ރައީސް ބ އޭދަފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރްހަބާ ދެންނެވުމަށް ނިކުތް ކުދިންތަކަކާއެކު ރައީސް ޑރ މުއިއްޒު ފޮޓޯއެއް ނަންގަވާލަނީ -- ފޮޓޯ: ރައީސް އޮފީސް
21 އެޕްރީލް 2024 - 08:13
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން ޕީއެންސީން މިހާތަނަށް 50 ގޮނޑި ހޯދައިފި. މަޖިލީހުގެ މެޖޯރިޓީ އަކީ ދެބައި ކުޅަ އެއްބައި ކަމަށްވާ 47 ގޮނޑި. ސުޕަ މެޖޯރިޓީ އަކީ މަޖިލީހުގެ ހަތަރުބައިކުޅަ ތިން ބައި ކަމަށްވާ 70.
ވޯޓު ގުނުމުގެ މަސައްކަތް އީސީގެ އޮފިޝަލުން ކުރަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ބައެއް މަރުކަޒުތަކުގައި ވޯޓު ގުނުމުގެ ކަންކަން މިހާރު ވަނީ ފަށާފައި. ބެލޭވެ ގޮތުގައި މާ ގިނައިރުތަކެއް ނުވެ ނަތީޖާތައް ލިބެން ފަށާނެ. މިހާރު ގިނަ ތަންތަނުގެ ވޯޓުފޮށިތައް ވަނީ ބަންދުކޮށްފައި.
ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަން 2019 ގައި ބޭއްވި އިންތިހާބުގައި ވޯޓުލާން 81 ޕަސެންޓް މީހުން ނުކުތް.
އީސީން ބުނީ، 5:30 ވީއިރު ވެސް ކިއޫގައި ބަޔަކު ތިބުމުން 200 އެއްހާ ވޯޓުފޮށި އަދި ބަންދު ނުކުރާ ކަމަށް. މި ފަހަރުގެ އިންތިހާބަށް ބެހެއްޓީ 602 ވޯޓުފޮށި.
މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި 17:00 އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް #vihi24 pic.twitter.com/WcXeUBLWm9
— Elections Commission (@ElectionsMv) April 21, 2024
އީސީ: ހަވީރު ފަހެއް ޖެހުމާ ހަމައަށް 72 ޕަސެންޓް މީހުން ވޯޓުލި.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ގޮތުން ވޯޓު ގުނަން ފަށާނީ ހަވީރު ހައެއް ޖަހާއިރު.
ވޯޓުލާ ވަގުތު ހަމަވުމުން ކިއޫ ބަންދުކޮށްފައި: ދެން ވޯޓު ލެވޭނީ މިހާރު ކިއޫގައި ތިބި މީހުންނަށް އެކަނި. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ހަވީރު 5:30 ވުމާ އެކު އިލެކްޝަންސް ކޮމިޝަނުން ކިއޫތައް ބަންދުކޮށްފި. އެ ކޮމިޝަނުން ނިންމާފައި ވަނީ 5:30 ވާއިރު، ކިއު އަށް ނާރާ ތިބި އެއްވެސް މީހަކަށް ވޯޓުލުމުގެ ފުރުސަތު ނުދިނުމަށް.
ވޯޓުލުން 15 މިނިޓަށް ވެފައިވާއިރު، މާލޭގައި ވަރަށް ގިނަ ބަޔަކު ވަނީ ވޯޓުލާން ނުކުމެފައި. ހާއްސަކޮށް އައްޑު އާއި އެހެން ބޮޑެތި އާބާދީތަކުގެ މީހުން ވޯޓުލާން ނުކުމެފައިވާކަން ފާހަގަކުރެވޭ. އީސީ އިން ބުނެފައި ވަނީ ހަވީރު 5:30 ވާއިރު ކިއޫ އަށް ނާރާ އެއްވެސް ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ނުދޭނެ ކަމަށް.
އެންމެ ފަހުން 2019 ގައި ބޭއްވި މަޖިލިސް އިންތިހާބުގައި ވޯޓުލާފައި ވަނީ 76.27 ޕަސެންޓު މީހުން.
