ޚަބަރު / މިފްކޯ

ރިޖެކްޓް މަދުކުރަން ތައިލެންޑް ވިޔަފާރިތަކުން އެއްބަހެއް ނުވި: މިފްކޯ

މިފްކޯގެ މަސް އުފުލާ އުޅަނދެއް--

މިފްކޯ އިން އެކްސްޕޯޓު ކުރާ މަހުން ހަލާކު ވެގެން ރިޖެކްޓް ވާ އަދަދު މަދު ކުރުމަށް ތައިލެންޑްގެ ވިޔަފާރިތަކާ އެކު މަޝްވަރާ ކުރި ނަމަވެސް އެކަމަށް އެ ފަރާތުން އެއްބަސް ނުވި ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ސަމާހު ވިދާޅުވީ މިފްކޯ އިން ބޭރު ކުރާ ގިނަ އަދަދެއްގެ މަސް ރިޖެކްޓުވާ މައްސަލަ ހައްލު ކުރަން ތައިލެންޑުން މަސް ގަންނަ ފަރާތްތަކާ މަޝްވަރާ ކުރައްވަން އޭނާ ވަރަށް ފަހުން ބެންކޮކަށް ވަޑައިގަތް ކަމަށެވެ.

އެ މައްސަލަ ހައްލު ކުރަން މިފްކޯ އިން ހުށަހެޅީ މަސް ގްރޭޑް ކުރާ ފަރާތްތައް އެ ކުންފުނީގެ ހަރަދުގައި ރާއްޖޭގައި ބަހައްޓައިގެން މަހުގެ ފެންވަރު ބެލުމަށް ފަހު، ބޭރު ކުރުމަށް ކަމަށާއި އޭރުން ރިޖެކްޓްވާ ލެވެލް ވަރަށް ބަޑަށް ދަށް ކުރެވޭނެ ކަމަށް ސަމާހު ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން ބަޔަރުންގެ ގްރޭޑަރު ރާއްޖެ ފޮނުވައިދޭށޭ. އެހެން ނަމަވެސް ގްރޭޑަރު ގްރޭޑް ކޮށްފައި ރަނގަޅޭ ކިޔައިފަ އަރުވާ ކޮންމެ ކިލޯއަކަށް ފައިސާ ދައްކަން ޖެހޭ. މި ނޫން ގޮތަކަށް މިކަމެއް ނުވާނޭ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެކަމަށް އެ ގައުމުގެ ވިޔަފާރިވެރިން އެއްބަސްނުވި ކަމަށް ސަމާހު ވިދާޅުވި އެވެ. ވިދާޅުވީ "އެގޮތަށް މިފްކޯ އިން މަސް ގަންނާނެ ބަޔަކު ނުވާނެ" ކަމަށް އެ މީހުން ބުނި ކަމަށެވެ.

އެކަމަކު އޭނާ އެ ސްޓޭންޑް ދޫނުކުރައްވައި ދަމަހައްޓާފައިވާ ކަމަށާއި މިހާތަނަށް ޖަޕާނާއި އިޓަލީ އާއި ސްޕެއިން އިން މިފްކޯ އިން ހުށަހަޅާ ޓާމްސްތަކަށް އެއްބަސްވާނެ މީހުން އެބަތިބި ކަމަށް ސަމާހު ވިދާޅުވި އެވެ.

ސަމާހު ވިދާޅުވި ގޮތުގައި މަސް ރިޖެކްޓުވުމަކީ މިފްކޯ އަށް ގެއްލުންވާ އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ.

އެ ކުންފުނިން 3000 ޓަނުގެ މަސް ބޭރު ކޮށްފިއްޔާ 800-500 ޓަނުގެ މަސް ރިޖެކްޓު ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އޭގެ އަޑީގައި ކަންތައްތަކެއް ހިނގާ ކަމަށާއި އޭގެން ވަކި ބަޔަކަށް ފައިދާތަކެއް ވާކަމުގެ އަޑުތައް އިވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

46 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 29%
icon wow icon wow 71%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަޑަބޮއް ސައީދު

27 March 2024

މިއީ ބޮޑު ޖަރީމާއެއް. ރިޖެކްޓް ކުރުވަނީ ކަޓު ހޯދަން. ކޮންމެހެން ޖެހޭތަ ތައިލެންޑަށް ބޭރު ކުރަން. އެހެން ގައުމުތަށްވެސް އެބަހުރި، މި އީ މައުމޫނިޒަމް ޒަމާނުން ފެށިގެން ހިނގަމުން އަންނަ ޖަރީމާއެއް. ގައުމި ސަލާމަތް ކުރޭ ހެޔޮނުވާނެ މިކަމުން މިއޮށްވާން އޮތް ބޮޑު ފައިދާގެ ބަދަލުގައި މަދު ބަޔަކަށް ފައިދާއަށް ދޭ ބޮޑު ގެއްލުމެއްމީ.

