މުލީ އެއާޕޯޓުގެ ރަންވޭ ނިންމާފައި: މި އެއާޕޯޓަށް އިތުރަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވެސް އިތުރަށް އަދި ކުރަންޖެހޭ.
13 އެޕްރީލް 2024 - 14:53
މީގެ ތިން އަހަރު ކުރިން އެމްޓީސީސީއާ ހަވާލުކުރި މ. މުލީ އެއާޕޯޓު މި އަހަރުގެ ޖުލައި 26 ގައި ހުޅުވޭ ވަރަށް ނިންމަން އެ ކުންފުނިން އަމާޒު ހިފައިފި އެވެ.
އެ އެެއާޕޯޓުގެ މަސައަކްތް 212 މިލިއަން ރުފިޔާ އަށް ކުރީގެ ސަރުކާރުން ފެބްރުއަރީ 28، 2021 ގައި ހަވާލުކުރީ އެއް އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ނަމަވެސް އެމްޓީސީސީން ވާހަކަ ދެއްކެވި އިސް ވެރިއަކު މިއަދު ވިދާޅުވީ، އެ މަސައްކަތް މަޑުޖެހުނީ ބަޖެޓުގެ މައްސަލަތަކާ ހެދި ކަމަށެވެ.
"އެކަމަކު މި އަހަރުގެ ޖުލައި 26 ގައި ބޯޓު ޖެއްސޭވަރު ކުރުމަށްޓަކައި އަޅުގަނޑުމެން މިހާރު މަސައްކަތް މި ފެށީ. އަލުން މަސައްކަތް ފެށިތާ ވާނީ މަހެއްހާ ދުވަސް. އަމާޒަކީ ޖުލައި 26 ގައި މި އެއާޕޯޓު ހުޅުވުން،" އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީން ނިންމާފައި ވަނީ މަސައްކަތް ނިންމައި ޖުލައި 26 ގެ ކުރިން ސަރުކާރާ އެ ތަން ހަވާލު ކުރާށެވެ.
މުލީ އެއާޕޯޓުގެ ޓާމިނަލް: ދެން އޮތީ ޓާމިނަލްގެ ފިނިޝިން މަސައްކަތްތައް
މުލީ އެއާޕޯޓް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރި ދުވަހު އޭރުގެ އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފައި ވަނީ އެ ތަނުގައި 1،200 މީޓަރުގެ ރަންވޭއެއް ހަދާނެ އެވެ. ޓާމިނަލް އިމާރާތް ހެދުމާއި އެއާޕޯޓަށް ބޭނުންވާ އެހެން ވަސީލަތްތައް ގާއިމުކުރުން ވެސް އެ މަޝްރޫއުގައި ހިމެނި އެވެ.
އެމްޓީސީސީގެ އޮފިޝަލް ވިދާޅުވީ، މިހާރު ބާކީ ކުރަން ޖެހޭ މަސައްކަތަކީ އެއާޕޯޓަށް ބޭނުންވާ ބިމުގެ ތެރެއިން ނުހިއްކައި ބާކީ އޮތް ސަރަހައްދު ހިއްކުމާއި ޓާމިނަލްގެ ފިނިޝިން ކަންކަމެވެ.
"އެކަން ވެސް ބާރު ސްޕީޑުގައި ދެން ކުރިއަށް ގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.
މުލީ އެއާޕޯޓުގެ ޓާމިނަލް އިމާރާތުގެ މައިގަނޑު މަސައްކަތްތައް މިހާރު ވަނީ ނިމިފަ އެވެ.
