އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަނީ.--
13 މެއި 2024 - 16:34
ސަރުކާރު ހުރިހާ ސްކޫލެއް އޭސީކޮށް ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް، މި މަހު 26ގައި ފަށާ ދިރާސީ އަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ޓީޗަރުން ލިބުމުގެ ދަތިކަމަކީ ކޮންމެ އަހަރަކު ވެސް ސްކޫލުތައް އަލަށް ހުޅުވާއިރު ދިމާވާ މައްސަލައެކެވެ. ހާއްސަކޮށް މާއްދާތައް ކިޔަވައިދޭން ދިވެހި ޓީޗަރުން ނުލިބޭ މައްސަލަ އެވެ.
މިނިސްޓަރުގެ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިފެށޭ ދިރާސީ އަހަރު ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
އެގޮތުން ޓީޗަރުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމް ފެށުމާއި ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ ޕްރޮޖެކްޓް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ދަށުން ޓީޗަރުންނަކީ ގަދަރުވެރި ބައެއްކަމުގައި ހެދުމުގެ އަމަލީ މަސައްކަތް ފެށުމާއި ސްކޫލްތަކުގައި ޓީޗަރުން ހޭދަކުރާ ވަގުތު މަދުކުރާނެ ކަން މިނިސްޓަރު ވިދާޅުވި އެވެ.
ޓީޗަރުން ތަމްރީނުކުރުމުގެ އިތުރުން ސްކޫލުތަކުގައި އޭސީ ހަރުކުރުމުގެ މަޝްރޫއުގެ ތެރެއިން ދެ އަހަރު ތެރޭގައި ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސްކޫލުތަކުގައި އޭސީ ހަރުކުރުމުގެ ޕްރޮޖެކްޓެއް ސަރުކާރުން ފެށުމަށް ނިންމިއިރު، ބައެއް ސުކޫލުތަކުގައި އޭސީ ހަރުކޮށްފައި ނެތުމާއެކު ހޫނުގަދަވެ، ކްލާސްތަކަށް ފަންކާ އާއި އޭސީ ހޯދުމަށް ސްކޫލުތަކުގެ މެނޭޖުމެންޓުން ދަނީ ބެލެނިވެރިންގެ އެހީތެރިކަން ހޯދަމުންނެވެ. އެކަމާ ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވަނީ މިނިސްޓްރީއަށް އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާސިހު
15 May 2024
މަސައްކަތުގެ ދާއިރާގެ މާހައުލަކީ ފިނިކޮށް އޭސީކޮށްފައި ހުންނަ ތަންތަނަށް ނުވެދާނެ. ކުދިން މަސައްކަތުގެ ދާއިރާއަށް، ހާއްސަކޮށް ޓެކްނިކަލް ދާއިރާތަކަށް އަހުލުވެރިކުރުވަން ވިސްނާއިރު މީ އެންމެ ރަނގަޅު ގޮތެއް ނޫން. ފިނިކޮޓަރީގައި މަސައްކަތްކުރަން ބޭނުންވާ ޖީލު އިތުރަށް މުރާލިވެ މަސައްކަތަށް ހޭލުންތެރިވާނެ ގޮތެއް ނޫން.
ބަރުބާދު
14 May 2024
ހުރިހާސްކޫލެއް އޭސީކޮއްފަ ޓީޗަރުން ތަމްރީނުކުރަނީ އޭސީތައް ބަލަހައްޓަންތޯ؟.
ރަޝީދު
14 May 2024
އޭސީގަ ކިޔަވައިދޭން ތޯ ޓީޗަރުން ތިޔަ ތަމްރީން ކުރަނީ!
ސިކުނޑި
14 May 2024
ކުރަންހުރި ކަންތައްތައް ނުކިޔައި ފުރަތަމަ ވާނުވާގޮތް އޮޅުން ފިލުވުން މުހިންމު، ކޮންމެ މީހަކުވެސް ހަވާލުވެފައި ހިތުހުރިއެއްޗެއް ކިޔައިފައި "ވިއްޔާވީ ނުވިއްޔާ ނުވީ" މި މޮޓޯއާއިގެން އުޅެފައި ފައިބައިގެން ދިޔައިމާ ހުރިހާ ގެއްލުމެއް ލިބެނީ އާންމު ރައްޔިތުންނަށް!
ފިކުރު
14 May 2024
މުހިންމީ ކަންކަން ފަށާކަމަށް އިއުލާނުކޮށް ބޮޑެތި ސުރުޚީތައް ހެދުމެއް ނޫން. އަމަލީކޮށް މަސައްކަތް ފެށި ނިމޭތަން ފެނުން. ވޯޓަށް ބޯޑުޖަހައިގެން މަސައްކަތް ފެށިކަމަށް ދެއްކި އަރަބިއްޔާގެ ބިން ވެސް އޮތް ގޮތަށް އޮތީ، އަބަދުވެސް ކިޔާނީ ރައީސް މައުމޫނުގެ ޒަމާނުގައި ވޯޓަށް ކަޑަޖަހާ ވާހަކަ މިހާރު، ޚާއްސަކޮށް މި ސަރުކާރުގެ ހާލަތު މާބޮޑު.
އަލްއުސްތާޒް
14 May 2024
އޭސީ ހަރުކުރީމާ ކަރަންޓް ހަރަދު ކުޑަ ކުރުމަށް ސްކޫލުގެ ފުރާޅުގައި ސޯލާ ޕެނަލް ޖެހުން ބުއްދިވެރި.
އަހަންމަދާ
14 May 2024
އޭރުން ކިހިނެތް ތެޔޮ ވިއްކާނީ. ތެޔޮ ވިއްކައިގެން ކަޓް ނަގަން އެބަތިބި މީހުން މިއީ ސިޔާސީ ކަންކަން ކޮންމެހެން ރަގަޅު ކުރަން ނޭންގިގެނެއް ނޫނޭ.
ރިމްލާ މުހައްމަދު
14 May 2024
މުއިއްޒްމެން ކިހާ ރަނގަޅު. މިދިޔަ ސަރުކާރުތަކުން ނުވި ކަންކަން މިކުރަނީ. ޕްލަސް މިދިޔަ ސަރުކާރު ތަކުގައި މިކަންކަން ކުރީ ޕޭރެންޓުން އަތުން ނަގައިގެން ފައިސާ
އަހަންމަދާ
14 May 2024
ހެޑްލައިން ޖަހައިގެންތަ ރަނގަޅު ވީ ދައްކަބަލަ އެންމެ އިސްކޫލެއްވެސް އޭސީ ހަރުކޮށްފަ ހުރި. އަދި ނެތް ތި ހިޔާލު ކިތަންމެ ހާވެސް ރަނގަޅު.
މަސްއޫދު ޝަރީފް
14 May 2024
މިއީ ބެލެނެވެރިންނަށްވެސް ލިބުނު ވަރަށް ބޮޑު ލުޔެއް. އެހެން ނޫންމަ އެމީހުން އަތުން ނަގައިގެން އޭސީ ހަރުކުރާނީ
އަމަން.
14 May 2024
ޝުކުރިއްޔާ ވަރަށް ބޮޑަށް. އެހެން ނޫންނަމަ އަހަރުމެން އަތުން ފައިސާ ނަގައިގެން މިކަން ކުރަން އުޅުނީ
މުލަކޭ
14 May 2024
ވަރަށް ބަރާބަރު ކަމެއް. ވީހާވެސް އަވަސް ކުރަން ވީ ހަމަ