މިއަދުގެ މީޑިއާ ބްރީފިންގައި މިނިސްޓަރު އިހުސާން ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
12 މެއި 2024 - 15:04
ރާއްޖޭގެ އެކި ރަށްރަށުގައި ފުލުހުންގެ އިމާރާތްތަކެއް އެޅުމަށް ކުރީ ސަރުކާރުން ހަވާލު ކުރި އިންޑިއާ ކުންފުނި ދެނެގަނެވިފައިވާ ކަމަށާއި 3.6 މިލިއަން ޑޮލަރު (55.5 މިލިއަން ރުފިޔާ) ވެސް އެ ކުންފުނީގައި އެބަހުރި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ކުރީ ސަރުކާރުން ވަނީ 61 ރަށެއްގައި ފުލުހުންގެ އިމާރާތް އެޅުމަށް 41 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށައި އެ މަސައްކަތް އިންޑިއާ ކުންފުންޏަކާ ހަވާލު ކޮށްފަ އެވެ.
އެ ޕްރޮޖެކްޓަށް ފައިނޭންސް ކުރަން ނިންމާފައި ވަނީ 85 ޕަސެންޓް އިންޑިއާގެ އެގްޒިމް ބޭންކުން ދައްކައި ބާކީ 15 ޕަސެންޓް ދިވެހި ސަރުކާރުން ދައްކާ ގޮތަށެވެ.
އެހެން ނަމަވެސް އިހުސާން މީގެ ކުރިން ވިދާޅުވެފައި ވަނީ އެ ލޯނު ހަމަޖައްސައި ދެވެން ނެތް ކަމަށް އެގްޒިމް ބޭންކުން އަންގާފައިވާ ކަމަށާއި ނަމަވެސް ދިވެހި ސަރުކާރުން އެޑްވާންސް ފައިސާ މާ ކުރިން އެ ކުންފުންޏަށް ދައްކާފައިވާ ކަމަށެވެ.
މާޗް 7، 2023 ގައި ސަރުކާރުން އެ ކުންފުންޏަށް 3.6 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށާއި ނަމަވެސް އެ ކުންފުންޏާއި ފައިސާ އަށް ވެސް ވީނުވީއެއް ނޭނގޭ ކަމަށް އިހުސާން ވިދާޅުވެފައިވެ އެވެ.
ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އިހުސާން ވިދާޅުވީ އެ ކުންފުނި މިހާރު އައިޑެންޓިފައި ކޮށްފައިވާ ކަމަށާއި އެ ކުންފުނި ދިވެހި ދައުލަތާއެކު އެއްބަސްވުމަކަށް އައިސްފައި ވަނީ ޖޮއިންޓް ވެންޗާއެއްގެ ތެރެއިން ކަމަށެވެ.
ނަމަވެސް އެ ޖޮއިންޓް ވެންޗާ މިހާރު އުވިފައިވާ ކަމަށާއި ސަރުކާރުން ދިން 3.6 މިލިއަން ޑޮލަރު ވެސް އެ ކުންފުނީގައި ހުރި ކަމަށް އެ ކުންފުނީގެ ފަރާތުން މައުލޫމާތު ދިން ކަމަށް އިހުސާން ވިދާޅުވި އެވެ.
"މިހާތަނަށް ޔަގީންވެ ކަށަވަރުވާ ގޮތުގައި ދިވެހި ދައުލަތުގެ 3.6 މިލިއަން ޑޮލަރު އެ ކުންފުނީގެ އެކައުންޓަށް ޖަމާ ކޮށްފައިވޭ، އެ ލާރި އެ މީހުންގެ އަތުގައި އެބަހުރި ކަމަށް އެ މީހުން އެބަ މައުލޫމާތު ދޭ." އިހުސާން ވިދާޅުވި އެވެ.
