ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި ރައީސް ޔާމީންގެ ދަރިކަލުން ޒެއިން އާއި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ޖަމާލާއި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު.-- ފޮޓޯ: ނިޝާން އަލީ | މިހާރު
25 އެޕްރީލް 2024 - 18:19
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިވެ ވަޑައިގަތުމަށް ފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ރަޖިސްޓަރީކޮށް ދީފި އެވެ.
ޕީއެންއެފް ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ގަ އެވެ. ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުގެ މަތިން މިއަދު އީސީން އެ ޕާޓީ ރަޖިސްޓްރީކޮށް ދިނީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންގެ ނަމުގަ އެވެ.
ޔާމީން އިސްވެ ސިޔާސީ ޕާޓީއެއް އުފެއްދިއިރު، މިދިޔަ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެ މަނިކުފާނުގެ ތާއީދާ އެކު ކުރިމަތިލެއްވި އެންމެ ކެންޑިޑޭޓަކު ވެސް ނުހޮވެ އެވެ.
ޔާމީން ޕީއެންއެފް އުފެއްދުމުގެ މަސައްކަތް ފެށްޓެވީ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ހުންނެވުމުން ގޭ ބަންދަށް ބަދަލު ކޮށްފައި ވަނިކޮށް މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.
ޔާމީންގެ މައްޗަށް އިއްވި ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފްކުރުމުން މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން ވަނީ އެ ހުކުމްތައް ބާތިލުކޮށް، އަލުން މައްސަލަ ބަލަން އަންގައިފަ އެވެ. އެހެންވެ، ޔާމީން މިހާރު ހުންނެވީ މިނިވަންވެފަ އެވެ.
ޔާމީން، ޕީޕީއެމް ދޫކޮށްލެއްވީ އެ ޕާޓީގެ ލީޑަޝިޕާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ. ޔާމީންގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވެފައިވާ ގޮތުގައި ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން ޔާމީން ދޫކޮށްލެއްވީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޔޔ
12 July 2024
ހުތުރު މަންޒަރެއް
ޙުސެއިން ޝާމް
21 June 2024
މިތިބެ ދެމުނާފިްުން މިސޮރު ބޮލަށް ޗިޕު ޖަހަނީ ކީއްކުރަން.ޤާއުމުޤަ ފިތުނަ އުފައްދަން ވެގެން. ޙެޔޮ ރުޅިއައިސް ޙައޤުބަސް ބުނުމުގަ ދެމިހުންނާ ނަން.ފިތުނަ އުފައްދާކަށް މިޤައުމުގެ ރައްޔިތުން ޖާގައެއް ނުދޭނެ.ބަންގްލާދޭޝަށްދޭ ފިތުނަ އުފައްދަން.ވަރަށް ސަލާމް.
ޕީއެންޕީ
26 April 2024
ޒޭން ބަލައިގެން އުޅޭތި. ތި ދެމީހުންނަކީވެސް ޕާޓީގެ ވެރިންނަށް ގައްދާރުވުމުގެ މާޒީއެއް އޮތް ބަޔެއް.
ސިމްޑި
26 April 2024
ފޮޓޯއިން ވަރަށް ވާހަކަ ބުނެދެއެވެ. ތުއްތު ރުއްސަން ބުއްފުޅި ޖައްސަނީއެވެ.
ޢެޑްމުންޑޯ
26 April 2024
ދިރުމެއްނެތް ޕާރޓީއެއްފައި މީހުން ނުތިބޭނެ ، ދެތިންމަހުން އަދަދު މަދުވެޕާރޓީ އުވާލަންޖެހޭނީ ، ނިމުނު އިންތިޚާބުން ތިޔަ ޕާރޓީގެ ކުރިމަގު ވަނީ ވަރަށް ސާފްވެފައި ، ޕީޕީއެމް ދޫކޮއްލެވުނީތީ ޔާމީން އިންތިހާއަށް އަދި ހިތާމަކުރާނެ .
