ކުރިން ފުލުހުން އަތުލައިގެން ޓެލެގްރާމް ޗެނަލް ހިފަހައްޓައި ފޮޓޯ ބަދަލު ކޮށްފައި--
01 މެއި 2024 - 12:33
ތަފާތު ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ހިތްވަރުދީ، އެ ކަމަށް ފުރުސަތު ފަހިކޮށްދޭ އިތުރު ޓެލެގްރާމް ޗެނަލެއް ފުލުހުންގެ ބާރުގެ ދަށަށް ގެންގޮސް ތަހުގީގު ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ "އެމްވީ ކޯލް ގާލްސް" ނަމުގައި ހިންގާ އެ ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކުރިކަން ނުވަތަ ނޫންކަން ފުލުހުން އަދި ނުބުނެ އެވެ.
މިދިޔަ 2-3 މަހު ވެސް ފުލުހުން ވަނީ އެފަދަ ޓެލެގްރާމް ގްރޫޕްތަކެއް އަތުލައިގެންފަ އެވެ. ޖަޒީރާ އެޑްމިން އާއި ޖަޒީރާ ގާލްސް އާއި ޖަޒީރާ އެސްކޯޓް ގެލަރީ އާއި ޖަޒީރާ ސްކޭމް އެލާޓް އަދި ޖަޒީރާ ލިންކް ޚަބަރުގެ ނަމުގައި ހިންގަމުން އައި ޓެލެގްރާމް ގްރޫޕްތަކުގެ މައްސަލާގައި މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.
އެ ހުރިހާ ޗެނަލެއް ވެސް ސީޒްކޮށް ފުލުހުންގެ ބާރުގެ ދަށަށް ވަނީ ގެނެސްފަ އެވެ.
އެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ މައްޗަށް މަނީލޯންޑަރިން އާއި ޑްރަގް ޓްރެފިކިން އާއި ހަށިވިއްކުމާއި ހަށިވިއްކުމަށް ހިތްވަރު ދިނުމާއި އޮރިޔާން ކާޑު އުފެއްދުމާއި އޮރިޔާން ކާޑު ބެހުމުގެ ކުށަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަހަހަހަހަހަ
02 May 2024
ފޭސްބުކް ގައި އާއްމުކޮށް ހުޅުވާލައިގެން މަސާޖުކުރުމާއި ހަށިވިއްކުން ކުރިއަށް ގެންދާއިރު ކީއްވެތަ މިކަން ނުބެލިގެން މިއުޅެނީ ؟ ރުފިޔާ ޓްރާންސްފާ ކުރަން މި ބުނަނީ ދިވެއްސެއްގެ އެކައުންޓް ނަމްބަރަށް. ވަޓްސްއެޕް ނަމްބަރުތަކަށް މެސެޖްކުރާށޭ ކިޔާފައި ދެނީ ދިވެއްސެއްގެ އެކައުންޓް ނަމްބަރު. ދިވެހިން މިކަން ކުރާތީތާ މިހެން ވާނީ. ޑރ. މުއިއްޒުގެ ސަރުކާރުން މިކަން ހުއްޓުވައިދީފިނަމަ ކުރިއަށް އޮތް 5 އަހަރަށް ކެމްޕެއިން ކޮށްދޭނަން.
އައްޔް
02 May 2024
މިހާރު އެއްފަހަރު ބުނާނެ 48 ގަޱިއިރުތެރޭ މިފޮނުވާލަނީޔޭ ގަވައިދާ ހިލާފައް އުޅޭ ހުރިހާ ބިދޭސީން އަނެއްފަހަރު ބުނާނެ 10 އިނގިލީގެ ނިސާނާ އިސްކޮޅު ފޮޓޯނަގާފަ ގަވައިދައް ފައްތަނީޔޭ މިހާރު ހަށިވިއްކާތަންތަން ވެސް ފިންގަރ ނަގާފާ އިސްކޮޅު ފޮޓޯނަގާފަ ފިޔަވަޅުނާޅާ ގަވައިދައް ފައްތަބަލަ އެއީވެސް ބަޔަކު އާމްދަނީ ހޯދަން ކުރާ މަސައްކަތެއްވީޔާ
އަލީ!!
