03 އެޕްރީލް 2024 - 12:17
ރާއްޖޭގައި ޓޫރިޒަމަށް އޮންނަ ޑިމާންޑު ރިސޯޓުތަކުން ގެސްޓްހައުސްތަކަށް އެނބުރިފައިވާތީ، މި އަހަރު އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ކުރި އަންދާޒާ ވޯލްޑް ބޭންކުން ދަށްކޮށްފި އެވެ.
ވޯލްޑް ބޭންކުގެ އެންމެ ފަހުގެ ސައުތު އޭޝިއާ ޑިވެލޮޕްމަންޓް އަޕްޑޭޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ލަފާކުރަނީ 4.7 ޕަސަންޓުގަ އެވެ.
ނަމަވެސް، މިއީ ކުރީގެ އަންދާޒާތަކަށް ވުރެ 0.5 ޕަސަންޓު ދަށް އަދަދެއް ކަމަށް ރިޕޯޓުގައި ބުންޏެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އުފެއްދުންތެރިކަމުގެ ކުރިއެރުން ލަފާކުރި ވަރަށް ވުރެ މަޑުޖެހޭނެ ކަމަށް ބެލެވެނީ، ޓޫރިޒަމް ސިނާއަތް ބަދަލުވަމުން އަންނަ ގޮތުގެ ސަބަބުންނެވެ.
އެއީ ހައި-އެންޑް ރިސޯޓުތަކުގެ ބަދަލުގައި، އަގުހެޔޮކޮށް ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރަން ޓޫރިސްޓުން ހިޔާރުކުރަމުންދާތީ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.
އެކަމަކު، ވެލާނާ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް މި އަހަރު ނިމިއްޖެ ނަމަ، އަންނަ އަހަރު އުފެއްދުންތެރިކަން 5.2 ޕަސަންޓުން ކުރި އަރާނެ ކަމަށް ރިޕޯޓުގައިވެ އެވެ.
އެ މަޝްރޫއު ނިމި ޓޫރިސްޓުން އަންނަ މިންވަރު އިތުރުވާނެ ކަމަށް ބެލެވުނަސް، ވޯލްޑް ބޭންކުން ބުނީ ކަރަންޓް އެކައުންޓުގެ ޑެފިސިޓް އުފެއްދުންތެރިކަމުގެ 20 ޕަސަންޓަށް އަރާނެ ކަމަށާއި ފިސްކަލް ޑެފިސިޓް އަންނަ އަހަރު ދެ ނަންބަރުގެ އަދަދެއްގައި ހުންނާނެ ކަމަށެވެ.
މީގެއިތުރުން، ދައުލަތުގެ ދަރަނި އުފެއްދުންތެރިކަމަށް ވުރެ އިތުރުވާނެއިރު، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ދެއްކުމުގެ ގާބިލުކަމަށް ހުރި ގޮންޖެހުންތަކާ މެދު އޮތް ކަންބޮޑުވުން ވޯލްޑް ބޭންކުން އެ ރިޕޯޓުގައި ވަނީ ތަކުރާރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
04 April 2024
ޖީޑީޕީ ނުވަތަ ގައުމުގެ އުފެއްދުން ތެރިކަން ތިޔަބަލާ މިންގަނޑު މާކަބޮޑުތާކުން ތާކު ޖެހޭ މިންގަޑެއް ނޫން. މިރާއްޖޭގައި ހައިއެންޑް ރިޒޯޓުތަކަކީ ބޭރުގެ އިންވެސްޓްމަންޓުތަކެއް އެއިން ލިބޭ އާމްދަނީއެއް ރާއްޖެއަކަށް ނުވަދޭ. ގެސްޓު ހައުސްތަކަކީ ދިވެެހިންގެ އިންވެސްޓުމަންޓުތަކެއް އެ ގެސްޓްހަުސްއަށް 30ޑޮލަރު ލިބުނަސް އެލިބެނީ ސީދާ ދިވެހި މީހާއަށް.
