ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް ޝިޔާޒް: ޔާމީންގެ ޝަރީއަތަށް އަދިވެސް ނުފޫޒު ފޯރުވަނީ އެމްޑީޕީން ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/މިހާރު
17 އެޕްރީލް 2024 - 15:34
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް އަދިވެސް ނުފޫޒު ފޯރުވަނީ އެމްޑީޕީން ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އަބްދުﷲ ޝިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ނުނިމި ލަސްވަމުންދާތީ އެ މަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނޭ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ގެންދަވަނީ މި ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.
ނަމަވެސް އެ ޓީމުގައި ހިމެނޭ ވަކީލް ޝިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީގެ ސަރުކާރުން ދޮގު އިންޓެލިޖެންސް ރިޕޯޓްތައް އުފައްދައިގެން ޔާމީންގެ މައްޗަށް ދައުވާތައް އުފުލައި، ނުހައްގުން ޖަލަށްލީ ޔާމީނާއި ޕީޕީއެމް ބަލިކޮށްލުމަށް ކަމަށެވެ.
ޝިޔާޒް ވިދާޅުވި ގޮތުގައި އޭރު ވެސް މިހާރު ވެސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަނީ އެމްޑީޕީންނެވެ. އެ މީހުންގެ ބޭނުމަކީ ޔާމީންގެ މައްޗަށް އިތުރު ތުހުމަތުތައް ކުރުމުގެ އިތުރުން ސިޔާސީ ފައިދާ ނެގުން ކަމަށް ވެސް ޝިޔާޒްގެ ޓްވީޓްގައިވެ އެވެ.
2018 ނޮވެމްބަރ 17 ގައި އެމްޑީޕީ އިން ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވުމާއެކު ނިޒާމީ ގޮތެއްގައި ރޭވިގެން ރައީސް ޔާމީނާ ސަރުކާރުގެ އޮފިޝަލުންްގެ މައްޗަށް ހަޤީގަތެއް ނެތް އިންޓެލިޖެންސް ރިޕޯރޓްތައް އުފައްދައި ދޮގު ތުހުމަތުތައް އުފުލިއެވެ. ރައީސްޔާމީން އާ…
— Abdulla Siyaz (@AbdullaSiyaz) April 17, 2024
ވަކީލް ޝިޔާޒްގެ ޓްވީޓް
ޔާމީން ވެސް ވަނީ ޕީޕީއެމުން ވަކިވެ ވަޑައިގެން، އެ މަނިކުފާނު އިސްވެ ހުންނަވައިގެން އާ ޕާޓީއެއް އުފައްދަވައިފަ އެވެ. އަދި އެ މަނިކުފާނުގެ އިސްތިއުނާފް ލަސް ކުރަނީ މި ސަރުކާރުން ކަމަށް ވެސް ޔާމީން ތުހުމަތު ކުރައްވަ އެވެ. އެކަމަކު މި ސަރުކާރުގެ އިސްވެރިން ވިދާޅުވަނީ މިއީ ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވާނެ ސަރުކާރެއް ނޫން ކަމަށާއި ޝަރުއީ ނިންމުންތަކަށް އަބަދުވެސް އިހުތިރާމް ކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޔަ
18 April 2024
ކަލޯ ހަމަޖެހޭ ވާހަކައެއް ދައްކަބަލަ ތިބުނާ ޢެމްޑީޕީ ކޮންބާރެއް މިއަދު އޮތީ.
މާޖިދް
18 April 2024
މިހާރު ރައީސް ޔާމިން ގަބޫލެއްނުކުރޭ އެމްޑީޕީއިން އެމަނިކުފާނަށް ވި އިހުމާލު. މިޔަދު އެމީހުންނަކީ ރައީސް ޔާމިނަށް ހުދު ކާފޫރެއް. ލަދު
އަދްހަމްް
18 April 2024
ރައީސް މުއިއްޒު ވަނީ އެމަނިކުފާނު ހުވާކުރިދުވަހުންފެށިގެން ޖުޑީޝަރީއަށް ސަރުކާރުން އަތްބޭނުން ނިމުމަކަށް ގެނެއްސަ. އެވަރުންވެސް އެމްޑީޕީގެ ނުފޫޒުން ސިޔާސީ މަންފާއަށް ރައީސްޔާމިން މިނިވަންކުރުން ވަނީ ލަސްކޮށްފައި. ޖުޑީޝަރީ މުޅި ނިޒާމް ރިފޯމް ކުރަންޖެހޭ. މިކަން ކުރެވޭނީ މަޖިލިހަށް މި ސަރުކާރުގެ ކެޑިޑޭޓުން ހޮވައިގެން.
