްދަނީއެއް ލިބޭ.
ހިބިރިންބެއްޔާގެ ކުޑަސޮރު
18 March 2024
ޝުކުރިއްޔާ އުއްޗު އަދި އަފީފް.
އަލީމު
18 March 2024
ކަރާ، ކާއްޓެއްނޫން މުހިންމީ! ތިމަހުޖަނުން ކިހާވަރަކަށްތޯ އެހީތެރިވަނީ، ކިޔަވާކުދިންގެ ކިޔެވުމަށާ، ގައުމައްދިމާވެފައިވާ ވަބާތައް ކަމައްވާ ޑްރަގުން ޒުވާނުން ސަލާމަތް ކުރުމަށާ، އަންނަން އޮތް ޖީލުގެ އަޚުލާގު ހަރުދަނާ ކުރުމައް؟ ކާއްޓެއް، ކަރާއެއް ރޯދަމަހު ދެވިދާނެ ކޮންމެމީހަކަށްވެސް. މާބޭނުންތެރިކަމެއްނޫން!
މަވާސަލާމް
19 March 2024
އެވަރުގެ އެއްޗެއް ލިބުނީމާވެސް ގުރޭޓްފުލް ވާންވީ. ނުލިބޭ އެއްޗެއްގެ ވާހަކަ ނުދައްކާ. ޝުކުރު ކުރުމުގެ އާދަ ހިފަހައްޓަމާ
ފަކުރު
18 March 2024
ދިވެހިންނަށް ކާށިބަހައިގެން ވެރިކަން ބަދަލުކޮށް، މާމޮޅު ދިވެހިރާއްޖެ ހޯދަން ނިކުމެ. މިވެރިން ބަހާއެއްޗެއް ލިބުނުު މީހެއްނެތް.
ދެރަ
18 March 2024
ކުދި ޅަދަރިން ގޮވައިގެން އުޅޭ އެކަނިވެރި މައިންނަށް ކިއު ޖެހިގެން ތި ނަގަން ގޮސް ކިހިނެއް 4 ގަޑިއިރު ތިބޭނީ، ކާޑުވެސް ނުލިބުނު، 2 ބުރު ކިއުއަށް އެރިން މިހާރު ހުއްޓާލައިފި
ދިވެހިނިކަމެތިން
18 March 2024
ޗަމްޕާގެ ވިޔަފާރީގަ ބަރަކާތް ލައްވާށި. ހެޔޮ ދަރުމައާ ސަވާބު އިތުރުކޮށްދެއްވާށި. ޝުކުރިއްޔާ ޗަމްޕާ.
ކަލޭފާން
18 March 2024
ދިވެހިންނަށޭ ނުބުނޭ، މާލެ ސަރަހައްދުގައި އުޅޭ ވަކި ބަޔަކަށެވެ ރަށްރަށަށް ތީގެ ހަބަރެއް ނުވޭ ގައިމު
ފޮނިޓައްޕު ހަސަނު
18 March 2024
ވެން މަސް ވެނަށް ކާން ދެނީ. ޑޮލަރު ބޭންކަށް މާރު ނުކޮށް ބްލެކް މާރުކޭޓަށް މާރުކޮށްގެން މަހެއްގެ މައްޗަށް ކަޅުފައިސާގެ ގޮތުގައި އެތަކެއް މިލިއަން ފައިސާ ލިބެމުންދާ ކަމަށް ވޭ.