ޚަބަރު / ސްޓެލްކޯ

ސްޓެލްކޯގެ ބޮޑު ހިއްސާއަކާ އެކު، މާލެ ދިއްލައި ހިތްގައިމުކަން

ސްޓެލްކޯ މުވައްޒަފުންގެ އިސްނެގުމަށް މުޅި މާލެ ދިއްލައި ހިތްގައިމުކަން

ހިޔާ ފްލެޓް ސަރަހައްދުގައި ބޮކިތަކުން ދިއްލާލާފައިވާ މާތަކަކާއި ހަނދު ފަޅިއެއްގެ މަސައްކަތް، ސްޓެލްކޯގެ އެމްޑީ ފަހުމީ ބައްލަވާލައްވަނީ-

ސްޓެލްކޯގެ ވަރަށް ބޮޑު ހިއްސާއަކާ އެކު، މި ފަހަރުގެ ފިތުރު އީދަށް ގިޑިގެތަކާއި ކުލަބޮކިތަކުން މުޅި މާލެ ދިއްލާލަން ތައްޔާރުވެއްޖެ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުލަގަދަކޮށް މި އަހަރު މާލޭގައި ފިތުރު އީދު ފާހަގަކުރުމަށް ސަރުކާރުން ތައްޔާރުވަމުން ދަނީ ގެއްލިފައިވާ ރޫހާއި އުފާވެރިކަން އާލާކުރުމަށް ކަމަށެވެ.

މި މަސައްކަތުގައި އިސްކޮށް އުޅެނީ ސްޓެލްކޯގެ މުވައްޒަފުންނެވެ.

މުޅި ރާއްޖޭގައި ކުލަ ގަދަކޮށް މިއަހަރުގެ ފިތުރު އީދު ފާހަގަކުރުމަށް ބޮކިފައްޗާއި ގިޑިގެތަކުން ދިއްލާލުމުގެ މަސައްކަތް ކުރަމުން އެބަ ގެންދެ އެވެ. މިހާރު ވެސް ބައެއް ރަށްރަށުގައި އެ މަސައްކަތް ނިންމާލައި ރޭގަނޑު ދިއްލާލަމުން އެބަދެ އެވެ.

ހާއްސަކޮށް މާލޭގެ ޖުމްހޫރީ މައިދާނުގައި އެކިއެކި ޑިޒައިންތަކުގެ ބޮކިފަތިތަކާއި ގިޑިގެތަކުން ޒީނަތްތެރިކޮށް، ދިއްލުމުގައި އިސްކޮށް އުޅެނީ ސްޓެލްކޯގެ މުވައްޒަފުންނެވެ.

އެ މަސައްކަތާ ގުޅޭ ގޮތުން ފަހުމީ ވިދާޅުވީ "އީދު އަލި" މި ހަރަކާތަކީ ދީނީ އަދި ގައުމީ ބޮޑު މަސައްކަތެއް ކަމަށެވެ.

ފަހުމީ ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން މިއަހަރު އީދަށް ރަށްތައް ދިއްލާލުމަށް ކުރަމުން އަންނަ މަސައްކަތަކީ އީދުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމާއި އެކުވެރިކަން ކަހަލަ އިސްލާމީ ރިވެތި ސިފަތައް އާލާކުރުމަށް ކުރެވޭ މަސައްކަތެކެވެ.

