ފަލަސްތީނުގެ ދިފާއުގައި މީގެ ކުރިން ލަންޑަންގައި ބޭއްވި އެއްވުމެއް. -- ފޮޓޯ: ރޮއިޓާސް
31 މާޗް 2024 - 05:27
ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލަން ގޮވާލައި، ފަލަސްތީނަށް ތާއީދުކުރާ އެތައް ހާސް ބަޔަކު އަނެއްކާވެސް ލަންޑަނުގެ މަގުތަކަށް ނުކުމެއްޖެ އެވެ.
މީގެ ކުރިން ވެސް އިނގިރޭސި ވިލާތުގައި ފަލަސްތީނަށް ތާއީދުކޮށް އެއްވުންތައް ބޭއްވި "ފަލަސްތީން ސޮލިޑާރިޓީ ކެމްޕެއިން" ގެ މިފަހަރު އެއްވުން ފެށީ ސިޓީ ސެންޓަރުގައި އޮންނަ ރަސަލް ސްކްއާއިންނެވެ. ހިނގާލުން ނިންމާލީ ޓްރަފަލްގާ ސްކްއާއަށެވެ.
މި ބޮޑު އެއްވުން ކުރިއަށްދިޔައިރު އިޒްރޭލަށް ތާއީދުކުރާ މަދު ބަޔަކު ވެސް ނުކުމެ އަޑު އުފުލި އެވެ. އެކަމަކު ދެބައިމީހުންގެ މެދަށް ފުލުހުން ވަދެ، ހަމަނުޖެހުމަކަށް ދިޔަ ނުދީ އޮތީ ހިފަހައްޓައިފަ އެވެ.
އިޒްރޭލުން ޣައްޒާއަށް މިފަހަރު ހަމަލާ ދޭން ފެށި ފަހުން ލަންޑަންގައި ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލައި އަދި ފަލަސްތީނުގެ ހައްގުތައް ދިނުމަށް ގޮވާލައި ބޮޑެތި އެއްވުންތައް ބާއްވައިފަ އެވެ. އިޒްރޭލަށް ތާއީދުކުރާ ސިޔާސީ މީހުން ވަނީ މިއީ ޔަހޫދީންނާ ދެކޮޅު އެއްވުންތަކުގެ ގޮތުގައި ސިފަކޮށްފަ އެވެ.
އިއްޔެގެ އެއްވުމުގެ ތެރެއިން ވެސް ފުލުހުން ވަނީ ޔަހޫދީންނާ ދެކޮޅަށް އަޑު އުފުލި ކަމުގެ ތުހުމަތަށާއި އިމަޖެންސީ ހާލަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަމަލާ ދިން ކަމުގެ ތުހުމަތަށް 12 ވަރަކަށް މީހުން ހައްޔަރުކޮށްފަ އެވެ.
އެއްވުން އިންތިޒާމްކުރި ފަރާތުން ބުނެފައިވަނީ އެތައް ހާސް ބަޔަކު ބައިވެރިވާ މި އެއްވުންތަކުގައި އުފުލަނީ އެ މީހުންގެ އަޑު ކަމަށާއި އެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށެވެ. މިހާ ގިނަ އަދަދެއްގެ މީހުން ބައިވެރިވެ އެއްވުމެއްގެ ތެރެއިން ގާނޫނުތަކާއި ގަވައިދުތަކާ ހިލާފްވާ މީހުންގެ އަދަދު ވަރަށް ވެސް މަދު ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ލަންޑަންގެ އިތުރުން ވެސް އިއްޔެ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްތީނުގެ ދިފާއުގައި އަޑު އުފުލުމަށް ބޮޑެތި އެއްވުންތައް ބާއްވައިފަ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދ
31 March 2024
100% މުސްލިމް މި ދިވެހިރާއްޖޭގަ އަޑުއުފުލާނެ މީހެއް މަގެއްމަތީ ނެތް. ކާފިރު އިނގިރޭސިވިލާތުގަ މަގުތައް ފުރިފަ.. އަޖައިބެއް ނުވާނެތޯ؟
ކާލާ
31 March 2024
ރާއްޖޭގާ މިހާރު ހާދަ ކަމެއްނެތޭ. ރޯދަވީމާ ތޯއްޗެ.
ގެދާނޯމޮސް
31 March 2024
އިޒްރޭލުގެ އަޚުންގެ އެދުމަށް ހެދިފައޮންނަ ގާނޫނު ބުނާގޮތުން އ ވެރިންނާ ދެކޮޅު އެއްވުން މިތާގާނުނު ހުއްދައެއް ނުކުރެއެވެ. އަދަބު ލިބޭނެއެވެ ! އެކަހަލަ ގާނޫނު ހަދަން މަޖިލިސް އަދިވެސް އަތުލާނެއެވެ.
ކިންލި
31 March 2024
ފޫހިވީހެން ހީވަނީ، ގުނޫތް ކިއުންވެސް ހުއްޓާލައިފި.