ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު އިއްޔެ ބައްދަލުކުރައްވަނީ.
10 މެއި 2024 - 20:46
ދިވެހި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ކުޑައިމީސްކޮށް ބަދުބަސް ބުނި މައްސަލަ ދެން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ދެއްވައިފި އެވެ.
ޒަމީރު އެގޮތަށް ވިދާޅުވީ އޭނާ އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުގައި އިންޑިއާގެ މީޑިއާއެއް ކަމަށްވާ އޭޝިއަން ނިއުސް އިންޓަނޭޝަނަލް (އޭއެންއައި) އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
އެ އިންޓަވިއުގައި ޒަމީރު ވިދާޅުވީ ޑެޕިއުޓީ މިނިސްޓަރުންތަކެއް ސޯޝަލް މީޑިއާގައި ދެއްކި އެ ވާހަކަތަކަކީ ދިވެހި ސަރުކާރުގެ ވިސްނުން ނޫން ކަން ކުރިން ވެސް ހާމަކޮށްފައި ވާނެ ކަމަށާއި އެ މައްސަލައާ ގުޅިގެން އެކަން ތަކުރާރުވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަޅާފައިވާ ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި ސޯޝަލް މީޑިއާގައި އަދިވެސް އެބައުޅޭ ހިޔާލުތަފާތުވުންތަކެއް. ނަމަވެސް، ދިވެހި ސަރުކާރާއި އިންޑިއާގެ ސަރުކާރާ ދެމެދުގައި މިހާރު އެ ހިޔާލުތަފާތުންތަކެއް ނެތް. އެކަމުން އަޅުގަނޑުމެންނަށް އަރައިގަނެވިއްޖެ،" އޭނާ ވިދާޅުވި އެވެ.
ލަކްޝަދީޕްގެ ޓޫރިޒަަމް ޕްރޮމޯޓްކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓަށް ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި އަބްދުﷲ މަހްޒޫމް މާޖިދު ދިން ރައްދުތަކަކާ ހެދި، ރާއްޖެ ހޫނުފެނަށް ވެއްޓުނެވެ. އެ މައްސަލައިގެ އެ ތިން ބޭފުޅުން ވަނީ ސަސްޕެންޑުކޮށްފަ އެވެ.
ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ގުޅުން ރަނގަޅު ކުރާނެ ގޮތްތަކާ މެދު އެއް ވިސްނުމަކަށް އައުމަކީ ދެ ގައުމަށް ވެސް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ވެސް އިއްޔެ ވިދާޅުވި އެވެ. ނިއު ދިއްލީގައި ޒަމީރާ އެކު ބޭއްވެވި ބައްދަލުވުމުގައި ޖައިޝަންކަރު ވިދާޅުވީ، އިންޑިއާ އަކީ ރާއްޖޭގެ ތަރައްގީ އަށް އެހީތެރިވާ އެންމެ މުހިންމު އެއް ގައުމު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަހަމަކަން
11 May 2024
ދިވެހިން އެކަންޏެއްނުން އިންޑިޔާ އަށާއި އިންޑިޔާގެ ވެރިންނަށް އިހުތިރާމް ކުރަންވީ. އިންޑިޔާގެ ވެރިންވެސް އެބަޖެހޭ އެގައުމުގެ މީޑިއާތަކަށް އަންގާ ހުއްޓުވަން އެތަންތަނުން ދިވެހިރާޖެ އަށާއި ދިވެހިން ހޮވާފައި ތިބިވެރިންނަށް ކުޑައިމީސްކޮށް ޚަބަރު ނުކިއުމަށާއި އެންޓިކެމްޕެއިން ކުރުން ހުއްޓާލުމަށް.
މުޙުއްމާ
11 May 2024
އިންޑިއާ ސިފައިން ފައިބައިފި. އެކަމަކު އިންޑިއާ ސިފައިން ޔުނިފޯރމް ބާލާފަ ސިވިލިއަނުންނޭ ކިޔާފަ އަތުވެއްޖެ. ދިވެހިންނަށްވެސް ބޯޓުތައް ދުއްވޭނެ. ދިވެހިންގެ އަގުވައްޓާނުލައްވާ.
މިންހާގް
11 May 2024
އަހަރުމެން ގައުމު މި ބޭނުންވާ ސްޕީޑުގައި ތަރައްގީ ގެނެވޭނީ ގައުމުތަކާ ގުޅިގެން، ހާއްސަކޮށް އިންޑިޔާ އާ.. ދެން ބުރިޖްގެ މަސައްކަތްވެސް އަވަހަށް ގޮސް ނިންމާލަން ވީ
މަހްދީ އިބްރާހިމް
11 May 2024
މި ސަރުކާރުގެ ފޮރިން ޕޮލިސީ ތަފާތުވާނެ. މިހާރުވެސް މި ފެނިގެން ދިޔައީ އޭގެ މަލަމަތި.
ސައުދޫން
11 May 2024
އިންޑިޔާއިން އަހަރުމެންގެ ދާހިލީ ކަންކަމާ ނުބެހޭ ހިނދެއްގަ އެމީހުނާ ޒާތީވުން އެއީ އެއްވެސް ވަރަކަށް ކޮށްގެން ވާނެ ކަމެއްނޫން.
ސިމްވާ
11 May 2024
ބަޔަކު ބުނި ރައީސް މުއިއްޒު އަށް ވަރިހަމަ ވާނެއޭ އިންޑިޔާ ދިމާލަށް ކޮންމެ އެއްޗެއް ކިޔަސް. މުއިއްޒު އުޅެނީ އިންޑީޔާ އާ ޖެހިގަނެގެންނޭ.. ކޮބާ ހީވޭ ކަމެއްހެން، މުއިއްޒު މީ ތޯ ތޯ މީހެއް ނޫނޭ
ނުއުމާން
11 May 2024
ކުރީގެ ސަރުކާރުތަކުން ފެނިގެންދަނީ އަބަދުވެސް ކޮންމެވެސް ގައުމަކާ އެއްކޮޅަކަށް ފޭވަރ ވެގެން އުޅޭ މަންޒަރު، މި ސަރުކާރުން މި ފެނިގެންދަނީ ހުރިހާ ގައުމަކާ ގުޅިގެން މަސައްކަތް ކުރަމުންދާ މަންޒަރު. މީ ރަނގަޅު ފާލެއް
މައުސޫމް
11 May 2024
ރައީސް މުއިއްޒުގެ ވެރިކަމަކީ އަންނަން އޮތް ޖީލުތަކަށް ނަމޫނާ ވެރިކަމަކަށް ވެގެންދާނެ. ވަރަށް ބަރާބަރު ނިންމެވެމެއް
ހުމާމް
11 May 2024
ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރި ދުވަހުގެ ހިތާބުގަވެސް ބުނި ތިމަންނަށް ފޮރިން ޕޮލިސީ ތަފާތުވާނެ އޭ. އަހަރުމެންގެ ގައުމުތަކާ މެދު ވިސްނާ ގައުމުތަކާ މެދު އަބަދުވެސް ގާތް ގުޅުން އޮންނާނޭ. މިނިވަން ކަމުގެ ރަތް ރޮނގު ފިސާރި ރަނގަޅަށް ފަވާލާނެ ކަމަށް.
ހަނީފްް
11 May 2024
ފެށުނީންސުރެ އިންޑިޔާ އާ އޮތް ގާތް ގުޅުން އަބަދުވެސް ބާއްވަންވާނެ. އުފާވެރި ހަބަރެއް