ދުނިޔެ / އިންޑިއާ

މޯދީގެ ބަސްމަގު ހަރުކަށިވެ، މުސްލިމުންނާ މެދު ދެކޮޅުވެރިކަން އިތުރުވެދާނެ ކަމުގެ ބިރު

އިންޑިއާގައި ކުރިއަށްދާ އިންތިހާބުގެ ތިންވަނަ ފިޔަވަހީގެ ވޯޓުލުމާ ދިމާކޮށް ވެރިކަންކުރާ ބީޖޭޕީން ބޭއްވި ރޯޑްޝޯ އެއްގައި ބޮޑުވަޒީރު މޯދީ ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އޭއެފްޕީ

06 މެއި 2024 - 09:05

22 comments

އިންޑިއާގައި މިހާރު ކުރިއަށް ގެންދާ އިންތިހާބުގެ ކެމްޕޭނުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބަސްމަގު ބަދަލުވެފައިވާ ގޮތުން، އެ ގައުމުގެ މުސްލިމުންނާ މެދު އޮތް ދެކޮޅުވެރިކަން އިތުރުވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ 543 މެމްބަރުން އިންތިހާބު ކުރަން މީގެ ހަފުތާއެއް ކުރިން އިންތިހާބު ފަށާފައިވާއިރު، ވޯޓުލުން ޖޫން 1 އާ ހަމައަށް ކުރިއަށް ގެންދަނީ ހަތް ފިޔަވައްސަކަށް ބަހާލައިގެންނެވެ.

އެކަމަކު އިންތިހާބުގެ ދެ ފިޔަވަހި ނިމުނު އިރު، ވޯޓުލާން ނުކުންނަ މީހުން މަދުކަމުން، ހިންދޫ މެޖޯރިޓީ މީހުން ވޯޓުލާން ނެރެން ބާރު އެޅުމަށް ބީޖޭޕީގެ ކެމްޕޭނުގެ މިސްރާބު ވެސް ވަނީ ބަދަލުކުރަން މަޖުބޫރު ވެފަ އެވެ.

ބީޖޭޕީން 2014 އަދި 2019 ވަނަ އަހަރު ވެސް ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކޮށްފައިވާއިރު މިއީ އެހެން ދީންތަކުގެ މީހުންގެ ހައްގުތަކަށް ނުބަލައި ހިންދޫން ރުއްސައިގެން ކާމިޔާބުކުރި އިންތިހާބުތަކުގެ ގޮތުގައި ފެންނަން އެބަ އޮތެވެ.

މި ފަހަރު އިންތިހާބުގެ ކެމްޕެއިން ފެށީ ވެސް ހަރުކަށި ހިންދޫންގެ އަނިޔާވެރި އަމަލުތަކާ އެކު، ތަޅައި ސުންނާފަތި ކޮށްލި އާސާރީ ބާބްރީ މިސްކިތް ހުރި ބިމުގައި އެޅި ހިންދޫންގެ ބޮޑު ފައްޅިއެއް ހުޅުވުމުގެ ރަސްމިއްޔާތަކުންނެވެ.

މޯދީ ނިސްބަތްވެވަޑައިގަންނަވާ ގުޖުރާތު ސްޓޭޓުގައި މިދިޔަ ހަފުތާގައި ހިންދޫންގެ ގިނަ ބަޔަކު އެއްވެ ތިބި ކެމްޕޭނު ހަރަކާތެއްގައި ވާހަކަ ދައްކަވަމުން މޯދީ ވަނީ އިދިކޮޅު ފަރާތްތަކުން މުސްލިމުންނާ ގުޅިގެން އިންޑިއާ ފަތަހަ ކުރަން އުޅޭ ކަމުގެ މޭރުމަކުން ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

"އިދިކޮޅު އިއްތިހާދުން މި ބާރު އަޅަނީ 'ވޯޓު ޖިހާދު' ކުރަން. މިއީ އާ ކަމެއް. ސަބަބަކީ މީގެކުރިން އަޅުގަނޑުމެން އަޑުއަހަމުން އައީ 'ލަވް ޖިހާދު' އަދި 'ލޭންޑް ޖިހާދު'ގެ ވާހަކަ،" މޯދީ ތުހުމަތު ކުރެއްވި އެވެ.

މޯދީ އިޝާރާތް ކުރެއްވީ މުސްލިމް ފިރިހެނުން ހިންދޫ އަންހެންކުދިން ވާވައްދައިގެން ކައިވެނިކޮށް، ދީން ބަދަލުކުރުވާ ކަމަށް ކުރަމުންދާ ތުހުމަތަށާއި މުސްލިމުން އިންޑިއާގެ ބިންތައް ގަނެ ހިސޯރުކުރަމުންދާ ކަމުގެ ތުހުމަތަށެވެ.

