ޚަބަރު / މޯލްޑިވިއަން އެއާލައިން

ކޫއްޑު އަށް ޖައްސަން އުޅުމުގެ ތެރޭގައި މޯލްޑިވިއަންގެ މަތިންދާބޯޓަކަށް ގެއްލުން ވެއްޖެ

މޯލްޑިވިއަންގެ ފްލައިޓަކުން ފަސިންޖަރުން ފައިބަނީ: ކޫއްޑޫ އެއާޕޯޓަށް މޯލްޑިވިއަންގެ މަތިންދާބޯޓެއް މިއަދު ޖައްސަން އުޅުމުގެ ތެރޭގައި އެ ބޯޓަށް ގެއްލުންވި މައްސަލަ އަންނަނީ ބަލަމުން ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނޭ.

ގއ. ކޫއްޑޫ އެއާޕޯޓަށް މޯލްޑިވިއަންގެ މަތިންދާބޯޓެއް މިއަދު ޖައްސަން އުޅުމުގެ ތެރޭގައި އެ ބޯޓަށް ގެއްލުންތަކެއް ވެއްޖެ އެވެ.

މާލެ އިން ފުރައިގެން ކޫއްޑޫ އެއާޕޯޓަށް ޖެއްސުމުގެ ތެރޭގައި ބޯޓުގެ ތިރީބައިގައި ބޮޑެތި ކޫރުންތަކެއް ވަނީ އެޅިފަ އެވެ. އެކަމަކު އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

މަތިންދާބޯޓުގައި ކޫރުން އެޅުނީ އެއްޗެއްގައި ޖެހިގެން ކަމެއް ނުވަތަ އެ ނޫން ސަބަބެއް މެދުވެރިވެގެން ކަމެއް އަދި ސާފެއް ނުވެ އެވެ.

އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިރޭ ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވި ގޮތް ބަލަމުން އަންނަ ކަމަށެވެ. އަދި އެކަން ހިނގަން މެދުވެރިވީ ކޮން ސަބަބަކާ ހެދިކަން މިވަގުތު ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ބަލަންޖެހޭ ހުރިހާ ކަމަކަށް ފަހު ނޫނީ އެ ބޯޓު ދެން ދަތުރު ނުކުރާނެ ކަމުގެ ޔަގީންކަން ނަޝާތު ދެއްވި އެވެ.

"ޕަސިންޖަރަކަށް ގެއްލުމެއް ވެދާނެ ކަމުގެ ކިރިޔާ ވެސް ފުރުސަތެއް އޮވެއްޖިއްޔާ އަޅުގަނޑުމެން އެ ރިސްކެއް ނުނަގާނަން. ބޯޓު ދެން ދަތުރުކުރާނީ ބަލަންޖެހޭ ހުރިހާ ކަމެއް އިންޖިނިއަރުން ބެލުމަށް ފަހު،" ނަޝާތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޯޓުގެ ދަތުރުތައް މެދުކަނޑާލައި، އައިލެންޑް އޭވިއޭޝަންގެ އިންޖިނިއަރުންގެ ޓީމެއް ކޫއްޑޫގައި މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

11 ކޮމެންޓް, 63 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 73%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެނޮނީމާ

19 February 2017

މީރަންވޭގެ ކަމެއް ނޫނީ މީ ރައީސްނަޝީދު އާހެދި ވީކަމެއް . ނަޝިދޫ ތިހެންނުހަދަބަލަ.ދޯ ސޫޕުރިންކޯޓް އަވަސް ހުކުމް އިއްވާ އިތުރު 15 އަހަރު ރނގަޅުވާނެ.

The name is already taken The name is available. Register?

ސްކްރެޗް

19 February 2017

ޕީންކީންގެ ސަރުކާރެއްގަ ތިކަހަލަ ވަރަށް ބައިވަރު ކަންތައް ހިނގާނެ، ސަރުކާރު ތެރާގަވެސް ހުސް ކޫރު، ތީކީ މާބޮކަށް ބޮޑު ކަންތަކެއް ނޫނެއްނު

The name is already taken The name is available. Register?

ފްލެއަރ

19 February 2017

އަހަންނަކީ އެއަރކްރާފްޓް އެންޖިނޭރަކަށް އަދި އެކްސިޑެންޓް އިންވެސްޓިގޭޓަރަކަށް ނުވިޔަސް ތި ވީގޮތް ލަފާކޮށްފަ ކިޔާދީފާނަން، ފްލައިޓެއް ޖައްސަން އަންނައިރު ފްލެއަރ އެއް ހަދާނެއެވެ. ފްލެއަރ އަކީ ބޯޓް ކުރީ ކޮޅު ހިތްލާލުމެވެ. ކުރީކޮޅު ހިތްލާލާއިރު ފަހެއް ކޮޅު ތިރިވާނެއެވެ. އެގޮތަށް މާބޮޑަށް ހިތް ލައިފިނަމަ ބޯޓް ރަންވޭގަ ޖައްސާއިރު ފަހަތް ކޮޅު ރަންވޭގަ ޖެހިދާނެއެވެ. ބޮޑަށް ބެލެވެނީ ޕައިލެޓަށް ހެދުނު ގޯހެއްކަމަށް

The name is already taken The name is available. Register?

ފައިލެޓް އަހައްމަދު

19 February 2017

ޓެއިލް ސްޓްރައިކެއް ހެން ހީވަނީ. ރަންވޭގަ ޖައްސަން އުޅުމުގެ ތެރޭގަ ބޯޓުގެ ކުރީކޮޅު މާބޮޑަށް މައްޗަށް ޖެހިފަހުރީމާ ބޯޓުގެ ފަހަތް ރަންވޭގަ ޖެހުނީ.

