މޫސާ ޒަމީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު
09 މެއި 2024 - 15:55
ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ގުޅުން ރަނގަޅު ކުރާނެ ގޮތްތަކާ މެދު އެއް ވިސްނުމަކަށް އައުމަކީ ދެ ގައުމަށް ވެސް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ، ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި މިއަދު ދެ ބޭފުޅުން އެކުގައި ބޭއްވެވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.
ޒަމީރާ އެކު ބޭއްވެވި ބައްދަލުވުމުގައި ޖައިޝަންކަރު ވިދާޅުވީ، އިންޑިއާ އަކީ ރާއްޖޭގެ ތަރައްގީ އަށް އެހީތެރިވާ އެންމެ މުހިންމު އެއް ގައުމު ކަމަށެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު މިއަދު ބައްދަލުކުރައްވައި ދެ ގައުމުގެ ވާހަކަތައް ކުރިއަށް ގެންދަވަނީ.
ރާއްޖޭގައި ހިނގާ އުމްރާނީ މަޝްރޫއުތަކާއި އިޖުތިމާއީ ސިއްހީ އަދި މީހުން ބިނާ ކުރުމުގެ ދާއިރާ އިން އިންޑިއާ އިން އެހީތެރިވެފައިވާ ކަން ޖައިޝަންކަރު ފާހަގަކުރެއްވި އެވެ. މިދިޔަ ދުވަސްތަކުގައި ރާއްޖެ އަށް މާލީ ގޮތުން ވެސް ބޮޑެތި އެހީތަކެއް އެ ގައުމުން ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދުނިޔެ މި ދުވަސްވަރު އޮތީ އުނދަގޫ އަދި ނާޒުކު ހާލަތެއްގައި ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ. އަދި ކޮވިޑް-19 އާއި ކާރިސާތަކާއި އިގްތިސާދީ ދަތި ދުވަސްތަކުގައި ފެނުން ފަދައިން އަވަށްޓެރިންނާ ގާތް ގުޅުމެއް އޮތުމަކީ ވަރަށް އަގުހުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު މިއަދު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވަނީ.
"ދެ ގައުމުގެ ގުޅުން އެންމެ ރަނގަޅަށް ކުރިއަށް ގެންދާނެ ގޮތަކާ މެދު އެއް ވިސްނުމަކަށް އައުމަކީ ދެ ބައި މީހުންގެ މަސްލަހަތު އޮތް ކަމެއް،" ޖައިޝަންކަރު ވިދާޅުވި އެވެ.
އިންޑިއާ އަށް ފެއްޓެވި ދަތުރުގެ ކުރިން ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރު "މިހާރު" އަށް އިއްޔެ ވިދާޅުވީ، މި ދަތުރުގެ މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމް އިތުރުކޮށް، ގުޅުން ހަރުދަނާ ކުރުމަށް ކަމަށެވެ.
"... އެއީ ދެ ގައުމުގެ އާންމު ރައްޔިތުންނާއި ސިޔާސީ ލީޑަރުންނާއި އަދި ވިޔަފާރިވެރިންނަށް ވެސް އިހުތިރާމްކޮށް، ހުރިހާ ފެންވަރެއްގައި ވެސް ކުރިއަށް ނަގަހައްޓާނެ ގުޅުމަކަށް ހެދުމުގެ މައްޗަށް،" ދަތުރުގައި އިންޑިއާގެ ސަރުކާރުގެ އިސްވެރިންނާ އެކު ބާއްވަވާ މަޝްވަރާތަކުގައި އިސްކަން ދެއްވާނެ ދާއިރާތަކާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން މިނިސްޓަރު ވިދާޅުވި އެވެ.
އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ ސްޕީޑް އަވަސް ކުރުމާއި އެ ގައުމުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދަން ވެސް ޒަމީރު، ޖައިޝަންކަރާ މަޝްވަރާ ކުރައްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1206
11 May 2024
ތިޔައިގެ މާނައަކަށް ވެގެން ނުވާނެ، އިންޑިޔާ ބިޔަވީމާއި، އިންޑިޔާ ވަރުގަދަ ވީމާ، އިގުތިސާދީ ބާރަކަށްވީމަ، އެމީހުންގެ ވިސްނުމާއި އަހަރުމެން އެއް ހަމައަށް އައުމެއް. އެއް ވެސް ވިސްނުމަކަށް އައުމުގެ ހަގީގީ މާނައަށް ވާންޖެހޭނީ ޕްރޮޕޯޝަނޭޓް ކޮމްޕްރޮމައިސެސް (ނިސްބީ ގުރުބާނީތަކެއް) ދެ ފަރާތުން ދޭންޖެހުން. އިންޑިޔާ ކިތަންމެ ބިޔަވެފައި ބާރުގަދަޔަސް، މި ދިވެހިރާއްޖެޔަކީ ވެސް މުސްތަގިއްލު ވެރިކަމެއް ހިނގާ މުސްތަގިއްލު ސިޔާދަތީ ހައްގު ލިބިގެންވާ ދައުލަތެއް.
