އެއާޕޯޓުގެ އިމިގްރޭޝަން ކައުންޓަރުން އޮފިސަރަކު ހިދުމަތް ދެނީ: އިމިގްރޭޝަންގައި މިދިޔަ އަހަރު ވަނީ ވައްކަމުގެ ހާދިސާއެއް ހިނގާފައި --ފޮޓޯ: އިމިގްރޭޝަން
12 ޖޫން 2016 - 13:09
މޯލްޑިވްސް އިމިގްރޭޝަންގައި މިދިޔަ އަހަރު ހިނގި ވައްކަމުގެ މައްސަލައާ ގުޅިގެން އެތަނުން މުވައްޒަފަކު ވަކިކުރީ ރަނގަޅަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމައިފި އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އިމިގްރޭޝަންގެ ފޮރިން އެމްޕްލޮއިމަންޓް އެކްސްޕެޓްރިއޭޓް ސެކްޝަނުން 400،000ރ. ވަގަށް ނެގި މައްސަލާގައި ވަކިކޮށްފައިވަނީ އެތަނުގެ ސީނިއާ އިމިގްރޭޝަން އޮފިސަރެކެވެ. އެ ފައިސާއަކީ އެ މުވައްޒަފުގެ ބެލުމުގެ ދަށުގައި ހުރި އެއްޗެކެވެ.
ވަޒީފާ އަނބުރާ ހޯދަން އެ މީހާ ދައުވާ ކުރުމުން، މި މަހުގެ ފަސް ވަނަ ދުވަހު ޓްރައިބިއުނަލުން ނިންމީ، އޭނާ ވަކިކުރީ އެ ވައްކަމުގައި އޭނާގެ ބައިވެރިވުމެއް އޮތްކަން ތަހުގީގަށް ސާބިތުވެގެން ކަމަށެވެ. އެހެންވެ އޭނާގެ ވަޒީފާ އަނބުރާ ދޭން އަންގާނެ ތަނެއް ނެތް ކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައިވެ އެވެ
މި މައްސަލައާ ގުޅިގެން 38 އަހަރުގެ ފިރިހެނަކު ކުރިން ހައްޔަރުކޮށްފައިވެ އެވެ. އެކަމަކު އެއީ ވަކިކުރި މުވައްޒަފު ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަަާްއޮކޭ
06 June 2017
ގޯހެއް ނޫން. ތުނބުޅި ދިގުކޮށްގެން ކޮންސަކަރާތެއް ޖަހާކަށް.