ޚަބަރު / ޓެކްސީ އަގު

އެއާޕޯޓަށް ޓެކްސީތައް ނުދާ ކަމުގެ ޝަކުވާ، އިހުސާން ވިދާޅުވީ ސަރުކާރުން ދޫނުދޭނެ ކަމަށް

އެއާޕޯޓް ޓެކްސީ ކިޔު: އެއާޕޯޓަށް ދާ ޓެކްސީ މަދުވެފައިވާ ކަމަށް ޝަކުވާ ބޮޑުވެފައިވާއިރު ސަރުކާރުން ބުނީ އެކަމުގައި ދޫނުދޭނެ ކަމަށް - ފޮޓޯ: ނިޝާން އަލީ / މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޓެކްސީ ކިއުގައި ހަމައެއްލަމައެއް ނެތް ނޯންނަ ކަމުގެ ޝަކުވާތަކާ އެކު، އެ ތަނަށް ފުލުހުން ނެރެ ސަރުކާރުން އެޅި ފިޔަވަޅުތަކާ ގުޅިގެން އެއާޕޯޓް ދަތުރު ނަގަން ކިއުގައި ޖެހޭ ޓެކްސީތަކުގެ އަދަދު މަދުވެ، ޓެކްސީ ލިބުން ދަތިވެއްޖެ އެވެ.

މީގެ ކުރިން ޕްރައިވެޓް ކާރުތަކާއި ބިދޭސީން ދުއްވާ ޓެކްސީތައް ވެސް އެއާޕޯޓުން ދަތުރު ނަގަ އެވެ. ނަމަވެސް، މިހާރު އެ ސަރަހައްދުގައި ކޮންމެ ގަޑިއެއްގައި ވެސް ދެ ފުލުހުން ހަރަކާތްތެރިވެ އެވެ. އަދި ޓެކްސީތައް ވަކި ހަމައަކުން އަމަލު ކުރުމަށް ފުލުހުން އިރުޝާދު ދެ އެވެ.

އެކަމަކު، ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާއި ފުލުހުން ގުޅިގެން އެޅި ފިޔަވަޅުތަކާ އެކު، އެއާޕޯޓުން ދަތުރު ނަގާ ޓެކްސީތަކުގެ އަދަދު މަދުވެފައިވާއިރު، ރޭ އެއާޕޯޓްގައި ޓެކްސީ ހޯދުމަށް ބޮޑު ކިއުއެއް އޮތެވެ. ރޭގެ ގާތްގަނޑަކަށް 10 އިން ފެށިގެން ދަންވަރު 1 ޖެހިއިރު ވެސް ޓެކްސީ ކިއުގައި ޓެކްސީއެއް ނުލިބިގެން ގިނަ ބަޔަކު ތިއްބެ އެވެ. ބައެއް މީހުން ގަޑިއިރަކަށް ވުރެ ވެސް ގިނަ އިރު ކިޔުގައި ތިބެން ޖެހުނު ކަމަށް ބުނެ ޝަކުވާ ކޮށްފައިވެ އެވެ.

ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ ވެރިން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި އެކަމާ ގުޅިގެން "މިހާރު" އިން ސުވާލު ކުރުމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އެއާޕޯޓަށް ޓެކްސީތައް ނުދާ ކަމުގެ ޝަކުވާ ރޭ ލިބިވަޑައިގެންނެވި ކަމަށެވެ. އެކަން ހައްލު ކުރުމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލް އާއި އެމްޓީސީސީ އަދި ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ ވެރިން މިއަދު ނޫސްވެރިންނާ އެކު.---ފޮޓޯ: ނިޝާން އަލީ| މިހާރު

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ގާނޫނު ތަންފީޒު ކުރާނެ ކަމަށާއި ބަޔަކު ހިތްހަމަނުޖެހެއޭ ކިޔާފައި ގާނޫނު ތަންފީޒުނުކޮށް ނުތިބޭނެ ކަމަށެވެ. ޓެކްސީ ޑްރައިވަރުން ވެސް ޖެހޭނީ އެ އޮންނަ އުސޫލުން އަމަލު ކުރަން ކަމަށާއި އެ ނޫން ގޮތަކަށް ސަރުކާރުން އެކަން ދޫކޮށްނުލާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނެއް ކުރިން އޮތް ގޮތަށް އެއްވެސް ހަމައެއްލަމައެއް ނެތް ގޮތަކަށް ކަންކަން ދޫކޮށްލުމުގެ ވިސްނުމެއް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.

