ސަރުކާރު ހިންގާ ކޯލިޝަން، ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މަޖިލީހުގެ އިންތިހާބަށް ވާދަކުރެއްވީ ވެސް އެންމެ ތިން އަންހެން ކެންޑިޑޭޓުން، ނިލަންދޫ ދާއިރާއަށް ވާދަކުރެއްވި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ އާއި މާފަންނު މެދު ދާއިރާއަށް ވާދަކުރެއްވި އަސްމާ ރަޝީދު (އަސްމާއްތަ) އަދި ހުރާ ދާއިރާ ކާމިޔާބު ކުރެއްވި އަނާރާ
21 އެޕްރީލް 2024 - 22:35
ވިހި ވަނަ ރައްޔިތުން މަޖިލީހަށް ވާދަކުރެއްވި އަންހެން ކެންޑިޑޭޓުންގެ ތެރެއިން ސަރުކާރުގެ ތިން ކެންޑިޑޭޓުން ގޮނޑި ކާމިޔާބު ކުރައްވައިފި އެވެ.
ސަރުކާރު ހިންގާ ކޯލިޝަން، ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މަޖިލީހުގެ އިންތިހާބަށް ވާދަކުރެއްވީ ވެސް އެންމެ ތިން އަންހެން ކެންޑިޑޭޓުންނެވެ.
އެއީ ނިލަންދޫ ދާއިރާ އަށް ވާދަކުރެއްވި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ އާއި މާފަންނު މެދު ދާއިރާއަށް ވާދަކުރެއްވި އަސްމާ ރަޝީދު (އަސްމާއްތަ) އަދި ހުރާ ދާއިރާ އަށް ސަރުކާރުގެ ތާއީދާ އެކު ނުކުންނެވި އަނާރާ ނައީމެވެ.
މި އިންތިހާބުގައި 41 އަންހެން ބޭފުޅަކު ވާދަކުރެއްވި އެވެ. އޭގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެ ހުރިހާ ބޭފުޅުންނަށް ވެސް ލިބުނީ ނާކާމިޔާބެވެ.
ފ. އަތޮޅު ތައުލީމީ މަރުކަޒުގައި ބެހެއްޓި ވޯޓުފޮށީގެ ނަތީޖާ ދައްކާ ގޮތުގައި، ސައުދާ އަށް ވަނީ 251 ވޯޓު ލިބިފަ އެވެ. އަހުމަދު ރަޝީދަށް ލިބުނީ 167 ވޯޓެވެ.
ނިލަންދޫ ދާއިރާގައި ހިމެނޭ ފ. ދަރަނބޫދުގައި ބެހެއްޓި ވޯޓު ފޮށިން ސައުދާ އަށް ލިބުނީ 193 ވޯޓެވެ. އަދި އަހުމަދު ރަޝީދަށް ލިބުނީ 53 ވޯޓެވެ. މިއީ އެންމެ ގިނައިން ވޯޓު ލައިފައިވާ ދެ ފޮއްޓެވެ. އެހެން ބައެއް ވޯޓު ފޮށިތަކުގެ ނަތީޖާ އަދި އާންމުކޮށް އިއުލާން ނުކުރިޔަސް، އޮބްޒާވަރުން ބުނަނީ ދެން ހުރި ވޯޓު ފޮށިތަކުން ސައުދާ އަށް ސާފު އަގުލަބިއްޔަތެއް ލިބިފައިވާ ކަމަށެވެ.
އަށް ކެންޑިޑޭޓުން ވާދަކުރެއްވި މާފަންނު މެދު ދާއިރާ އަސްމާ އަށް މިހާތަނަށް 692 ވޯޓު ލިބިވަޑައިގެންފައި ވެ އެވެ.
މަޖިލިސް އިންތިހާބުގައި ގިނަ ގޮނޑިތައް އަންހެނުންނަށް ހޯދައިދިނުމަށް ވަކާލާތުކުރައްވައި، އިންތިހާބުވެއްޖެ ނަމަ ޕާޓީގެ ފަރާތުން ހާއްސަ އެލަވަންސެއް ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ހިނގަމުންދާ 19ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް/ޕީއެންސީގެ އަންހެން މެމްބަރެއް ނެތެވެ. މިވަގުތު މަޖިލީހުގައި ތިއްބެވީ އިދިކޮޅު އެމްޑީޕީގެ ތިން އަންހެން މެމްބަރުންނާއި ދަ ޑިމޮކްރެޓްސްގެ އެއް އަންހެން މެމްބަރެކެވެ. އެ މެމްބަރުން އިންތިހާބުގައި ވާދަ ކުރެއްވި ނަމަވެސް ވަނީ ނާކާމިޔާބުވެވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮވުނުމީހުން
23 April 2024
މަޖްލީހުގެ ގޮނޑި ހޯދުމަށް ކުރިމަތިލެވުނު. ވޯޓު ދޭން ފުރުސަތު ދެވުނު. ފިރިހެނުންނާއި އަންހެނުން ވޯޓު ލުމުގައި ބައިވެރިވި. ވޯޓުން ހޮވުނީ ހޮވި ބަޔަކު.
