ޚަބަރު / ހައުސިން މިނިސްޓްރީ

ގޯއްޗާއި ފްލެޓާ ގުޅޭ މައްސަލަތަކުގައި ލަފާދޭ ކޮމިޓީއަށް އިތުރު ތިން މެމްބަރުން

"ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމާ ގުޅިގެން ހުށަހާޅާ މައްސަލަތަކާއި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން، އެކުލަވާލި ހައުސިން ކޮމިޓީގެ ބައްދަލުވުމެއް.-- ފޮޓޯ: މިނިސްޓްރީ

ކުރީ ސަރުކާރުގައި ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކުގައި ހައުސިން މިނިސްޓްރީއަށް ލަފާދޭން އުފެއްދި މިނިވަން ކޮމިޓީއަށް އިތުރު ތިން މެމްބަރަކު ހަމަޖައްސައިފި އެވެ.

''ބިންވެރިޔާ'' އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކުގައި ހައުސިން މިނިސްޓްރީއަށް ލަފާ ދޭ ކޮމެޓީއަށް ފަސް މެމްބަރުން އައްޔަނުކުރީ މިދިޔަ މަހުގެ 14ގަ އެވެ.

އޭރު އެ ކޮމެޓީގެ ޗެއާއަކަށް އައްޔަނު ކުރީ އަނީސާ އަހުމަދު އެވެ. ސިއްހީ ސަބަބުތަކަށްޓަކައި އަނީސާ ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އިސްތިއުފާ ދެއްވައިފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން ކޮމިޓީއަށް އަލަށް ތިން މެމްބަރަކު އިތުރު ކޮށްފައިވާ ކަމަށެވެ. އެއީ، މައުރޫފް ޖަމީލް އާއި ފާތުމަތު ސައީދާއި އާމިނަތު ޝާއިރާ އެވެ.

އެއާއެކު ކޮމިޓީގައި މިހާރު ތިއްބަވާނީ ޖުމްލަ ހަތް މެމްބަރުންނެވެ.

"ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމާ ގުޅިގެން ހުށަހާޅާ މައްސަލަތަކާއި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން، އެކުލަވާލި ކޮމެޓީ- ފޮޓޯ: މިނިސްޓްރީ

ކޮމިޓީގެ މެމްބަރުން

1. އާމިނަތު އީނާސް (ކޮމިޓީގެ ޗެއާ)

2. އަބްދުލްއަޒީޒް ޔޫސުފް (ކޮމިޓީގެ ވައިސް ޗެއާ)

3. މުހައްމަދު މައުރޫފް ޖަމީލް

4. އަހުމަދު އަލީމަނިކު

5. މަރްޔަމް ފިޒާނާ ރަޝީދު

6. ފާތިމަތު ސައީދު

7. އާމިނަތު ޝާއިރާ

ގެދޮރުވެރިޔާ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް، މިދިޔަ ސަރުކާރު ނިމެން ދެ ދުވަހަށްވެފައި އޮއްވައި ނެރުމުން އޭސީސީން ވަނީ ފްލެޓް ދޫކުރުން ހުއްޓުވައިފަ އެވެ.

ގާތްގަނޑަކަށް ދެމަސް ދުވަހުގެ ތަހުގީގަށް ފަހު އޭސީސީން ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ޝަރުތު ހަމަވާ ބާކީ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތީ އެންމެ 20.7 ޕަސެންޓް ފޯމުގަ އެވެ. އަދި އަނެއް 19.7 ޕަސެންޓަކީ ވެސް ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތަކެވެ.

މި ފްލެޓްތަކާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ސަރުކާރުން ނިންމާފައިވަނީ ފްލެޓްތަކަށް ކުރިމަތިލީ މީހުންގެ ލިސްޓް މިނިވަން ކޮމިޓީއެއް މެދުވެރިކޮށް ރިވިއު ކުރާށެވެ. އެ ކޮމިޓީގައި ހިމެނޭނީ ރައްޔިތުން އިތުބާރު ކުރާ ފަދަ ބޭފުޅުން ކަމަށާއި ފްލެޓްތައް ދިނުން އެއީ ސަރުކާރުން އަމިއްލަ އަމިއްލައަށް ކުރާ ކަމަކަށް ހަދަން ބޭނުން ނުވާ ކަމަށެވެ.

