07 މެއި 2024 - 10:29
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުގައި ބަހައްޓަން ނުފެންނަ ކަމަށް އެ ދާއިރާގެ ރައްޔިތުން ވޯޓު ދީފި ނަމަ، ވަކި ކުރެވޭ ގޮތް ހަދަން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފި އެވެ.
އެ އިސްލާހު ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އެހެން ނަމަވެސް އިއްޔެގެ ވަގުތެއްގައި އޭނާ އެ އިސްލާހު އަނބުރާ ގެންދަވާފައިވާ ކަމަށް ރިޔާސަތުން މިއަދު އިއުލާން ކުރި އެވެ.
އެމްޑީޕީން މިހާރު ވެސް ވަނީ މެންބަރުން ވަކި ކުރެވޭ ހާލަތްތަކެއް ބަޔާން ކުރާ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް ފާސް ކޮށްފަ އެވެ. ނަމަވެސް ހަސަން ހުށަހަޅުއްވާފައި ވަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އަށް އިތުރު ބައިތަކެއް ހިމެނުމަށެވެ. އަދި މަޖިލީހުގެ މެންބަރު ކަމުން ވަކިވާނެ ފަސް ހާލަތެއް އެ އިސްލާހުގައި ބަޔާން ކޮށްފައިވެ އެވެ.
- މެންބަރަކު އިންތިހާބުވި ޕާޓީން އަމިއްލަ އިސްނެގުމުގެ މަތިން ވަކިވުން ނުވަތަ ޕާޓީ ބަދަލުކުރުން.
- އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު ޕާޓީއަކާ ގުޅުން.
- ޕާޓީގެ ނިންމުމަކާ ހިލާފަށް މަޖިލީހުގައި ވޯޓު ދިނުމުގެ ސަބަބުން ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް މެންބަރަކު ޕާޓީން ވަކިކުރުން
- މަޖިލީހުގައި ދޭ ވޯޓަކާ ގުޅިގެން ނޫން ހާލަތެއްގައި ޕާޓީއަކުން މެންބަރަކު ވަކިކޮށްފި ނަމަ، އޭނާ އިންތިހާބުވީ ދާއިރާގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަޣުލަބިއްޔަތުން އޭނާ އެ މަގާމުން ވަކި ކުރަން ނިންމުން.
- މެންބަރަކު ވަކިކުރަން ދާއިރާގެ ވަކި ޕަސެންޓެއްގެ ރައްޔިތުން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅާ ހާލަތުގައި، ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުން ވޯޓުލާ މީހުންގެ އަޣުލަބިއްޔަތުން އެ މެންބަރަކު މަގާމުން ވަކި ކުރަން ނިންމުން
ފަސް އަހަރުގެ ދައުރަކަށް އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުން ވަކި ކުރެވޭނެ ގޮތެއް މިހާރު ގާނޫނުއަސާސީގައި ނޯވެ އެވެ. ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މަގާމުތަކުގެ ތެރެއިން ވަކި ކުރެވޭނެ އުސޫލެއް ނެތް ހަމައެކަނި މަގާމަކީ ވެސް މަޖިލިސް މެންބަރުންނެވެ.
ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތީ މަޖިލީހުގެ މެންބަރެއްގެ މަގާމު ގެއްލޭނެ ހާލަތްތަކެވެ. އޭގެ ތެރޭގައި ހިމެނެނީ ދަރަންޏެއް ސާބިތުވެ އެ ގަވައިދުން ދައްކަމުން ނުދިޔުމާއި 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ޖިނާއީ ކުށެއްގެ އަދަބު ސާބިތުވުމެވެ.
މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވަނީ މެންބަރުން އަނބުރާ ގެންދަވާފައިވާ އިތުރު އިސްލާހުތައް ވެސް ވިދާޅުވެފަ އެވެ.
އޭގެ ތެރޭގައި މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު ގާނޫނުއަސާސީ އަށް ހުށަހަޅުއްވާފައިވާ އިސްލާހަކާއި އިލެކްޝަންސް ކޮމިޝަނަށް މެންބަރުން ހޯދުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބޭ ގޮތަށް ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ހުށަހަޅާފައިވާ އިސްލާހެއް ވެސް އެ ދެ މެންބަރުން އަނބުރާ ގެންދަވާފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
މިހާރު މި ހިނގަނީ 19 ވަނަ މަޖިލީހުގެ ފަހު ޖަލްސާތަކެވެ. މަޖިލީހުން ނިންމާފައި ވަނީ އެންމެ ފަހު ޖަލްސާ އަންނަ ހޯމަ ދުވަހު ބޭއްވުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅުހުއްތު
07 May 2024
ހުވާ މިބުނީ މިއޮތީވާ ކަމެއް. ފިސާރި ހިނިވެސް އާދޭ.
