އައިޖީއެމްއެޗް: ބޮޑު އީދާ ދިމާކޮށް އެ ހޮސްޕިޓަލުގެ ވަރަށް ގިނަ ހިދުމަތްތައް މެދުކަނޑާލަން ވަނީ ނިންމައިފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
04 އެޕްރީލް 2024 - 11:17
މިދިޔަ ހޯމަ ދުވަހުގެ ރޭ ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ އަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
ފުވަމުލަކުގައި މި މަސް ތެރޭ ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގި އެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ ދޫނޑިގަން އަވަށުން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ޒިބްރާ ކްރޮސްގެ ޕޯސްޓް ދަނޑީގައި ޖެހި އެކްސިޑެންޓުވި އެވެ.
އެ ހާދިސާގައި އަނިޔާވި އުމުރުން 33 އަހަރުގެ މީހާ ހާލު ސީރިއަސްވެ، އިތުރު ފަރުވާ އަށް ވަނީ މާލެ ގެނެސްފަ އެވެ. އައިޖީއެމްއެޗުން މިއަދު ބުނި ގޮތުގައި އޭނާ އަދިވެސް އޮތީ އައިސީޔޫގަ އެވެ.
ޖެހިގެން އައި ރޭ ސައިކަލެއް ކޮންޓްރޯލް ނުވެ އެކްސްކަވޭޓަރަކަށް ވަނީ އަރައިފަ އެވެ.
އެ ހާދިސާގައި އަނިޔާވި އުމުރުން 27 އަހަރުގެ މީހާ އަށް ފަރުވާ ދިނުމަށް ފަހު، މިހާރު ވޯޑަށް ބަދަލު ކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މިދިޔަ ދުވަސްތަކުގައި މާލޭގައި ވެސް ގިނަ އަދަދެއްގެ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނުވާލާ
04 April 2024
ބާރަށް ދުއްވައިގެން އަމިއްލައަށް އަނިޔާ ލިބޭ މީހުންނަށް ދައުލަތުން ހަރަދުކޮށްގެން ނުވާނެ!