ރާއްޖެ އެތެރެކޮށް ވިއްކުމާއި ބޭނުންކުރުން މަނާކުރި ދެ ބްރޭންޑުގެ އިންޑިއާ ހަވާދު.--
30 އެޕްރީލް 2024 - 15:07
އިންޑިއާގެ ހަވާދުގެ ދެ ބްރޭންޑަކުން ކެމިކަލް މާއްދާއެއް ފެނުމުން، ރާއްޖޭގައި އާއްމުކޮށް ބޭނުންކުރާ ހަވާދު ޓެސްޓުކުރަން ސާމްޕަލް ނަގަން މިއަދު ފަށައިފި އެވެ.
އެމްއެފްޑީއޭގެ އޮފިޝަލަކު ވިދާޅުވީ މައްސަލަ ދިމާވި ދެ ބްރޭންޑު "އެވަރެސްޓް" އާއި "އެމްޑީއެޗް" ގެ އިތުރުން އެހެން ވައްތަރުގެ ހަވާދު ވެސް ޓެސްޓުކުރާނެ ކަމަށެވެ. ނަމަވެސް، އެ ތަކެތި ފޮނުވާނެ ގައުމެއް އަދި ނުނިންމަ އެވެ.
ސިންގަޕޫރުގެ ފުޑް އެޖެންސީ އާއި ހޮންކޮންގުގެ ސެންޓާ ފޯ ފުޑް ސޭފްޓީން ނެރުނު އެލާޓުތަކެއްގައި ވަނީ އެ ދެ ބްރޭންޑުގެ ހަވާދުން އެތިލިން އޮކްސައިޑް ކެމިކަލް ހުރިކަން ކަށަވަރުވެފައިވާކަމަށް ބުނެފަ އެވެ. އެއާ ގުޅިގެން، ރާއްޖެއިން ވެސް ވަނީ އެ ދެ ބްރޭންޑުގެ ހަވާދު ބޭނުންކުރުން މިދިޔަ ހޮނިހިރު ދުވަހު މަނާކޮށްފަ އެވެ.
ކަސްޓަމްސްގެ ތަފާސްހިސާބާ ހަވާލާދީ އޮފިޝަލް ވިދާޅުވީ އެވަރެސްޓް އަދި އެމްޑީއެޗްގެ ހަވާދު ވަރަށް ގިނައިން، އަދި ވަރަށް އަވަސް އަވަހަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން، ބަލްކުކޮށް ރިސޯޓުތަކަށް ވެސް ފޮނުވާފައިވާތީ، އެ ތަންތަނަށް ވެސް މައުލޫމާތު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަވާދުގެ ސާމްޕަލް ނެގުމުގެ މަސައްކަތް ފެށިއަސް، އެ ތަކެތި ފޮނުވޭނެ ދުވަހެއް އަދި ނޭނގެ އެވެ. އެމްއެފްޑީއޭއިން ބުނީ ރާއްޖޭން ނެގި ސާމްޕަލްތަކުގެ ނަތީޖާ ލިބުމުގެ ކުރިން، އެހެން ގައުމަކުން އެކަމާ ގުޅިގެން އެލާޓެއް ނެރެފިނަމަ އެއަށް އަމަލުކުރާނެ ކަމަށެވެ.
އެތިލިން އޮކްސައިޑަކީ ކެންސަރު ޖެހުމަށް ވެސް މަގުފަހިވާ ކެމިކަލެކެވެ. އެމްއެފްޑީއޭ އިން ބުނީ ސިއްހަތަށް ކޮށްފާނެ ނޭދެވޭ އަސަރަކަށްޓަކައި އެ ކެމިކަލް ކާބޯތަކެތީގެ އުފެއްދުންތަކުގައި ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެއްޔާގެ ދަރި
13 May 2024
ރާއްޖެ އަށް މި އެތެރެކުރާ ފޭކް ޓޫތު ޕޭސްޓަކީ ވެސް ޗެކްކުރަން ޖެހޭ އެއްޗެއް. ކޮލިޓީ ރަނގަޅު އެއްޗެއް ބަޔަކު މާކެޓަށް ނެރޭ އިރަށް އޭގެ ކޮލިޓީ ދަށް އެއްޗެއް ނެރެ މާކެޓް އެބަ ވައްޓާލާ. ކާބޯތަކެތީގައި ވެސް އެކަން ކުރާ ބޮޑެތި ވިޔަފާރިވެރިން އެބަ ތިބި. މިއީ ފިޔަވަޅު އަޅަންޖެހޭ ކަމެއް. ބައެއްގެ މާލީ މަންފާ އަށް ހުރިހާ ދިވެހިން ނުރައްކަލުގެ ތެރެއަށް ވައްޓާލަން ފުރުސަތު ދީގެން ނުވާނެ
ހުޅުނބު
01 May 2024
ބޭރުން ގެންނަ މުދާ އެކަންޏެއް ނޫން ބަލަންވީ. ރާއްޖޭގައި ހައްދައިގެން ވިއްކާ ތަރުކާރީ މޭވާގެ ބާވަތްތަކާއި، މާރުކޭޓްގައިވިއްކާ މަސްވެސް ގަވައިދުން ޓެސްޓްކުރަން އެބަޖެހޭ. ނުރައްކާ ކެމިކަލްއާއި ކުނިވެފައިހުންނަ ތަކެތި ގޮތެއްފޮތެއް ނުބަލާ ވިއްކާނަގަނީ. ކަމާއިބެހޭ ފަރާތްތަށް މިކަމުގައި ވަރަށް ބޮޑަށް އިހުމާލުވެފައި. ޓެސްޓްކުރެވެން ނެތިއްޔާ އެ ކޭޕެބިލިޓީވެސް ނުހޯދޭންވީ ސަބަބެއް ނުފެނޭ. ހަމަ ފަރުވާ ކުޑައީ! މިސަރުކާރުން މިކަން ހައްލުކުރާނެ ކަމަށް ހީކުރަން.
