ކިހާދުއްފަރު ރިސޯޓް: އެތަނުން ފޭބުމާ އެކު 1.4 މިލިއަން ޑޮލަރު ދެ މަސް ތެރޭގައި ދައްކަން ޖެހޭ --ފޮޓޯ/ގޫގުލް
19 ފެބުރުއަރީ 2017 - 18:26
ބ. ކިހާދުއްފަރު އައިލެންޑް ރިސޯޓް މިހާރު ހިންގާ ކުންފުނި އެ ރިސޯޓުން ފޭބުމަށާއި އެ ތަނުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 1.4 މިލިއަން ޑޮލަރު (21 މިލިއަން ރުފިޔާ) އެ ތަނުގެ އަސްލު ވެރި ފަރާތަށް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އަތަމާ މެރިން އިންޓަނޭޝަނަލަށް ސަރުކާރުން ދޫކޮށްފައި އޮތް ކިހާދުއްފަރު ރިސޯޓް މިހާރު ހިންގަނީ އެމްއެޗް ލޫލޫ ނަމަކަށް ކިޔާ ބޭރު ކުންފުންޏަކުންނެވެ. ފަސް ތަރީގެ އެ ރިސޯޓް ހިންގުން ސަބް ލީސްކޮށް އެމްއެޗް ކުންފުންޏަށް ދީފައި އޮތުމަށް ފަހު މިދިޔަ ޑިސެމްބަރު މަހު އަތަމާ މެރިން ކުންފުނިން ވަނީ އެ ރިސޯޓް އެ ކުންފުންޏާ އަނބުރާ ހަވާލުކުރަން އަންގައިފަ އެވެ. އެއްބަސްވުން ބާތިލު ކޮށްފަ ނޯޓިސް ފޮނުވީ ޑިސެމްބަރު މަހުގެ ކުލި ނުދެއްކުމުންނެވެ.
އެ އެންގުމާ އެއްގޮތަށް އަމަލު ނުކުރުމުން އެ މައްސަލަ އަތަމާ ކުންފުނިން ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އަމުރުކުރީ 10 ދުވަސް ތެރޭގައި އެމްއެޗް ކުންފުނި އެ ރިސޯޓުން ފައިބައި، އެތަން އަތަމާ ކުންފުންޏާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ. އަދި އެ ތަނުގައި މި ވަގުތު ހުރި ތަކެތީގެ ތެރެއިން އެމްއެޗް ކުންފުނީގެ އެއްޗެހި ފިޔަވައި އިތުރު އެއްޗެއް އެ ރިސޯޓުން ބޭރަށް ނުގެންދެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން އެތަނުގެ ކުއްޔާއި، ގަވާއިދުން ކުލި ނުދެއްކުމުން ލިބުނު ގެއްލުމާއި އަރާފައިވާ ޖޫރިމަނާއާ އެކު 1.4 މިލިއަން ޑޮލަރު ދެ މަސް ތެރޭގައި ދެއްކުމަށް ވެސް އެ ހުކުމުގައި އަންގާފައިވެ އެވެ.
އެ ހުކުމުގައިވާ ގޮތުން ކިހާދުއްފަރު ހިންގުމާ ބެހޭ ގޮތުން އެ ދެ ކުންފުނީގެ ދެމެދުގައި އޮތް ސަބް ލީސް އެގްރިމެންޓް 2012 ގައި ވަނީ ނިމުމަކަށް އައިސްފަ އެވެ. އެހެންވެ، އަތަމާ ކުންފުނީގެ ނުރުހުމުގައި އެ ތަނުގައި ތިބުމުގެ ހައްގު އެމްއެޗް ކުންފުންޏަށް ނޯންނާނެ ކަމަށް ހުކުމުގައިވެ އެވެ.
އަތަމާ މެރިން ކުންފުނިން ނެގި 700 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކިއްޖެ ނަމަ ކިހާދުއްފަރު ވިއްކާލުމުގެ ބާރު ބޭންކަށް ލިބިގެންވާ ކަމަށް ދަށު ކޯޓާއި ހައި ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ. އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަންބެ
20 February 2017
ހިތަށް އަރަނީ ބައެއް މީހުން ކޮމެންޓްކުރަނީ އަޅެ މިލިޔުންކިޔާފަބާއޭ؟ ރިސޯޓް ހިންގާ ފަރާތުން ބަރާބަރަށް ކުލި ނުދައްކާތީ ރިސޯޓް ވެރިފަރާތުން ކޯޓަށް ދިޔައީ. އެއްބަސްވުން ބާތިލު ކޮށްފަ ނޯޓިސް ފޮނުވީ ޑިސެމްބަރު މަހުގެ ކުލި ނުދެއްކުމުން. ރާއްޖޭން ބޭރު ބޮޑެތި ކުންފުނިތައްކަމުގައިވިޔަސް އެގްރިމެންތްގައިވާގޮތަށް ކުލި ނުދައްކަންޏާ ޖެހޭނީ ރިސޯޓުން ފައިބަން. ތިމާމެންންނީ ދުނިޔޭގެ ފައިވް ސްޓާރ ރިސޯޓް ހިންގާ ބަޔެކޭ ކިޔާފަ ދިވެހިންގެ ހަރުމުދާ ބޭނުންކޮށްގެން ނަފާނަގާ ކައިހުސްކޮށެއް ނުލެވޭނެކަން މިޔަޤީންވަނި. ކޯޓްތަކުގެ އިތުބާރު ލިބެމުން މިދަނީ. އިންސާފު ލިބެމުން މިދަނީ. ބޭރު ފަރާތްތަކަށް މިއިން އިބްރަތެއް ލިބޭނެކަން ޔަޤީން. ރިސޯޓްގެ ކުލި ނުދެއްކީމަ ވާނެގޮތް ތިވެނިނެމީ. އަތަމާ ހައްޖު އޮފީހާއި އަތާމާ މެރިން އާއި މިއި މުޅިން ތަފާތު ދެ ތަނެއް. ދެމީހެއްގެ ދެތަން. އޮޅުވާނުލައްވާށެވެ.