އައިމިނާ
07 May 2024
ކިހާބުރަ މަސައްކަތް މިކުރަނީ. އެއްދުވަހު ބިލު ހުށަހަޅާފަ އަނެއް ދުވަހަކު އަނބުރާ ގެންދަނީ. ވަރަށް ބިޒީ ކޮށް އުޅޭ ޢިއްޒަތްތެރިން ތަކެއް.
އޮނަރަބްލް އަފީފު ދީދީ
07 May 2024
އެންމެފުރަތަމަ ކުރާންޖެހޭކަމަކީ މަޖިލިސް އެކުލެވިގެންވާގޮތަށް ބަދަލުގެނައުން. # މިގޮތުން މިހާރުހުރި ކުދިކުދި އެތައް ދާއިރާތަކުގެ ބަދަލުގައި މަޖިލީހުގައި ރާއްޖޭގެ ރައްޔިތުން ތަމްސީލުކުރާނެ މެންބަރުން އިންތިޙާބުކުރާނީ ރާއްޖެ އިދާރީ ޤާނޫނީ 3 ދާއިރާއަކަށްބަހައިގެން މިއިން ކޮންމެއިދާރީދާއިރާއަކުން 30 މެންބަރުންކަމަށް (އޭރުން މަޖިލީހުގައިތިބޭނީ ޖުމްލަ 90 މެންބަރުން) ކަޑައަޅާ ފުރަތަމަ އެކަންކަންއިންތިޒާމްކޮށްފައި ދެންހުރި ކަންކަމާއިގެން އުޅެންވީނޫންތޯ.
އޮނަރަބްލް އަފީފު ދީދީ
07 May 2024
މަތީގައިދެންނެވި ބަދަލުގެނައުމުގެ އެންމެބޮޑުބޭނުމަކީ މަޖިލީހުގައި ވަކިހިއްޕައިގެން ތިބި "މާމިގިލި، އޭދަފުށި އަދި ދ މީދޫ ދާއިރާފަދަ" ދާއިރާތަކުގެ ގޮނޑިތައް ވާރުތަކޮށްގެން ތިބޭމީހުނާއި، އަދި އައްޑޫ ހިތަދޫ އުތުރުދާއިރާގެ ގޮނޑީގައިއިންނެވި ހާޒިރީގެފުލުން ރެކޯޑްހަދާމީހާފަދަ މީހުނަށް ފުރުސަތުހަނިކުރުމާއި، ރާއްޖޭގައި އާންމުވެފައިވާ ވޯޓް ގަނެވިއްކުމުގެ ނުބައި އާދަ މުޅިން އެއްކޮށް ނައްތާލުން. މިދެންނެވި ބަދަލުން މިކަން ޙާސިލްވާނެ ކަމާއިމެދު ޝައްކެއްނެތް.
އޮނަރަބްލް އަފީފު ދީދީ
08 May 2024
މިދެންނެވި ބަދަލުތަކާއި އެކުގައި އިދާރީ 3 ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއަކަށް ކުރިމަތިލާ އެންމެންގެ ނަންތައް ވޯޓް ކަރުދާހުގައި ހިމަނާފައި އޭގެތެރެއިން ސަރަޙައްދުން ވޯޓުލީމީހުން އެންމެގިނައިން ވޯޓްދީފައިވާ 30 މީހުން އިންތިޙާބުކުރާގޮތަށް ޤާނޫނުހެދުމުން ވޯޓް ގަނެވިއްކަން އޮތްފުރުސަތު މުޅިންކަހަލަގޮތަކަށް ގެއްލޭނެ. ސަބަބަކީ ވޯޓްގަންނާން ބޭނުންނަމަ މަދުވެގެން 50 ހާސް މީހުންގެ ވޯޓް ގަންނާންޖެހޭނެތީ އެއީ ނާދިރުކަމަކަށްވާނެތީ އެކަންނުކުރާނެ.
އައިމިނާ
07 May 2024
ރ.ނަޝީދުގެ މައްސަލައޭ ކިޔަނީ މި މީހުން އަޅާނުލާ ބަލަން ތިބީ ކީއްވެ. އެ ވަރުން ނުވެގެން މަޖިލީހުގެ ރައީސްކަމުންވެސް ބޭރު ކޮށްލީ. އެހާ އިހާނެތިކޮށް ކަންކޮށްފަ ކީކޭބާ މި ކިޔަނީ.
ޖުއްބާ
07 May 2024
ގެންދޭ ގެންދޭ، އަވަހައް ގެންދޭ. ތި ހަސަން ލަތީފުއާ އީވާމެންނަކީ ދާއިރާއައް އެއްވެސް ފައިދާއެއްކޮއްދިން ބައެއް ނޫން. އަމިއްލަފުޅައް މުއްސަނދިވެލެއްވުން ނޫންކަމެއް ވޭތުވެދިޔަ 5އަހަރު ނުކުރެވުނު.