ޚަބަރު / އަލީ އިހުސާން (ހޯމްލޭންޑް، ސެކިއުރިޓީ މިނިސްޓަރު)

އަބްދުﷲ ރަޝީދު މަރުވި އޮޕަރޭޝަންގައި ފުލުހުންގެ މައްސަލައެއް ނެތް: އިހުސާން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދު ޕޯސްޓްމޯޓަށްފަހު މާލެ ގެނެސް ބޭއްވި ޖަނާޒާގެ ތެރެެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޑްރަގް އޮޕަރޭޝަނެއްގައި، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަބްދުﷲ ރަޝީދުގެ މައްސަލައިގައި މިހާތަނަށް ބެލިބެލުމުގައި ފުލުހުންގެ މައްސަލައެއް ނެތް ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

އޮކްޓޫބަރު 25، 2022 ގައި ފުލުހުން ގދ. ހޯޑެއްދޫގައި ހިންގި ޑްރަގް އޮޕަރޭޝަނެއް ތެރެއިން ހައްޔަރުކުރި ރަޝީދު މަރުވީ އޭނާ މެޔަށް ތަދެއް އެރުމުން ފަރުވާ ދިނުމަށް ފުލުހުން އިންކާރު ކުރުމުން ކަމަށް އާއިލާ އިން ތުހުމަތުކުރެ އެވެ. ފުލުހުންގެ ލޯންޗެއްގައި އެ ދުވަހު ގދ. މަޑަވެލީގެ ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް އޭނާ އޮތީ މަރުވެފަ އެވެ.

މި މައްސަލާގައި ހިމެނޭ ފުލުހުންނަށް ދައުވާކުރަން ފޮނުވަން ނެޝަނަލް އިންްޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ނިންމި ކަމަށް ބުނެފައި ވިޔަސް މިހާތަނަށް ދައުވާއެއް ނުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވަނީ މި މައްސަލައިގައި ދައުވާ ކުރުން ލަސްވަނީ ކޮން ސަބަބަކާ ގުޅިގެންތޯ ސުވާލުކުރައްވައިފަ އެވެ.

އެކަމާ ގުޅިގެން އިހުސާން ވިދާޅުވީ މައްސަލާގައި އިންޓެގްރިޓީ ކޮމިޝަނުން ނިންމި ގޮތުގެ ރިޕޯޓު ހޯދަން އެދިފައިވާނެ ކަމަށެވެ.

އިހުސާން ވިދާޅުވީ، މައްސަލައާ ގުޅިގެން ފުލުހުންގެ އޮޕަރޭޝަނަލް މައްސަލައެއް އޮތްތޯ ފުލުހުންގެ ތެރެއިން ބަލާފައިވާނެ ކަމަށާއި އެފަދަ މައްސަލައެއް ފާހަގަނުވާ ކަމަށެވެ.

"މިހާތަނަށް ބެލި ބެލުމުން އަޅުގަނޑުމެންނަކަށް ފާހަގަވެފައެއް ނެތް ފުލުހުން އެ އޮޕަރޭޝަންގައި އެވަގުތު އަމަލު ކޮށްފައި އިން ގޮތުގެ މައްސަލަތަކެއް. އެހެންނަމަވެސް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ފާހަގަކުރާ ނަމަ ވަގުތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނަން،" އިހުސާން ވިދާޅުވި އެވެ.

މި މަރުގައި ފުލުހުންގެ މައްސަލައެއް ނެތް ކަމަށް ދޭހަވާ ފަދަ ގޮތަކަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ވާހަކަ ދައްކަވައިފަ އެވެ. އިމްރާން ވިދާޅުވެފައިވަނީ އަބްދުﷲ ރަޝީދުގެ މައްސަލަ އަށް ތަހުގީގީ ނަޒަރަކުން ބަލާ ނަމަ ރައްޔިތުންނަށް ފެނުނު ކަންކަމާ މުޅިން ތަފާތު މަންޒަރެއް ފެންނަ ކަމަށެވެ.

