އީރާންގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކެއް: އީރާނުން ވަނީ ފެތުނު ބޯޓެއްގެ 21 މީހަކު ސަލާމަތްކޮށްފައި.
18 އެޕްރީލް 2024 - 06:22
މޫސުން ގޯސްވެ ބަންޑުންޖަހާލި ބޯޓަކުން ސްރީ ލަންކާގެ 21 ފަޅުވެރިޔަކު އީރާންގެ އިމަޖެންސީ ސާވިސް އިން ސަލާމަތްކޮށްފައިވާ ކަމަށް އިއްޔެ ބުނެފި އެވެ.
އީރާންގެ ރަސްމީ ނިއުސް އެޖެންސީން ބުނީ ލަންކާގެ ފަޅުވެރިން ތިބީ ކޫކް އައިލެންޑްސްގެ ދިދައިގައި ދަތުރުކުރި، ތެޔޮ އުފުލާ ބޯޓެއްގައި ކަމަށެވެ. އެއީ އީރާންގެ ޖާސިކް ބަނދަރާ 50 މޭލު ދުރުންނެވެ.
"މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ އުޅަނދެއް، ހާދިސާ ހިނގި ސަރަހައްދަށް ފޮނުވައި 21 ފަޅުވެރިން ވަނީ ސަލާމަތްކޮށްފައި،" ޖާސިކް ޕޯޓްސް އެންޑް މެރިޓައިމް އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރު މުހައްމަދު އަމީން އަމާނީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިއްހީ ފަރުވާ ބޭނުންވި ފަސް މީހަކަށް ފަރުވާ ދީފައިވާ ކަމަށާއި އެކަމަކު އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
މި ދުވަސްވަރު އީރާންގެ ހޮރްމޫޒް ކަނޑުއޮޅި ސަރަހައްދާއި އޮމާން އަދި ޔުނައިޓެޑް އަރަބި އެމިރޭޓްސް އަށް ވެސް މޫސުން ވަރަށް ގޯހެވެ. ގަދަ ވިއްސާރާގައި މި ހަފްތާގައި އޮމާނުން 18 އަދި އީރާނުން ތިން މީހަކު ވަނީ މަރުވެފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރާސަރުދާރު
21 April 2024
ހާދަ މޮޅު ބޯއްޓެކޭ އުތަ؟ ބަންޑުންޖެހެމުން ދަމުން ލަންކާގެ މީހުން ސަލާމަތް އެކުރީ. ސާބަހޭ
އަހުމަދު1
18 April 2024
ސުރުޚީ ރަނގަޅުތޯ؟ އަޅުގަނޑަށް ދޭހަވަނީ އެހެން ގޮތަކަށް.