ހުވަންދުމާ
19 February 2017
އަތަމާ މީހަކު އޮތް ހައްޖަށް ދާން ފައިސާ ދެއްކި ބަޔަކަށް ވެސް ދަރާފަ
ކައުންސެލަރު
19 February 2017
ދިވެހި ހަރު/މުސްކުޅި ބަހެއްގައި އޮންނާނެ ފެތުނު އޮޑިއެއްގެ ރިޔާދަށުވިޔަސް ކަނަކު އަތްދަށުނުވާށެ! މިފަހަރު ތިއޮތީ އަތަމާ އަތްދަށުވެފައި ހަހަހާ
ޟުހާޓޯ
19 February 2017
އަތަމާއަކީ ހައްޖުގުރޫޕެއްނޫންތަ؟
އަޑީބް އެންޑް ބަދީއް
19 February 2017
ހުޅުމާލެ ޖޯނަށް ހަދާލިގޮތް އެހަދާލީ. ދެން އިންވެސްޓަރުން އަންނާނެ ހެމުން ނަށަމުން.
މެންޓަލިސްޓް
19 February 2017
ކުރީގައި އަތަމާއޭ ބުނީމައި ކޮންމެމީހަކުވެސް ސިއްސައިގެންދާނީ އެމީހުންގެ މުއްސަނދިކަމާއި ބޮޑުކަމުން ،، މިހާރު އަތަމާއޭ ބުނީމާވެސް ސިއްސައިގެންދަނީ އެމީހުންގެ ދަރަނި ބޮޑުކަމުން ،،، މިހުރީ ދުނިޔޭގެ ކަންކަން ހިނގާގޮތް ، ،،ވިސްނާފިކުރު ކުރާބަޔަކަށް މީގެން އިބްރަތެއްލިބޭނެކަމަށް އުއްމީދުކުރަން ،، ވަރަށްވެދުން
ދުއާ
19 February 2017
ޔާ ﷲ! ޜިޝްވަތާ ފަސާދަ އިން މި ޤައުމު ސަލާމަތް ކުރައްވާން ދޭވެ އެވެ. ޢަދު އިންސާފު މި ޤައުމުން "އަރުއްވާ"ނުގަންނަވާން ދޭވެ" އެވެ.
ފަޤީރުކޮއި
19 February 2017
ފަޤީރުންނަށްވުރެ މުއްސަދިންގެ ދަރަނިބޮޑު..
ބިގްމަނީ
19 February 2017
މީ ރާއްޖޭގެ ރިސޯރޓް ތައް ބިޑް ގެ އުސޫލުން ކިއްލި ތަޅާ ގްރޫޕްސް ތަކުން ނަގައިގެން އެކަން ކުރަން އުޅުމުން އިންވެސްޓަރުންނަށާއި ގެސްޓުންނަށް ލިބޭ ގެއްލުމެވެ. އެއްގޮތަކަށް ވެސް ބިޑް ކުރާނެ ކަމެއް ނެތެވެ. ކިއްލި ތަޅާ ގްރޫޕްސް ތައް އުޅޭ ގެސްޓް ހައުސް ތައް ހަދަން. ރިސޯރޓް ހެދޭނީ ބިގް މަނީ ހުންނަ މީހުންނަށެވެ.
އަފިހުން ގޮއްޔެ
19 February 2017
ރަނގަޅު ވާހަކައެއް، އެއްގޮތަކަށްވެސް ބިޑް ކުރާނެ ކަމެއްނެތް، މޭޒުދަށުން "ޑިގު" ކުޅުނީމަ ޖީބު ފުރާލެވޭނެ
މޮހޮނު
19 February 2017
ޑދެން ބުނޭ މީގަ ވެސް ގޯހީ ރައިސުލްޖުމުހޫރިއްޔާއަކަށް އަކަށް ހުރި މީހާ އޭ