"އަޅުގަނޑު އުއްމީދުކުރަނީ ތިޔަ ބޭފުޅުންނަށް ޖިހާދުގެ މާނަ އާއި ޖިހާދު ކުރަނީ ކޮން ބަޔަކާ ދެކޮޅަށް ކަން އެނގޭނެ ކަމަށް،" އިންޑިއާގެ މެޖޯރިޓީ ހިންދޫން މި ކަންކަމަށް ސަމާލުވެ، ބިރުގަންނަންޖެހޭ ކަމުގެ އިންޒާރާ އެކު މޯދީ ވިދާޅުވި އެވެ.

ހިންދޫންނަށް ވުރެ ގިނައިން މުސްލިމުން ދަރިން ހޯދައި، މުސްލިމް އާބާދީ އިތުރުކުރަން މަސައްކަތް ކުރާ ކަމާއި އިދިކޮޅު ފަރާތްތަކާ ގުޅިގެން ހިންދޫންގެ މުދާތައް ފޭރިގަންނަން މުސްލިމުން އުޅޭ ކަމަށް ވެސް މޯދީ ވަނީ މި ފަހުން ތުހުމަތު ކުރައްވައިފަ އެވެ.

މިއީ އިންޑިއާގެ 200 މިލިއަނެއްހާ މުސްލިމުންނަށް ކުރިމަތިވެދާނެ އިތުރު ބިރެއްގެ ގޮތުގައި ތަޖުރިބާކާރުން ގަބޫލުކުރެ އެވެ. އަދި ހިންދޫންގެ ފަރާތުން މުސްލިމުންނަށް ހަމަލާދިނުން އިތުރުވުމުގެ ފުރުސަތު ބޮޑު ކަމުގެ ކަންބޮޑުވުންވެސް ދަނީ ފާޅުކުރަމުންނެވެ.

އިންތިހާބުގެ ކުރިން މޯދީ ވަނީ މި ފަހަރު 400 ގޮނޑި ހޯދުމަށް އަމާޒު ހިއްޕަވައިފަ އެވެ. މިދިޔަ ފަހަރު ބީޖޭޕީން ވަނީ 303 ގޮނޑި ކާމިޔާބު ކޮށްފަ އެވެ.

އެކަމަކު ވޯޓުލާން ތިބި މީހުން ޝައުގު ކުޑަކަމުން، ބީޖޭޕީން ބޭނުންވާ އަދަދަށް ގޮނޑި ނުލިބިދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ލަފާކުރަމުންނެވެ.

22 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 6%
icon angry icon angry 81%
icon wow icon wow 13%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަލީ ކުރުސީ

07 May 2024

ނިޝާން އިޒުއްދީން އަލް މޯދީ، އެހެންނު! ޝުކުރިއްޔާ ރައީސް އިބޫ އާއި އެމް.ޑީ.ޕީ ބައިގަނޑު!

The name is already taken The name is available. Register?

ހެނދުނު

07 May 2024

މޯދީ ތުހުމަތު ކުރެއްވި އެވެ. މޯދީ ވިދާޅުވީ، ތުހުމަތު ކުރެއްވީ..... ހާދަހާ ވާ މޮޅޭ މިލިޔުނު މީހެއް...

The name is already taken The name is available. Register?

ސާހިދުލް އަވާމީ

07 May 2024

ޒާތް ޒާތުގެ ފިކުރުތަކުން، އެއްބަޔަކު އަނެއްބަޔަކުގެމައްޗަށް ނަފްރަތު އުފައްދާ އިންސާނިއްޔަތު ވަނީ ބައިބައިކޮށްފަ، ބޭނުމަކީ، ފަސޭހަކަމާއެކު ވެރިން މީސްތަކުންގެ މައްޗަށް ބާރުހިންގާ، އެބައިމީހުން އިއްޒަތާ ޖާހާ އުފަލުގަ ދިރިއުޅެން. ސުވާލަކީ އަހަރުމެންގެ ތެރޭން ކިތައް މީހުންނަށް މިކަން އެނގޭބާއޭ؟

The name is already taken The name is available. Register?

އަނތަރީސް

06 May 2024

ބީޖޭޕީ އާއި ލިކުޑް ޕާރޓީ މީ ހައްދުފަހަނަ އަޅާފައިވާ ޕާރޓީތަކުގެ ތެރެއިން ދެ ޕާރޓީ..