17 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 8%
icon angry icon angry 62%
icon wow icon wow 8%
icon inlove icon inlove 15%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާމަކުރެ

01 April 2024

އިތުބާރު ގާއިމްވާނި ތިމީހުންގ ވަނަވަރު އެނގިގެން

The name is already taken The name is available. Register?

ސްމޭޝ

01 April 2024

އެއީ ސަރުކާރުން އަމިއްލަ އަމިއްލަ އަމިއްލައަށް ކުރާކަމެއް ނުންކަން ތިކޮމެޓިއަށް އައްޔަން ކުރާ މެމްބަރުންއިން އެބަ ދޭހަވޭ! ކީއްވެ މިނިވަން މެމްބަރުން ހިމެނޭ ކޮމެޓިއެއް ނުނެގީ؟ އާއްމުން ގެތެރެއިން އައްޔަން ކުރާ މެމްބަރެއް، މަދަނީ ހައްގުތަކުގެ ޖަމްއިއްޔާތަކުން މެމްބަރެއް، ހިއުމަންރައިޓްސް ކޮމިޝަނުން މެމްބަރެއް އަދި ސަރުކާރު ހިމެނޭ ޕާތީއާއި އިދިކޮޅު ޕާޓީ ތަމްސީލުކުރާ މެމްބަރަކާއެކު 5 މެމްބަރުންގެ ކޮމެޓީ އެއް އާއްމުން ބަލއިގަންނަން ފަސޭހަ ވާނެ!

The name is already taken The name is available. Register?

އަލީމްބެގެ

01 April 2024

މައުރޫފް ޖަމީލްއާއި ދޭތެރޭ %110 ޔަގީންކަން އެބައޮތް އިހްލާސްތެރި ކަމާއި އެކު މަސައްކަތް ކުރައްވާނެކަން

The name is already taken The name is available. Register?

އައްޔޯް

01 April 2024

ހަހަ ފަތިފުށް ނޭނގޭ އިރު ތިހެން ބުނެފާނެ

The name is already taken The name is available. Register?

ރަނގަޅު

01 April 2024

މިކޮމެޓީގެ ބައެއް މެމްބަރުންނާއިއެކީ މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައިވާ މީހެއްގެ ހައިސިއްޔަތުން ބުނެލަން މިބޭފުޅުުންގެ ކިބައިން ފެނިފައިވަނީ ކަންކަމުގައި ވަކިއަތަކަށް ބުރަނުވެ މަޤްޞަދަށް ހާޞިލްވުމަށްޓަކައި މިނިވަން ވިސްނުމެއް ގެންގުޅުއްވާ ބޭފުޅުންތަކެއްކަން. ވީމާ މިމަސައްކަތަށް ވަރަށް އެކަށީގެންވާ މެމްބަރުންތަކެއް އެކުލެވިގެންވާ އިތުބާރުކުރެވޭ ކޮމެޓީއެއް މިއީ. ނަތީޖާ އަވަހަށް ނެރެދެއްވާ

The name is already taken The name is available. Register?

ސާފަާފު

01 April 2024

ތިޔައީ ސަރުކާރު މީހުން ދައްކާ ވާހަކަ ތިތާ ތިބި ބައެއް މީހުން ދަންނަން. ތިޔަ ބުނާ އެއް ނޫން ރައްޔިތުންގެ އިތުބާރު އޮންނާނީ ރައްޔިތުން ދަންނަ ބަޔަކަށް ތިތާ ތިބީ ކޮން ބައެއްކަން ރައްޔިތުންގެ ކިތަންމީހުނަށް އެނގެނީ އެނހޭ ވަރަކީ ތިތާ ސިޔާސީ މީހުން ތިބިކަން

The name is already taken The name is available. Register?

ފޮނިފޮނިޓައްޕު ކުމާރު

01 April 2024

ތަންތަނުން ފޭލިވާމީހުން ދެން އަޅާނީ ތިޔަ ކޮމެޓީއަށް. މުއިއްޒު ގޮތެއް ހުހެއްނުވާނެ.

The name is already taken The name is available. Register?

މަހިނޫރު.