އީސީން ދެންމެ ބުނިގޮތުގައި ހަވީރު ހަތަރެއް ޖެހުމާ ހަމައަށް ވޯޓުލާފައި ވަނީ 181،406 މީހުން ކަމަށް.އެއީ 63.73 ޕަސެންޓު. އެ ހިސާބުން ދައްކާ ގޮތުން 36.27 ޕަސެންޓު މީހުން ހަތަރެއް ޖެހުމާ ހަމައަށް ވޯޓު ނުލާ އަދި އެބަތިބި. މި ފަހަރުގެ އިންތިހާބުގައި ވޯޓުލާ މީހުންގެ ޖުމުލަ އަދަދަކީ 284،663.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 - ރާއްޖޭން ބޭރުގައި ބަހައްޓާފައިވާ ވޯަޓުފޮށިތަކުގެ ވޯޓުލުމުގެ ތެރެއިން. ރާއްޖޭން ބޭރުގައި ވޯަޓުފޮށި ބަހައްޓާފައިވަނީ އިންޑިއާ، ސްރީލަންކާ އަދި މެލޭޝިއާގައި #vihi24 pic.twitter.com/M8y1yDNboQ
— Elections Commission (@ElectionsMv) April 21, 2024
ކުރީގެ ރައީސް އަބްދުﷲ ޔާމީން (މ) އަދި ދަރިކަލުން ޒެއިން (ކ) އަދި އެ ބޭފުޅުންގެ ޕާޓީ ޕީއެންއެފްގެ ބައެއް ބޭފުޅުން ވޯޓު ދެއްވުމަށް ފަހު، އިނގިލީގެ ފާހަގަ ދައްކާލަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި 3:00 އާ ހަމަޔަށް، 56.26 ޕަސެންޓް މީހުން ވަނީ ވޯޓު ލާފައި. ވޯޓުން ދިން މީހުންގެ ތެރޭގައި ހިމެނެނީ 77،227 އަންހެނުންނާއި 82،931 ފިރިހެނުން.
މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި 14:00 އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް #vihi24 pic.twitter.com/s4nkKPsaoA
— Elections Commission (@ElectionsMv) April 21, 2024
މި އިންތިހާބުގައި މެންދުރު ފަހު ދޭއް ޖެހުމާ ހަމައަށް 52 ޕަސެންޓް މީހުން ވޯޓުލައިފި. އެއީ ޖުމްލަ 148،894 މީހުން.
ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ސެކިއުރިޓީ އޮޕަރޭޝަންގައި މިހާތަނަށް ޖުމުލަ 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ.
— Maldives Police (@PoliceMv) April 21, 2024
ޕޮލިސް: ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ސެކިއުރިޓީ ބަލަހައްޓަން ހިންގާ އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކޮށްފި. ފުލުހުން ބުނީ އެކަކު ހައްޔަރުކުރީ ވޯޓު ކަރުދާސްކޮޅު ދެއްކުމުން ކަމަށް. ވޯޓު ކަރުދާސްކޮޅު ދެއްކުމަކީ ގާނޫނީ ކުށެއް. ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލައި ވޯޓުލުމަށް ހުރަސްއެޅި މައްސަލައަކާ ގުޅިގެން ގދ. ފިޔޯރީން ދެ މީހަކު ވަނީ ހައްޔަރުކޮށްފައި.
މި އިންތިހާބުގައި ވޯޓުލުން ދޮޅު ގަޑިއިރަށް އިލެކްޝަންސް ކޮމިޝަނުން އޮތީ އިތުރުކޮށްދީފައި. އާއްމުކޮށް އިންތިހާބުތަކުގައި، 4 ޖަހާއިރު ވޯޓު ކިޔޫ ބަންދުކުރި ނަމަވެސް މިފަހަރު 5:30 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދާނެ. އޭގެ ފަހުން ވަގުތު އިތުރުނުކުރާނެ ކަމަށް އިލެކްޝަންސުން ބުނޭ. ކޮމިޝަނުން ބުނެފައިވާ ގޮތުގައި އެ ނިންމުން ނިންމީ މައިގަނޑު ދެ ކަމަކަށް ބެލުމަށް ފަހު. އެއީ މޫސުން އޮތް ގޮތަށް ބަލައި ވާރޭވެހިއްޖެ ނަމަ ވޯޓުލާން ދާ މީހުން މަދުވެދާނެތީ އާއި ހޫނުގަދަވެއްޖެ ނަމަ، މެންދުރު ވަގުތު ވޯޓުލާން ކިއުގައި ޖެހޭ މީހުން މަދުވެދާނެތީ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މީހަކު މިއަދު ވޯޓު ލަނީ: ވޯޓުގެ މަރުކަޒުގެ އިންތިޒާމުތައް މިހާތަނަށް ވަރަށް ރަނގަޅު ކަމަށް ފާހަގަ ކުރެވޭ -- ފޮޓޯ: މިހާރު
މާލޭގެ ވޯޓު މަރުކަޒުތަކުގައި ކިޔޫއެއް ނެތް. ވަދެގެންދާ ގޮތަށް ވޯޓު ކަރުދާސްކޮޅުގައި ފާހަގަޖަހައި ފޮއްޓަށް ވައްޓާލުމަށް ފަހު ނުކުމެވޭ.