The name is already taken The name is available. Register?

ރަފަހާ.

06 May 2024

ހުރިހާ ހިންދޫންނަކީ ހަރުކަށި ބައެއް ނޫން. ހާއްސަކޮށް ޒަމާނީ ތަޢުލީމު ލިބިފައިވާ ހިންދޫ ދީނުގެ ޒުވާނުން މޯދީ މިޖަހާ ސަކަރާތާ ދެކޮޅު. ދުނިޔޭގެ ހުރިހާ މުޖުތަމަޢުތަކެއްވެސް ހަލާކުކުރަނީ ހައްދުފަހަނައެޅި ޒަޔަނިސްޓު ދީނީ ފިކުރުގެ މީހުން. އިސްލާމްދީން ވެސް މިކަމުން ސަލާމަތެއްނުވި. މިކަމަށް އޮތް ހައްލަކީ ޒަމާނީ ތައުލީމު ފުޅާކުރުން. ސިކުނޑި ދޮވުމުގެ ބަދަލުގަ ސިކުނޑި ހުޅުވަން މަސައްކަތްކުރުން.

The name is already taken The name is available. Register?

ޕޫރުބެ

07 May 2024

ތީ ދޮގެއް! ބަލަ މޯދީއާއި އެމީހުންގެ ގިނަ މީހުންނަކީ ތަމެންތިކިޔާ ދޮންފަރަންޖީންގާތުން ޒަމާނީ ތައުލީމު ލިބިފައިވާ ބަޔެއް! އެކަމަކު ވެރިކަމުގެ ބޭނުމުގައި އާންމުން ވާވައްދަނީ ނޫންތަ؟ އެމީހުންނަށްވެސް ރަނގަޅަށް އެނގޭ ހިނދޫންނަކީ ބާޠިލު އަގީދާއެއް ކަންވެސް އެކަމަކު ވެރިކަން ކުރެވެން އޮތީ އެހެން ކިޔައިގެން

The name is already taken The name is available. Register?

ޖައްސާސަތު

06 May 2024

ތެލްއަވީވަކީ ވެސް އިޒްރޭލް އުފެދުމުގެ 100 އަހަރު ކުރިން ޔަހޫދީން ބިނާ ކުރި ސިޓީއެއް. އަދި ފަލަސްތީން ޖަހައިފައި މިހާރު މި ދައްކާ 1917ގެ ފައިސާ ފޮތީގައި އިޒްރޭލްގެ ބަސް ހިބްރޫ ބަހުން އެ އިންނަނީ ލިޔެފައި. ބެލި ކޮންމެ މީހަކަށް ފެންނާނެ ޔަހޫދީންގެ އަކުރުންކަން އޭގައި ލިޔެފައި އިންނަނީ. ލިޔެފައި އެ އިނީ "ޢަރްޒް އިޒްރޭލް." ޢަރަބިން "ފަލަސްތީން". އިންގިރޭސީން "ފަލަސްތީން". މިއީ ފަލަސްތީންގައި ޔަހޫދީން ހުޅުވައިގެން އުޅުނު ބޭންކެއްގެ ފައިސާ ފޮއްޗެއް.

The name is already taken The name is available. Register?

ގަމާރުގޮލާ.

06 May 2024

އެފައިސާ ފޮތީގަ އިނގިރޭސިން އިސްރާއީލް ނުލިޔެ އިނީ ކީއްވެޔޯ؟

The name is already taken The name is available. Register?

އަހާށޭ ބުނާނަން

06 May 2024

މިއަދުގެ މައުލޫއަކީ އިޒުރޭލު / ފަލަސްތީނެއް ނޫން. މިލިއުމުގައި ފާހަގަ ކޮށްފައި މިވަނީ އިންޑިއާގެ މިހާރުގެ ވެރިކަން ކުރާ ޕާޓީއިން، ސިޔާސީ ބޭނުމަށް ގައުމުގެ ތަފާތު ނަސްލުތަކުގެ މެދުގައި (ވަކިން ޚާއްސަކޮށް މުސްލިމުން) ތަފާތު ކުރުންތައް އުފެދޭގޮތަށާއި ހަމަނުޖެހުންތަކަށް މަގުފަހިވާނެ ގޮތައް ވާހަކަދައްކާ މައްސަލަ.

The name is already taken The name is available. Register?

