ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ނަޒާހާތްތެރިކަމުގެ އިގުރާރުގައި ސޮއި ކުރުމަށް 2019 ވަނަ އަހަރުގެ ތެރޭގައި ބޭއްވި ރަސްމިއްޔާތު -- ފައިލް ފޮޓޯ: މިހާރު
11 އެޕްރީލް 2024 - 20:44
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ވަކި ބަޔަކަށް ފައިދާވާ ގޮތަށް ފެނަކަ ކުންފުނިން ހަވާލުކޮށްފައިވާ 25 ޕްރޮޖެކްޓެއްގެ މައްސަލަ އެންޓި-ކޮރަޕްޝަނަށް ހުށަހަޅާފައިވާއިރު، ބީއޯކިޔުއެއް ވެސް ނުހަދާ ހަވާލުކޮށް، ދައްކާފައިވާ ފައިސާގެ އަދަދު ބައި ބިލިއަން ރުފިޔާ އަށް އަރާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
މަގާމުގެ ނާޖާއިޒު ފައިދާ ނަގައި، އިންހައުސްކޮށް ކޮށްފައިވާ 60 ކޮންސްޓްރަކްޝަން ޕްރޮޖެކްޓުގެ ތެރެއިން 25 ޕްރޮޖެކްޓުގެ މައްސަލަ ފެނަކައިގެ އާ މެނޭޖްމަންޓުން އޭސީސީ އަށް ހުށަހެޅީ މިދިޔަ މާޗު މަހު އެވެ.
އޭސީސީ އަށް ހުށަހެޅި މައްސަލަތަކުގެ ތަފްސީލަށް ބަލާއިރު، އެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ އިން-ހައުސްކޮށް ކުރުމަށް އެކި ރަށްރަށުގައި އިންޖީނުގެ އެޅުމާއި ޕަވާ ސްޓޭޝަން އަދި އޮފީސް އިމާރާތް އެޅުމުގެ މަޝްރޫއުތަކެވެ.
އެމްޑީޕީގެ ސަރުކާރުގައި ފެނަކައިގެ އެމްޑީ ސައީދު: އެ ދުވަސްވަރު ބޮޑެތި ކޮރަޕްޝަންތަކެއް ހިންގާފައިވާ ކަމަށް މިހާރުގެ މެނޭޖުމަންޓުން ތުހުމަތު ކުރޭ..
އެ 25 މަޝްރޫއު ހިންގުމަށް ބީއޯކިޔުއެއް އަދި މާކެޓުގެ އަގުތަކަށް ބަލާފައި ނުވާއިރު، އޭގެ ތެރެއިން މަދު މަޝްރޫއެއް ފިޔަވައި، ގިނަ މަޝްރޫއުތަކުގެ މަސައްކަތުގެ 50 ޕަސެންޓާ ގާތަށް ވެސް ނުނިމެ އެވެ. އެ ޕްރޮޖެކްޓްތަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ދޫކޮށްފައިވާ ފައިސާގެ ޖުމްލަ އަދަދު 508 މިލިއަން ރުފިޔާއަށް ވުރެ އިތުރެވެ.
އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެފައިވާ ގޮތުގައި، އެކި މަރުހަލާތަކުގައި ހުރި މަޝްރޫއުތައް ނިންމަން ބިލިއަނެއްހާ ރުފިޔާ އިތުރަށް ހަރަދުކުރަންޖެހޭނެ އެވެ.
ކުންފުނި ތެރޭގައި އިންޖީނާއި ޖެންސެޓްތައް ގަތުމުގެ ނާޖައިޒު ބޮޑު ވިޔަފާރިއެއް އުފައްދާފައިވާ ކަމަށާއި އެ މައްސަލަތައް ވެސް އޭސީސީއަށް ހުށަހަޅާނެ ކަމަށް އޭނާ އޭރު ވިދާޅުވެފައިވެ އެވެ.
