"މޯލްޑިވްސް ވިމެން އިން ޕޮލިސިން ކޮމިޓީ" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ސާޖިދާ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
29 އެޕްރީލް 2024 - 11:38
ފުލުހުންގެ ހިދުމަތުގައި އަންހެނުންގެ ބައިވެރިވުމާއި އިސްކަން ވަރަށް މުހިންމު ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.
"މޯލްޑިވްސް ވިމެން އިން ޕޮލިސިން ކޮމިޓީ" ގެ ދެ ވަނަ ދައުރު އިފްތިތާހު ކުރުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ، ދިވެހި ފުލުހުންގެ މުހިންމު ދައުރުގެ ތެރެއިން އަންހެން ފުލުހުންގެ ދައުރު ފާހަގަކޮށްލެވޭ ކަމަށެވެ.
ސާޖިދާ ވިދާޅުވީ، ފުލުހުންގެ ހިދުމަތުގެ ތެރޭގައި އަންހެނުންގެ ބާރު ހަރުދަނާވެ، އަންހެނުންގެ ދައުރު ފުޅާވުމުން އެ މުއައްސަސާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހެޔޮ ނަތީޖާ ފެންނާނެ ކަމަށެވެ.
"މޯލްޑިވްސް ވިމެން އިން ޕޮލިސިން ކޮމިޓީ" ގެ ދެ ވަނަ ދައުރުގެ މެންބަރުންނާއެކު މެޑަމް ސާޖިދާ -- ފޮޓޯ: ރައީސް އޮފީސް
ފުލުހުންގެ މުއައްސަސާގެ އެކި ހިދުމަތްތަކާއި އެކި ދާއިރާތަކުގައި އަންހެން ފުލުހުންގެ ބަހާއި ބައިވެރިވުމާއި އިސްކަން މުހިންމު ކަން ތަކުރާރުކޮށް ސާޖިދާ ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ އަމްނު ބެލެހެއްޓުމުގައި ދިވެހި އަންހެން ފުލުހުން އަދާކުރާ މުހިންމު ދައުރަށްޓަކައި އެކަމަނާ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށާއި އެގޮތުގައި ކުރިއަށް ދިއުމަށް ސާޖިދާ ގޮވައިލެއްވި އެވެ.
ސާޖިދާ ވިދާޅުވީ، އަންހެނުންގެ ބާރުވެރިކަން އިތުރުކުރެވޭނެ މަގެއް ހޯދުން މުހިންމު ކަމަށާއި އަންހެނުންގެ ގާބިލްކަން އިތުރުވަމުންދާ ވަރަކަށް މުޖުތަމައުގައި ހުރި އަންހެނުންނާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް މަގުފަހިވާނެ ކަމަށެވެ.
'މޯލްޑިވްސް ވިމެން އިން ޕޮލިސިން މަންތްލީ ނިއުސް ލެޓާ' ފޮތް ސާޖިދާ ނެރުއްވައިދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
ރޭގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ވަނީ "މޯލްޑިވްސް ވިމެން އިން ޕޮލިސިން ކޮމިޓީ" އިން އެކުލަވާލައި ޝާއިއުކުރަމުން އަންނަ "މޯލްޑިވްސް ވިމެން އިން ޕޮލިސިން މަންތްލީ ނިއުސް ލެޓާ' ފޮތް ވެސް އިފްތިތާހު ކޮށްދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒައީމާާ އަލީ
30 April 2024
ފުލުހުންގެ ހިދުމަތަކީ ހަމައެކަނި ފިރިހެނުންނަށް އޮތްކަމެއް ނޫން. އަޅުގަނޑުވެސް ތިވާހަކައަށް ތާއިދު
އުލްފާާ
30 April 2024
އުންމީދަކީ މެޑަމް ބުނުއްވިފަދައިން އަންހެނުންގެ ހިއްސާ ފުލުހުންގެ ތެރޭގައި އަދި މިޔަށްވުރެންވެސް މާ ބޮޑުތަނުން އިތުރުވެގްނދާތަން ދެކުން.
ޔުމްނާާ
30 April 2024
އަޅުގަނޑުވެސް ތި ބަސްއަހާ ފުލުހަށް ވަންނަން ނިންމައިފިން.
ވަސީމާާ
30 April 2024
މެޑަމް ސާޖީ މިއީ އަންހެން ކަނބަލުންގެ ނަމޫނާއެއް.
ފަށްލި
30 April 2024
ފުރުތަމަ ފުލުހުންނަށް މަސައްކަތް ކުރެވޭތޯ ބަލަން ފެންނަނީ. އެންމެ ބޮޑު ހަރަދެއް ކޮށް އެންމެ ނަތީޖޭ ނުނެރެވޭ ތަން.
ލޭޑީ
29 April 2024
މެޑަމް ސާޖީ އަށް ވިސްނޭ!
ޖާގަ
29 April 2024
ކޯންޗެއް؟
ލޭޑީ
01 May 2024
ޙުރިހާ ކަމެއް. ޙަޖަމް ކުރަން ދަސްކުރޭ!!
އަޅި އަލީ
29 April 2024
ޝުކުރިއްޔާ މެޑަމް!
ރިޒްނާ .
29 April 2024
ޔެސް. މެޑަމް އެބުނީ ރަނގަޅަށް. ފުލުހުންގެ ހިދުމަތައް ކަނބަލުން ބޭނުންވޭ. ކަނބަލުންނަށް ވެސް ވާނެ
ދިޔާނާ އަލީ
29 April 2024
މެޑަމް ގެ ސްޕީޗުން ކަނބަލުންގެ އުންމީދު އާވެގެން ހިނގައްޖެ
ލައިލާ ނަސީރު
29 April 2024
މެޑަމް އެވިދާޅުވީ ރަނގަޅު ވާހަކައެއް. އަންހެނުންގެ ބާރުވެރިކަން އިތުރުކުރެވޭނެ މަގެއް ހޯދުން މުހިންމު ކަމެއް. އެކަން މި ސަރުކާރުން ކޮއްދޭނެ ކަމާމެދު ޝައްކެއް ނުކުރަން.