ޖ‫ުހާ ދީދީ

06 May 2024

ތިހުރީ ވަރައްވެސް ރަނގަޅަށް ބޯދޮވެފަ. އެބިމުގެ އަސްލު ވަޒަންވެރިންނަކީ ކަންނާނީން. އަހަރުމެންނަކީ މުސްލިމުން އެކަމަކު އޭގެ މާނައެއްނޫން މައްކާ އަށްގޮސް އެތާމީހުންމަރާ މިބިމަކީ ތިމަންނާތަނެކޭ ބުނާކަށް. އިސްރާއީލުގަ މިހާރު އެއުޅެނީ ޔޫރަޕު މީހުން. ކަންނާނީންނަކީ މިއަދުގެ އަރަބިން

The name is already taken The name is available. Register?

ލލލލލ

06 May 2024

ހިބްރޫ ބަހަކީ އިބްރާހީމްގެ ފާނުގެ ޒަމާނުގައި ބޭނުންކުރި ބަހެއް. ނަސާރާއިންނާއި ޔަހޫދީންނަހީ އަހްލުލްކިތާބުގެ ނަމުން ގުރުއާނުގައި ނިސްބަތްކުރާ މީހުން. އީސާގެ ފާނު ސަލީބަށް އެރުވުނުކަމަށް އެމީހުން ބުނި ހިސާބުން ޔަހޫދީން އުފެދުނީ. އެއީ އީސާގެ ފާނުގެ ގޮވައިލެއްވުމާ ދެކޮޅު ހެދި މީހުން. އޭގެން އެނގުނު އެއްޗަކީ ފަލަސްތީނުގެ ބިމަކީ ﷲ ތައާލާ މޫސާގެ ފާނުގެ އަރިހުގައި ތިބި ﷲ އަށް އީމާންވީ މީހުނަށް ދެއްވި ތަނެއްކަން. ﷲއަށް އީމާންނުވާ ބައެއްގެ ތަނެއްނޫން އެއީ

The name is already taken The name is available. Register?

ޤަމަރު

06 May 2024

1948ގެ ކުރިން އިޒްރޭލް ނުވާ ކަމަށް ދައްކަން ދައްކާ ލާރިއެއް. އޭގައި އިންނަނީ 1917 ޖަހައިފައި ޢަރަބިން "ފަލަސްތީން" އިނގިރޭސީން "ފަލަސްތީން" ހިބްރޫ އަކުރުން "ފަލަސްތީން- އަރުޒް އިޒްރޭލް" ޖަހައިފައި. މި ކަމުން އެނގެނީ އޭރުވެސް ފަލަސްތީންގައި ޢަރަބިންނާއި ޔަހޫދީން ތިބިކަން. ޔަހޫދީން ނެތް ނަމަ ހިބްރޫ ބަހުން ލިޔަން ޖެހޭ ސަބަބެއް ނެތް. އެ ލާރިއަކީ ފަލަސްތީންގެ ޔަހޫދީ ބޭންކަކުން ޖެހި ލާރިއެއް. ކުރިން ޔަހޫދީން އިޒްރޭލަށް ކިޔަނީ ފަލަސްތީން.

The name is already taken The name is available. Register?

މޯޑީބެ

06 May 2024

ހިންދު ކަރައިގެ އަސްލު މީހުނަކީ ހިންދޫން. އެކަމަކު މުސްލިމުން ހިންދުކަރަ ހިފީމަ އެއީ މުސްލިމުންގެ ބިމެއް. ފަލަސްތީން ނުވަތަ ބަނީއިސްރާޢީލް ކަރައިގެ އަސްލު މީހުނަކީ ޔަހޫދީން. މުސްލިމުން އެ ކަރަ ހިފީމަ މިހާރު އެއީ މުސްލިމުންގެ ބިމެއް. މުސްލިމުން ނަސާރާ ޔޫރަޕްގެ ސްޕޭން ހިފީމަ އަންދަލުސްއަކީ މުސްލިމުންގެ ބިމެއް.

The name is already taken The name is available. Register?

ސަލީމް އިދްރީސް

06 May 2024

މުސްލިމުން ކޮންމެ ބިމަކަށް އަރާ ހިފިޔަސް އެ ބިން ވަނީ މުސްލިމުނަށް ޙައްޤު އިސްލާމީ ބިމަކަށް. އެހެން ބަޔަކު އިސްލާމީ ބިމެއް ހިފިޔަސް އެ ބަޔަކުގެ ބިމަކަށް އެ ބިން ނުވޭ

The name is already taken The name is available. Register?

ދޯޕައްޓާ

06 May 2024

އޭއި އޯއި، ދެން މަލިކާއި ފޯޅަވަހީގެ ވެރިންނަކީ ކޮންބައެއްތަ.

The name is already taken The name is available. Register?

