ޗަމްޕާ ބްރަދާސް އިން ހަ ރޯދައަށް ބަހަން ގެނައި ކަރާ ޝިޕްމެންޓުތަކެއް.-
16 އެޕްރީލް 2024 - 10:59
ހަ ރޯދަ އަށް، ދިވެހިންނަށް ބަހަން ޗަމްޕާ ބްރަދާސް އިން 25 ޓަނުގެ ކަރާ ހަދިޔާކޮށްފި އެވެ.
ހަ ރޯދަވެރިންނަށް ހާއްސަކޮށްގެން ޗަމްޕާ ބްރަދާސްގެ ކަރާތައް ވެސް ބަހަނީ ލޯކަލް ގަވަމެންޓް މިނިސްޓްރީ މެދުވެރިކޮށެވެ.
ޗަމްޕާ ބްރަދާސް އިން މިއަދު ބުނީ، މި އަހަރުގެ ރޯދަމަހަށް ގެނައި ފަހު ޝިޕްމެންޓު އެ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ ތަކެއްޗާއެކު، ޗަމްޕާ ބްރަދާސް އިން ވަނީ މިދިޔަ ރޯދަމަހުގެ ތެރޭގައި މާލެ ސަރަހައްދުގައި އުޅޭ މީހުންނަށް 95 ޓަނުގެ ކަރާ އާއި 75،000 ކާއްޓާއި 10 ޓަނު ފިޔާ އަދި 10 ޓަނު އަލުވި ބަހައިފަ އެވެ.
ރާއްޖޭގެ ޓޫރިޒަމް ވިޔަފާރީގެ އެންމެ އުހުގައި އުޅުއްވާ ޗަމްޕާ ހުސައިން އަފީފާއި ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ޗަމްޕާ ބްރަދާސް އަކީ، ދިވެހިންގެ ލާބަ އާއި މަންފާއަށްޓަކައި އަދި ޖަމާއަތުގެ ތަރައްގީއަށްޓަކައި އެހީތަކެއް ވަމުން އަންނަ ކުންފުންޏެކެވެ.
މީގެ ކުރީ ރޯދަ މަހުގެ ތެރޭގައި ވެސް ޗަމްޕާ ބްރަދާސް އިން ރޯދަ ހަދިޔާ ބަހާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
17 April 2024
މާލެއަށްބަހާއެއްޗެއް ރާއްޖޭގެ އެއްމެންނަށް ލިބޭނެ,
ނުކިޔަން
16 April 2024
ޢެއްވެސް ކަހަލަ ގޮތެއްނޫން ހަމަ އެކަނި މާލެ ކައިރީ ރަށްރަށުގެ މީހުނަށް ބެހުން. ދެންތިބީ ދިވެހި ރައްޔިތުން ނޫންތޯ
ސީތާ
16 April 2024
އަންނަ އަހަރުގެ ހަ ރޯދައަށް؟؟ އެހާއިރަށް ތިޔަ ކަރާތައް ހަލާކުވެދާނެހެން މަށަށް ހީވަނީ
ކަނބުރުގެ
16 April 2024
އަދި މާއަވަހެންނު.! 6 ރޯދަ އަދި ކޮބާ؟
އިސްމާލި
16 April 2024
ތިޔަ ބެހި ތަނުން އެއްޗެއް ލިބުނު ފަރާތެއް ވާނަމަ އަތް މައްޗަށް ނެންގެވުން އެދެން.
އަލީބަލީ
16 April 2024
ލިބުން. ވަރަށް ގިނަ މީހުންނަށް ލިބުން. ފަހުން އެ ބަލާ މީހުން ނައިސްގެން އައިޑީ ފޮޓޯ އަށް ވެސް ދޫކުރި.
ފޭސް 2 ގަ ނުބަހާ
16 April 2024
ބޭނުންވަނީ ސަލާން ޖައްސުވަން، ރޯދަވީއްލާގޮތަށް ކިއުއަށް އަރައިފިއްޔާ 10 ޖަހާއިރުވެސް ލައްވާ ނުލާ. ނަމާދާ ތަރާވީސް އަޅާފަ ދަރިންކޮޅު އުކާލާފަ ގޮސް ނުތިބެވޭތީ ނުލިބުނު. ފިރިހެން ވެރިން ނެގީ، އެކަނި އުޅޭ އަންހެން ވެރިންނަކަށް ނުވާނެ،
އެދސދ
16 April 2024
އަދި އަވަސް
ައަޅޭ
16 April 2024
ތިހުރިހާ ކަމެއް ވެ ނިމުނު އިރު މަމެންނަށް ރޭކާވެސްނުލާ. ކޮންބަޔަކަށްތަ ތިޔަ ބަހާ ހުސްކޮށްލަނީ.
ކަރާސީނު
16 April 2024
އަންނަ ތަރައްގީއަކަސް، ތިޔަހެން ބަހާ ތަކެއްޗަކަސް ލިބެނީ މާލެއަށެވެ. ލައްގާނީ ލައްގާ ހުރައަށޭ ބުނަނީ މިކަހަލަ ކަންކަމަށް މަތިކޮށެވެ!