އިންތިހާބުގައި ވޯޓުލެއްވުމަށް ފަހު ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ އިންތިހާބު ރަނގަޅަށް ދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް. އެމަނިކުފާނު ގޮވާލެއްވީ ހަމަޖެހުމާއި އަމާންކަމާ އެކު ވޯޓުގެ ކަންކަން އަވަހަށް ނިންމާލުމަށް.
މަޖިލިސް އިންތިހާބު 2024:
— Mihaaru (@Mihaarunews) April 21, 2024
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އިންތިހާބުގައި ވޯޓުލައްވަނީ:
އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވަނީ ފަރެސްމާތޮޑާ ދާއިރާއަށް pic.twitter.com/gTVK9xCKG6
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގެ ވޯޓުލުން އޮބްޒަރވްކުރުމުގެ ތެރެއިން މިހާތަނަށް ފާހަގަކުރެވިފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި:
— HRC of the Maldives (@hrcmv) April 21, 2024
· ވޯޓުލާ ބައެއް މަރުކަޒުތަކުގައި ޖާގައިގެ ދަތިކަމުންނާއި އެރޭންޖްމަންޓް ހަމަޖެހިފައިވާ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލުމުގެ ފުރުސަތު އޮތްކަން…
އެޗްއާރުސީއެމް: ކޮމިޝަނުން ދެންމެ ކުރި ޓުވީޓެއްގައި ބުނީ ވޯޓުލާ ބައެއް މަރުކަޒުތަކުގެ ޖާގައިގެ ދަތިކަމުންނާއި އިންތިޒާމް ހަމަޖެހިފައިވާ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ކަަމަށް. ޖުމްލަކޮށް އިންތިހާބުގެ ކަންކަން ކުރިއަށް ދަނީ އޮމާންކަމާ އެކު ކަމަށް ކޮމިޝަނުން ބުނޭ.
މަޖިލިސް އިންތިހާބު 2024:
— Mihaaru (@Mihaarunews) April 21, 2024
ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (ޗަންޕާ) އިންތިހާބުގައި ވޯޓުލައްވަނީ. pic.twitter.com/6haCmPsxpV
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އިންތިހާބުގައި ވޯޓުލައްވަނީ: އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވަނީ ފަރެސްމާތޮޑާ ދާއިރާއަށް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އީސީ: ވޯޓުލީ ނިސްބަތް ގާތްގަނޑަކަށް 40 ޕަސެންޓަށް އަރައިފި. މިހާތަނަށް 18 ޕަސެންޓް އަންހެނުންނާއި 21 ޕަސެންޓް ފިރިހެނުން މި އިންތިހާބުގައި ވޯޓުލައިފި. މަޖިލިސް އިންތިހާބުގައި މިފަހަރު 93 ދާއިރާ އިން މެމްބަރުން އިންތިހާބުކުރާނެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީއެންއެފްގެ ވަގުތީ ރައީސް، ދަރިކަލުން ޒެއިން ޔާމީން އިންތިހާބުގައި ވޯޓުލައްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އިންތިހާބުގައި ވޯޓު ލާ މަރުކަޒުތަކުގައި އޮބްޒާވަރުން ހަރަކާތްތެރިވަނީ: މި އިންތިހާބުގައި 602 ފޮށި ބަހައްޓާފައި ހުރި -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގެ ވޯޓުލުން އޮބްޒަރވްކުރުމުގެ ތެރެއިން މިހާތަނަށް ފާހަގަކުރެވިފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި:
— HRC of the Maldives (@hrcmv) April 21, 2024
· ކަނޑައެޅިފައިވާ ވަގުތުގައި (08:00ގައި) ވޯޓުލާން ފެށިފައިވަނީ 77%މަރުކަޒެއްގައި. މައިގަނޑު ގޮތެއްގައި ވޯޓުލާން ފެށުން ލަސްވެފައިވަނީ…
ހިއުމަން ރައިޓްސް ކޮމިޝަން: ވޯޓުލުމުގެ އިންތިޒާމްތައް ރަނގަޅު. އީސީން ތައްޔާރުވެފައި އޮތް ގޮތަށް ގިނަ މަރުކަޒުތަކުގައި އަށެއް ޖެހިއިރު ވޯޓުލުން ފެށުނު. ބައެއް މަރުކަޒުތަކުގައި ލަސްވީ އޮފިޝަލުން ވާން ޖެހޭ ތައްޔާރީތައް ލަސްވުމުން. "މިހާތަނަށް މައްސަލަތަކެއް ފާހަގަކުރެވިފައެއް ނުވޭ. ވޯޓުލުމުގެ ކަންކަން އަމާންކަމާ އެކު ކުރިއަށްދޭ."