01 April 2024

އިބޫ ސަރުކާރުން ރޮޒޭޔާ ނާނުއާ ރީކޯ ދިންއިރު އޯކޭދޯ

The name is already taken The name is available. Register?

ސިކްޓްޒޯ

01 April 2024

ތިޔަ ފިޒާނާގެ ފޭސްބުކު ބަލާލީމަ އިނގޭނެ އޭނާގެ ސިކުނޑީގެ ހާލަތު!

The name is already taken The name is available. Register?

ރަގަޅުވަހަކ

01 April 2024

ފޭސްބުކް އެކަނިތަ އޭނާ ކުރިން ކޮށްފާ ހުރި މަސައްކަތް ބެލިޔަސް އެނގޭނެ. ކިޔެވިޔަސް ތމވާހަކަ ގިނަވިޔަސް އާދި އެއްޗެއް ނޭނގި ހިނގާދާނެ

The name is already taken The name is available. Register?

ހޔތގ2

01 April 2024

މައުރޫފް ޖަމީލްމެން ތިއްބާ އީނާސްއަށް ޗެއަރ ދިނީމަ ލިބޭ މެސެޖު ވަރަށް ސާފު.. ބަސަރާއަށް ކަދުރު ވިއްކުވަން ރައީސް އެއުޅެނީ.. އުސޫލެއްނެތި "ހަނދުން" މީހުން ގެނަޔަސް އިންސާފެއް ނުވާނެ..

The name is already taken The name is available. Register?

ފޭބީ

01 April 2024

އެއީ އެންމެ ގާބިލު މީހުން އެމީހުން ނުދޭނެ ރޮޒޭޔާ ނާނުއައް ފްލެޓެއް

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

01 April 2024

ރައްޔަތުންނާއި މެދު އިންސާފުވެރިކޮށް ކަންކަން ކުރާތި.

The name is already taken The name is available. Register?

ބާބޫޖީ

01 April 2024

މުއިޒްގެ ސަރުކާރުން ކަންކުރަނީ ވަރަށް ނާއިންސާފުން. މިކޮމިޓީއަކާ ބައްދަލެއް ނުކުރެވޭ. ގޯތިތަށް ދިނީ ، ފެނުއަޑީގައި އޮތަސް ގެޒެޓް ކުރެވުނު އުސޫލެއްގެ ދަށުން ، އުސޫލަށް ފެތޭނަމަ ގޯތި ލިބެން ޖެހޭނެ.

The name is already taken The name is available. Register?

ޔަހޫޔާ

01 April 2024

ނިމިދިޔަ ސަރުކާރުން 5 އަހަރުން ދޭން ބުނި އެއްޗެއް ނުދިނުމަކީ މިސަރުކާރު މައްސަލައެއް ނޫން އަދި ދިނީ ވެސް ރޮޒޭމެނާ ނާނު އާ ރީކޯމުންނައް. 18000 ފޯމު ގެ ޕޮއިންޓްތައް އޮޅުވާލާފަ ބޭނުންވާ މީހުނައްދިނީ. އަލުން ހުރިހާ ފޯމަކައް ފޮއިންޓް ދޭން ވަގުތު ނަގާނެ. ވަގުތު ވެސް ދޭން ބޭނުމެެއް ނޫން ރަނގަޅު ކުރާކައް

The name is already taken The name is available. Register?

ކޮލަމާހުއްޓާ

01 April 2024

ހިލޭދިން ގޯތި ދިންއިރު ކީއްވެބާ ތިހާވަރަށް ކޮމިޓީނެހެދީ؟ ރައްޔިތުން ފައިސާ ދައްކަންޖެހޭ ފްލެޓްތަކެއް ދޭންޖެހުނީމަ ހާދަވަރެކޭ ތިވަނީ.

The name is already taken The name is available. Register?

ކިހިނެއް

01 April 2024

18000 ފޯމު ގެ ޕޮއިންޓްތައް އޮޅުވާލާފަ ބޭނުންވާ މީހުނައްދިނީ. އަލުން ހުރިހާ ފޯމަކައް ފޮއިންޓް ދޭން ވަގުތު ނަގާނެ. އަވަސް ކުރަންޏާ ކޮމެޓީ ވެސް ނަގައިގެން އަވަސް ވާނީ ވެސް 18000 ފޯމު އަލުން ބަލާ ނިންމަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454