ފަލަސްތީނުގެ ޣައްޒާގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ކައިރިން ކުޑަކުއްޖަކު އަރުވައިގެން މީހަކު ޓްރޯލީއެއް ދަމާފައި ގެންދަނީ. --ފޮޓޯ: އޭއެފްޕީ
03 މެއި 2024 - 09:02
ހަމާސް އާ ދެކޮޅަށް ހަނގުރާމަކުރުމުގެ ނަމުގައި ފަލަސްތީނުގެ ޣައްޒާއަށް އެހީ ވެއްދުމަށް ހުރަސްއަޅަމުންދާތީ، އިޒްރޭލާ އެކު ވިޔަފާރި ކުރުން ތުރުކީން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
"އިޒްރޭލަށް އެކްސްޕޯޓް ކުރުމާއި އިމްޕޯޓް ކުރުން ވަނީ ހުއްޓާލާފައި. ޣައްޒާއަށް އިންސާނީ އެހީ މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ ހުއްދަ އިޒްރޭލުން ނުދޭހާ ހިނދަކު މި ފިޔަވަޅު ދެމި އޮންނާނެ،" ތުރުކީގެ ޓްރޭޑް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
މި ނިންމުމާ ގުޅިގެން، ދެ ގައުމުގެ މެދުގައި ހެދިފައިވާ އެއްބަސްވުންތަކާ ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާން ކަނޑައެޅިގެން ހިލާފުވެފައިވާ ކަމަށް އިޒްރޭލުގެ ފޮރިން މިނިސްޓަރު އިސްރާއީލް ކަޓްޒް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް 34،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު ކާބޯތަކެތި ހުސްވެ އާންމުން އުޅެމުންދަނީ ވަރަށް ދަތި ހާލުގަ އެވެ.
އަދި އަވަހަށް އެހީ ފޯރުކޮށްނުދެވިއްޖެނަމަ، ޣައްޒާގައި ދިރިއުޅޭ އެތައް މިލިއަން ފަލަސްތީނުގެ ރައްޔިތުން ބަނޑައްޖެހޭނެ ކަމުގެ އިންޒާރު އދ. އާއި އެހީފޯރުކޮށްދޭ ޖަމާއަތްތަކުން ދަނީ ދެމުންނެވެ. - އޭއެފްޕީ -
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެމިކަލް އަލީ
06 May 2024
ތުރުކީން ކުރުދިސްތާނުގެ މުސްލިމުންގެ ނަސްލު ނައްތާލީ ކެމިކަލް ހަތިޔާރުން ހަމަލާދީގެން
ކެމިކަލް
06 May 2024
އެހެން ކިޔާފައި އަޑިއަޑިން ތެޔޮ ވިއްކަނީ އިޒްރޭލަށް
ކިލަމަން
04 May 2024
މިމީހުން އަދި އެއްބަސްވުމާ ޚިލާފުވާ ވާހަކަ އެބަދައްކާ ދުނިޔޭގެ އެންމެން ތަބާވާ ހުރިހާ އުސޫލެއް މުގުރާފަ
އަފްރާސިޔާބު
03 May 2024
ބޮޑު އޮޅުވާލުމެއް ތުރުކީ އިން ގެންގުޅެނީ. އިސްރާއީލަކާ ގުޅުން ނުކަނޑާ. ވިޔަފާރިވެސް ކުރޭ. އެކަން ކުރަނީ އަޒަރުބައިޖާނުގެ ނަމުގައި.
އެކަލޯ
03 May 2024
ބައިނަލް އަގުވާމީ އެއްބަސްވުންތަކާ ކަޑައެޅިގެން ހިލާފުވާބަޔަކާ ހެދިފައިވާ އެއްވެސް އެއްބަސްވުމަކީ، އުފެދުމުގައިވެސް ބާތިލް އެއްޗެހި ތަކެއް. ޝުކުރިއްޔާ ތުރުކީ
ހައިސިއްޔަތު
03 May 2024
ހާދަ އަވަހަށް؟