މާލޭގެ މަގެއްގެ މައްޗަށް ނެރެފައިވާ ކުނިތަކެއް. ރައީސް ވިދާޅުވީ ކުނި އުކުމަށް މިހާރު ނަގަމުން އަންނަ ފީ 500ރ. އަށް ކުޑަކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
01 އެޕްރީލް 2024 - 11:58
ގެތަކުން ނެރޭ ބޮޑެތި ކުނިތައް ވެމްކޯގެ ޕިކަޕްތަކުގައި އުކާލަން ނަގަމުން އައި 750 ރުފިޔާގެ ފީ 500 ރުފިޔާއަށް ކުޑަކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ދާންދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓްގެ ކެމްޕެއިން ހަރަކާތުގައި ރައީސް ވިދާޅުވީ ކުދި ޕިކަޕުގައި ކުނި އުކާލުމަށް 750ރ. ދައްކަން ޖެހުމަކީ އާންމުންނަށް އޭގެ ބުރަ ބޮޑުވެފައިވާ ކަމެއް ކަމަށެވެ.
އެކަމުގައި ވެމްކޯގެ އިސްވެރިންނާ މިހާރު މަޝްވަރާކޮށް ސަރުކާރުން ނިންމާފައި ވަނީ ކުނި އުކާލުމަށް ނަގާ އަގު 500ރ. އަށް ކުޑަކުރަން ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު މިހާރު ވެމްކޯގެ އިސްވެރިންނާ ވެސް މަޝްވަރާކޮށްފިން. ޓަނަކަށް މި ނަގާ 750 ރުފިޔާ، 500ރ. އަށް ސަރުކާރުން ކުޑަކޮށްދޭނަން. ދެން އެކަން އެ ބޭފުޅުން [ވެމްކޯ] ރަސްމީކޮށް އިއުލާން ކުރައްވާނެ މާ ލަސްތަކެއް ނުވެ،" ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
"މި ރޭޓުގައި އުކާލަން ފެށީމަ ކުދި އާމްދަނީ ލިބޭ މީހުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ."
މާލޭގެ މަގެއްގެ މައްޗަށް ކުނި ނެރެފައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ވެމްކޯ މެދުވެރިކޮށް ކުނި އުކާލުމަށް ނަގަމުން އައި ފީ ކުޑަކުރަން ސަރުކާރުން ނިންމިއިރު މި ރޯދަ މަސް ފެށުނިއްސުރެ މުޅި މާލެ ވަނީ ވަރަށް ބޮޑަށް ގޮނޑުވެފަ އެވެ. މާލޭގެ އެކި ގޯޅިތަކަށް ބޮޑެތި ކުނިތައް ނެރެފައި ހުންނަ މައްސަލަ ބޮޑުވެ، މާލޭ ސިޓީ ކައުންސިލާއި ވެމްކޯ އަދި ފުލުހުން ގުޅިގެން އެކަން ހައްލުކުރަން ވެސް މަސައްކަތް ކުރި އެވެ.
އެކަމަކު ކުނި ނެރުން ނުހުއްޓި، ގޯޅިތަކުގައި ކުނި ބަހައްޓާ މީހުންގެ ފޮޓޯ ވެސް ދަނީ އާންމުކުރަމުންނެވެ. ކުނި އަޅައިގެން 100 އަށް ވުރެ ގިނަ މީހުން ޖުރިމަނާ ކޮށްފައިވެ އެވެ.
ކުނި އެޅުން ހުއްޓުވުމަށް ވެމްކޯ އިން ވަނީ މާލެ އާއި ހުޅުމާލޭގެ ގޭގެއިން މަގުތަކަށް ބޮޑެތި ކުނި އުކަމުންދާ މައްސަލަ ހައްލުކުރުމުގެ ގޮތުން ތިން ދުވަހު ހިލޭ ވެސް ކުނި އުކައިދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިމް
02 April 2024
ގެއިން ނެރޭ ކުނި 250 ޔަށް އިންނަ ޕިކަޕަށް އެޅޭ. ތި ކުޑަކޮށްދިނީ އެހެން ގްރޫޕެއް އުކާ ބޮޑެތި ކުނި
ހަސަން ރަހާ
02 April 2024
ގަބުރުސްތާނު ހިނގަން ކުންފުންޏެއް ހަދާނީއެވެ. އަދި ހުރިހާ ގައުބުރުސްތާނެއްގެ ބިން ކުންފުންޏަށް މިލްކު ކޮށްދޭނީ އެވެ. އޭރުން މީހުން ވަޅުލަންވެސް ރަނގަޅު ފީއެއް ނެގޭނެއެވެ. މިސާލަކަށް ބަރު މިނަށް ނޫނީ ވޮލިއުމް އަށް ވެސް ފީ ނެގިދާނެއެވެ. އަދި ކޮބާތޯ މައްޔިތާ ދުނިޔޭގާ ހޭދަކުރި މުއްދަތަށް ވެސް ބެލި ދާނެއެވެ. ރަށެއްގެ ރަށްވެހިންނަށްވުރެ ބީރައްޓެހިންނަށް ބޮޑު ކުރާނީއެވެ. ބިދޭސީން އަތުން ކަމާދާ ވާ ވަރަށް ނަގަންވާނެއެވެ. ދައުލަތަށް އާމްދަނީ ލިބޭނެތާއެވެ!
