އިންޑިއާގެ އެކްޓަރު ދޭވް ޕަޓޭލް އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ޖެނިފާ ލޮޕޭޒް.
20 މެއި 2024 - 07:04
ހޮލީވުޑްގައި މަސައްކަތް ކުރާ އިންޑިއާގެ އެކްޓަރު ދޭވް ޕަޓޭލްއާ އެކު މަސައްކަތްކުރަން ވަރަށް ބޭނުންވާ ކަމަށް އެމެރިކާގެ ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ޖެނިފާ ލޮޕޭޒް ބުނެފި އެވެ.
ޖެނިފާ އެހެން ބުނީ އިންޑިއާގެ ޓީވީ ޗެނަލެއް ކަމަށްވާ "ނިއުސް 18" އަށް ދިން އިންޓަވިއުއެއްގަ އެވެ.
އެ އިންޓަވިއުގައި ޖެނިފާ ބުނީ "ސްލަމްޑޯގް މިލިއަނާ" އިން މަޝްހޫރުވި ދޭވްއާ އެކު މަސައްކަތްކުރަން ވަރަށް ބޭނުންވާ ކަމަށެވެ. އަދި ދޭވް އަކީ އިންޑިއާގެ އެކްޓަރުންގެ ތެރެއިން އޭނާގެ ފޭވަރިޓް ކަމަށް ވެސް ޖެނިފާ ބުންޏެވެ.
"އަހަރެން ވަރަށް ލޯބިވޭ ދޭވް ޕަޓޭލް ދެކެ، އޭނާގެ މަސައްކަތް ދެކެ. އޭނާގެ މަސައްކަތެއް ފެންނަ ކޮންމެ ފަހަރަކު އަހަރެން ހައިރާންވޭ. އޭނާގެ ވަރަށް ޖަޒުބާތީ ގޮތެއް ހުރޭ، ވަރަށް ރިއަލް އަދި ތެދުވެރި މީހެއް ކަމަށް ފެނޭ. އޭނާގެ ބެލުމުގައި ވެސް ހުރޭ ވަރަށް އަސަރުގަދަ ގޮތެއް،" ޖެނިފާ ބުންޏެވެ.
ޖެނިފާ ދެން އެންމެ އަވަހަށް ފެންނާނީ ސައިފައި ތުރިލާ ފިލްމް "އެޓްލަސް" އިންނެވެ. އަންނަ ހުކުރު ދުވަހު ސްޓްރީމްކުރަން ފަށާ އެ ފިލްމުގެ މުހިންމު ރޯލުތައް ކުޅެނީ ސިމޫ ލިއު އާއި ސްޓަލިން ކޭ ބްރައުން އެވެ.
ދޭވް ޕަޓޭލްގެ ފިލްމަކަށް އެންމެފަހުން ނުކުތީ މިދިޔަ މަހު ގެނެސްދިން "މަންކީ މޭން" އެވެ. އެ ފިލްމަށް އާންމުންގެ ތައުރީފު އޮއްސާލި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖެނިފާ ގާނާރ
21 May 2024
ބެން އެފެލެކް ދެކެ ފޫހިވެ އޭނާ ދޫކޮށް މިހާރު މި ސޮރު ފަހަތުން ދުވަން ވީދޯ. މި ވެސްވާ މަތަނުވެގެން އުޅޭ ދައްތަ އެއް. މުސްކުޅިވާ ވަރަކަށް ފޯރި ގަދަ ވަނީ. މަވާ މި ހުންނަނީ ހީލަ ހީލާ ބެން އަށް ޖެހުނު ހާލުން. މޮޅެއް ނުވިއެއްނު މަދޫކޮށްފަ ގޮސްގެނެއް
ބިލީ
20 May 2024
އޭނައަކީ އިންޑިއާގެ އެކްޓަރެއް ނޫން. (ލިޔުމުގަ މުޅިންވެސް ހުރީ މިގޮތަށް ބޭނުންކޮށްފަ) އޭނާއަކީ އިނގިރޭސިވިލާތު މީހެއް. އިންޑިއަން އާއި އިންޑިއާގެ އެކްޓަރުން މީ ތަފާތު ދޭއްޗެއް.