The name is already taken The name is available. Register?

އަސް

27 March 2024

1ވަނަ ގްރޭޑް ނޫނިއްޔާ 2 ވަނަ ގުރޭޑް ނުވަތަ 3 ވަނަ ގްރޭޑަށް ނަމަވެސް ފެތޭނެ. ރިޖެޓެއް ނުވާނެ %25 އެއް، ސިކުޑި ހުރި މީހަކަށް މި އިގޭނެ. ރާއްޖޭގަ މަސްވެރިން ގެންނަ މަސް ގްރޭޑް ކޮށްފަ ގަންނަނީ ވެސް، އެންމެ ރަގަޅު ފްރީޒް ކުރަނީ، އެއަށް ނުގެތޭ މަސް ވަޅު މަހަށާ ކަންކަމަށް ނަގަނީ، ދެން ކިހިނެއް އެހާ ބައިވަރި ޝިޕްމެންޓަކަުން ރިޖެޓް ވާނީ.

The name is already taken The name is available. Register?

ހެހެހެހެހެހ

27 March 2024

ކަޓުލިބޭ ދިވެހިން އަޑީގަ ތިބެގެން ކުރާ ކަމެއް ނޫންތަ؟

The name is already taken The name is available. Register?

އެއް ޕީ އައި ޑީ

27 March 2024

މިފްކޯ އަކީ އެފް.ޕީ.އައި.ޑީ ޒަމާނުއްސުރެން ރާއްޖޭގައި އޮތް އެންމެ ކޮރަޕްޓް ކުންފުނި. ރައްޔިތުންނަށް ތިލަ ނުވާ އެތައް ޖަރީމާއެއް ހިނގާތަނެއް. މިފްކޯގެ އެއިރަކު އޮންނަ ބޯޑު މެމްބަރުން ތިބޭނީ ތައިލޭންޑް ކުންފުނިތަކުގެ ޖީބުގައި! މި މައްސަލަ ބައްލަވާ ދެއްވާ! މިއީ ދިވެހިންގެ ރިޒުޤު.

The name is already taken The name is available. Register?

ކަނޑު

27 March 2024

ރަމުޟާންނެއް ސައްވާލެއް ކިޔާނެކަމެއްނެތް. ތިޔަ އަންނަނީ އެއްބޭނުމެއްގައި ކެވުނުގޮތަކަށް ހަމަ ކާންވީ. ކެއިކެއިހެން ބަނޑު ބޮޑުވާނެ.

The name is already taken The name is available. Register?

ކަމަޅި

27 March 2024

ހަމަ ހުސް އެއްވަރުގެ ވަގުން. ތިކަމުގަ ދެރަ އެކަކުވެސް ނެތް. ކެވެންއޮތް ގޮތަކަށް މިއަދު ކާންވާނެ.

The name is already taken The name is available. Register?

ޢަސްލުމީހާ

27 March 2024

ބޯޓް ހުސްކޮށް އަނބުރާ އަންނައިރު ތިޔަ ރިޖެކްޓް މަހެއް ދުވަހަކުވެސް ރާއްޖެ ނުގެނޭ. ތި ރެޖެކްޓްވާ މަސް ރާއްޖެ ގެނެސް ފެލިވަރުގައި ދަޅުގައި ބަންދުކޮށްބަލަ.

The name is already taken The name is available. Register?

ބަބޫ

27 March 2024

ރިޖެކްޓްވާބައި ނުއަގުގައި ރައްޓެހިންނަށް ދީ އޭގެ ފައިދާވެސް ނެގިދާނެ؟

The name is already taken The name is available. Register?

ބުރުސް

26 March 2024

500-800 ޓަން ރިޖެކްޓެއް ނުވާނެ. ވިޔަސް ވާނީ 100 ވަރަކަށް ޓަން. ހޮޅި ވާހަކަ...

The name is already taken The name is available. Register?

ކަހެރުވައް

26 March 2024

ރިޖެކްޓްވާ މަސް މިކޮޅަށް ގެނެސް ފެލިވަރު ނޫނީ ކޫއްޑޫގަ ޕްރޮސެސް ނުކުރަނީ ކީއްވެ؟ އޭރަށް ކޮބާބާ ވާނެ ގެއްލުމަކީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454