އަހަންމާ33
22 April 2024
ހޮވޭނެ ވަރަކަށް ހޮވޭނީ. އަންހުނުން ގިނަވާކަށް ނުޖެހޭނެ. މެމިނިސްޓުންގެ ފިކުރު ގެނެސް، މުޅި ޑިމޮކްރެޓިކް ޕްރިސެސް އެއްލާލާކަށް ނުޖެހޭނެ. އަންހެނުންވެސް ވާދަކުރަން ޖާގަ އެބައޮތް. ތަފާތު ހާލަތެއްނެތްް.
ކަނބުރުގެ
22 April 2024
މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްކަން ތިއިން ކަނބަލަކަށް ދޭން މަށަށް ފެނޭ..
ށދ11
22 April 2024
އަންހެނަކަށް ވީތީ ވަކި އަދަދަކަށް ހޮވެން ޖެހޭތަ؟!
ދފދފ33
22 April 2024
ނުޖެހޭނެ. އެއީ ދައްކަން ޖެހޭވާހަކައެއްވެސް ނޫން. ފެމިނިސްޓުންގެ ވާހަކަ. މިއީ މުޅި ޑިމޮކްރަސީއަށް އޮތް ނުރައްކަލެއް.
ސަމާ ހާލިދު
22 April 2024
ޢަންހެން ބޭފުޅުން ނެއް ނޫން އިނގޭތޯ؟ ކަނބަލުން
ސަންޑޭ
22 April 2024
ފައިސާ ހުރިއްޔާ ތިކަން ވާނެ. އަންހެނެއް ފިރިހެނެއް ކުޑަ ކުއްޖެއް ކިޔާނެ ކަމެއް ނެތް .
ޞބބބ
22 April 2024
އަންހެނުން ކޮންމެހެން ތިބެން ޖެހޭބާ މަޖިލީހުގަ މިހާރު މި ވާގޮތުން؟
އޮނަރަބްލް އަފީފު ދީދީ
22 April 2024
ދިވެހިން އެބަދަލަކަށް އެދިގެން ނިކުތް "މަލްޓިޕާޓީ ޑެމޮކްރަޓިކް ނިޒާމަށް އެންމެފަރިތަ އަދި ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އެމީހެންގެ އަޑު އެންމެ އުސްމިނަށް އުފުލި ފަޙުރުވެރި އަންހެނާ" ރައްޔިތުންގެ މަޖިލިސްގެ ނައިބް ރައީސްގެ މަޤާމް އަދާކުރެއްވެވި އީވާ އަބުދުﷲ މިފަހަރު މަޖިލީހުގައި ނެތުމަކީ ރާއްޖޭގެ ހުރިހާ އަންހެން ކަނބަލުންނަށްވެސް ލިބުނު ދެރައެއް. އަދި ޒަމާނީ މޮޑާރން ޕާލަމެންޓަރީ ސިސްޓަމަކަށް އެދިގެންތިބި އެންމެނަށް ވެސް ލިބުނު ހިތްދަތިކަމެއް.
ޖުލައި
22 April 2024
ތީކީ މައްސަލައެއް ނޫން. ވާދަކޮށްގެން ސަތޭކަ ޕާސެންޓް ނެގުމުގެ ފުރުސަތު މިހާރު ކަނބަލުންނަށް އެބައޮތް. ވަކި ޖެންޑަރ އަކަށް ނިސްބަތްވީތީ ގޮނޑި ރިސަރވް ކުރުމަކީ ހަމަހަމަ ކަމާއި ދުރުގޮތެއް.
ޜަހްމަތްތެރިން
22 April 2024
ފ . ނިލަންދޫ އިން ފޭރުމާގޭ އިބްރާހިމް އަބުދުއްލް ރައްޒާގް ކުރިމަތި ނުލާތޯ