ވެސްޓްހޭމް ޔުނައިޓެޑް 1 - 3 މެންޗެސްޓާ ސިޓީ
19 މެއި 2024 - 22:07
ފަހު މެޗުގައި، ވެސްޓްހޭމް ޔުނައިޓެޑް ބަލިކޮށް، ޕްރިމިއާ ލީގު ޗެމްޕިއަންކަން ވިދިވިދިގެން ހަތަރުވަނަ ފަހަރަށް މެންޗެސްޓާ ސިޓީ ހޯދައިފި އެވެ.
ސިޓީގެ މި ކާމިޔާބާ އެކު އެ ޓީމުން ވަނީ، އިނގިރޭސި ފުޓްބޯޅައިގައި މިދިޔަ 136 އަހަރުތެރޭ އެހެން ޓީމަކަށް ހެދިފައި ނެތް ރެކޯޑެއް ހަދައިފަ އެވެ.
އުމުރުން 136 އަހަރު ވީ އިނގިރޭސި ލީގުގައި، މިރެއާ ހަމައަށް އެއްވެސް ޓީމަކަށް އެ ލީގު ވިދިވިދިގެން ހަތަރު ފަހަރު ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. އެކަމަކު މިރޭގެ މޮޅާ އެކު އެ ތާރީހް ސިޓީން މި ވަނީ ބަދަލުކޮށްފަ އެވެ.
އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ސިޓީގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ފިލް ފޯޑެން އެވެ. މެޗު ފެށިގެން ދެވަނަ މިނެޓްގައި އޭނާ ވަނީ ވެސްޓްހޭމްގެ ގޯލް ހުޅުވައިފަ އެވެ. އޭނާގެ ދެވަނަ ލަނޑު ޖެހީ 18 ވަނަ މިނެޓްގަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެސްޓްހޭމްގެ މުހައްމަދު ކުޑޫސް، ބައިސްކަލްކިކަކުން އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހި އެވެ.
ދެވަނަ ހާފަށް ނުކުމެ ރޮޑްރީ ހެނާންޑޭޒް، ސިޓީގެ ތިންވަނަ ލަނޑު ޖަހައި އަލުން ދެ ލަނޑުގެ ލީޑެއް ހޯދައި ދިނެވެ.
ސިޓީއާ ވާދަކޮށްލެވެން އޮތް ހަމައެކަނި ޓީމަކީ ވެސް އާސެނަލް އެވެ. އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު 2-1 އާސެނަލް ކާމިޔާބު ކުރި އެވެ.މ
ސިޓީން ލީގު ޗެމްޕިއަންކަން ހޯދީ އާސެނަލް އަށް ވުރެ އިތުރަށް ދެ ޕޮއިންޓް ޕޮއިންޓް ހޯދައިގެންނެވެ. މިހާ ހިސާބުން މި ސީޒަނަށް ސިޓީގެ ކާމިޔާބު އަދި ވެސް ނިމޭކަށް ނެތެވެ. އަންނަ ހޮނިހިރު ދުވަހު އެފްއޭ ކަޕް ފައިނަލް މެޗުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޒްޔާން - ފުޓުބޯލަ އެނަލިސްޓް.
20 May 2024
އެކަމު ކުޑަކޮށް ވެސް މެޗް ބެލީމެއް ނޫން. ޢަހަރެން ގެ ޕްރެދިކްޝެންނަކީ ޕޯޗުގަލް މޮޅުވުން. ނުވަތަ ޖާމެނީ ވެސް ރަނގަޅު ވާނެ ރަދީފް ކޮން ޓީމް އެތޯ ސަޕޯޓްކުރަނީ
ރަދީފްއޮފިޝަލް.