ފިތުރު އީދަށް އެކި ކުލަލައިގެ ބޮކިތަކުން ހުޅުމާލެ ސެންޓްރަލް ޕާކް ދިއްލާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އޭނާ ވިދާޅުވީ، އީދު ފާހަގަކުރުމުގައި މިހާރު ގެއްލިގެން ގޮސްފައިވާ އުފާވެރި އަދި ކުލަގަދަ ރޫހު އާލާކޮށް، އެކި އުމުރުގެ މީހުންނަށް ހިތްފަސޭހަ އީދެއް ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިއީ އަންނަން އޮތް ޖީލުތަކަށް އީދުގެ އުފާވެރި މުނާސަބަތު ގައުމީ ރޫހެއްގައި ފާހަގަކުރުމަށް ލިބޭނެ ހިތްވަރަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ފަންނުވެރި، ކަވި މަސައްކަތް ރާވައި، މުޅި ގައުމަށް މީގެ އުފާވެރިކަން ގެނެސްދިނުމަށް ކުރެވޭ މަސައްކަތުގައި ލީޑާޝިޕް ނަގައި، މި މަސައްކަތް ރާވާ ހިންގަން ލިބުމަކީ ސްޓެލްކޯގެ މުވައްޒަފުންނަށާއި މުޅި ކުންފުންޏަށްވެސް ލިބޭ ފަހުރެއް،" ފަހުމީ ވިދާޅުވި އެވެ.

ސިޓީތަކާއި ރަށްތައް ދިއްލާލުން ފެއްޓުމުގެ ގޮތުން މިރޭ 9:30 ގައި ޖުމްހޫރީ މައިދާނުގައި ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވަން ވަނީ ނިންމައިފަ އެވެ.

އީދު ދުވަސް ފާހަގަކުރުމަށްޓަކައި ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށްތައް ދިއްލުމަކީ ރައީސް މުއިއްޒުގެ އިސް ނެންގެވުމަށް ކުރާ ކަމެކެވެ. އެ މަނިކުފާނު ވިދާޅުވެފައި ވަނީ ސަރުކާރަށް ކުޅަދާނަ ވާ ވަރަކުން އީދު ދުވަސްތަކަށް އެހެން ރަށްތައް ވެސް މި ގޮތަށް ދިއްލާނެ ކަމަށެވެ.

ޖުމްހޫރީ މައިދާން ސަރަހައްދާއި މާލޭގެ އެކި މަގުތަކުގައި ވެސް ބޮކިފަތި ހަރުކޮށްފައިވެ އެވެ. އަދި ތަފާތު އެކި ކުލަކުލައިގެ ބޮކިތަކުންނާއި އެކި ޑިޒައިންތަކަށް ހަދާފައިވާ ތަފާތު އެއްޗެހިން ހުޅުމާލެ ވެސް މިހާރު ވަނީ ދިއްލާލައިފަ އެވެ.

މިއަހަރު މާލޭގައި ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ތައްޔާރުވަމުން އަންނައިރު، ކުލަ ޖެހުމާއި ކޯޑި ނެރުމާއި މާލި ނެރުމާއި އީދު ޝޯއެއްގެ އިތުރުން ހަވާ އެރުވުމުގެ ހަރަކާތް ވެސް ބާއްވަން ވަނީ ނިންމައިފަ އެވެ.

30 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 10%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 30%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތަރައްޤީ

09 April 2024

ދިވެހިން ހީކުރަނީ މިއީ ތަރަށްޤީކަމަށް.!!

The name is already taken The name is available. Register?

އާރީ

09 April 2024

ގޭގޭބިލުން ތިބައި ޖަންސާލައި. ފޮނިވާހަކަ ދައްކާފަ.

The name is already taken The name is available. Register?

ހެހެހެހެހ

09 April 2024

ފެންނުވެރިފަ ތިބި ކުދިންކޮޅަށް ތަންކޮޅޭއް ރަނަގަޅު އިންޖީނެއް ގެނަސް ދީބަލަ، ތިކަން ނުކޮށް.

The name is already taken The name is available. Register?

ޚިއްލީ

08 April 2024

ސްޓެލްކޯ...ކޮންމެ ބޭފުޅަކުވެސް ގެއިން ނުކުންނަމުން ބޮކިނިވާލާތި ހަރަދު ކުޑަކުރަން...ދުވަސްކޮޅެއްފަހުން އަހަރުން މާލެ ދިއްލާލާނަން..

The name is already taken The name is available. Register?

