ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ކޮމެޓީން ކުރިން ބޭއްވި ބައްދަލުވުމެއް.-- ފޮޓޯ: މަޖިލިސް
18 މާޗް 2024 - 14:30
ފުވައްމުލަކު ކަރަންޓަށް ދިމާވެފައިވާ މައްސަލައާ ގުޅޭ ގޮތުން ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންނާ ބައްދަލުކުރުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ ހޫނުވެ، މެދުކަނޑާލައިފި އެވެ.
މިއަދު މެންދުރު 12:30 ގައި ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ކޮމެޓީ ފެށީ މެމްބަރުން ސުވާލު ކުރުމުން ފެނަކައިން ޖަވާބު ދޭ ގޮތަށެވެ. އެހެންވެ، ފުވައްމުލަކު ކަރަންޓަށް ދިމާވެފައިވާ މައްސަލައާ ގުޅޭ ގޮތުން މާފަންނު މެދު ދާއިރާގެ ޑިމޮކްރެޓްސް ޕާޓީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ސުވާލުކުރެއްވި އެވެ.
އެ ސުވާލަށް ފެނަކައިން ޖަވާބު ދިނުމުން ކޮމެޓީގެ މުގައްރިރު ކެނދިކުޅުދޫ ދާއިރާ މެމްބަރު އަހުމަދު އީސާ ވިދާޅުވީ ކޮމެޓީ ކުރިއަށް ގެންދާ ގޮތް ބަދަލު ކުރައްވާފައިވާ ކަމަށެވެ.
އެއީ ފަހަރަކު މެމްބަރެއްގެ ސުވާލަށް ފެނަކައިގެ ވެރިން ޖަވާބު ދެއްވުމުގެ ބަދަލުގައި ހުރިހާ މެމްބަރުންގެ ސުވާލުތައް ފުރަތަމަ ނިންމަވައިލެއްވުމެވެ. އެ އަށް ފަހު ފެނަކައިގެ މެމްބަރު ޖަވާބު ދިނުމެވެ.
ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ކޮމެޓީން ކުރިން ބޭއްވި ބައްދަލުވުމެއް.-- ފޮޓޯ: މަޖިލިސް
"މެމްބަރުން ހުރިހާ ސުވާލެއް ކުރީމާ ޖަވާބު ދޭން އަޅުގަނޑު [ފެނަކައިގެ ވެރިންނަށް] ފުރުސަތު ދޭނަން. އަޅުގަނޑު ޔަގީން ކޮށްދޭނަން ތިބޭފުޅުންގެ ހުރިހާ ސުވާލަކަށް ފުރިހަމަ ޖަވާބު އެކޮޅުން ލިބޭކަން. ފުރިހަމަ ޖަވާބު އެކޮޅުން ނުލިބޭ ކަމަށްވާ ނަމަ ނުލިބޭ ވާހަކަ ދެންނެވީމާ އަނެއްކާ ތަކުރާރު ކުރަން ފުރުސަތު ދޭނަން،" އެމްޑީޕީގެ މެމްބަރު އީސަ ވިދާޅުވި އެވެ.
އެގޮތަށް ކަންތައް ކުރައްވަން ނިންމެވީ ވަގުތު ސަލާމަތް ކުރައްވަން ކަމަށް ކޮމެޓީގެ ރިޔާސަތުގައި އިންނެވި މުގައްރިރު އީސަ ވިދާޅުވުމުން ކޮމެޓީ ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެއްވަން އެމްޑީޕީގެ ބައެއް މެމްބަރުން ތާއީދު ކުރެއްވި އެވެ. ނަމަވެސް އެހެން މެމްބަރުން އެގޮތަށް އެއްބަސް ނުވެ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް، ޒުވާބުތަކެއް ހިންގި އެވެ.
"އެގޮތަށް ބަދަލު ކުރުމުން ކޮމެޓީގެ ބޭނުން ކެނޑުނީ. މުގައްރިރަކަށް ނުގެންދެވޭނެ އެގޮތަކަށް. ކޮމެޓީ މެމްބަރުން ބޭނުންވާ ގޮތަށް ކުރިއަށް ގެންދަން ޖެހޭނީ،" އެކަމާ ދެކޮޅު ހެއްދެވި މެމްބަރުން ވިދާޅުވަމުން ގެންދެވި އެވެ.