ސަލީމު އިދުރީސް
04 April 2024
ކަމެއް އެއްގޮތައް އަބަދު ދެމިނޯންނާނެ! މިހާރު ހޮލީޑޭ ކުރުމައް ބޮޑުބަދަލެއް އައިސްފި މީގެ ވިހިއަރު ކުރިން ކުރޫޒާލައިން ތަކުގަ ހޮލިޑެ ހަދަނީ މުޅިންވެސް ދުވަސްވީމީހުން އެމަކު މިހާެރު އެގޮތް ބަދަލުވެ އާއިލާ އެއްކޮއް ހޮލިޑޭ ކުރެވޭވަރައް އަގުތިރިވެ އަދި ކުރޫޒާލައިން ފަރުމާކުރުމާ ހިދުތައްތައްވެސް ހުރިހާ އުމުރަކާ ގުޅޭގޮތައް ބައްޓަންކޮއްފި! ޓުއަރިޒަމަކީ ވާދަވެރި ވިއަފާރިޔެއް! ރާއްޖޭގަ ދައްފަންތި މީހުނައް އާދެވޭގޮތައް ގެސްޓުހައުސްތައް ހުރުން ގެއްލުންނުވާނެ
ބުލޫފިން
04 April 2024
ޓުވަރިޒަމްގެ ސިނާއަތިގައި ބޭރުގައު ތަކުގެ ކޮލެޖުތަކާއި ޔުނިވަސިޓީ ތަކުގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން ކިޔަވާދަރިވަރުންގެ އެކިދާއިރާތަކުގެ ޕުރެކްޓިކަލް ޓުރޭނިން ދެވޭގޮތަށް ޓުވަރިޒަމްގެ އިތުރު ސިނާޔަށް ތައާރަފްކުރަން އެބަޖެހެއެވެ. މީވެސް ޑިމާންޑު ބޮޑު ސިނާޔަތެކެވެ. މިސާލަކަށް ހޮޓެލްސްކޫސް. ފިޝިން. ހައުސިން. އެންވެއަރަމެންޓް. ފުލައިޓް އާއި ލޯންޗް ޕައިލެޓްކަން. މެއިންޓެނެންސް. މިހެންގޮސް ކިތަންމެ ކަމެއް ހިމެނިދާނެއެވެ
ސާޖިދާ
04 April 2024
ތިޔަ ޒާތުގެ ވާހަކަ އަޑުއަހަން ހެޔޮނުވާނެ. ލަގްޒަރީ ރިސޯޓްތަކަށް އަންނަނީ ގެސްޓްހައުސް އަށް އަންނަން ބޭނުންވާ މީހުންނެއް ނޫން، ނާސިރު ޒަމާނުގަ ބަޔަކު ކޮންމެވެސް ރިޕޯޓެއްގަ ބުނި ރާއްޖޭގަ ޓުއަރިޒަމް ތަރައްގީއެއް ނުކުރެވޭނެއޭ. މިހާރު އެކަމަކު މިއީ ނަމްބަރު ވަން ޑެސްޓިނޭޝަން. ގެސްޓްހައުސް ތައްވެސް އަދި ރިސޯޓްތައް ވެސް ހަމަ ގަދަޔަށް މާކެޓް ކުރަންވީ. އަނެއްކާ އެހާމެ ގިނަ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް އެއާޕޯޓްތަކާއި ޓަނަލްތައް އެޅުނީމަ ރިޕޯޓް ލިޔޭ.
ޥީ.
04 April 2024
ޑޮލަރުގެ އަގު ތަންކޮޅެއް ތިރިއަށް ޖެހެލި ސަބަބަކީވެސް ގެސްޓު ހައުސްތަށް ރަގަޅުވުން ،، ސަރުކާރުން ހަރަދު ކުޑަކުރަން އެއްވެސް ކަމެއްކޮށްގެނެއްނޫން،،
ސަރުކާރުގެ ރޯލު އެބައޮތް
04 April 2024
ތިކަމުގައި ސަރުކާރު ރޯލު އެބަ އޮތް. ޓުއަރިޒަމްގެ ސިނާއަތުގެ ޑައިވާސިފިކެޝަން ގަ އޮތީ ގެސްޓްހައުސް ވިޔަފާރި ފުޅާކުުރުން. އެހެންވީމަ މުޅިން ތި ހެނެއް ނުބުނެވޭނެ.
