ރައީސް ޑރ. މުހައްމަދު މުއިއްޒު، މީގެ ކުރިން ހދ. މަކުނުދޫ ކައުންސިލަރުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
26 އޯގަސްޓް 2025 - 11:05
ހދ. އަތޮޅުގައި އެކަހެރިކޮށް މަކުނުދޫއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް އެ ރަށުގައި އެއާޕޯޓް އެޅުމާއި ބިން ހިއްކުމުގެ އެޅުމުގެ މަޝްރޫއު އެމްޓީސީސީއާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.
ހދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، މަކުނުދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ ރަށުގައި އެއާޕޯޓެއް އެޅުމަކީ ކޮންމެހެން ކުރަން ޖެހިފައި އޮތް ކަމެއް ކަމަށެވެ. އެ ރަށު ބިން ހިއްކާ ނިމޭއިރު އެއާޕޯޓުގެ އިތުރުން ބޯހިޔާވަހި ކަމަށް ވެސް ހައްލު ލިބި އަދި އިގްތިސާދީ ގޮތުން ކުރިއަރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ދަތުރުފަތުރު ކުރުމަށް އެ ލިބޭ ކުރިއެރުމުގެ ސަބަބުން މި ރަށުގައި އިގްތިސާދީ ތަރައްގީ އެހެން ހަރުފަތަކަށް، މަތީހަރުފަތަކަށް ގެންދިއުމަށް ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ވަސީލަތަކަށްވެ، ވަރަށް މުހިންމު ދޮރޯށްޓަކަށް މި އެއާޕޯޓް ވާނެ." ރައީސް ވިދާޅުވި އެވެ.
އެ އެއާޕޯޓު ހިންގާނީ އެމްއޭސީއެލްއިން ކަމަށާއި މަސައްކަތް ނިމުނުހާ އަވަހަށް އެ ކުންފުނިން އެއާޕޯޓާ ހަވާލުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މަސައްކަތް ކުރައްވަނީ ވީހާވެސް އަވަހަކަށް މަސައްކަތް ނިންމުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އާދަމް ޝަފީގް ވިދާޅުވީ މަކުނުދޫގެ ތަރައްގީއަށް އެޅިފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަހެރިކޮށް އެ ރަށް އޮންނައިރު، ދަތުރުފަތުރު ކުރެވޭނެ ރަނގަޅު ނިޒާމެއް ނެތުން ކަމަށެވެ. އަދި މި ސަރުކާރުން އެ ރަށުގެ ރައްޔިތުން ބޭނުންވާ އެއާޕޯޓު މަސައްކަތް ކުރުމަށް ހަވާލުކުރުމަކީ ރައްޔިތުންގެ ވަރަށް ގިނަ ދުވަސްވީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަކުނުދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރީގެ ސަރުކާރުން ފެށި އެވެ. އަދި އެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކްރޮސް ސަބްސިޑީ އުސޫލުން މަސައްކަތް އޭރު ހަވާލުކުރީ މަސް ބޭރުކުރުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ބިގް ފިޝްއާ އެވެ.
މަކުނުދޫ އެއާޕޯޓަށް ބޭނުންވާ ބިން އޭރު ހިއްކީ އެ ރަށުގެ ދެކުނު ބިތުން ފެށިގެން, އެއް ފަޅެއްގެ ތެރޭގައި އޮންނަ ހުރައާ ދޭތެރޭގަ އެވެ. އޭރު ހިއްކީ ކިތައް ހެކްޓަރު ކަމެއް އަދި އޭގެ ފަހުން އެ މަސައްކަތް ގޮސްފައިވާ ގޮތުގެ ތަފްސީލެއް ފަހުން ނުދެ އެވެ.
އެ އެއްބަސްވުމުގެ ދަށުން 1،800 މީޓަރުގެ ދިގު ރަންވޭއެއް އެޅޭ މިންވަރަށް ބިން ހިއްކުމުގެ އިތުރުން އިޖްތިމާއީ ބޭނުންތަކަށް އިތުރު 22 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި އެއާޕޯޓް އެޅުމަށްފަހު އެތަން ހިންގުން ހަވާލުކުރަން ނިންމާފައިވަނީ އެމްއޭސީއެލްއާ އެވެ.
މަކުނުދޫއަކީ ރާއްޖޭގެ އެންމެ ބޮޑު ފަޅެއް އޮންނަ އެއް ރަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔުސްރީ
26 August 2025
ބައެއް މީހުނަށް ހީވެގެން އުޅެނީ ރައީސް މުއިއްޒު އަކަށް ނުވާނެޔޭ، މިހާރު ކަންކަން ކުރަން ފެށީމަ ހަޖަމް ނުވެގެން އުޅެނީ، ދެން ދާނީ ކަންކަން ބާރަށް ކުރިއަށް
ކޮރަލް
26 August 2025
ހުރިހާ އެއަރޕޯޓް އެއްގަ މިލިޓަރީ ސިފައިންނާއި ޑްރޯން ގާއިމް ވެ ހުރުމަކީ ގައުމީ ސަލާމަތަށް ވ ބޭނުންތެރި ކަމެކެވެ.
ޖައިޝމ
26 August 2025
ވަރައް ފުރިހަމަ ނިންމުމެއް
1200
26 August 2025
1200 (ބާރަ ސަތޭކަ) މީހުންގެ އާބާދީއަކަށް އެއަރޕޯޓެއް އެޅޭނަމަ އެއްވެސް ފުލެޓަކަށް ރައްޔިތުން ލާރިދައްކައިގެން ނުވާނެ. ހަމަ ހަމަ ކަމާއި އިންސާފު ކޮބައިބާ؟
ނުހައިމިން
26 August 2025
އަލްހަމްދުﷲ. މަކުނުދޫއަށް އުފާވެރި ދުވަހެއް، ރައީސް މުއިއްޒުގެ ވެރިކަން ދިފާއުކުރަން އަދި އިތުރު ދައުރެއް ހޯދަން އިތުރަށް މަސައްކަތް ކުރަން އަޒުމް ކަޑައަޅާފިން
ޙަގީގަި
26 August 2025
އުފާ ނުކުރޭ !! ޢަލިފުށީ އެއަރޕޯޓް، މަގޫދޫ، ނިލަންދޫ، ތުޅާދޫ ހުރިހާ ތަނެނއއް ހުރީ ހިއްޓިފަ. ޙަމަ ތިޔަ ބުޏަ ޓީޓީސީ .