ހަލީފް
30 April 2024
ކެންސަރު ފަދަ ގައިންގަޔަށް ނާރާ ބަލިތަައް އާދަޔާހިލާފަށް ގިނަވެގެން މިއުޅޭ ސަބަބު ދެނެގަންނަން އެތެރެ ކުރާ ކާބޯތަކެތި ޓެސްޓް ކޮށްބަލަ..އެއްވެސް ފެންވަރެއްނެތް ދަޅުތަކާއި ޖޫސްފުޅި ޕަކެޓް އެތެރެކުރަނީ ރައްކާތެރިކަމުގެ މިންގަޑެއްނެތި.މ
ޑޮކްޓާރ. ބަނާނާ
30 April 2024
ކާއެއްޗެއްސަކީ ކެއުމަށް ރައްކާތެރި އެއްޗެއްތޯ ބަލަނީ އެގައުމެއްގެ އޮތޯރިޓީ ތަކުން ހަދާ ރޫޓިން ޓެއްސްޓު ތަކުގެ ތެރެއިން. ތިޔަ ހަވާދުން ކެމިކަލް ފެެނުނީ ވެސް ސިންގަޕޯރ އިން ހެދި މިދެންނެވި ރޫޓިން ޓެސްޓް ތަކުން. މިގައުމުގައި އިންތިހާ އަށް ކެންސަރު ބަލި ފެންނައިރު ބަޔަކު ހަދާ ޓެސްޓަކުން ކަލޭމެން ނިދިން ހޭލެވެނީ.. ފުރަތަމަ ބަންގާޅު ބޭފުޅުން ހަދާ ރިހާކުރު ޓެސްޓް ކޮށްބަލަ!
ރޯނު އެދުރު
01 May 2024
ބަލަ ތިޔަ އިންޑިޔާގެ އެވަރެސްޓް އާއި އަދި އެހެނިހެން ބްރޭންޑް ތަކުގެ ހަވާދު ތައް ވަރަށް ބޮޑަށް ކޮންޓްލަމިނޭޓް ވެގެން އެމެރިކާގެ ކަސްޓަމުސް އިން މިދިޔަ އަހަރު އޮކްޓޫބަރ ގައިވަނީ ހިފަހައްޓާ އަދި ތިޔަ ހަވާދުތައް އެމެރިކާ އަށް އެތެރެ ކުރުން މްނާކޮށްފަ...
ކޮންޓް
01 May 2024
ރޯނުއެދުރޫ..ވަޓިސް ކޮންޓްލަމިނޭޓް؟
ކިމް
30 April 2024
ޢެބުނީނު ކެމިކަލް އެބަހުއްޓޭ. ދެން ރާއްޖެއިން އެހެން ގައުމަކަށް ޓްސްޓުކުރަން ފޮނުވުމުގެ ބޭނުމެއް ނޭނގުނު… ރާއްޖެއިން ޓެސްޓް ހެދޭނަމަ ހަދާލަން އޯކޭ.
އިލްސަން
30 April 2024
މިހާރު އެބުނީ ދެ ބުރޭންޑެއްގެ ވާހަކަ. ދެން އެބުރޭންޑް ޓެސްޓް ކުރަން ނުފޮނުވާނެ. މިނޫނަސް އެހެން ބްރޭންޑް ތައް ޓެސްޓް ކުރަން ފޮނުވާނެ ވާހަކަ ބުނެފަ އެވަނީ
ދޮންހަސަނުބޭގެ
30 April 2024
އަނެއްކާ އިންޑިއާއަށް ފޮނުވާނީކީ ނޫން.
ސީތާ
30 April 2024
ތި އެއްޗިއްސާ ނުލާ އަހަރެމެން އުޅެން ދަސްކުރަންވެއްޖެ. އަހަރެމެންގެ ކާބަފައިން އުޅުނީކީ ތިޔަ ސާމާނު ބޮނޑި ހިފައިގެނެންނޫން. ބޭރު ޤައުމުތަކުން ގެންނަ ތިޔަކަހަލަ އެއްޗިއްސަށް މީދަލާއި ކުރަފި އަޅާފައި ހުއްޓަސް އަހަރެމެންނަކަށް ނޭނގޭނެ.
އަމިއްލަޔަށްތައްޔާރުކުރަނީ
30 April 2024
އަމިއްލަ އަށް ހަވާދުކޮޅެއް ހަދާލުން ބުރަކަމަކަަށްވެފައި އޮންނަނީ. ހަވާދު ހެދުމަށް ބޭނުންވާ ހުރިހާ ސްޕައިސްއެއް ބާޒާރު ގައި ވިއްކަންހުރޭ. އެ ގަނެލައިގެން މިންހަމަކޮށްފައި، ހަނާކޮށްލާފައި، މިކްސަރަށް އަޅާ މުގުރާލީމަ އެ ހުރީ ތިޔަ ޕެކެޓްކޮށްފައިވާ ހަވާދު ހެދިފައި.
އަބްޑޫޅް +
01 May 2024
"މިކްސަރަށް އަޅާ މުގުރާލީމަ". ކަޅުހިލަ ދައި އާއި ފޯލި ކަމުނުދަނީތަ؟