ހަސަން ރަހާ
02 April 2024
50ރ އަށް ކުޑަ ޕިކަޕެއް (ފުރާ ކުނި އަރުވައިގެން) ގޮޑަށް ދާ ވަރަށް އަގު ތިރިކުރަން ދެން އެންމެ ބޭފުޅުން މިހާރެކޭ އެއްގޮތައް ކުނީގެ ކަންތައް ކުރިއަށް ގެންދިއުން ބުއްދިވެރި. ތިޔަބުނާ ކުންފުންނެއް ހެދީ ކާކު ބުނެގެން ކީއްކުރަން؟
ރަށު މުދިމު
02 April 2024
މަގުމައްޗައް ކުނި އަޅާކަމައް ނަންވެފަ އޮންނަނީ ދިވެހިން އެކަމުން ބަންގާޅު މީހުން ހެސްކިޔާފަ އަޅަނީ. ހުޅުމާލޭގަ އެމްޑަބުލިޔު އެސްސީ ގެ ގޯޅިތެރެޔައް ޗައިނާ ސައިޓުން ނެރެގެން އެތާ މަސައްކައް ކުރާ ބަންގާޅިން ޖަންބޯބޭގު ހުސްކޮއްލަނީ. މިހާރު އަޅުގަނޑު ވީޑިޔޯ ކޮއްފަވެސް އެކުސްގަވެސް ލައިފިން. މިކަން ކަން ބަލަން ތިބޭ މުވައްސަސާ ތކުގަ ތިބީވެސް ކުފޫ ހަމަނުވާ މީހުންނޭ ބުނަންޖެހޭނީ.
ކުނި ކޮޅު ނުއުކޭ
02 April 2024
މިއީވެސް ގައުމިއްޔަތުގެ ހިންގުންތެރިކަން.
އިބްރާހީމް ވަހީދު
01 April 2024
ވިސްނާ، ކުނިއުކަން 750 ދޭން ޖެހޭ. މިއީ ބޮޑު ލޮރީގެ އަގު. ކުޑަލޮރީއަކުން ގައު ހުރި އެންމެ ގޯންޏެއްވެސް ނުއުކާނެ. ކުޑަލޮރީގެ ޖެކު ހަލާކުވެގެންނޭ ކިޔާފައި، އަބަދު އޮންނާނީ "ހަލާކުވެފައި". ފޯނުކޮށްގެން ނަން ޖެހޭނި ރަޖިސްޓަރީކުރަން. ބައިގަޑިއިރުގެ ތެރޭގައި އެދުވަހަށް އުކަން ހުރި ޖާގަތައް ފުރޭ. މި މައްސަލަ ހައްލުވާނެކަމަށް ފެންނަނީ މަގުމައްޗަށް ކުނި އުކައި، މިކަން ބޮޑު މުނިސިޕަލް މައްސަލައަކަށް ހަދައިގެން.
ހަމްދޫން ދިޔަމިގިލި
01 April 2024
3ޕިކަޕް ނެރެގެން kihinei ތިކަން ކުރަނީ. ކިޔުގަ ނަން ނޯޓް ކޮށްގެން ޕިކަޕް އަންނަންދެން ތިބެން ޖެހޭ 24ގަޑި އިރު
ޖީމު
01 April 2024
ކުނި ކޮޅެއް އުކާލަން ވެމްކޯއަށް ގުޅާތާ 1 މަސް ވެއްޖެ. ކުންފުނިތަކުގެ ހިންގުމުގެ ތެރެއަށް ސީދާ ރައީސް ވަންނާކަށް ނުޖެހޭ. ކުންޏަކީ އަސްލު އަގުނަގައިގެން އުކަން ޖެހޭ އެއްޗެއްނޫން. މާލޭގެ ކުނި މެނޭޖް ކުރެވޭނެ އަގު ނުނަގާވެސް. ރައްޔިތުން ހެސްކިޔާފަ މިދައްކާ ފީތަކާ ޖީއެސްޓީ އިން ނުވެގެން އަދި 250 ރުފިޔާ ކަނޑާލާފަ ހެޔޮފުޅުކަމުންނޯ. 45 މުސާރާ ނަގާ ސިޔާސީ ވެރިން ކޮމެންޓް މިކުރަނީ
ޜައްޔެތު.
01 April 2024
ކުންޏަކީވެސް ބޮޑު ވިޔަފާރިއަކަށް ހަދަިއިފި. ފަގީރަކަށް ކުނިކޮޅޭއްވެސް އެއްލާނުލެވޭ. ކުނިކޮޅު ރަށައް ފޮނުވާފަ ރަށު ގޮނޑައް އެއްލަންވެސް މާ ހަރަދު ކުޑަ
ދޮން ހަސީނާ
01 April 2024
ދެން ހަލާކުވާ މޮޕް އެއްލާލަންވެސް ތިޔަވަރަށް ދައްކަންޖެހޭތޯ؟