ރައީސް އޮފީސް: އަންނަ މަހު 21 އާއި 22 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައި.-- ފޮޓޯ: މިހާރު
19 މާޗް 2024 - 12:01
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އަންނަ މަހުގެ 21 އާއި 22 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މަޖިލިސް އިންތިހާބުގެ ވޯޓުލުމުގެ މަސައްކަތާ ގުޅިގެން އަންނަ މަހުގެ 21 ވާ އާދީއްތަ ދުވަހާއި 22 ވާ ހޯމަ ދުވަސް ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް މިހާރު ހަމަޖައްސަވާފައިވާ ކަމަށެވެ.
އެ ދެ ދުވަސް ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް ހަމަޖެއްސެވީ އެއީ މަޖިލިސް އިންތިހާބުގެ ވޯޓުލުން ބާއްވާ ދުވަސް ކަމަށް ވުމާ އެކު، އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމުން އުޅޭނެތީ، ވޯޓުލުން ބާއްވާ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައި ވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ އެ ދުވަހާ ޖެހިގެން އަންނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ އިންތިހާބުގެ ވޯޓުލުމަށް ފަހުގައި ވޯޓު ގުނުމާއި ނަތީޖާ އިއުލާނުކުރުމާ އަދި އެ ނޫން ވެސް އިންތިހާބާ ގުޅުންހުރި މުހިންމު ގިނަ މަސައްކަތްތަކެއް އެ ދުވަހު ވެސް ކުރިއަށް ގެންދާނެތީ، އިލެކްޝަންސް ކޮމިޝަނުން އެ ދުވަސް ވެސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް އެދިފައި ވާތީ އެވެ.
ކުރިން މި މަހުގެ 17 ގައި ބާއްވާ ގޮތަށް ހަމަޖެއްސި ރައްޔިތުންގެ މަޖިލިސް އިންތިހާބު އަންނަ މަހު 21 އަށް ފަސްކުރީ ރޯދަމަހާ އިންތިހާބު ދިމާވެ ދަތިތަކާ ކުރިމަތިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުން އެގޮތަށް ފާސްކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ކައުންސެލަރ
19 March 2024
އޯކޭ ސަރުކާރު ޕާމަނަންޓްކޮއް ބަންދުކޮއްފަ ވެރިމީހާ ޗުއްޓީއައްދިޔަސް.
ޒިލްދާން
19 March 2024
އެނދިޕީ ޕާޓީ މިހާރު އެތިބީ ހަފުސްވެފަ. ދެން ހަމަ ހަމަނުޖެހުން ހިންގުން ނޫންގޮތެއް އެމީހުންނަކަށް ނެތް. މަގަށް ނުކުންނާނީ ދެން.
ކަނބުރުގެ
19 March 2024
ކޮބާ ކޮބާ މަޖިލީހުގެ މެންބަރުންތައް؟ އެއޮތީ ޑރ މުއިއްޒު ވޯޓުލާ ދުވަހާ އޭގެ ފަހުދުވަސް ބަންދުކުރަން ނިންމާފަ. ގާނޫނު އެފުށް މިފުށަށް ޖަހައިގެން ނަމަވެސް މިކަން ބަދަލުކުރަން ވާނެއެންނު؟ ޑރ މުއިއްޒަށް ޖެއްސުމެއް ކުރެވެން އޮތިއްޔާ ކަލޭމެން އެކަން ނުކޮށް ތިބެގެން ނުވާނެއެންނު..
އައިސޫ
19 March 2024
އަލަށްތަ ވޯޓްލާ ދުވަސް ބަންދު ކޮށްގެން މިއުޅެނީ... އުޅޭ ފާޑެއް
ދެނޯ
19 March 2024
ދެންކިހިނެއްތޯ ވާންވޫ. ބަންދު ނުކުރަންވީތަ. ބަންދު ކޮށްބަލަ. އެއްދުވަހު ސަރުކާރު ނުހުޅުވިޔަސް ހެޔޮ
ދަރުބުރިޕާޓީ
20 March 2024
މުޅިއަހަރު ބަންދުކުރިޔަސް ސަރުކާރު ކެންޑިޑޭޓަކަށް ދޭނެ ވޯޓެއް ނެތް. ފުލުފުލުގަ ވައުދުވަނީ.