1. ގދ. މަޑަވެލި/ހޯޑެއްދޫ ޕަވާ ސްޓޭޝަން - ނިމުނީ އެންމެ ހަތަރު ޕަސެންޓް - ހަރަދުކުރި 18.3 މިލިއަން
2. ގދ. ވާދޫ އާ އޮފީސް - ނިމުނީ 41 ޕަސެންޓް - ހަރަދުކުރި 45.1 މިލިއަން
3. ގދ. ތިނަދޫ އިންޖީނުގެ ރިލޮކޭޓްކުރުން - ނިމުނީ -- - ހަރަދުކުރި 63.12 މިލިއަން
4. ހއ.ދިއްދޫ އިންޖީނުގެ - ނިމުނީ 43 ޕަސެންޓް - ހަރަދުކުރި 42.72 މިލިއަން
5. ތ. ކަނޑުދޫ އާ އޮފީސް - ނިމުނީ -- - ހަރަދުކުރި 7.6 މިލިއަން
6. ތ. ވަންދޫ އާ އޮފީސް - ނިމުނީ -- - ހަރަދުކުރި 7.96 މިލިއަން
7. ތ. ކިނބިދޫ އާ އޮފީސް - ނިމުނީ -- - ހަރަދުކުރި 7.96 މިލިއަން
8. ހދ. ކުޅުދުއްފުށި އިންޖީނުގެ - ނިމުނީ 45 ޕަސެންޓް - ހަރަދުކުރި 41.37 މިލިއަން
9. ގއ. ވިލިނގިލި އިންޖީނުގެ - ނިމުނީ 41 ޕަސެންޓް- ހަރަދުކުރި 41.1 މިލިއަން
10. ގދ. ނަޑެއްލާ އިންޖީނުގެ ރިލޮކޭޓްކުރުން - ނިމުނީ -- - ހަރަދުކުރި 11.65 މިލިއަން
11. ށ. މާއުނގޫދޫ އިންޖީނުގެ - ނިމުނީ 65 ޕަސެންޓް - ހަރަދުކުރި 9.67 މިލިއަން
12. ނ. ކުޑަފަރި އާ އޮފީސް - ނިމުނީ 77% - ހަރަދުކުރި 9.17 މިލިއަން
13. ލ. ފޮނަދޫ އާ އޮފީސް - ނިމުނީ -- - ހަރަދުކުރި 18.4 މިލިއަން
14. ނ. ކެނދިކުޅުދޫ އާ އޮފީސް - ނިމުނީ 99 ޕަސެންޓް - ހަރަދުކުރި 19.6 މިލިއަން
15. ރ. މީދޫ އާ އޮފީސް - ނިމުނީ 93 ޕަސެންޓް- ހަރަދުކުރި 6.8 މިލިއަން
16. ލ. އިސްދޫ/ކަލައިދޫ ޕަވާ ސްޓޭޝަން - ނިމުނީ 56 ޕަސެންޓް- ހަރަދުކުރި 54.3 މިލިއަން
17. ލ. ކަލައިދޫ އާ އޮފީސް - ނިމުނީ 30 ޕަސެންޓް - ހަރަދުކުރި 7.8 މިލިއަން
18. ގދ. ގައްދޫ އާ އޮފީސް - ނިމުނީ 38 ޕަސެންޓް- ހަރަދުކުރި 11.8 މިލިއަން
19. ރ. އަނގޮޅިތީމު އިންޖީނުގެ - ނިމުނީ 50 ޕަސެންޓް - ހަރަދުކުރި 9.3 މިލިއަން
20. ށ. މިލަންދޫ ޕަވާ ސްޓޭޝަން - ނިމުނީ 15 ޕަސެންޓް - ހަރަދުކުރި 16.04 މިލިއަން
21. ތ. އޮމަދޫ އާ އޮފީސް - ނިމުނީ -- - ހަރަދުކުރި 4.7 މިލިއަން
22. ޏ. ފުވައްމުލައް ޕަވާ ސްޓޭޝަން - ނިމުނީ 45 ޕަސެންޓް- ހަރަދުކުރި 36.9 މިލިއަން
23. ހއ. ކެލާ އޮފީސް ނިންމަން - ނިމުނީ 67 ޕަސެންޓް- ހަރަދުކުރި 752،282ރ.
24. މ. ކޮޅުފުށި އާ އޮފީސް - ނިމުނީ 38 ޕަސެންޓް - ހަރަދުކުރި 8.3 މިލިއަން
25. ތ. ހިރިލަންދޫ އާ އޮފީސް - ނިމުނީ -- - ހަރަދުކުރި 7.8 މިލިއަން
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މިއަދު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެކިއެކި ފަރާތްތަކާ ހަވާލު ކޮށްފައިވާ ޕްރޮޖެކްޓްތަކުގެ އަދަދު 60 އަށް އަރާ ކަމަށެވެ. ބާކީ 35 ޕްރޮޖެކްޓްގެ މައްސަލަ ވެސް ވަރަށް އަވަހަށް އޭސީސީ އަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ މަޝްރޫއުތަކުގެ އަގު އެއް ބިލިއަން ރުފިޔާ އަށް ވު މާ މަތިވާނެ. ބޮޑެތި ކޮރަޕްޝަންތަކެއް ހިންގާފައި އެ ވަނީ. އެބަހުރި 500 ރޭޓް އަގު ބޮޑުކޮށް އެކި ކުންފުނިތަކާ ޕްރޮޖެކްޓްތައް ހަވާލު ކޮށްފައި. މިސާލަކަށް ތިން މިލިއަން ރުފިޔާ އަށް ނިންމޭނެ ޕްރޮޖެކްޓް އެބަހުރި ނުވަ މިލިއަން ރުފިޔާ އަށް ހަވާލު ކޮށްފައި،" މުއާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މަޝްރޫއުތައް ބަޔަކާ ހަވާލު ކުރާއިރު، ފެނަކައިގެ ބޯޑުގެ ހުއްދަ ނަގަންޖެހޭ ގޮތަށް އޮތަސް އެ ކަމެއް ވެސް ނުކުރެ އެވެ.