ގާތްގަނޑަކަށް ލައްކައަކާ ގާތްކުރާ އަދަދަށް މީހުން މިހާތަނަށް ވޯޓުލާފައިވާ އިރު ބޮޑު މައްސަލައެއް ދިމާނުވާ ކަމަށް އީސީގެ މެމްބަރު ޒަކަރިއްޔާ ހަސަން ވިދާޅުވި. ހުރިހާ ދިމާލެއްގައި ވޯޓުލުން ދަނީ އަމާންކަމާ އެކު ކަމަށް ވިދާޅުވި. އީސީން ދެކޭ ގޮތުގައި ވޯޓުލާން މިހާތަނަށް ނުކުތް ޕަސެންޓޭޖު ރަނގަޅު.
ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (ޗަންޕާ) އިންތިހާބުގައި ވޯޓުލައްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
I exercised my voting rights at the Majlis elections held today. May multi-party democracy flourish in Maldives! pic.twitter.com/Rx1IZwPGMA
— Maumoon Abdul Gayoom (@maumoonagayoom) April 21, 2024
މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި 12:00 އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް #vihi24 pic.twitter.com/uIF5dP8log
— Elections Commission (@ElectionsMv) April 21, 2024
މެންދުރު 12 ޖެހުމާ ހަމައަށް 32 ޕަސެންޓް މީހުން ވޯޓުލައިފި. އެއީ 93،224 މީހުން ކަމަށް އިލެކްޝަންސުން ބުނޭ.
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އިންތިހާބުގައި ވޯޓުލައްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މަޖިލިސް އިންތިހާބު 2024:
— Mihaaru (@Mihaarunews) April 21, 2024
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުގައި ވޯޓު ލައްވައިފި. ދައުލަތުގެ ބާރުތަކުގެ ތެރެއިން ގާނޫނު ހެދުމުގެ ބާރު, މަޖިލިސް އުފެއްދުމުގައި ގިނަ ބަޔަކު ބައިވެރިވެވަޑައިގަތުމަށް ގޮވާލެއްވި. pic.twitter.com/Ij857jLm4i
ހޫނުގަދަ ދުވަހެއް؛ އިހުސާސްކުރެވޭ ހޫނުމިން ހުރީ 41 ޑިގްރީން މަތީގައި https://t.co/JugqhWn4MR
— Mihaaru (@Mihaarunews) April 21, 2024
ހެނދުނު 8:00 އިން ފެށިގެން 11:00 އާ ހަމަޔަށް 29،762 އަންހެނުންނާއި 41،187 ފިރިހެނުން ވޯޓުލާފައިވޭ. މިއީ ޖުމްލަ 70،949 މީހުން. މި އަދަދަކީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ 24.92 ޕަސެންޓް.
📸Commissioner of Police, Ali Shujau, closely observes the efforts of Male Area 2 officers as they carry out their roles in #OperationBlueTide. pic.twitter.com/xRfrRyrvYA
— Maldives Police (@PoliceMv) April 21, 2024
މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ހަދާފައިވާ ވޯޓުލާ މަރުކަޒަށްދާ މީހުންނަށް ދޭ "ފްރީ މީލް" ވައުޗާ
މެލޭޝިއާގައި ވޯޓުލާން ދާ މީހުންނަށް ހައި ކޮމިޝަނުން ދަނީ ކެއުން ހަމަޖައްސައިދެމުން. އެތަނުގައި ހުރި "މިހާރު" މެނޭޖުމަންޓުން ހިންގާ "ދަ އެޑިޝަން" ގެ ނޫސްވެރިޔަކު ބުނީ "ފްރީ މީލް" ވައުޗާ ދިނުމަށް ފަހު، ވޯޓު ނުލާ މީހުންނަށް ވެސް ފްރީ މީލް ލިބޭނެ ކަމަށް ބުނި ކަމަށް.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބުގައި ވޯޓު ދެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ވިދާޅުވީ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އެމްޑީޕީއަށް ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި ސިޓީތަކާއި ކުދި ރަށްތަކުގެ އަޣުލަބިއްޔަތު ވެސް ލިބޭނެ ކަމަށް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި 10:00 އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް #vihi24 pic.twitter.com/b8CtTbHwNp
— Elections Commission (@ElectionsMv) April 21, 2024
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި 10:00 އާ ހަމަޔަށް ވޯޓު ދިނީ 16 ޕަސެންޓް މީހުން. އެއީ ޖުމްލަ 47،296 މީހުން. އެއީ 17،885 އަންހެނުންނާއި 29،411 ފިރިހެނުން.
ތ. ކިނބިދޫގައި ސްކޫލްގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް، އުމުރުން ދުވަސްވީ މީހަކު ވޯޓު ދޭން ގޮސް ހުރި އޮފިޝަލުން އެހީތެރިވަނީ.
މެލޭޝިއާގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވެސް ވޯޓުލުން މިހާރު ވަނީ ފެށިފައި.