14 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 57%
icon wow icon wow 0%
icon inlove icon inlove 43%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

MySuperGreenDOTcom

21 March 2024

ރާއްޖޭގެ ފުލުހުންނަކީ އެއްވެސް ޕުރޮފެޝަނަލްކަމެއްހުރިބައެއްނޫން، އެމީހުންއުޅޭނީ އެމީހުންގެ ބާރާ ބޮޑާކަންދަށްކަން، މެޔަށްތަދުއަރާވާހަކަބުނީމާ ބޭނުންހާ ވަގުތެއްނަގާލާ މާދުރުގަ ހުރި ސިއްހީމަރުކަޒަކަށް ގެންދިޔައިމާ ފުލުހުންގެ ގަމާރުކަން ހާމަވޭ، މެޔަށްތަދުއަރާވާހަކަ ބުނާނަމަ ވަގުތުން އެކަންބަލާ އަވަސްފަރުވާ ދޭންޖެހޭ، ފުލުހުން މިކަންކޮށްފައެއްނުވޭ، އެހެންވީމާ އަބްދުﷲ ރަޝީދުގެ މަރުގައި ފުލުހުންގެ އިހުމާލުބޮޑު، ފަރުވާލަސްކުރި މީހުނާމެދު ދައުވާކުރަންޖެހޭ

The name is already taken The name is available. Register?

ހައްތާވެސް

21 March 2024

ކޮންމެ ފަދަ ނުބައިކަމެއް ކޮށްފަވެސް ދެރަކަމެއް ވާއިރަށް ފުލުހުންގެ ބޮލަށް ކަނޑާލާތި. އުޅެވޭގޮތެއް ނޭނގޭތަ؟

The name is already taken The name is available. Register?

MySuperGreenDOTcom

21 March 2024

@ހައްތާވެސް، ނުބައިކަމެއް ނުވަތަ ފާފަ ނުކުރާމީހަކު އަޅުގަނޑުމެންގެތެރޭގައިނުވޭ! ހެކިހުއްޓަސް ލޮލަށްފެނުނަސް އެމީހަކީ ކުށްވެރިއެއްކަމަށް ބެލެވޭނީ ޝަރީޢަތުން ކުށްސާބިތުވެ ހުކުމްކުރީމާ، މިއުސޫލުމިގޮތަށް އޮންނަނީ އެންމެންގެ ރައްކާތެރިކަމަށްޓާކާ! ހައްޔަރުކުރުކުރުމުގެ ތެރޭގައި ދިމާވާ މެޑިކަލް އެމެޖެންސީއަށް އެޓެންޑުކުރުން ލަސްކުރުންމީ ގަސްދުގައި މީހަކުމެރުންފަދަކަމެއް! މެޔަށް ތަދުއެރުމަކީ މެޑިކަލް އެމެޖެންސީއަކަށް ވެދާނެކަމެއްކަން އެންމެންވެސް ދަންނާނެ

The name is already taken The name is available. Register?

ސަލްމާން

21 March 2024

އަބްދުﷲ ހައްޔަރުކުރީ ކުށެއްގެ ތުހުމަތަށެވެ. އިންސާނަކު ވާނީ އިންސާނަކަށެވެ. ކިތައްމެ ނުވައި ކަމެއް ކުރާ މީހަކަސް، މެއަށް ތަދެއް އެރުމުން ފޭކްޖައްސަނީ ކަމަށްބަލާފަ ޑޮކްޓަރަށް ދެެއްކުން ލަސްކުރި ކުރުމަކީ އިހުމާލެކެވެ.

The name is already taken The name is available. Register?

އަޑު

21 March 2024

ފުލުހުން ދޮގު ހުވާކޮށް ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާއިރުވެސް އިހުމާލެއްނެތޭތަ ތިޔަބުނަނީ. ރަގަޅަށްވިއްޔާ މިރުންދުންއެޅިފަ ތިހުރީ

The name is already taken The name is available. Register?

ނަރަކަވެރިން

20 March 2024

އޭނަ ވިއްކި ޑުރަގުގެ ސަބަބުން ދިރިއުޅުން ހަލާކުވީ ކިތައް މީހުންތޯ އިއްޒަތްތެރި މެންބަރު ބަލާލަބަލަ!

The name is already taken The name is available. Register?

އެނަން

21 March 2024

އެކަން ބަލަން ހަވާލުކޮށްފައިވަނީ ފުލުހުންނާއި. މީހަކު މެރިމީހަކަވެސް އަސާސީ ހައްޤުތަކުން މަހުރޫމް ނުކުރެވޭނެ.

The name is already taken The name is available. Register?