The name is already taken The name is available. Register?

ދޫނި ރާއްޖެ

19 February 2017

ބަރޑް ސްޓްރައިކަކަށްވެސް ވެދާނެ

The name is already taken The name is available. Register?

ކޫރުން

18 February 2017

ތިކަންވެސް މުޒާހަރާ ރޫޅާ ކުދިންތަކެއް ލައްވައި ތަހުގީގު ކޮށްލަނިކޮށް ބޭނުންވާ ކަހަލަ ނަތީޖާއެއް ފެނިދާނެ.

The name is already taken The name is available. Register?

އަހުމަދު

18 February 2017

ބޯޓަށް ވީގޮތެއް އެނގެން މަވެސް ބޭނުން... މިގައުމުގައި ހިނގާ ބޮޑެތިކަންކަން އޭގެ ދޮގުތެދު ނޫނީ ކަންވީގޮތް ބަލަމުންދާކަމަށް ބުނެ ނިންމާލުން އާއްމުކަމެއް. އޭގެ ފަހުން ވީނުވީއެއް ނޭންގޭ.. ހާއްސަކޮށް ޕޮލިހުންގެ ފަރާތުން ބަލާ ކަންކަން ދެން ނޭންގޭނެ ވީގޮތެއް..

The name is already taken The name is available. Register?

އަޑީބް އެންޑް ބަދީއް

18 February 2017

އޭޑުސްލޭގެކަންތައް ވީހިސާބެއްވެސް ނޭންގޭ. ހޮޅިދަނޑި ވެއްޓިމަރުވީމާ ގޯސްވޯ ހޮޅިދަނޑު.

The name is already taken The name is available. Register?

GAN Island

18 February 2017

Maldives Civil Aviation Authority މިހާރު އުވާލީތޯ ؟؟ އެ އޮތޯރިޓީގެ ފަރާތުން ދައްކަންޖެހޭ ވާހަކަ ވެސް މިހާރު ތިޔަ އެއަރލައިންގެ އަލީ ނަޝާތު އާއި ހަވާލުކޮށްފައިތޯވަނީ ؟؟ . . . މިދޭތެރެއިން ސްރީލަންކަން އެއަރލައިން އައްޑޫ ގަމަށް ދަތުރު ކުރަންވެސް Civil Aviation Authority ހުއްދަދެއްވާ އެންމެ ފަހުގެ ތައްޔާރީތަށް ވެފައި ވަނިކޮށް ގަމަށް ދަތުރު ނުކުރެވޭނެ ކަމަށް ވެސް އެންގީ ހަމަ މިފަދަ ގޮތަކަށް. އަދި އަދަށް ދާންދެން ލަންކާގެ ޤައުމީ އެއަރލައިން SriLankan Airlines އަށް ވިޔަފާރީގެ ހުރަސް ތަކެއް އެޅުމުގެ ގޮތުން އައްޑޫ ހުވަދޫ ފުވައްމުލަކުގައި ވޯކް ވީޒާ ގައި ތިބި ލަންކާ މީހުންނަށް ދަތުރު ނުކުރެވޭ ގޮތަށް ބައިނަލް އަޤުވާމީ އުސޫލު ތަކާއި ހަމަތަކާއި ހިލާފަށް ބަޔަކު ވަނީ ހަދާފައި.

The name is already taken The name is available. Register?

GAN Island ރ

19 February 2017

މާބޮޑަށް އެނގިގެން ނޫޅޭ. ތިހާ އެނގިގެން އުޅެންޏާ އުވާލެވޭ ތަންތަން ވެސް ކަލެއަށް އެނގޭނެ. ބަލަގަ. ކަލޭމެން އޭރު ބުނީ ތިމަންނަ މެންނަށް ރާއްޖެއިން ބޭރަށް ނުދެވިގެން އުޅެނީ ތިޔަ ލަންކާ އެއަރލައިން ނުފެއްޓިގެންނޭ. އެއޮތީ ފެށިފަ. ދޭބަލަ ނިކަން ލަންކާއަށް. އަދި އޭރު ބުނީމެއްނު. ލަންކާ ފެށީމަ ހިލޭ ދަތުރު ކޮށްލެވޭނޭ. ރާކަނި މަސް އެބަ ކެވޭތަ. މުޅިން ހިލޭ ދޯ އެ މީހުން ޓިކެޓް ދެނީ. ދެން ތިބުނީ ހުވަދޫ، ފުވައްމުލަކުގެ ވާހަކަ. އަހަރުމެންނެއް ނޫޅެން ކަލޭ މެންގެ ރަށަށް ގޮސް ބޭރަށް ނުދެވިގެނެއް. އަހަރުމެން ގެންގުޅޭ މިހަކުވެސް ތިރަށަށް ފޮނުވައިގެން ބޭރަށް ފޮނުވާކަށް ނޫޅެން. ކަލޭ ހީކުރީ ހުވަދޫ މީހުން ތިތަނަށް ދާހިތުން އެބަ އުޅޭކަމަށް؟ ކައިރީގަ ތިއޮތް ފޯކްލޭންޑް މީހުން ވެސް ބޭނުމެއްނޫން ތިތަނަށް ދާކަށެއް. ވ. ސަލާމް.

The name is already taken The name is available. Register?

ރަދީފް

19 February 2017

GAN Island ރ އަށް. މަނިކްފާނަށް ތިއޮތީ މާބޮޑަށް އެނގިފަ. ލަދުކޮބާ؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454