ތަމަންނާ
25 April 2024
ތަމެންނަށް ވާނީ ޑިމޮ ޕާޓީއަށް ވީވަރެވެ. ނަޝީދު ފުލުން ދިޔަގޮތަށް ޔާމީން ވެސް ދާނީ ފުލުންނެވެ
ސުނީތާ
26 April 2024
ނަޝީދު ފުލުން ދިޔައީތަ؟ ނޫނީ ނަޝީދު އެމް.ޑީ.ޕީ ވަޅުލީތަ؟ މަންޒަރު ތަފާތު ބަލަން ހުއްޓޭ ދިމާލުން. ހަހަހަ
ތުނޑުހަސަނު
26 April 2024
އެވަރުވެސް ނުވާނެ. ކުރިއަށްއޮތް 3 މަސް ވަންދެން 3000 މެންބަރުން ހިފެހެއްޓުނަސް އެއީ ބޮޑުވަރެއް.
ތަބޭ
26 April 2024
ސުނީތާ އަންނިގެ ކިތައްމީހުންތަ މަޖިލީހުގަ ތިބީ
އަހްމަދުހު
27 April 2024
އަންނިއަށްވެސް ޑިމޮކްރެޓިކް އުސޫލުތައް ހަޖަމެއް ނުވޭ. ޔާނުވެސް އެހެން. ވާދަކޮށް ނުހޮވުނީމަ ބޮޑާހޭކީ
ކަތީބްބެ
25 April 2024
ފަހުގެ ތާރީޚެއްގާ ސިޔަސީ އުދަރެހުން ފެނުނު އެންމެ ފައްކާ ފޮޓޯ. ތުއްތުވީމާ ހެވޭނެ ދެއްތޯ.
ދޮންދީދިގެ
25 April 2024
ވަރަށް ނުބައި ނަަޒަކުން މަލީހު އެބަލަނީ. މަކަރުވެސް ހިނިތުންުވުމެއް ހަމަ. ޔާމިނު ހައްދާލާފަ ދަރީގެ ވެސް ބޮލަށް ވަދެ ހުރައި ނުބައިކުޅެނީ މަލީހާއި ޖަމީލު. ޔަމީނު އަންނިއަށް ހަދާފަ މިމީހުން ހިތުން މިއުޅެނީ ވެރިކަން ކުރަން. ކޮބާ އަންނި ފަކީރު މިއަދު. ބޯގޮވައިގެން ޤައުމު ދޫކޮށްދާން ޖެހުނީ. ޔާމިންނަށްވެސް މިި މީހުން އެވަރުކުރާނެ. ވަރަށް ނުބައި ރޭވުންރާވާ އަޑި ނުބައި ބައެއްތީ.
ނަސްރުއަލީ
25 April 2024
ޔާމީނު ފުވައްމުލަކަށްގޮސް ކަތިވަޅިޔާ މަރިޔަނބު ކީ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކުން ދެން ދުވަހެއްގައިވެސް ޔާމީނުގެ ނަން އަޑުއިވޭކަށްވެސް ބޭނުމެއް ނޫން. އެފެންވަރަށް ވެއްޓިފަ ހުރި މީހަކު ރައީސްކަމުގައި ހުރީތީވެސް ހައިރާންވެއްޖެ. ދެން ރަގަޅުވާނީ ވޯޓޭކިޔައިގެން ވާހަކަ ނުދެއްކިއްޔާ.
ގެދާނޯމޮސް
25 April 2024
ނަޝީދާ އެއްވެސް ހާލަތެއްގައި ނުގުޅެން ގަދަބަސް ބުނި ޔާމިން ތިޕާޓީ އާއި އެކު ކުރިއަށް ގޮސްފިނަމަ ކަށި ހެރޭ ދެވަނަ ސިޔާސީ މީޙާވެސް ޔަގީންވީ އެވެ .