މަޖިލިސް އިންތިހާބު 2024:
— Mihaaru (@Mihaarunews) April 21, 2024
ފަސްޓް ލޭޑީ ސާޖިދާ މުުހައްމަދު އިންތިހާބުގައި ވޯޓުލައްވަނީ. pic.twitter.com/StKpxmUBT0
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓު ދެއްވުމަށް ފަހު ވިދާޅުވީ ސާފު އަޣުލަބިއްޔަތެއް ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް. ސިޓީތަކާއި ކުދި ރަށްތަކުން ވެސް އެމްޑީޕީއަށް ކާމިޔާބުވާނެ ކަމަށް ވިދާޅުވި.
📸 Officers active in Male' City, ensuring safety and security of everyone as the voting continues across the country. #OperationBlueTide #ParliamentaryElection2024 pic.twitter.com/X64KS0ZhjZ
— Maldives Police (@PoliceMv) April 21, 2024
📸 Officers active in Male' City, ensuring safety and security of everyone as the voting continues across the country. #OperationBlueTide #ParliamentaryElection2024 pic.twitter.com/X64KS0ZhjZ
— Maldives Police (@PoliceMv) April 21, 2024
މާފަންނު ސްޓޭޑިއަމްގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކުގެ މައުލޫމާތު ހިމެނޭ ބޯޑަކަށް މީހަކު ބަލަހައްޓައިގެން. މި ތަނުގައި ވަރަށް ގިނަ ރަށްތަކުގެ ފޮށިތައް ބަހައްޓާފައި އެބަހުރި. -- ފޮޓޯ: ނިޝާން އަލީ | މިހާރު
PRESS STATEMENT: Opening of the Polls for the 2024 Parliamentary Election.
— Transparency MV (@TransparencyMV) April 21, 2024
Read our full statement here: https://t.co/GC6Gfj22Ce pic.twitter.com/31u6Yk0jQf
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނި ގޮތުގައި އިންތިހާބުގެ ވޯޓުލުން ފެށި އިރު ޖުމްލަ ގޮތެއްގައި ހުރިހާ ކަމެއް ވެސް ކުރިއަށް ދިޔައީ ރަނގަޅަށް. ވޯޓުލާން ކަނޑައެޅި ވަގުތަށް ގިނަ މަރުކަޒުތަކުގައި ވޯޓުލާން ފެށުނު ކަމަށާއި އޮފިޝަލުން ވެސް ހަމަޔަށް ތިބި ކަމަށް ބުނި
ރައީސް ޑރ. މުއިއްޒުު އިންތިހާބުގައި ވޯޓުލައްވަނީ:
— Mihaaru (@Mihaarunews) April 21, 2024
ވޯޓަކީ ރައްޔިތުންނަށް ލިބިގެންވާ ގާނޫނީ ހައްގަކަށް ވާތީ އެ ހައްގުގެ ބޭނުން ހިފައި ވޯޓުލާން ރައީސް އެދިވަޑައިގަތް. pic.twitter.com/goWmdirQ1U
މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި 9:00އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް #vihi24 pic.twitter.com/Hn6XaLolc4
— Elections Commission (@ElectionsMv) April 21, 2024
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ހެނދުނު 9:00 އާ ހަމަޔަށް ވޯޓުލީ 8.7 ޕަސެންޓް މީހުން. އެއީ 24،703 މީހުން.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓު ލުން https://t.co/28QAwuRdJo
— Mihaaru (@Mihaarunews) April 21, 2024
މަޖިލިސް އިންތިހާބު 2024: މާލެ އާއި އަތޮޅުތަކުގައި ވޯޓުލުން ކުރިއަށް
— Mihaaru (@Mihaarunews) April 21, 2024
ވާދަވެރި މި އިންތިހާބުގައި 93 ދާއިރާއަކަށް ކެންޑިޑޭޓުން އިންތިހާބުކުރާނެ. ގިނަ ތަންތަނުގައި މައްސަލައެއް ނެތި ވޯޓުލުން ފެށިފައިވާއިރު, ވޯޓުލުން ކުރިއަށް ގެންދަން ނިންމާފައި ވަނީ ހަވީރު 5:30 އާ ހަމައަށް.… pic.twitter.com/Xv11MD43Tz
