މާލެއަށް މިއަދު ކުރި ވިއްސާރައިގައި ފެންބޮޑުވުމުން، މީހަކު ސައިކަލެއް އަތުން ހިފައިގެން ދުއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
13 އެޕްރީލް 2024 - 19:37
ރާއްޖޭގެ އެކި ހިސާބުތަކަށް އަދި ވަކިން ހާއްސަކޮށް މާލެއަށް އާދަޔާ ހިލާފަށް ހޫނު ގަދަ ދުވަސްތަކެއް ތަޖުރިބާކުރަން ޖެހުމަށް ފަހު މިއަދު ކުރަން ފެށި ވިއްސާރާގައި މާލޭގައި ފެން ބޮޑުވެ ހުއްޓުމަކަށް އަތުވެއްޖެ އެވެ.
މާޗް އަދި އޭޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނު ދުވަސްވަރަށް ވާއިރު މިދިޔަ ބުދަ ދުވަހަކީ މާލެ ސަރަހައްދަށް، އިހްސާސްވާ ހޫނުކަން މިހާތަނަށް އެންމެ މަތިވި ދުވަހެވެ. އެ ދުވަހު ހުޅުލޭގެ ހޫނުމިން 33.6 ޑީގްރީ ސެލްސިއަސްގައި ހުރި އިރު އިހުސާސް ކުރެވޭ މިންވަރު 48.4 ޑިގްރީ އަށް އެރި ކަމަށް މެޓް އޮފީހުން ބުންޏެވެ.
ރެކޯޑް މިންވަރަކަށް ހޫނު ދުވަސްތަކެއް ދިއުމަށް ފަހު މިއަދު މެންދުރު ފަހު މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަން ފެށި ވިއްސާރާގައި މާލެއަށް ބޯކޮށް ވާރޭ ވެހި ހިނދުކޮޅެއްގެ ތެރޭގައި ފެން ބޮޑުވި އެވެ. އާންމުކޮށް ވެސް ފެން ބޮޑުވާ މަގުތަކުގައި ދަތުރުކޮށް ނޫޅެވޭ ވަރު ވެފައި ވާއިރު ސިފައިން ގެންދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
މި ވަގުތު މަގުތަކުގައި ބާރު ސްޕީޑުގައި ވެހިކަލް ނުދުއްވަން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
ފުލުހުން ވަނީ މާލޭގައި މި ވަގުތު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ. ފުލުހުން "އެކްސް"ގައި ކުރި ޕޯސްޓުގައި ބުނީ ފެންބޮޑުވެފައިވާތީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އާއްމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ފެންބޮޑުވެ، އެކި ގެއްލުންތައް ލިބިގެން މިހާތަނަށް 57 ތަނަކުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. ކަމާގުޅޭ ފަރާތްތަކާ ގުޅިގެން އެ ތަންތަނުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުންޏެވެ.
މޫސުން ލަފާކުރާ ގައުމީ އިދާރާއިން ވަނީ، ތ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކޮށް މިރޭގެ 8:30 އާ ހަމައަށް ހުދު އެލާޓް ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުއްޓޭ
14 April 2024
ތަރައްގީކުރުން އިތުރުވާވަރަކަށް ހުއްޓޭ ދުވަސްތައްވެސް އެބަ ގިނަވޭ.
ސާބިގު
14 April 2024
މިކަމަކީ ވަރަށް ރޭވިގެން ކޮއްފައި ވާކަމެއް! އަމީނީމަގާ ބޮނޑުތަކުރުފާނު މަގު ހަދާފައި އެވަނީ އެހެން މަގު ތަކުގެ އުސްމިނަކަށް ބެލުމެއް ނެތި ވާރޭ ކޮޅެއް ވެހިލާ އިރަށް އެ ދެމަގަށް އެޅޭހާފެނެށް ފައިބައިގެންދަނީ ޖެހިގެން އޮންނަ ބުރުޒު މަގަށާއި އެތެރެއަށް އޮންނައެހެން މަގު ތަކަށް، މިއީ ބަޔަކު ނިކަމެތި ކުރުމުގެ މަގްޞަދުގައި ކޮއްފައި ވާކަމެއް. ބަޔަކު އަބަދުވެސް ވެރިޔަކު ނުވަތަ މެންބަރަކަށް އާދޭސް ކުރާނެ ކަމެއް ބޭއްވުން މަގްޞަދަކީ.
އެހެންނޯ
14 April 2024
ދެން އާއްމުމީހާ ގެ 12 ބުރިއަށް ނަގަނީ އެ ބިލްޑިންގގެ ބާރަ ބުރީގެ އެކި ދިމާލުން ބޭރު މަގަށް އެޅޭނެހާ ފެނާމެދު ނުވިސްނާ. ތިމަންނަގެ ގެ އުސްކޮށް ނެގީމަ މަގު އިތުރަށް ފުފިގެން ފުޅާވެ ބޮޑުވޭތޯ ނުވިސްނާ. ފެން ހިންދާ ސިސްޓަމަކަށްވިއަސް ތަކާވަރަކަށް ތަކާނީ. މާލޭގެ މަގުތަކަށްވެސް ލިމިޓެއް އޮންނާނެ. ސިޓީއަކަށް މޭޔަރުންނާ ކައުންސިލަރުން ތިއްބަސް އެކަހަލަ ކަންކަމާމެދު ވިސްނާކަށް ނޭނގޭ.