"މިހާތަނަށް އެބަ ފާހަހަވޭ ކުންފުނީގެ 8 ވަރަކަށް މުވައްޒަފުން މި ކަމުގައި ޝާމިލްވާ ކަމަށް. ބޮޑެތި އެލަވަންސްތައް ބައެއް މުވައްޒަފުންނަށް ދީ، އިތުރަށް އެތައް ބަޔަކު ނަގާފައި އެބަހުރި،" މުއާޒު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އެންމެ ބޮޑަށް އަޑިއަޅާލާފައިވާ އެ ކުންފުންޏަކީ ފެނަކަ އެވެ. އެ ތަނަށް ބޭނުން ނުވާ އަދި މަސައްކަތް ނުވެސް ފަށާ ކަންކަމަށް އިތުރަށް އެތައް މުވައްޒަފުންނެއް ނަފާފައިވާ ކަމަށް މިހާރުގެ މެނޭޖުމަންޓުން ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު...
12 April 2024
ވަގުން ފެނޭތަ ދިވެހި ރައްޔިތުންނޭ. އިބުރާހިމު ސަރުކާރުގައި ވައްކަން ނޫން އެއްވެސްކަމެއްނުކުރޭ. އަދިވެސް ފޮށާކަހާފަ ބުނޭ މަޖިލިސް ދޭށޭ
މުންޝިދްް
12 April 2024
މި ގައުމުގެ ކުރިމަގު ހެޔޮގޮތެއްގައި ބިނާ ކުރެވޭނީ މި ވައްކަމުގެ ކުށް ސާބިތުވާ އެންމެނަށް ހަައްޤު އަދަބު ދީގެން. މީ އާދައިގެ ކަމެއްކަމަށް ގަބޫލެއްނުކުރެވޭނެ.
ލޮއްލަ
12 April 2024
ބިލިޔަނުން ކާލިޔަސް މިގައުމުގަ މިއޮތް ފައްކާ ފުރިހަމަ ޑިމޮކުރަސީގެ ދަށުން ދޭނެ އަދަބެއް ނެތް. އަދި އަނބުރާ ހޯދާނެ ފައިސާ ފޮއްޗެއްވެސް ނެތް، އެހެންވީމާ އަޅުގަނޑުމެން މިކަން އިތުރަށް ފަށްކާ ކުރުމަށް ވަގުންގެ އާބެޗެއް އިންތިހާބު ކުރަން އެބައޮތް ހަފުތާއެއް ފަހުން..
އައުޒަމް
12 April 2024
މިވަރުގެ ބަޔަކަށް އަނެއްކާވެސް މަޖިލީސް ދިނީމަ އޮންނާނީ ވާނެ ހަޔަތި ވެފަ. އެމްޑީޕީ ކިބައިން ސަލާމަތް ވާންޖެހޭ
ނުބާޝް
12 April 2024
ފެނަކަ ބަނގުރޫޓް ކުރި މީހުން ހައްޔަރު ކުރޭ. މުޅި ދައުލަތް ދަވާލާފަ ވެރިކަމުން ފޭބީ
އަމީރު އަޒީޒް
12 April 2024
ވައްކަން ކުރުން ނޫން ކަމެއް މިދިޔަ ސަރުކާރުން ނުކުރޭ. އެމީހަކަށް ޖެހުނު ތަނަކުން ކަމުން ދިޔައީ. އެކަން މި ފެންނަނީ
އަމްޝާދު އަޒީޒް
12 April 2024
ސުބުހާނަﷲ. ނަސީބެއްނު ދެވަނަ ދައުރެއް މި މީހުންނާ ނުލިބުނުކަން
ނިހާލް ސަލީމް
12 April 2024
މުޅި ފެނަކަ ދަވާލާފަނު މިދިޔަ ސަރުކާރުން މިއޮތީ
މަހުފޫޒް މުހައްމަދު
12 April 2024
ފެނަކައަކީ ސަރުކާރު ކުންފުންޏެކޭ ބުނަންވެސަ މިހާރު ލަދުވެތި. އެތަށް ކުންފުންޏަކަށް ފެނަކަ ދަރާފަ އޮތީމަ އެއީ ހަމަ ސަރުކާރެއްގެ ނާގާބީލުކަން. އިރާދަކުރެއްވިއްޔާ މިސަރުކާރުން ފެނަކަ ނަގާ ކޮޅަށް ޖަހާނެ
ފީރޯޒު
12 April 2024
ފިޔަވަޅު އަޅަންވީ އޭރުގެ ފެނަކަ ވެރިންނަށް. ސައީދުމެން އަދިވެސް އެ ލާރިން ބހމގ އަވަދިނެތި