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މިހާރު ހުރިހާ ފޮއްޓެއްގައި ވެސް ވަނީ ވޯޓުލުން ފެށިފައި. މިފަހަރު ރާއްޖެ އާއި ރާއްޖޭން ބޭރުގައި 602 ވޯޓުފޮށި ބަހައްޓާފައިވޭ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ގާއިމުކޮށްފައިވާ ހުރިހާ ވޯޓުލާ މަރުކަޒެއްގެ ވޯޓުނެގުން ވަނީ ފެށިފައި
— Elections Commission (@ElectionsMv) April 21, 2024
އިންތިހާބުގައި ވޯޓު ދެއްވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މީޑިއާއާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ރައީސް ޑރ. މުއިއްޒު: އަޅުގަނޑު ހުރިހާ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ ވޯޓު ލުމަކީ ކޮންމެ ރައްޔިތަކަށް ވެސް ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެކޭ އަދި ޒިންމާއެކޭ. އެހެންވެ ހުރިހާ ރައްޔިތުން ވެސް ނުކުމެވަޑައިގެން ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ހައްގު އަދާކުރައްވާށޭ. ހަވީރުވަންދެން މަޑުނުކުރައްވައި ވޯޓު ލައްވަންޖެހޭ މަރުކަޒަކަށް ވަޑައިގެން ވޯޓު ދެއްވުމަކީ ތިޔަބޭފުޅުންނަށް އޮތް ހައްގެއް އަދި ޒިންމާއެއް
ވިހި ވަނަ މަޖިލީހަށް މެމްބަރުން މި ހޮވަނީ ކުރިއާ ހިލާފަށް ދާއިރާތައް އިތުރުކޮށް. މި ދައުރު ނިމުނީ 87 ދާއިރާގައި. މަޖިލީހަށް އިތުރުވި ހަ ދާއިރާ އަކީ، ހުޅުމާލެ މެދު ދާއިރާ، ހުޅުމާލެ އުތުރު ދާއިރާ، ހިތާދޫ ދާއިރާ، ހުރާ ދާއިރާ، ކޮލަމާފުށި ދާއިރާ، އައްޑޫ ފޭދޫ އުތުރު ދާއިރާ.
ރައްޔިތުންގެ މަޖިލީހުގެ ހަޔާތުން މި އިންތިހާބު ކުރަނީ 20 ވަނަ މަޖިލިސް. ތިން ބާރު ވަކިވެފައި އޮތް ނަމަވެސް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮތް ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، ސަރުކާރަށް މުހިންމު ވަނީ ވެރިކަން ކުރުމުގައި ވެސް ގާނޫނު ހަދާ މަޖިލިސް ބޮޑުކަމުން. އެހެންވެ، އާ ގާނޫނުއަސާސީ އޮގަސްޓް 15، 2008 ގައި ވުޖޫދުވުމާ ހިސާބުން ފެށިގެން އައި ރައްޔިތުންގެ މަޖިލިސްގެ އިންތިހާބުތައް އެވަގުތެއްގައި އޮތް ސަރުކާރަކަށް މުހިންމުވޭ. އަދި، މަޖިލިސްގެ އިންތިހާބަށް ސަރުކާރުން ވަރަށް ސީރިއަސްވެ، މަޖިލީހުގެ ގޮނޑިތައް ހޯދަން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވޭ. މިފަހަރުގެ އިންތިހާބު ވެސް މި ދަނީ އެގޮތަށް.
ވޯޓު ދެއްވުމަށް ފަހު ރައީސް މީޑިއާއަށް ވިދާޅުވީ ވީ އެންމެ އަވަހަކަށް ވޯޓުލުމުގެ ކަންކަން ނިންމާލެއްވުމަށް.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުގައި ވޯޓު ދެއްވައިފި. އެ މަނިކުފާނު ވޯޓު ދެއްވީ ތާޖުއްދީން ސްކޫލްގައި ބަހައްޓާފައިވާ، ދާއިރާގެ ފޮއްޓަށް.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ވޯޓުލާން ކަނޑައެޅި ގަޑިއަށް 90 ޕަސެންޓަށްވުރެ ގިނަ ތަންތަނުގައު ވަނީ ވޯޓުލާން ފެށިފައި. އެއްވެސް ތަނެއްގައި މާބޮޑު މައްސަލައެއް ނެތް ކަމަށާއި ހުރިހާ ކަމެއް ވެސް އޮމާންކަމާ އެކު ކުރިއަށްދާ ކަމަށް ކޮމިޝަނުން ބުނޭ.