އޮޅުންބޮޅުން

20 March 2024

މިއީ އަޅެ ފަހެ ކާކުތަ މިކަހަލަ ކަންކަމަށް ވާހަކަ ދައްކަން. މުޅިން މެންޑޭޓު އޮޅިފަ ހުރިހެން ހީވަނީ މި މިނިސްޓަރެއްގެ.

The name is already taken The name is available. Register?

ކަދުރު ފާތުމަ

20 March 2024

ހަހާ. ކުރީގެ ސަރުކާރު އޮތްއިރުގެ ބަސްމަގާއި، މިހާރުގެ ބަސްމަގާއި ހާދަ ތަފާތު ބޮޑޭ!

The name is already taken The name is available. Register?

ސީތާ

20 March 2024

ހޯޑެއްދޫގައި ސިއްޙީ މަރުކަޒެއް ނެތިގެންތޯ މަޑަވެއްޔަށް ގެންދަން ޖެހުނީ؟ ހޯޑެއްދޫން ސިންގަޕޯރ އަށް ގެންދިޔަނަމަ އަހަރެމެންނަށް ބުނެވިދާނެ ރަނގަޅު ފަރުވާ ހޯދަންވެގެންނޭ ގެންދިޔައީ. އެމީހާފަކީރު މަރަށްތެޅުނުއިރު އެންމެކައިރިން ޚިދުމަތްލިބެންހުރި ތަނަކަށް ނުގެންދިޔަ ސަބަބަކީ ކޮބައިތޯ؟ ނޫނީ އެދުވަހުގެ އެގަޑިއަށް ހޯޑެއްދޫ ސިއްޙީމަރުކަޒުގައި އެއްވެސް ސްޓާފަކުނެތިގެން ބަންދުކޮށްފައިހުރީތޯ ހޯޑެއްދޫ މަރުކަޒަށް ނުގެންދިޔައީ؟؟

The name is already taken The name is available. Register?

ށަވިޔަނި

21 March 2024

ރަނގަޅު ސުވާލުތަކެކެވެ. މިސުވާލުތަކުގެ ޖަވާބު ރައްޔިތުންނަށް ހާމަކޮށްދިނުމުން ރައްޔިތުންނަށް ކަންވީގޮތް ސާފުވާނީ. ފުލުހުންވާ އިހުމާލުތަކަށް ފިޔަވަޅު ނޭޅޭކަމަށްވާނަމަ މުއައްސަސާ ދުވަހަކުވެސް ރަނގަޅެއް ނުވާނެއެވެ. ގެއްލުން ލިބޭނީ ދިވެހި ރައްޔިތުންނަށެވެ.

The name is already taken The name is available. Register?

1828

20 March 2024

ރައްޔިތުންނަށް ފެނޭ ފުލުހުންގެ އިހުމާލު ތިމައްސަލާގައި. ދެ ހޯމްމިނިސްޓަރަކަށް ތިޔަ މައްސަލާގައި ފުލުހުންގެ އިހުމާލެއް ފެންނަން ނެތުމަކީ ހިތާމަކުރަންޖެހޭ ކަމެއް.

The name is already taken The name is available. Register?

އަލިބެއް

20 March 2024

ކޮބާ އިހުމާލަކީ؟ 100ކިލޯ ކޮނޑު ޖަހާގެން ގެނެސް ވަޅުލި އެންމެން ހައްޔަރުކުރުންތަ؟ ދެންސަލާމަތް ނުވާނެކަން އިނގޭތީ މާބޮޑަށް މާޓީ ވިސްނުންތަ؟ މާ ބޮޑަށް ކަންކަން އެގެނީއޭދޯ ތި ކޮންމެންޓުތައް ކުރަނީ

The name is already taken The name is available. Register?

ހަމަދު

20 March 2024

ސަރުކާރު ބަދަލްވާއިރު ފުލުހުންގެ ތެރޭން ތަހުގީގު ކުރާއިރު ނުފެނިދާނެ އެއީ ވެރިކަން ބަދަލުވުމުގެ ކުރިން ހެކިނައްޓާ ލައިފިއްޔާ ކޮންމެ ގޮތެއް ވިޔަސް ވެރިކަމުންދާ މީހުން ބަލާނެ އެނައްތާލެވޭނެ ގޮތެއް އެއީ އަސްލު އޯޑަރތައް ގިނަފަހަރު ދޭނީ ސިޔާސީ މީހެން މިކަހަލަ ކަންކަމު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454