އހނވމ
18 April 2024
އެމްޑީޕީ އެހާ ނުފޫޒުގަދަވީމަ އެމްޑީޕީ އުވާލަންވީނު. އޭރުން މަޖްލިސް މެޖޯރިޓީ ހޯދަން ތިހާ ބުރަ މަސައްކަތްކުރާކަށްނުޖެހޭނެ
ގުއިއްޒު
18 April 2024
ދެރަކަމަކީ ތިކަން ތިހެން އޮތްއިރު ރައީސަކަށް ހުރި މީހާ ވެގެން މިއުޅެނީ ކިހިނެއް ވެގެންތޯވެސް އަހާނުލީމާ. ރައީސް މީހާއެއް ނޫންތަ ދައުލަތުގެ ވެރިއަކީ؟ ތިޔަ ބުނާ ގޮތުން ދައުލަތުގެ ވެރިއަކަށް ވެގެން މިއުޅެނީ އެމްޑީޕީތާ!. ބުއްދި ހަމަޖެހޭ ވާހަކައެއް ދައްކަބަލަ.
ލުބުނާާ
18 April 2024
މިއަދު އެމްޑީޕީ ގޯހެއްނޫން ރައީސް ޔާމިނަކަށް. މިއަދު ގޯސްވީ ރައީސް މުއިއްޒު. ދުނިޔޭގެ އާދަކާދަ ހިނގަނީ ވަރަށް ތަފާތުކޮށް. މިއަދު ހަގީގީ އަނިޔާ ދިންމީހާމަތިން ހަނދާންނެތިއްޖެ.
ޖުމާންް
18 April 2024
ރައީސްޔާމިނަށްވެސް އެނގޭ މިކަން އޮތީ މިހެންކަން. އެހެންނަމަވެސް މި ސަރުކާރާ ދެކޮޅަށް ހުރީމަ ކިޔޭނެ އެއްޗެއް ނެތިގެން އެ އުޅެނީ. މި މައްސަލައަށް ހުރަސްއަޅަން ނުވަތަ ލަސްކުރަން މި ސަރުކާރުން ކުރި އެންމެ ކަމެއްވެސް ދައްކަބަލަ.
ނިއުޝާާ
18 April 2024
މިކަން އޮޅިގެން އުޅެނީ ރައީސް ޔާމިނުގެ އެންމެ އަރިސް އެންމެ ލޯޔަލް ޖަމީލް ބްރަދާސް
ޝާމިޚު
18 April 2024
ޔާމީނަށް އެ ވަރު ނޭނގެނީއެއް ނޫން...ވެރިޔަކަށް ކޮންމެ މީހަކު ހުއްޓަސް ޔާމީނު އެންމެ ރުޅިއަންނާނީ އެ ވެރިޔަކަށް...
ވަތަނަބޭ
18 April 2024
1.ވެރިކަންދިނީމަވެސް އެހެންމީހުން ނުބައިކުރަނީތަ؟ ބައްލަވާ! ވެރިކަން ދިނީ ކަންކަން އިސްލާހުކުރާން ވައުދުވެގެން. 5 އަހަރުވަންދެން ހިހޫތަނުން ކާލައިގެން ތިބޭކަށް ނޫން.... މިހާރު ކީކޭ ތިކިޔަނީ.... 2.ނަސޭހަތް. އަވަހަށް އިސްތިއުފާދީ..........ދީ ހަމަ މިހާރު
އެއީ
18 April 2024
ނޫން ކުރީގަ އެމްޑީޕީ ނުފޫޒު ފޯރުވިއޭ ބުނެވިދާނެ. ނަމަވެސް މިހާރު އެކަން ކުރާނީ މުއިއްޒު. ސަބަބުތައް މަދު އެހެނަސް ސާފު. މަޖިލިސް ނެގުމާއި ޕާޓީ މެންބަރުން ސަރުކާރު ޕާޓީގައި ހިފެހެެއްޓުމަށް. ދެން... ތިވަރަށް ޓްވީޓް ނުކުރިޔަސް އެމްްބަސީ ޖޮބެެއް ލިބިދާނެ.