21 May 2024
އަހަރެންގެ ފެވަރިޓް : ޖަރުމަން ، ނެދަލޭންޑްސް ، އިޓަލީ. އަޒްޔާންގެ ޕެނާގެ ޓީމަށް ތާއިދުނުކުރަން.ވ.ވެދުން
ކަނޑޭގަ
20 May 2024
ކުޑުސް ގެ ގޯލް ވަރެއް ނެތް.. ދެން މޭޒު ދަޝުން ފައިސާދީގެން ޕުރިމިއާރ ލީގު ހޯދޭނެކަން ސިޓީ މި ސާބިތު ކޮށްދިނީ..
އަޒްޔާން - ފުޓުބޯޅަ އެނަލިސްޓް.
19 May 2024
މި މެޗް ބަލަން ހުއްޓާ އެންމެ ހާސްވާނީ ރަދީފް
ރަދީފްއޮފިޝަލް
20 May 2024
އެކީއްވެ؟؟ އަހަރެން ނުވެސް ބަލަން މެޗްގެ ބޮޑުބައި.އަޒްޔާނަށް ދެން މާބޮޑަށް އެނގެނީ. އެނެލިސްޓް ނިކަން ބުނެބަލަ މިފަހަރު ޔޫރޯ ކާމިޔާބްކުރާނީ ކޮންބައެއްކަން.
ދިވެހި ގާޑިއޯލާ
19 May 2024
މަރުޙަބާ ސިޓީގެ ދިވެހި ސަޕޯޓަރުން.މަރުޙަބާ ޕެޕްގާޑިއޯލާ.ދެން ހިނގާ ޤައުމުގެ ޓީމަށް ވާރލްޑްކަޕް ހޯދައިދޭން ކޯޗުކޮށްދޭން.
ރަދީފްއޮފިޝަލް
19 May 2024
މަރުހަބާ ސިޓީ.ސީޓީގެ ހުރިހާ ފޭނުންނަށް މަރުހަބާ. ވ.ވެދުން
ލެއްގިކޮމިޝަނަރ
20 May 2024
ނޫނޭވާ ރަދީފްމީ ހިތްވަރުގަދަ ގޮލައެއް. މިގޮތަށް މަރުހަބާ ކިޔާލަކިޔާލަ ހުންނަތާ މިހާރު 20 އަހަރުވީ. ލެއްގިކޮމިޝަނަރ އުއްމީދުކުރަނީ އަންނަ ސީޒަނުގެ ޓްރޮފީ އާސެނަލް ކާމިޔާބުކުރާނެކަމަށް. ކޮންމެފަހަރަކު ފަޅޯގަކަށް އެރުނީމަ ވެއްޓެނީ. އަންނަ ސީޒަނުގަ ކުރެދިގަހަކަށް އަރާ ހަމަޖެހެލީމަ އެކަންވެދާނެ. ފަހު ވަގުތާހަމައަށް ރަދީފްގެ އާސެނަލް ތައްޓަށް އެކުރި ހިތްވަރަށް ސާބަސް.
ލެއްގިކޮމިޝަނަރގެ ބަފާގެ ކާފަ
21 May 2024
ސިޓީ އުފެދުނީ 1880ގަ.ފުރަތަމަ އިނގިރޭސި ލީގް ތަށްޓެއް ލިބުނީ އޭގެ 57 އަހަރުފަހުން 1397ގަ. 2 ވަނަ ތަށި 31 އަހަރު ފަހުން 1968 އަހަރު.ސިޓީގެ އަސްލު ކާމިޔާބް ފެށުނީ 2012 ވަނަ އަހަރު. 3 ވަނަ ތަށި ލިބުނީ 44 އަހަރު ފަހުން.އެހެންވީމަ އޭރުގެ ފޭނުން ހަމަ ތިބީ ޗެމްޕިއަންކަން ހޯދި އެހެން ކްލަބްތަކަށް މަރުހަބާ ކިޔަންކަން ކޮމިޝަނަރަށް ނޭނގުން އެއީ ދެރަކަމެއް.ކާމިޔާބަކީ އެކި ކްލަބްތައް އެކި ފަހަރު ޑޮމިނޭޓްކުރަމުން އަންނަ އެއްޗެއް.