ބަލަ

09 April 2024

ބޮކި ނިވާލީމަ ހަމަ ތިގޭ ބިލް ކުޑަވާނީ. ސްޓެލްކޯ ބުނާ ގޮތް ހަދާލަބަލަ ނިކަން އެއްފަހަރު ނަމަވެސް

The name is already taken The name is available. Register?

ސުއަބު

08 April 2024

ދައުލަތުން މިކަމަށާް ކުރާހަރަދު ބެލުމަށް އެއްމެންނަށް ގޮވާލަން، އިސްރާފް ނުކުރަން ބުނީމަ ވޯޓް ދިނީ ، ތިޔެހެން ނަހަދާ، ތިފައިޒާ ހާލުގައި އުޅޭ މީހުންނަށްދީ ސަލާޖެހުން ނިމުމަކަށް ގެނެސްދީ

The name is already taken The name is available. Register?

ހހހހހހހ

08 April 2024

ތިޔަ މި ބުނާ ތަރައްގީ އަކީ..އަދިވެސް ދިވެހިން ގުބޯހައްދަން ދޯ ތިއުޅެނީ

The name is already taken The name is available. Register?

ވެރިކަންވެސް ހޮދީ އެހެން

09 April 2024

ދަޅަ ދެއްކުން ފިޔަވާ އެހެން ކަމެއް ނުވޭ، ހުސް ގޮނޑި އެކަނި މަދީ

The name is already taken The name is available. Register?

އައިމިނާ

08 April 2024

މޭޔަރު އިދިކޮޅަށް.

The name is already taken The name is available. Register?

ބަގުރޫޓް

08 April 2024

މިކަމަށްހިނގިޚަރަދުބަލަންޖެހެއެވެ+ މެޓީރިއަލް+ މަސައްކަތުގެއަގު+ ކަރަންޓަށްދާނެޚަރަދު

The name is already taken The name is available. Register?

ހެހެހހެހެެހ

09 April 2024

6 ސުމެއް ނައިސް ނުދާނެ.

The name is already taken The name is available. Register?

އީދު

09 April 2024

ކަލޭމެން ދީނީ ގޮތުން ފާހަގަ ކުރާ އީދު ތަކަށް ހަރަދުކުރާތީ ހާދަ ރުޅިއެއް އާދެޔޭ ދޯ، އާ އަހަރު ފާހަގަ ކުރަން ހަބޭހަށް ހަރަދު ކުރިޔަސް ކަލޭމެން ނަށް އޯކޭ

The name is already taken The name is available. Register?

މިއޮތީ

08 April 2024

މިކަމުންވެސް އެނގެނީ ރައްޔިތުންގެ ފައިސާއިން ކަންކަން ކުރުމުގައި މިސަރުކާރުން އެއްވެސް ހަމައެއް ލަމައެއް ނުގެންގުޅޭކަން. ސަރުކާރުން ސަރުކާރުން ހިންގާ ކުންފުންޏަކަށް ހެސް ކިޔާފަ ފައިސާދޭއިރު އެހެން ކުންފުނިތަކުގެ ޙައްޤެއް އޮތްތޯ ބަލާލިތަ؟ މިއީ ކަމަކަށް ކަމެއް ކުރުން. ރައްޔިތުންގެ ފައިސާ ހައްދެއް ނެތި އިސްރާފުކުރުން.

The name is already taken The name is available. Register?

ރުންކުރު

08 April 2024

ރައްޔިތުންގެ ޙައްގުގައި ކުރެވެނީ މަދު ކަމެއް. ކުރެވޭ ކަންކަމަށްވުރެ ދައްކާ ބަހަނާ ގިނަ. ރައްޔިތުން ނުކުމެ މި ސަރުކާރު ވޯޓުން ސައިޒު ކުރަންޖެހޭ. އެހެން ނޫންނަމަ ނަތީޖާއަކަށްވާނީ ހަމަ ސުމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454