ފުވައްމުލަކު އެއާޕޯޓު ސަރަހައްދުގައި ރޭ އެކްސިޑެންޓު ހިނގި ސަރަހައްދުގައި ބަޔަކު މަޑުކޮށްލައިގެން.-- ފޭސްބުކް ފޮޓޯ: ރާއްޕެ
29 އެޕްރީލް 2024 - 13:17
ފުވައްމުލަކުގައި ދެ އެކްސިޑެންޓެއް ހިނގައި، އެ ތަނުން އެކަކަށް ސީރިއަސް އަނިޔާތަކެއް ރޭ ވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދެ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އެކި ވަރުގެ އަނިޔާވި ކަމަށެވެ. އެ ތަނުން އެކެއްގެ ހާލު ސީރިއަސް ވުމުން އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެން ތިބި ދެ މީހުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބުނު،" އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ބުނީ އަނެއް އެކްސިޑެންޓު ހިނގީ ފުވައްމުލަކުގެ އެއާޕޯޓު ސަރަހައްދުގައި ކަނޑައިގެން ގޮސްފައި ހުރި ގިޑިގެއަކުން ނެއްޓިގެން ދާން އުޅުމުގެ ތެރޭގައި ސައިކަލް ކައްސާލައިގެން ކަމަށެވެ.
އޭނާގެ ބޮލަށް ވެސް އެކި އަނިޔާތައް ވަނީ ވެފަ އެވެ.
އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓު ހިނގި އިރު މަގުތައް ވަރަށް އަނދިރި ކަމަށެވެ. އެހެންވެ، ދުއްވާ އެއްޗިއްސަށް ވެސް ދަތިތައް ކުރިމަތިވި ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިހާޖީ
30 April 2024
ތިރަށު ކައުންސިލް އޮތީ ނިދާފަތަ؟ ގިޑިގެ ކަނޑައިގެން ދިޔައިމަވެސް ނަގަން ނޭނގެން؟ ރީނދޫ ކައުންސިލެއް ވީމަ ދެން ތިބޭނީ ނިދާފަނު.
އަހައްމަދޫ
30 April 2024
މީއަމިއްލަ މަރުނުވެގެން އުޅޭ ބަޔެއް. ހެސްހެސް ކިޔާފަ ބާރައް ދުއްވަނީ. އެހެން މީހުނައް ވެސް އޮތް ނުރައްކަލެއް
އަޙްމަދު
29 April 2024
ތި އެކްސިޑެންޓްތަކުގައި އަނިޔާލިބުނު ހުރިހާ ބޭފުޅުންނަޝާ އެބޭފުޅުންގެ އާއިލާއައް ކެތްތެރިކަން ދެއްވާ އަނިޔާލިބުނު ބޭފުޅުންނައް އަވަސްޝިފާއެއް މިންވަރު ކޮއްދެއްވާޝި. {އާމީން}
ރަށިމީހާ
29 April 2024
ވަރަށް މަޑުން ސައިކަލް ދުއްވާ ބޭފުޅުން އުޅޭ ރަށެއް. އަމުދުން މަގުތަކުގައި ތާރު އެޅިފަހުން ސްޕީޑް ހުންނަލެއް ވަރަށް ދަށް... ޖޯކް އެސައިޑް، ފުލުފުލުގައި އެތައް ބަޔަކު ފުރާނަޔަށް ގެއްލުން ވެގެންދާއިރު ވިސްނުމުގެ ކަންފުޅެއްވެސް މި މީހުންނަށް ނާންނަނީބާއޭ ހިތަށް އަރާ.
ޝަނީފް
29 April 2024
ތިޔަ ގިޑިގެ ތިތަނުގައި ބެހެއްޓި މީހުން ޒިންމާވާން ޖެހޭނެ.