ބައެއް ރަށްރަށުގެ މީހުން ވޯޓުލުމަށްޓަކައި ހެންވޭރު ދަނޑުގައި ހާއްސަ ޓެންޓެއް ބަހައްޓާފައި.---ފޮޓޯ: މާއިދާ ރަޝާދު| މިހާރު
ބައެއް ރަށްރަށުގެ މީހުން ވޯޓުލުމަށްޓަކައި ހެންވޭރު ދަނޑުގައި ބަހައްޓާފައިވާ ޓެންޓުތަކުގެ ބޭރުގައި ބަޔަކު ހަރަކާތްތެރިވަނީ.---ފޮޓޯ: މާއިދާ ރަޝާދު| މިހާރު
މާލޭގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަކަށް މީހަކު މިއަދު ވޯޓުލަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ކެންޑިޑޭޓެއްގެ މަންދޫބަކު މިއަދުގެ އިންތިހާބުގައި ވޯޓުލަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
When you're getting ready to go vote today, check where your polling centre is by sending an SMS to 1414 with "VR (space) ID CARD Number)" #MajilisInthihaabu2024 #ParliamentaryElections2024 pic.twitter.com/cXc8AHI8No
— Transparency MV (@TransparencyMV) April 21, 2024
މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ހަދާފައިވާ ޓެންޓުތައް ކައިރީގައި މީހުން ހަރަކާތްތެރިވަނީ.---ފޮޓޯ: އިފްރާޒް އަލީ| މިހާރު
ވޯޓުލުމުގެ ކުރިން އީސީގެ އޮފިޝަލަކު އިނގިލީގައި ފާހަގަ ޖަހައިދެނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ހެނދުނު 8 ޖެހިއިރު ވޯޓުލުން ފަށާފައިވާއިރު، މާލޭގެ ވޯޓުލާ މަރުކަޒުތަކުގައި ވަރަށް ދިގު ކިއުތަކެއް މިހާރު ވެސް އެބައޮތް. ވަރަށް ގިނަ ބަޔަކު ހެނދުނު ވޯޓުލާން ނުކުމެފައިވާ ކަން މާލޭގެ ވޯޓު މަރުކަޒުތަކުން ފާހަގަކުރެވޭ.
މާފަންނު ސްޓޭޑިއަމްގައި ބަހައްޓާފައިވާ މަރުކަޒުތަކަށް ވޯޓުލާން ގޮސް ތިބި މީހުން އިށީނދެގެން.---ފޮޓޯ: އިފްރާޒް އަލީ| މިހާރު
މާލޭގައި ބަހައްޓާފައިވާ ވޯޓުފޮއްޓަކަށް ވޯޓުލާން ދިޔަ މީހެއްގެ އައިޑީ ކާޑު އީސީގެ އޮފިޝަލުން ޗެކްކުރަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
މާލޭގައި ބަހައްޓާފައިވާ ވޯޓުފޮއްޓެއް ހުޅުވުމުގެ ކުރިން އީސީގެ އޮފިޝަލަކު ބައެއް މައުލޫމާތުތައް ޗެކް ކުރަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
އަންނަ މަހު ހުވާކުރާ 20 ވަނަ ރައްޔިތުންގެ މަޖިލިހަށް މެމްބަރުން އިންތިހާބު ކުރުމުގެ ވޯޓުލުން މާލެ އާއި އެކި ރަށްރަށުގައި ދެންމެ ފަށައިފި އެވެ.
މިއަދުގެ ވޯޓުލުން ހެނދުނު 8 އިން ހަވީރު 5:30 ވަންދެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރިއަށް ގެންދާނެ އެވެ.
އެ ކޮމިޝަނުން ރޭ ބުނެފައި ވަނީ ވަގުތު ހަމަވުމަށް ފަހު، ވޯޓުލާން އެންމެ މިނިޓެއް ވެސް ނުދޭނެ ކަމަށެވެ. އެހެންވެ، ހުރިހާ އެންމެން ވެސް އޭގެ ކުރިން ނުކުމެ ވޯޓުލުމަކީ އީސީގެ އެދުމެކެވެ.
މި ފަހަރުގެ މަޖިލިހަށް 93 ކެންޑިޑޭޓުން ހޮވަން ޖެހޭއިރު 368 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރެއިން 130 ކެންޑިޑޭޓަކު ވާދަކުރަނީ އަމިއްލަ ގޮތުންނެވެ. ވޯޓުލެވޭ އާބާދީއަކީ 284،663 އެވެ. އެއީ 145،302 ފިރިހެނުންނާއި 139،661 އަންހެނުންނެވެ. އީސީ އިން ބުނެފައިވާ ގޮތުގައި މި އިންތިހާބަށް ވަނީ 287،462 ކަރުދާސް ޗާޕުކޮށްފަ އެވެ.
އެ ކޮމިޝަނުން ބުނެފައި ވަނީ ކަޅު، ނުވަތަ ނޫކުލައިގެ ގަލަމެއް ފިޔަވައި އެހެން އެއްވެސް އެއްޗެއް ވޯޓުލާ މަރުކަޒަށް ނުވެއްދޭނެ ކަމަށެވެ. ފޯނާއި އަތްދަބަސް ފަދަ ތަކެތި ވޯޓުލާ މަރުކަޒަށް ވެއްދުން ވަނީ މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސޭނު23
21 April 2024
Kobaa ހިންގާލަން އައިމީހުން. ގްރާސްރޫޓާ ފެއައްޖެހިއަންބޮޑި ބޮޑުކުރަންހަދައިގެން ވަރަށް މޮޅުތަކެއވެއޖެދޯ؟ ޢަދިވެސް ޕާރޓީގެ އަސާސްތައްފުޑާލާ އަމިއްލަ ކުންފުނިތަކަށް ޕްރޮޖެޓްތަށްދީ ކޮރަޕްޝަން އިންތިހާވީމަ އެޔޮއްބޮޑު ރީދޫލަޝްކަރު ރޫޅި ވިއްސިވިހާލިވީ.