ބޯބުރިކާލޫ
14 April 2024
މާލޭ މީހުން ތިބީ ސިންގަޕޫރުގަ. ކަލޭމެން ތިބޭ ފާޚާނާނުކޮށް ދިޔަގަނޑު އަޑިވާންދެން. އޯކޭ. ކުލި ޖަމާކުރާތި 1 ގަ.
ޑިޔަރެސް
14 April 2024
ބޭރަށް ނުކުތީމަ ބުޅާގުއާ އެކުވެފަ އޮތް ފެންގަނޑު ކަކޫތާ ފެނަށް.
ހަރުބުގެ ދަރި
14 April 2024
ދެންފަހެ ކަންކަންމައްޗަށް ފުނިފުންޏަށް ޖަހާފަ ހުރި ބުޅާ ގުއިތަކާ އެކުވެފައިވާ ފެންގަނޑު ތެރޭގައި އެެއުރެން ފަތާ އުޅުނޫއެވެ.
އުސްމިން
14 April 2024
އައްޑޫ ތަރައްގީ ކުރަނީ މިފެންވަރަށޯ
ލޮއްލަ
14 April 2024
މުއިއްޒޫ ކޮބާތަ ޔާމީނު ދައުރުގަ މަޖީދީމަގުގަ ހޮޅި ބަދަލުކޮށް ފެން ރަނގަޅަށް ހިންދޭ ނިޒާމު މިހާރު ކިހިނެއް.. އިބުރާހިމާ ކޮބާ އަމީނީ މަގުގަ ފެން ހެދޭތޭ.. ތާރުގަނޑު މަތީ މަމެން ސާފު ބޯޑު މިދުއްވަނީ.. ޝުކުރިއްޔާ ގައުމުގެ ވެރިންނަށް
MySuperGreenDOTcom
13 April 2024
ކާކުތަ މާލޭގަ އުޅެންދާނީ މަސްމާރުކޭޓުގަ ގުއިފެނުންދޮވެފަ ހުންނަމަސްކައިގެން، ކުރުނބައެއް -/80ރ އަށް ބޮައިގެން! ލ.ގަން ކަހަލަ ރަށްށަށުގައި މީހުން އުޅެނީ ހާދަ ހަމަޖެހިލައިގެނޭ! ކުރިޔަށް މިއޮތް 6 އެއްކަ އަހަރުތެރޭ މާލޭގެ ކުދިފިހާރަތަކަށާއި އަމިއްލަފަރާތްތަކަށް މުދާ ސަޕުލައިކުރާނީވެސް ލ.ގަމުން، ސަބަބަކީ ލ.ގަމުގައި ހާޑުވެއާގެ ސާމާނާއި އެހެނިހެންތަކެތި މާލޭގެ ބާޒާރަށްވުރެން އެތައްގުނައެއް އަގުހެޔޮކޮށް ލިބެންހުރުން، އެހެންވަނީ ރެންޓުދަށްކަންނުޖެހޭތީ!
ހަގީގަތ1
13 April 2024
އަޅުގަނޑުގެ އުމުރުން ވީހާ ދުވަހެއް ވީއިރު 5 ރައީސުން ވެރިކަން ކޮށްފަ ގޮސް މިހާރު މިހިރީ 6 ވަނަ މީހާ ވެރިކަމަށް އަރާ،މާލެ އަކަށް މިނޫން ހާލަތެއް ނާދޭ،ބަޔަކު މިކަން ކަން ހައްލު ކުރަންކުރަން ވިސްނާފަ އޮތްނަމަ މިހެނެއް ނުވާނެ،ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަން ކުރާކަމަށް އަދުން އަޅުވާފަ އޮންނަނީ މި މާލޭގައި،އެކަމު ގަޑި އިރަކަށް ވާރޭ ކޮޅެއް ވެހިލާއިރަށް ރައްޔިތުން ޑައިވިނުގަ،ދެން މިކަން ނުވާވަރު މީހަކު ވެެރިކަމަށް އަންނާނެ ކަމެއްނެތް،
1828
13 April 2024
މާލެ ވެއްޖެއްޔަ ފުލުހުންނާއި ސިފައިނުން ތިބޭނެ މާލެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން. ދެން ތިޔައީ އިންސާނުން ދިރިއުޅެން ހެޔޮވާވަރުގެ ތަނެއްނޫންނެއްނު؟ އެކަމަކު އެނޫން ތަނެއް ތަރައްޤީކުރަން ސަރުކާރުން ބޭނުމެއްނުވޭ
ލއޮނ
13 April 2024
މިހާރު އިހުސާސް ކުރެވޭ ފިނިމިން ހުރީ މައިނަސް 10 ޑިގުރީގަ.