ސަލްޓަން ޕާކުގެ ބޯޑުތައް ނައްޓާލާފައި.
23 މާޗް 2024 - 10:39
ސަލްޓަން ޕާކުގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައި ހުރި ބޯޑުތަކަށް ބަޔަކު ގެއްލުންދީފި އެވެ.
މާލޭ ސިޓީ ކައުންސިލުން އެކްސްގައި ބުނީ ސަލްޓަން ޕާކުގައި ހަރުކޮށްފައި ހުރި ބޯޑުތަކަށް ބަޔަކު ރޭގެ ވަގުތެއްގައި ގެއްލުންދީފައިވާ ކަމަށާއި އެކަން ކުރި ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
އެ ޕޯސްޓާ އެކު ހިއްސާކުރި ފޮޓޯތަކުގައި ފެންނަނީ ޕާކުގެ ކުޅޭ ސަރަހައްދުގައި ކުދިންނަށް އިރުޝާދު ދިނުމުގެ ގޮތުން ހަރުކޮށްފައިވާ ބޯޑަކާއި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހަރުކޮށްފައިވާ ބޯޑެއް ވެސް ނައްޓާލާފައި އޮއްވަ އެވެ.
ސަލްޓަންް ޕާކުގައި ހަރުކޮށްފައި ހުރި ބޯޑުތަކަށް މިރޭގެ ވަގުތެއްގައި ބަޔަކު ވަނީ ގެއްލުން ދީފައެވެ، އެ ކަން ކުރި ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން މިހާރު ދަނީ ކުރެވެމުން. pic.twitter.com/Qp5xr0AAAA
— Malé City Council (@MaleCitymv) March 22, 2024
ވަށައިގެން ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުންނަ އެ ޕާކުގެ ބޯޑުތަކަށް ގެއްލުންދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް ސާފެއް ނޫނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެންބޯޑުތައް
24 March 2024
އެބޯޑުތަކައް އެކަނިތަ ގެއްލުންދެނީ؟ އެހެރީ އިންތިހާބުގެ ޕޯސްޓަރުތަކައްވެސް ގެއްލުންދީފައި. ކޮންމެ ފޮޓޯއެއްގެ މޫނުއިންނަބައި ވަކިން ކަނޑައި ނަގާފައި. މިއީ މަގުމަތިން ޝަރީއަތްކުރުން ނޫންބާ! އެއީ އަހަރެމެން ދަންނަ އިސްލާމްދީނުގައި ހުއްދަކަމެއް ނޫން. އެކަން ކުރާނީ އެގައުމެއްގެ ސަރުކާރުން.
ހައްގުބަސް.
24 March 2024
ގޭންގުތަ ރޫޅާލަން ޖެހޭ ވަގުތު އައިސްފި.
ސާބަސްދޯ
23 March 2024
މީދެން ހަމަހޭގަތިބޭ ބަޔަކު ކުރާނެކަމެއްނޫން
ނަމަނަމަ
23 March 2024
ނަމަނަމަ ޝާއިތާނާއާ ނާޅުވާތި، މިއީ ރޯދަމަސް، ޝައިތާނުން ވަނީ ކަސްތަޅުއަޅުވާފަ. އެހެންވީމާ މިއީ ހަމަ އިންސާނުންގެ ނުބައިކަން.
އެންޑީ
23 March 2024
ކުރާނެ ރަނގަޅު ކަމެއް ހަަމަ ބައެއްމީހުންނަށް ނޭނގެނީ ދޯ. ދެން ގޮސް އެއްތަނަކަށް ގެއްލުންދީ އަނެއްތަނަކުން ވައްކަން ކޮށް މިހެން މުޅި އުމުރު މިހޭދަ ކޮށްލަނީ. މިމީހުން ނަށް ހެޔޮ ވިސްނުން ދެއްވާށީ
ރަދީފްއޮފިޝަލް
23 March 2024
އަބަދުވެސް އެއްޗަކަށް / ތަނަކަށް / މީހަކަށް ގެއްލުންދިން ވާހަކަ ނޫސްތަކުން މިފެންނަނީ.ދެރަކަމެއް. މިފަދަ މީހުންނަށް ހެޔޮވިސްނުން މިންވަރުކުރައްވާށި.އާމީން.
އަފްރާސިޔާބު
23 March 2024
އިންސާނުންގެ ތެރޭގައި ހިމެނޭ ޝައިތާނުންޖެހޭނީ އަބަދު ކަސްތަޅުގައި ބާއްވަން. ދޫވެއްޖެއްޔާ ގެއްލުމެއް ދޭނެ.
ގެދާނޯމޮސް
23 March 2024
އިންތިޚާބުން ފެއިލް ވެގެން އުޅޭ ބަޔަކު މިސަރުކާރު ސައިޒުކުރުމުގައި ކުރަނީ ކޮންކަމެއް ކަމެއް ނޭންގެއެވެ. ފެންނަނީ އެއްނަތީޖާއެކެވެ. ކުރީގެ ރައީސްޔާމިން ހައްދަވާފަ ހުންނެވި ޕާކުތަކަށް ގެއްލުން ދިންގޮތަށް މިހާރުވެސް އެކަން ޚައިބުގަ އެބަހިނގައެވެ.
ޕެޓްރޮއިޓް
23 March 2024
ގޮދާމަހަށް ހުރިހާ ކަމެއްވެސް ފެންނާނީ ތިޔަހެން.