ބަރުބާދު
10 May 2024
ތިޔަ އެއްވިސްނުމަކީ ބީޖޭޕީގެ ވިސްނުމައް ނަހަދާތި!!!
އޮޑިހަނު
10 May 2024
އަމިއްލަ ޤައުމުގަ އުޅޭ 200އެއްހާ މިލިއަން މުސްލިމުންނާ ޢަދާވާތްތެރިވެ އެމީހުންނަށް އިހާނާތްތެރިވެ، ގެތަކާ، ވިޔަފާރިތަކާ މިސްކިތްތައް ތަޅަމުން ދުވާ ބަޔަކާ އަހަރުމެން ކަހަލަ މުސްލިމުން އުޅޭ ޤައުމަކާ ކިހިނެތްހޭ "އެއް ވިސްނުމަކަށް" އަންނާނީ. ނުވާނެ ތިކަމެއް.
ޝޮކްތެރަޕީ
09 May 2024
ފެނާ ތެލާ އެއްކުރަން ނޫޅެ.
ޝޮކްތެރަޕީ
09 May 2024
ޖަޕާނުންވެސް ޗައިނާވެސް ރާއްޖެއަ އެހީވޭ. ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެޔައް ނުވަދޭ.
އަފްރާސިޔާބު
09 May 2024
އިންޑިޔާ އައުޓް ކިޔާކަށް ދެން އެއްވެސް ކުއްޖަކަށް ނުކެރޭނެ. އިންޑިއާ އިން ކިޔަންވާ ގަދަ އަޑުން. މިއޮތީ މަބުނިތަން އައިސް ޖެހިފައި. އެމީހުންގެ ތައްޕާހުން އުޅެން ދަސްކޮށްގެން އިންޑިޔާ ފިޔާ އަލުވި ބިސް ހަވާދު މުގު ހަނޑޫ ހަކުރު ފުށް ކައިގެން އެމީހުންގެ ހޮސްޕިޓަލު ތަކުން ބޭސް ކޮށްގެން އުޅެންޏާ އެންމެ ފަހުން ސައިޒަށް ތިރިވާނެ. ދެން އަވަހަށް ރަހުލް ގާނދީގެ އަރިހަށް ޒިޔާރަތެއް ކޮށްލާ!
ބޮސް ގެ ބޮސް
09 May 2024
އޭ ސައިޒް ވީ ބަޔަކު އޮޅިއްޖެ ދޯ؟
މޯޑް
09 May 2024
ކޮންމެ ސަރުކާރަކުން ވެސް ބޭނުންވާަ ގޮތް ވިއްޔާ
ކޮބާ އިންޑިއާ އައުޓަށް އަތްޖެހި ގުނބޯތައް
09 May 2024
މިހާރު ތިބޭނީ ރާކަނިމަސް ކެވިފަ! އަދިވެސް މޯދީ އެދުވަނީ މުސްލިމުންނާ ދިމާކުރަމުން!
ހިބިރިންބެއްޔާގެ ކުޑަސޮރު
09 May 2024
ފާޑަކަށް އެއްވިސްނުމަށް އާދެވިފާތާ މިހުރީ. މޫނުތަކާ ޔުނީފޯމުތައް ބަދަލުކޮށްލީ. ހަމަ ބޮލަކަށް ބޮލެއް ގެންނަގޮތަށް އެއްބަސްވީ. ހަމަ ކުރަނީ އެއްކަމެއް ބަލިމީހުން އުފުލުމުގެ ނަމުގާ.
އަބްޑޫޅް +
09 May 2024
ތިޔަ މީހުންނާ އެއްވިސްނުމަކަށް އައުމުގެ ބޭނުމެއް ނެތޭ. ބިރިޔާނިއަށް ވުރެން ޗައޮމިން މާ މީރޭ. ބުންބާ ބޮލީވުޑަށް ވުރެން، ޝެންހާއި ޝެލީވުޑު މާ ގަދަޔޭ!
24ކެރެޓް
09 May 2024
އަބްޑޫލްމެން ރާއްޖޭން ބޭރުގައި އުޅުނަސް، ގިނަ ދިވެހިންނަށް މިހާރުވެސް ބިރިޔާނީ މާ މީރޭ ޗައޮމިން އަށް ވުރެ.. ބޮލީވުޑްވެސް މާ ގަދައޭ! ކިއްވެތަ އޮޅިގެން ތިޔަ އުޅެނީ؟