ލިވަޕޫލް 2 - 2 މެންޗެސްޓާ ޔުނައިޓެޑް
08 އެޕްރީލް 2024 - 06:34
މެންޗެސްޓާ (އޭޕްރީލް 8) – މެންޗެސްޓާ ޔުނައިޓެޑާ އެއްވަރުވެ، ތާވަލުގެ އެންމެ ކުރިއަށް އަރަން ލިބުނު ފުރުސަތު ގެއްލުމުގައި ގޯސް ހެދުނީ ލިވަޕޫލްގެ ކުޅުންތެރިންނަށް ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.
އޯލްޑްޓެރެފޯޑްގައި ކުޅުނު މެޗުގައި ޔުނައިޓެޑުން ފަހަތުން އަރައި ލީޑް ނެގި އެވެ. މެޗުން އެ ޓީމު މޮޅުވާން ދަނިކޮށް ލިވަޕޫލް ސަލާމަތްވީ ޕެނަލްޓީއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީ ވައްދާލީ މުހައްމަދު ސަލާހެވެ.
ލުއިސް ޑިއާޒް މެޗުގެ 23 ވަނަ މިނެޓްގައި ޖެހި ލަނޑުން، ލިވަޕޫލުން ފުރަތަމަ ހާފު ނިންމާލީ ލީޑްގައި އޮވެގެންނެވެ. ދެވަނަ ހާފަށް ނުކުމެ ޔުނައިޓެޑުން ނަތީޖާ ހަމަހަމަކޮށް ލީޑް ވެސް ނެގި އެވެ. ބްރުނޯ ފެނާންޑޭޒް 50 ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަކޮށްދީފައި ވަނިކޮށް 67 ގައި ކޮބީ މައިނީ ލީޑް ވެސް ނެގި އެވެ. ސަލާހްގެ ޕެނަލްޓީން ނޫންނަމަ، ލިވަޕޫލް ސަލާމަތް ނުވީހެވެ.
މެޗުން ލިބުނު އެއް ޕޮއިންޓުން ލިވަޕޫލަށް އޮތް ހަމަޖެހުމަކީ ޕޮއިންޓްގެ ގޮތުން އެއްވަނައިގައި އޮތް އާސެނަލްއާ ހަމަހަމަ ވުމެވެ. އެކަމަކު އާސެނަލް އަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.
އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި މިދިޔަ މަހު މެންޗެސްޓާގައި ޔުނައިޓެޑް އަތުން ބަލިވީ 4-3 ންނެވެ.
ރޭ މެޗަށް ފަހު ކްލޮޕް ބުނީ، އެ މެޗަކީ ލިވަޕޫލަށް މޮޅުވެވެން ޖެހޭނެ މެޗެއްކަމަށެވެ.
"މިއީ މޮޅުވެވެން ޖެހޭނެ މެޗެއް. އެކަމަކު އަހަރެމެން އަމިއްލައަށް އަހަރެމެންނަށް މައްސަލަ ކުރިމަތި ކުރުވީ،" ކްލޮޕް ބުންޏެވެ.
"މިއަދު އަހަރެމެން ކުރި ކަންކަން އަބަދު ކުރަން ނުވާނެ. އެއީ [ތައްޓަށް ވާދަކުރާ ރޭހުގައި] ބަލައިގަނެވޭނެވަރުގެ ކަމެއް ނޫން. އެކަމަކު އެކަން އަޅުގަނޑުމެންނަށް އެނގޭ."
ލިވަޕޫލުން، ޔުނައިޓެޑާ ދެކޮޅަށް 28 ހަމަލާ ގޯލަށް އަމާޒުކޮށް ފޮނުވާލި އެވެ. ޔުނައިޓެޑުން ހަމަލާއެއް އުފެއްދުމުގެ ކުރިން ލިވަޕޫލުން 15 ހަމަލާއެއް ފޮނުވާލި އެވެ.
ކްލޮޕް ބުނީ ލަނޑު ޖެހުމުގައި އުނދަގޫވި ކަމަށެވެ.
"އެވެދާނެ ގޯލްކީޕަރު [އަންޑްރޭ އޮނާނާ] ރަނގަޅުވީމަކަމަށް ވެސް،" ކްލޮޕް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮފިޝަލް ޕުރިމިއަރ
09 April 2024
މިއީ އިރާދަފުޅުން އާސެނަލްގެ ފަހަރު