މާސީނު
04 April 2024
ދުނިޔޭގެ އެންމެބޮޑު ޓުވަރިސްޓް މާކެޓަކީ މެދުފަންތީގެ ޓުވަރިސްޓް މާކެޓެވެ. ހައިކުލާސް ޓުވަރިސްޓްންނާއި މެދުފަންތީގެ ޓުވަރިސްޓުންނަކީ މުޅިން ތަފާތު ދެމާކެޓެވެ. ގެސްޓް ހައުސް ޓުވަރިޒަމް ފުޅާވެ ގިނަ ރައްޔިތުންނަށް ޓުވަރިޒަމްގެ މަންފާ ލިބުމަކީ އުފާކުރަންޖެހޭ ކަމެކެވެ. މިހާތަނަށް ޓުވަރިޒަމްގެ ނަފާ ރައްޔިތުންނަށް ލިބެމުން އަންނަނީ ވަރަށް ކުޑަކޮށެވެ. މިކަންބަދަލުކޮށް ރައްޔިތުންގެ ތަނަވަސްކަމަށް މަގުފަހި ކުރެވޭނެ ގޮތަށް ކަންކަން ތައާރަފު ކުރަންޖެހެއެވެ.
ރަދީފާހުސެން
04 April 2024
ގެސްޓުހައުސް ވިޔަފާރިއަކީ ބޮޑު އިމްތިހާނެއް. އެމީހުން ރުއްސަން ރެޔާދުވާލު
ޝުކުރިއްޔާ ރ ނަޝީދު
03 April 2024
އަހަރެމެނަށް މިކަން މިހެން ވާނެކަން މާކުރިންއިގޭ .. މިކަންފެށި މޭސްތިރީގެ ބޭބުމަކީވެސް ގައުމުގެ މުއްސަނދިކަން އެއްމެ ފަގީރުމީހާއާ ހަމައަށް ފޯރުކޮށްދިނުން .. 5 އަހަރުކުރިން އެއްމެ ފަގީރު އަޅާލާނެ ޔާރެއް ބިޔާރެއް ނެތްމީހާ މިއަދު އެހުރީ ފުދި އިތުރުވެގެން،، ގެސްޓު ހައުސް ތަކަށާ، ހަމަގައިމުވެސް އަހަރެން މިރަށުގަ ކުރާ ވިޔަފާރިއަށް އައި އެއްމެ ތިޔާގި ސީޒަން،،
ތަކުރުފާން
03 April 2024
ވޯލްޑު ބޭންކުން ބޮޑެތި އިންޓަރެސްޓުގަ ލޯނު ނަގައިގެން ހަދާފައިވަނީ ލަގްޒަރީ ރިސޯޓުތަކެވެ. އެހެންކަމުން އެމީހުންނަށް ކަންކަން މަގުފަހިވާގޮތަށް ލަފަޔާ ރިޕޯޓުތައް ނެރުމުން އެކަމާ އަހަރެމެން ހައިރާނެއް ނުވެއެވެ. ރިސޯޓުތަކަށް ވަންނަ ޑޮލަރުތަކުން މިގައުމުގެ ބޭންކުންތަކަށް ޑޮލަރެއް ނުވަދެއެވެ. އެލިބޭ ހުރިހާ ޑޮލަރުތައް އެނބުރެނީ ވޯލްޑްބޭންކު ފަދަ ބޭރު ބޭންކުތަކުގައެވެ. އެހެންކަމުން އެމީހުން ގެސްޓުހައުސް ވިޔަފާރި ފުނޑާލަން ހުރިހާ މަސައްކަތެއް ކުރާނެއެވެ.
ކަކުނިބޯ
03 April 2024
ގެސްޓްހައުސްތަށް ފުރާއުތުރިއެރުމަކީ އުފާކުރަންޖެހޭކަމެއް މިރާއްޖެއިން ރިސޯޓްތަކުން ބޭރުފައިސާލިބޭވަރަށްވުރެގިނައިން ގެސްޓްހައުސްތަކުން އިޤްތިސާދަށް ވައްދާ. ޜިސޯޓްތަކުން ބޭރުފައިސާ ލޯންޑުކުރަނީ ވ. ސަލާމް