ބާބް
21 April 2024
މާފުއްޕާފައި މަވަރެއް ނެތިގެން އުޅުނު ގިނަ މެންބަރުން ނުހޮވުނީމަ ވ އުފާވި. އަލިފުށި ދާއިރާގެ މެންބަރު ފަދަ.
ސުންގޮބޮޅި
21 April 2024
ٱلْحَمْدُلِلَّٰهِ މިގައުމަށް އަމާންކަމާއި ތެދުވެރިކަމާއި ތިޔާގެކަން ލިބޭނެކަމަށް ހީކުރަން. ކުށްވެރިން މަތަކޮށް މަގުމަތިއަމާން ބިރެއްނެތި އުޅެވޭނެ މާހައުލެއް ފެންނާނެކަމަށް ހީކުރަން. ބޯހިޔާވަހިމަކޭބުނެ ދިހަބާރަ ބުރިގޭގެ މިލްކުވެރިންނަށް އަލުންބިން ދިނުމާއި ފުލެޓު ދިނުން ހުއްޓާލާ ހަގީގަތުގައި ބޭނުން ޖެހިފައިވާމީހުންގެ ބޯހިޔާވާނެކަމަށް ހީއްކުރަން. ވަގުން ބޮޑިބަދެގެން އުޅުމަށް ފުރުސަތުނުދީ ކޮރޮޕްސަނާއި ފަސާދަ ނިންމާލާނެ ކަމުގެ އިންތިޒާރުގައި ތިބީމު
ކެނެޑީ
21 April 2024
5 އަހަރުން އެއްފަހަރު ބާއްވާ ދިވެހިރާއްޖޭގެ ބައިުލްމާލު ބަހާލާނެ ގޮތުގެ ވޯޓުދޯ
އީސީއަށް
21 April 2024
ޕޕމ އަކީ މިހާރު ވުޖޫދުގަ ނެތް ޕާޓީއެއްތަ؟
ސުހާލު
21 April 2024
އޭސީސީން ފުލެޓް ލިސްޓު މުއިއްޒުއަށް ހިލާލަދިނީ
އުދުހޭ
21 April 2024
އަންނި ޕާޓީއަށް އަދިދައްކާގޮތުން ގޮނޑިއެއް ލިބިފައެއް ނެތް. އަވަހަށް ފޮށިތަންމަތިބަދެނގެން އެފްރިކާއަށް ފުރުން ބުއްދިވެރީ.
ބިރުވެރި ވަގު
21 April 2024
އަނހަ! ވަގު ކަލޭގެވެސް ހީވާގި ކަމާއެކު ސިޔާސީ ހަރަކާތުގައި! މިވީ ކިހިނެތް؟؟؟
އޮނަރަބްލް އަފީފު ދީދީ
21 April 2024
މަޖިލިހަށް ހޮވޭ މީހުން "އެމީހުނަށް މޮޅުގޮތް" އަދި ރައީސް ކަމަށް އިންތިޙާބު ކުރާ މީހާއާއި އޭނާގެ ވަޒީރުން "އެމީހުނަށް މޮޅުގޮތް" ހޯދަން މިހާރު ނިޒާމްތެރޭގައި ހުރި ދެކޮޅު ނުޖެހޭ "ހަމައިން އެއްކޮބާވެފައިވާ ޤާނޫނާއި އުސޫލުތައް ބަދަލުކޮށް" އަޅުގަނޑު ތިރީގައި ކޮމަންޓްކޮށްފައިވާފަދަ ޒަމާނަށްފެތޭ އިސްލާޙީ ބަދަލުތަކެއް ޤާނޫނުތަކަށް ނުގެނެސްފިނަމަ "ވޯޓް ވިއްކުމާއި ވޯޓް ގަތުމުގެ ބާޒާރު ތަންމިނަށް ހުޅުވި" އިސްލާޙީ ފުކުރުގެ މީހުން ވޯޓްފޮޮއްޓާއި ފެއަށްޖެހޭނެ.
ރިޝްވަތު
21 April 2024
ވޯޓްލާން ދާ މީހުނަށް މެލޭޝިޔާ އެމްބަސީން ފްރީ މީލް ދިނުމަކީ ރިޝްވަތުދިނުން. ފްރީ މީލްދެވެންޏާ ކާންދޭ ލާރިޔޭ ކިޔާފަ ފައިސާވެސް ބެހޭނެ.