މ. އަތޮޅުގައި މިހާރު ވެސް ތިން ރިސޯޓެއް އޮޕަރޭޓް ކުރާއިރު، މުލީ އެއާޕޯޓާ އެކު ބޮޑު ކުރިއެރުމެއް އެ އަތޮޅަށް އަންނާނެ ކަމަށް ސަރުކާރުން ބުންޏެވެ. މުއްޔާއި ނާލާފުށި ކޯޒްވޭއަކުން ގުޅައިލުމުގެ މަސައްކަތް ވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ. އޭރުން މ. އަތޮޅަކީ އާބަން ސެންޓަރަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ ކަމަށް ބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންއެނގޭ
15 April 2024
އެނގޭތީ މި ބުނަނީ ތިތަން މިހާ ދުވަހު ނުނިމި އޮތީ މެންބަރު އެތައް ގޮތަކުން ދަތިކޮށް އުނދަގޫ ކުރީމާ. މިހާރު އޭނާގެ ބާރު ކެނޑުނު ހިސާބުން ތިޔޮށް ހިނގާން ފެށީ.
ކަރުދާހޭ
15 April 2024
މިހާރު އެނގޭ މިތަން ކުރިއަރުވަން ބަޔަކު އުޅުނީމާ ވާކަން. އިރާދަކުރެއްވިއްޔާ ދެން މުލީގެ ތަރައްގީގަ އިކުރާމް އަތްއަޅައިގެން އުޅުނު ދުވަސްތައް މި ނިމެނީ!
ފެނިދެކިއަތުންހިފާ
15 April 2024
އިކުރާމު މުލީގެ މުސްތަގުބަލު ބަނަކޮއްލަން އެއާޕޯޓު ޕުލޭނަށް ގެނައި ނުބައި ބަދަލުތައް އެނގޭނެ މިރަށު އެންމެންނަށް. އެކަމުން ސަލާމަތްވެ މިހާރުގެ ޕުލޭނަށް ފައިނަލްވީ ލައްކަ މަސައްކަތުން. އެވަރުގެ ނުބައި ރޭވުމެއް މިރަށާމެދު ރާވާނީ މިރަށްދެކެ ހާދަ ރުޅިއެއް އަރާ މީހެކޭ.
ބޮލި މުލައް
14 April 2024
ފ. އަތޮޅުގެ އާބާދީއަށް ބަލާ 2 އެއަރޕޯރޓް އަޅަނީ އަންނަ އަހަރު ބަޖެޓުގަ ހިމަނައިގެން އިތުރު 3 އެއަރޕޯރޓް އަޅާ
ފަތުހުﷲ މުހައްމަދު
14 April 2024
އަހަރުމެންގެ ރަށް. ނުނިމިގެން އުޅޭތާ ވަރަށް ދުވަސްވެއްޖެ. އެއްމެ ފަހުން މިހާރު އަވަސް މިވީ
އިބާދުﷲ މުހައްމަދު
14 April 2024
ކަން ކުރަން އިނގޭ މީހުން ހަވާލުވެ ކަންކަން މިއަޅުވަނީ ހަމަޔަށް. ސުޕާ މެޖޯރިޓީ ދީގެން އެމްޑީޕީއަށް ވި ކަމެއް ނެތް. މިހާރު މިދަނީ ރަނގަޅަށް.
އަޖްމަލް މުހައްމަދު
14 April 2024
މިދިޔަ ސަރުކާރުން ހޭވި ހަޑި މިސަރުކާރުން މި ސާފްކޮށްލަނީ.
މިފްތާހް މުހައްމަދު
14 April 2024
ކުރީ ސަރުކާރުން ހުރިހާ ކަމެއް ކޮށްފަ އޮތީ އަމާ ބުނީތީ ފަރަށް ދާ އުސޫލުން. އެއްވެސް ކަމެއް ނެތް ބެލިފަ. މިހާރު މިކަންވެސް އަވަސް މިވީ ރައީސް މުއިއްޒް ހަވާލުވެ
މިހުރާޒް
14 April 2024
ރައީސް މުއިއްޒް ދުވެލީގައި ކަންކަން މިދަނީ މިހާރު.
ކަރަމް
14 April 2024
ވ.ރަނގަޅު. މުލީ އެއަރޕޯޓް އަވަހަށް ނިންމާލަދީ. ދިއްގަރު އިކްރާމް ނޫންގޮތެއް އޮތީ ތިކަން އަވަހަށް ނިމިގެން.