އެއާޕޯޓް ޓެކްސީ ކިއުގެ ކަންކަން ހަމަައަކަށް އަޅުވަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމީ އެއާޕޯޓް ޓެކްސީ ކިއުއާ މެދު އާންމުންގެ ޝަކުވާތައް ދުވަހުން ދުވަހަށް އިތުރުވަމުން ދާތީ އެވެ. އޭގެ ތެރޭގައި ވަކި ތަނަކަށް ނޫނީ ދަތުރު ކުރަން ޑްރައިވަރުން ބޭނުން ނުވުމާއި ދަތުރު ނެގުމަށް ފަހު، އިތުރު ފަސިންހަރުން އެރުވުމާއި ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑެތި އަގުތައް ނެގުން ހިމެނޭ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

270 ކޮމެންޓް, 103 ރިއެކްޝަންސް

icon happy icon happy 73%
icon sad icon sad 0%
icon angry icon angry 2%
icon wow icon wow 1%
icon inlove icon inlove 24%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާފް

14 May 2024

ޓެކުސީ ޑުރައިވަރުންގެ ބަލާވަރައް ބޮޑު ސައިޒު ކުރަންޖެހޭ

The name is already taken The name is available. Register?

އަސްލު.....

13 May 2024

އެއްވެސް ވަރަކަށް ދޫދެއްވަނަ ނުޖެހޭ ވަރަށް ފާޑަކަށް މިހާރު ޓެކްސީތަށް އުޅެނީ..

The name is already taken The name is available. Register?

ވެންގަގޯ

13 May 2024

ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ޓެކްސީ ޑްރައިވަރުން ނާއި ދެކޮލައް ޕުރައިވެޓް ހަޔާ ނެރުނީމަ ވީގޮތް ފެނިއްޖެ ތާ މިފަހަރު މަޖިލިސް އިންތިހާބުގަ ހުޅުމާލޭން ބުނީނޫނެކޭ ސާފުވެއްޖެތަ އެކަމުގެ ހަސަދަމިފިލުވާލީ ޓެކްސީ ޑްރައިވަރުން ޓެކްސީ ޑްރައިވަރުން ނާކުޅޭތި ނަމަނަމަ މިކަމުން އިބުރަތެއް ލިބޭނެކަމަށް ހީކުރަން

The name is already taken The name is available. Register?

ކިނބޫ

14 May 2024

ޓެކްސީ ޑްރައިވަރުން މީ އަދި ޤާނޫނު ނުހިނގާ ބައެއް އުތަ؟ ތިހެން އަދި ނުވާނެ. ލަާރި ނުލިބުނީމަ ކޮން ބަޔަކަަށް ދެރަވާނީ؟ ތިހެން ތި ގަދަބަސް ބުނަނީ! ތިކަމަށް ވެސް ޙައްލު ގެނެވޭނެ.

The name is already taken The name is available. Register?

ވެނީ

14 May 2024

އަދިވެސް ގޮތްދޫކޮށް އިސްލާހުވާކަށް ނުވޭ ދޯ. ކަލޭމެން ހިތުހުރިހާ އަގެއް ނުނެގޭނެ!! ކިތައް މީހުންގެ ބަދު ދުއާ ކަލޭމެންނަށް ޖެހިފައި ހުންނާނެކަން އެނގޭތަ؟؟ އޭގެ ސަބަބުން ކިތަށް ފަހަރަށް މަހެއްގެ މައްޗަށް ކާރު ގަރާޖަށް ވައްދަން ޖެހިދާނެ ކަމަށް އަންދާޒާކޮށްލެވުނުތަ؟ ސަރުކާރުން އަގެއް ކަނޑައަޅާފައި އޮތީމަ އެއަށް ތަބާ ވާންވީ!! މޮޅުކަމަށް ހީކޮށް ނިކަމެތިމީހާގެ ޖީބުން ފޭރިގަންނާނީކީއެއްނޫން!! އަނބިދަރީންނަށް ތި ކާންދެވެނީ އަލިފާން ކަންއެނގޭތަ، ކޮޔާ!!

The name is already taken The name is available. Register?