01 May 2024
ތިހުރިހާ ޓެލެގްރާމް ޗެނަލްތަކާއި ހައްޔަރު ކުރިމީހުން ޤަވާއިދުގެތެރެއަށްފައްތަންވީނު...!؟!
raajje
01 May 2024
ޓެލެގުރާމް ޗެނަލާ ޓެލެގުރާމް ގުރޫޕާ އެއީ މަގުމަތީގައި ހިނގާފާ އުޅޭ އެއްޗެއްތަ ފުލުހުންގެ ބާރުގެދަށަށް ގެނައީޔޭ ބުނަން؟ ތަހުގީގުކުރާ ފުލުހުންގެ ފެންވަރަކީ ތަހުގީގަށްހޯދާ މައުލޫމާތުގެ ބޭނުންކޮށްގެން ފޯނުނަންބަރ ފަދަ ފުލުހުންވެސް ބަދަލުވަނީ ކަސްޓަމަރުންނަށް! ޓެލެގުރާމުޗެނަލް ސީޒުކުރީޔޭ ކިޔާއިރު އެއީ ބިލްޑިންގގެއްތަ؟ ތަންކޮޅެއްދިގުކޮށް ކޮމެންޓުކުރެވޭނަމަ ލިޔާނެވަރަށްބައިވަރު ވާހަކައެބަހުރި..
ރައްޔިތުސޮރު
01 May 2024
ވަރުގަދަ އެންމެ ގޭންގު ލީޑަރެއް މުއިއްޒުގެ ވެރިކަމުގަ ޖަލަށްލާބަލަ. ވެރިކަމާ މަޖިލީހާ މުއައްސަސާތަކާ ކޯޓުތަކާ އަދިނުވިތާކަށް ރައްޔިތުންވެސް ދީގެންމިތިބީ މިފަސްއަހަރު ވާއެއްޗެއްބަލާލަން. ވެރިކަން ނިމެން ފަސްމަސްދުވަހަށްވީމަ ތެޅިގަތީމަ މީގެކުރީގެ ސަރުކާރުތަކަށްވީހެންވާނީ!
ދިކޮމެންޓަރ
01 May 2024
ހަށިވިއްކައި, ޑްރަގާއި ފޭކް ސެޓްފިކެޓް ވިއްކާ ޓެލެގްރާމް ޗެނަލެއް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް، ދެން ފުލުހުން ތިވިޔަފާރި ފުޅާކޮށް ކުރިޔަށް ގެންދަވާށެވެ. ތެންކިޔޫ
ރަމްޒ1236
01 May 2024
ހުރިހާ ސޯޝަލް މީޑިއާތަށް ބޮލޮކް ކޮށްބަލަ ކެރެންޏާ؟ ވާނެތަ!!!! ފޭސްބުކް ޓްވިޓާ ޓެލެގްރާމް
ރޭޖް
01 May 2024
ބެހޭ ކަމެއްތަ
ކާމިލް އެންޑް މަމްދޫހް
01 May 2024
ތިޔަ ޓެލެގުރާމް ޗެނަލަށް ހުކުންކޮށް 20 އަހަރަށް ޖަލަށް ފޮނުވާލާށެވެ. އެތާ އޮވެ އޭތި ރޮޓުވެ މަރުވެދާނެއެވެ.
ސްވިޝް
01 May 2024
ދާއިމީ ހައްލެއް ހޯދަން ބޭނުމިއްޔާ ޖާޒީރާ ގޭންގްތައް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ހައްޔަރުކޮށް މައިތިރި އަރުވާލަބަލަ.