އެ މަޝްރޫއު ހަވާލު ކުރި ކުންފުނިން ޖޮއިންޓް ވެންޗާ އުވާލުމުން ދިމާވެފައިވާ ގާނޫނީ މައްސަލަ ހައްލުވުމުން 3.6 މިލިއަން ޑޮލަރަށް ވާވަރަށް ރަށްރާށުގައި ފުލުހުންގެ އިމާރާތް އަޅާނެ ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.
އެ މައްސަލަ ތަހުގީގު ކުރަން މިހާރު ފުލުހަށް ހުށަހަޅާފައިވާ އިރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ކުރިޔަށް އޮތް ތަނުގައި ހުށަހަޅާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚިލާފު
14 May 2024
ކީއްވެ ބާ ލާރި ނަގާ ފަ މަސައްކަތް ނު ފަށާ ހުރީ؟
ނަހަމަ އިންސާފު
13 May 2024
ޞާލިޙު ޤައުމަށްވި އެންމެ ބޮޑު ޚިޔާނާތުގެނތެރޭގައި ހިމެނޭނީ ލިބިފައިވާ ބާރުގެ ދަށުން ވަކިބަޔަކަށް ފައިދާ ކޮށްދިނުމަށް ބޮޑެތި އަދަދުތަކުން މާފު ކޮށްދީފައިހުރި ވަކިބައެއްގެ ޖޫރިމާނާ ފައިސާތައް. މި ފައިސާ ތަކުގެ ތަފްޞީލު ރައްޔިތުންނަށް ހާމަ ކުރެވެން ޖެހޭނެ. މީ ހުވަޔާ ޚިލާފު ނިންމުމަކަށް ނުވެ ނުދާނެ ކަމެއް. މިކަމުގައި އެންޓި ކޮތަޕްޝަން އޮފީސް އިސް ނަގައި ބަލަންޖެހޭނެ ކަމަށް ގޮވައިލަން.
މުގުދަރު
13 May 2024
ކުންފުނި ހޯދުނީ ފިލައިގެން އުޅެނިކޮށްތަ؟
އަލީ
13 May 2024
ބޭކާރު ވާހަކަ...
ައާސިލްް
13 May 2024
ގައުމުގެ ކުރިމަގު ބިނާކުރުމަށް ރައްޔިތުން ރައީސް މުއިއްޒު ގައުމުގެ ވެރިޔަކަށް ހޮވުން އެއީ ރައްޔިތުންގެ ނަސީބު. އެހެންނޫންނަމަ މި ރާއްޖެއް ނޯންނާނެ.
ފަތުހުﷲ
13 May 2024
ފެނޭތަ އެމްޑީޕީ ސަޕޯޓަރުންނަށް؟ މިއީ ތިމީހުންގެ ވެރިކަމުގައި ކުރި ކުޑަ ވައްކަމެއް!
ޖާވިދްް
13 May 2024
މިފަދަ އަދި ކިތަށް ޖަރީމާއެއް ފެންމަތިވާނެތޯ ރަނގަޅަށް ބަލައިފިނަމަ. ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވި އިބޫ ސަރުކާރަށް އަދި އެމްޑީޕީއަށް ދުވަހަކުވެސް ތާއިދެއްނުކުރާނަން.
ތިހާމް ހަސަން
13 May 2024
މިދިޔަ ސަރުކާރުން ވައްކަން ކުރުން ނޫން ކަމެއް ނުކުރޭ. އޭގެ ހެއްކެއް މިއި.
މިއުރާޖްް
13 May 2024
މިފަދަ ބޮޑު ގެއްލުމެއް ރައްޔިތުންގެ ލާރިން ދިން އިރު މިކަމާ ޒިންމާވާނެ ބަޔަކު މިހާރު ނެތް. މި މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ.
ކާމިލްް
13 May 2024
ރާއްޖޭގެ މިހާތަނަށް ހިންގި އެންމެ ބޮޑެތި ސްކޭމްތަށް ހިންގީ މިދިޔަ ސަރުކާރުން