ހާމަކުރަމޭ

06 May 2024

ފަލަސްތީން ނުވަތަ ކަންއާންގެ ބިން ދެއްވީ މުސްލިމުންނަށް..އުރެދޭ ނުކިޔަމަންތެރި ޔަހޫދީންނަކަށް ނޫން..ތައުރާތުގަ ބުނާ ފަދައިން ކަންއާންގެ ބިން ދެއްވީ އިބްރާހީމްގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅަށް..އިބްރާހީމެގެފާނާއި އިސްމާއީލްގެފާނާއި އިސްހާޤުގެފާނާއި ޔައުޤުބުގެފާނާއި އެކަލޭގެފާނުގެ އަސްބާތުންނަކީ މުސްލިމުންކަން ކީރިތި ޤުރްއާން ހެކިދޭ..ނިކަން ބައްލަވާލައްވާ ބަޤަރާ ސޫރަތުގެ 140 ވަނަ އާޔަތުގެ މާނަ. ތިޔަބުނާ ޔަހޫދީންނަކީ މާފަހުން އައި ބައިގަނޑެއް.

The name is already taken The name is available. Register?

އަމީނު

07 May 2024

ތީ ހަގީ ގަތަކީ. މުސްލިމުން ބިން ނުހިފާނެ. އެމީހުން ފަތަހަ ކުރާނީ

The name is already taken The name is available. Register?

ރަދީފްއޮފިޝަލް.

06 May 2024

. އިންތިހާބުން ބަލިވާނެ.އިންޝާﷲ.

The name is already taken The name is available. Register?

ބުރުގާ

06 May 2024

މިވަރު ބައެއްގެ ފަހަތުން އަޅައިގަނެގެން ނެއްޓިގެން ނޭގިގެން އެމްޑީޕީ މީހުން އެއުޅެނީ. ދެން ވޯޓު ނުލިބުނީމަ ބުނާނެ "ވޯޓު ނުލިބުނު ސަބަބު ބަލަނީޔޭ ފަޅޮލޭ"

The name is already taken The name is available. Register?

ރީންދޫ

06 May 2024

ކަލޯ ދެލޯ ހުޅުވާގެން ބަލާބަލަ ޗައިނާގައި މުސްލިމުން މަރާ މިސްކިތް ތަޅާ ގުރުއާން އެތެރެކުރުން މަނާ ކޮށް ފޯނުގައި އިންނަ ޤުރްއާން އެޕް ޑައުންލޯޑް ކުރުން މަނާކޮށް ރޯދަ ހިފުން މަނާކޮށް އުޅޭ ތަން. އިންޑިޔާގައި މޯދީ އެހެން ކިޔަސް އެއަށް ޢަމަލެއް ނުކުރެވޭނެ ސަބަބަކީ އެއީ ޣައިރްގާނޫނީ ވާހަކައެއް ސަބަބަކީ ޤާނޫނުތަކުގައި ހުރިހާ ދީނެއް ނަސްލެއް ހުއްދަ. ޗައިނާގައި ގާނުނުތަކުގައި ވެސް މަނާ. ކޮމިޔުނިސްޓް ބޭޏުން ގޮތެއް އޮންނަނީ. ޕީއެންސީ އުޅެނީ ޗައިނާ ފޫބުޑުން

The name is already taken The name is available. Register?

ފޫނު

06 May 2024

އިންޑިޔާގަ މިހާރު މުސްލިމުންނައް ވަރައް ދަތި ކުރޭ ގޭން ވެސް އެބަ ނެރެލާ ކޮބާހޭ ކަލޭގެ ކާބަފައިންގެ ލިޔުން އެނެތޭ ކިޔާފަ އަދި ގެތައް ސުންނާފަތި ވެސް އެބަކޮއްލާ. އަދި ޗައިނާ ނޫޅޭ ރާއްޖެ ހިފާކައް އެހެން ވެސް ގޮވަނީ އިންޑީޔާއިން. އާ ވަރައް ޗައިނާޔާ އަޅާ ކިޔޭނެ ވިއްޔަ

The name is already taken The name is available. Register?

ރިޒް5555

08 May 2024

ތީ ސިޔާސީ އުކުޅު! ހުންދޫން ގެ ގިނަ ވޯޓް ހޯދަން މޯދީ ޖައްސާ ގޭމް! ހަގީގަތުގަ މޯދީ އަކީ ވެސް މުސްލިމުން ނާ އިދިކޮޅު މީހެއް ނުން! ރަގަޅަށް ދިރާސާ ކުރޭ މޯދީ ގެ ސިޔާސީ ވެރިކަން!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454