ވެންގަގޯ

13 May 2024

ކަލޭއަތުގަ އޮވޭތަ ޓެކްސީ ކުރުމުގެ ހުއްދަ ނޯންނާނެ ހުއްދަ އޮންނަނީ ކާރުގެ 2 ކޮޅުގަ ރީނދޫ ކުލައިން ޖަހާފަ ކާރުގެ ކުރީ ދޮރުފަތުގައި ބޮޑުއަކުރުން ޓެކްސީ ޖަހާފައި ހުނަކާރު ދުވާމީހުން އަތުގައި އެކަނި ހުއްދަ އޮނާނީީ ތީވަގައް ޓެކްސީ ރުރާމީހުން ތިކަހަލަ މީހުން އުޅޭތީ މިތަންތަން ހަލާކުވެމިދަނީ މިމީހުންނަށް ފިޔަވަޅު އަޅަން ގޮވާލަން. މާކުރިންވެސް އިގިފަ އޮތީ އާޓާމި މިނަލް ހުޅުވުނީމަ އެވެސް ކާރަކަށް ނުވަދެވޭނޭ ބަހުގަވަދެވޭނީ އެއްޗެކޭ ކިޔާފައެއްނުން މިކަންވާނީ

The name is already taken The name is available. Register?

Airport shuttle bus

13 May 2024

ހައްލަކީ Airport shuttle bus ކަމަށް ފެނޭ. .RTL bus is not it

The name is already taken The name is available. Register?

ގުރާބުތުނޑި

13 May 2024

ސަރުކާރުން މިކަމަށް ދުލެއްދީފިނަމަ އެމީހުންގެ ނުހޮރުއްޕާން މާ ބޮޑުވާނެކަން ހަނދާންކުރާތި.

The name is already taken The name is available. Register?

ވެންގަގޯ

13 May 2024

ކަލޭއަތުގަ އޮވޭތަ ޓެކްސީ ކުރުމުގެ ހުއްދަ ނޯންނާނެ ހުއްދަ އޮންނަނީ ކާރުގެ 2 ކޮޅުގަ ރީނދޫ ކުލައިން ޖަހާފަ ކާރުގެ ކުރީ ދޮރުފަތުގައި ބޮޑުއަކުރުން ޓެކްސީ ޖަހާފައި ހުނަކާރު ދުވާމީހުން އަތުގައި އެކަނި ހުއްދަ އޮނާނީީ ތީވަގައް ޓެކްސީ ރުރާމީހުން ތިކަހަލަ މީހުން އުޅޭތީ މިތަންތަން ހަލާކުވެމިދަނީ މިމީހުންނަށް ފިޔަވަޅު އަޅަން ގޮވާލަން. މާކުރިންވެސް އިގިފަ އޮތީ އާޓާމި މިނަލް ހުޅުވުނީމަ އެވެސް ކާރަކަށް ނުވަދެވޭނޭ ބަހުގަވަދެވޭނީ އެއްޗެކޭ ކިޔާފައެނުން މިކަންވާނީ

The name is already taken The name is available. Register?

އަންދަލޫސިޔާ

13 May 2024

އިތުރު 200 ޓެކްސީ ހުއްދަ ދޫކުރޭ. ލާރި ލިބުން މަދުވީމާ ބޯލަނބާނެ!

The name is already taken The name is available. Register?

ހުސްނުހީނާ

13 May 2024

ގާނޫނުތަކާއި ގަވާއިދުތަކަށް ބޯނުލަނބާ ގަދަދައްކާ ޓެކްސީތަކުގެ ލައިސަންސް ކެންސަލް ކޮށްލާ. ސަރުކާރަކަށްވުރެ ގަދައެއް ނުވެވޭނެ ދޯ؟

The name is already taken The name is available. Register?

ކުޅަނދުމާ.

13 May 2024

ހަމަ ތިގޮތަށް އެއްބަސްވުމާއި އެއްގޮތަށް ފުލެޓަށް ފައިސާ ނުދައްކާ އެތަންތަން ކުއްޔަށްދީގެން ރައްޔިތުން ލޫޓާ މަކަރުވެރިންގެ އަތުން ފުލެޓް ވެސް އަތުލާ.

The name is already taken The name is available. Register?

ސިމާލު

13 May 2024

ފުރަތަމަވެސް ޓެކުސީ ޑުރައިވަރު އަހަނީ ކޮންތާކައްތޯ ދަނީ ޑުރައިވަރު ބޭނުންތަނަކައް ނުދަންނާ ނާރުވާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454