ސަރުކާރުން ދޫކުރާ ހަނޑުލާއި ފުށް ބަސްތާ. ސަރުކާރުން ވަނީ ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑުލާއި ފުށް ހިލޭ ދޭން ނިންމާފައި -- ފޮޓޯ: މިހާރު
03 އެޕްރީލް 2024 - 14:28
ރޯދަމަހު ރާއްޖޭގެ ހުރިހާ ގޭބީސީތަކަށް ސަރުކާރުން ބަހާ ހަނޑުލާއި ފުށް ދެން ލިބޭނީ އެސްޓީއޯގެ ކާޑު ގުދަންތަކުން ކަމަށް އެސްޓީއޯއިން ބުނެފި އެވެ.
އެސްޓީއޯއިން ބުނީ ރޯދަމަހަށް ހާއްސަކޮށްގެން ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާކުރާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް (މާލެ ސަރަހައްދުން) ނުގެންދެވި ހުރި ފަރާތްތަކަށް މާދަމާއިން ފެށިގެން ރޯދަ މަހުގެ ފަހު ދުވަހާ ހަމައަށް އެސްޓީއޯގެ ކާޑު ގުދަނުން ލިބޭނެ ކަމަށެވެ.
މިއީ ދިވެހިންނަށް އެކަނި ލިބޭ ހަދިޔާއެކެވެ. މި ތަކެތި ދޫކުރާނީ ޑޮމެސްޓިކް ކަރަންޓް މީޓަރުގެ ނަންބަރު ބެލުމަށް ފަހު، ބަލާ އަންނަ ފަރާތުގެ އައިޑީކާޑު ނަންބަރާއި ނަން ނޯޓު ކުުރުމަށްފަހު އެވެ.
ސަރުކާރުން ހިލޭ ދޫކުރާ ހަނޑުލާއި ފުށް ދޫކުރަނީ ކޮންމެ ދުވަހެއްގެ 10:00 އިން މެންދުރު ފަހު 1:00 އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައިރާ
04 April 2024
އެއްވެސް ކުއްޖަކަށް އިނގޭތަ މިކާޑު ގުދަން ހުންނަ ތަން؟
ހުސްކުރަނީ
03 April 2024
މިވެސްވާނީ އެންމެފަހުން ބޮޑު ސްކޭމަކަށް. ރިކޯޑުން ކާޑު ނުގެންދާ އެއްވެސް ގެއެއް ނުހުންނާނެ. ތީގެންވެސް ބަޔަކު މިފަހަރު މުއްސަނދިވާނެ.
އަސްލު ވާގޮތް
03 April 2024
ވެންމަސް ވެނަށް ކާންދެނީ؟ މަ އެހެންވީމަ ދާނަން ތި ނަގަން، މަގޭވެސް ލާރިން ހޯދާފަ ހުރި އެއްޗެއް ތިއީ...