އެ އަށް ފަހު، ކޮމެޓީގެ އަޑު ކަނޑާލައި ވާހަކަތަކެއް ދެއްކުމަށް ފަހު ކޮމެޓީ ނިންމާލީ އެވެ.
ފެނަކައިން މިއަދު ބުނި ގޮތުގައި ފުވައްމުލަކު ކަރަންޓަށް ދިމާވެފައިވާ މައްސަލައަށް އަދިވެސް ދާއިމީ ހަލެއް ނުލިބެ އެވެ. ރަށްރަށުގެ ކަރަންޓަށާއި އިންޖީނުގެތަށް އެޅުން ކުރިއަށް ގެންދިއުމުގައި ދިމާވެފައިވާ މައްސަލައަކީ އެ ކުންފުނީގެ ދަރަނީގެ މައްސަލަތައް ކަމަށް ވެސް ފެނަކައިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުނޑުހަސަނު
19 March 2024
މި ބަރަކާތްތެރި މައްސަރުގައި މެންދުރު 12:30 އަށް މީހުން ގެނެސްގެން ހެއްދެވި ނެހެއްދެވިއަށް މިގޮވަނީ އެކަކު އަނެކަކަށް. ނަމާދު ކޮޓަރިގަނޑެއް ނަމަވެސް ތިތާ ހުންނާނެކަމަށް މިބަލަނީ. އެކަމަކުވެސް ނަމާދު ދޫކޮށްލާފައި ނަމާދު ގަޑީގައި ޒުވާބުކުރުން މިއޮންނަނީ. މި މާތް މައްސަރުގައި ތިޔަހެން ނަހައްދަވާ. ވިސްނާ ފިކުރުކުރޭ. ބުއްދިވެރިންގެ މަަގަށް ރުޖޫޢަވޭ. މި މައްސަރުގެ މާތްކަން ލިބިގަންނަން މަސައްކަތްކުރޭ.
އެނދިމަރިޔަނބު
18 March 2024
ބަލަ މުގައްރިރަކީ މޮޑެރޭޓަރު. އޭނަ ދޯ މޮޑެރޭޓް ކުރާނީ. ކޮމެޓީ މެމްބަރުން ސުވާލު ކުރާނީ. އީސަ ހޮވި މީހުން މީނަ މިގޮނޑިން ބާލާ އަވަހަށް.
މިހާ ކުރީގެ ޚަބަރު ލާކަށް ނުވާންނު
18 March 2024
މީ 80ގެ އަހަރު ތަކުގެ ކަމެއް ނު؟ މިހާރު އޮތީ ޑްރޯން އާ ހަނދަށް ދިއުމާ، ކަނޑު އަޑީ ޓަނަލް ހެދުމެއްނު.
ކިހިނެއް
18 March 2024
ތިމަލާމާތް ކުރެވޭނީ އަމިއްލަ ގައުމައް. ކުރިން ނުވާނޭބުނި ބްރިޖް ވެސް އެޅީ
މަ ބުނީ
18 March 2024
މަ ބުނީ އަނދަގޮނޑިއަށް ލިއަސް އެ އެއްޗެއްގަ ހުރި އެއްޗަކުން ތިކިޖަހާނި ތަހުތަކަށް ލިޔަސް އިތުރު ދިޔައެއް ނުފެލޭނެ ،
ހޖހހހ
18 March 2024
ސަޅި. އީސަވާނީ ހަމަ ވެއިޓަރަކަށް. ގަބުޅިއެއް އެއީ.
ވާނެޔޭވާނޭ
18 March 2024
އެހެންދޯ ވާނީ ނ އަތޮޅަށް ވެސް ހުތުރު. ތަންކޮޅެއް އަދަބުއަޚުލާގު ދަންނަ މީހަކު މިފަހަރު ވާނެ ހޮވަން.
ނަން އެނގޭ
18 March 2024
އޭގެ މީހެއް ފޮނަދޫ އަބުދުއްރަހީމް އެއީ. އަހުލަގާ ބަސްމަގު އެންމެ ރީތި ވާނީ އޭނަގެ