ކުޅިވަރު / ޗެމްޕިއަންސް ލީގު

ވިނީގެ ޕެނަލްޓީން ހަމަހަމަ، "ދެން ބޭނުންވަނީ އަމިއްލަ ދަނޑުގައި ޖާދޫގެ ރެއެއް"

ރެއާޅް މެޑްރިޑް 2 - 2 ބެޔާން މިޔުނިކް

01 މެއި 2024 - 06:39

8 comments

މިޔުނކް (މެއި 1) - ރެއާލް މެޑްރިޑަށް ދެން ބޭނުން ވަނީ އަމިއްލަ ދަނޑުގައި ޖާދޫގެ ރެޔެއް ކަމަށް ރޭ ބެޔާން މިޔުނިކާ ދެކޮޅަށް ރެއާލް އަށް މެޗު އެއްވަރުކޮށް ދިން ވިނީޝިއުސް ޖޫނިއާ ބުނެފި އެވެ.

ބެޔާންގެ އެލިއަންޒް އެރީނާގައި ކުޅުނު ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގެ ފުރަތަމަ ލެގް މެޗުގައި ރެއާލަށް މެޗުގެ ފުރަތަމަ ލީޑް ނަގައި ދިން ލަނޑާއި ފަހުން ނަތީޖާ ހަމަހަމަކޮށް ދިން ލަނޑު ޖެހީ ވެސް ވިނީޝިއުސް އެވެ.

ދެވަނަ ހާފުގައި ލިރޮއީ ސާނެގެ ލަނޑުން ބެޔާނުން ނަތީޖާ ހަމަހަމަ ކުރި އެވެ. އަދި އޭގެ ފަހުން ހެރީ ކޭންގެ ޕެނަލްޓީން ލީޑް ވެސް ނެގި އެވެ. ލީޑްގައި އޮވެގެން މެޗު ނިންމާލަކަށް ބެޔާން އަށް ފުރުސަތެއް ނުލިބުނެވެ. ޕެނަލްޓީން ލަނޑު ޖަހައި ވިނީ ރެއާލަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

ބެޔާން ކޮޅަށް އޭނާ ޖެހި ދެ ލަނޑުގެ ވާހަކަ އަށް ވުރެ ބޮޑަށް ސަމާލުކަން ލިބުނީ އޭނާގެ ފުރަތަމަ ލަނޑު ޖަހަން ޓޯނީ ކްރޫޒް ދިން ޕާހަށެވެ.

ކްރޫޒް، އެ ޕާސް ވިނީ އަށް ފޯރުކޮށް ދިން އިރު ބެޔާންގެ ހާފުގެ ތެރޭގައި އޭނާ ހުރީ މެދު ރޮނގާ ދެ ފިޔަވަޅު ކައިރީގަ އެވެ. ބެޔާންގެ ޑިފެންސް ރޫޅާލާފައި ފޮނުވާލި ޕާސް އޭރިއާގެ ބޭރުން ލިބިގަނެ ވިނީ، ރެއާލް އަށް ލީޑް ނަގައި ދިނެވެ.

މެޗަށް ފަހު ވިނީ ވެސް ވަނީ ޕާސް މާސްޓާ ކްރޫޒްގެ ޕާހާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ ކްރޫޒް، އަބަދު ވެސް ކަންކަން ފަސޭހަކޮށް ދޭނެ ކަމަށެވެ.

"ޓޯނީ އަބަދުވެސް ކަންކަން ފަސޭހަކޮށްދެނީ. އޭނާ އަހަންނަށް ގޯލެއް ހަދިޔާ ކޮށްދިނީ. ޓްރެއިނިންގައި އެކުގައި ވަރަށް ގިނައިން އަހަރެމެން (މި ލަނޑު ޖަހަން) ޕްރެކްޓިސް ކުރަން،" ވީނީ ބުންޏެވެ.

"އަހަންނަށް ޓޯނީ ވަރަށް ރަނގަޅަށް އެނގޭ، އަދި އޭނާ އަހަރެން ދަންނާނެ.... އަހަރެން ވަރަށް އުފާވޭ ދެ ގޯލް ޖަހައި ދެވުނީމަ. މިހާރު އަހަރެމެން ބޭނުންވަނީ އަމިއްލަ ދަނޑުގައި ޖާދޫގެ ރެއެއް."

ކްރޫޒް ބުނީ، އެ ޕާސް ފުރިހަމަވީ އެ ޖާގަ ވިނީޝިއުސް ވެސް ހޯދައިގެން ހުރުމުން ކަމަށެވެ.

"އެ ޕާސް ޖަހަން ވިނީ އަހަންނަށް ފަހިކޮށް ދިނީ އޭނާގެ ހަރަކާތުން،" އުމުރުން 34 އަހަރުގެ ކްރޫޒް ބުންޏެވެ.

"އެ ޕާސް އެހާ ހާއްސައެއް ނޫން. އޭނާ އެ ޖާގަ ހުޅުވާލަދިނީ."

ރެއާލްގެ ފޯވާޑް ރޮޑްރީގޯ ގޮއިސް ބުނީ ކްރޫޒްގެ އެ ޕާސް ބަލަން ކޮންމެ މީހަކު ވެސް ޝައުގުވެރިވާނެ ކަމަށެވެ.

"ކޮންކަހަލަ އާދަޔާހިލާފް މޮޅު ޕާހެއް،" ރޮޑްރީގޯ ބުންޏެވެ.

8 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަޖްމަލް

02 May 2024

ޙާދަ އަސަރެއް ކުރޭ ބަޔަކަށް ރިއާލް މޮޅުވާތީވެ، މޮޅުވާނީ އިރާދަކުރެއްވިޔާ ދެންވެސް ރިއާލް، ފިއްތާލައިން ތިބޭ ކުދިންކޮޅު….!!!!!

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

02 May 2024

މިފަހަރު މިއީ ރެއާލް ނުވަތަ ބީވީބީގެ ފަހަރެއް.

The name is already taken The name is available. Register?

ު789

02 May 2024

ތިމީހުންގެ ރެފުރީން ތިއްބާ ހާސްވާން ނުޖެހޭނެކަން ތާރީހުން ހެކިދޭ..

The name is already taken The name is available. Register?

ޕޮން

01 May 2024

ވަރަށް ހީވޭ ބަޔާން ގެ ފަހަރު ހެން

The name is already taken The name is available. Register?

އަޅި އަލީ

02 May 2024

ބަޔާނަށް ބިޑި ހެދޭނީ!

The name is already taken The name is available. Register?

އަޅި އަލީ

01 May 2024

އެޕާހަށް އެކަނިވެސް 10 ބޮލަންޑޯ އެއްހައްގު! މެރިޑް ކަޓނެ ކަމަށް ކީ ކުދިން ކޮބާ!

The name is already taken The name is available. Register?

ޖސޖއޖއޖއި

02 May 2024

10 މަދެއް ނުވާނެތަ؟

The name is already taken The name is available. Register?

ލެއްގިކޮމިޝަނަރ

02 May 2024

ކާކުތަބުނީ ރެއާލް ކަޓާނޭ؟ އަހަރުމެނަށް ޔަގީންވޭ ރެއާލް ނުކަޓާނެކަން. ޔޫއެފާއާ ރެފުރީންގެ އެހީތެރިކަމުގައި 15 މިފަހަރު ހަމަކުރާނެ. ރެއާލަކީ ޔޫއެފާގެ ނުއުފަން ދަރިއެކޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454