އާދިއްތަ ދުވަހު ބޭއްވި ކެބިނެޓު ބައްދަލުވުމުގެ ތެރެއިން: ބޯހިޔާވަހިކަން ދިނުމުގައި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މީހުންނަށް އިސްކަންދޭން އުސޫލެއް އެކުލަވާލަން ވަނީ ނިންމާފައި --ފޮޓޯ: ރައީސް އޮފީސް
21 މެއި 2024 - 12:28
ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި މައިންބަފައިންނާއި ދޮށީ އުމުރުންގެ މީހުން ބަލަހައްޓާ ފަރާތްތަކަށް އިތުރު ޕޮއިންޓް ލިބޭނެ ގޮތަށް އުސޫލު ކަނޑައެޅުމަށް ނިންމައިފި އެވެ.
މި ހަފްތާގައި ބޭއްވި ކެބިނެޓު ބައްދަލުވުމުގައި މި ނިންމުން ނިންމާފައި ވަނީ ޖެންޑާ މިނިސްޓްރީން ހުށަހެޅި ކަރުދާހެއްގެ މައްޗަށެވެ.
ރައީސް އޮފީހުން ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ނިންމެވުމާ އެކު ދޮށީ އުމުރުގެ މީހުންނާއެކު އާއިލާތަކަށް ދިރިއުޅެވޭނެ މަގުފަހި ކުރުމުގެ ގޮތުން ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ ސްކީމުތަކުގައި މި އުސޫލަށް އަމަލުކުރާނެ ކަމަށެވެ.
ބޯހިޔާވަހިކަން ދިނުމުގައި ދޮށީ އުމުރުގެ މީހުން ބަލަހައްޓާ މީހުންނަށް އިސްކަން ދޭނެ ކަމަށް ރައީސް އިއުލާނު ކުރެއްވީ މިދިޔަ ފެބްރުއަރީ މަހު "އިސްރަށްވެހިންގެ ނާދީ"ގެ ނަމުގައި މާލޭގައި ހުޅުވި މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ.
ރައީސް އެ ދުވަހު ވިދާޅުވީ އުމުރުން ދުވަސްވީ މައިންބަފައިންނާއި އެހެނިހެން މީހުން ބަލަހައްޓާ މީހުންނަށް އިސްކަން ދެވޭނެ ކަމަށާއި އުސޫލުތައް ކަނޑައެޅިގެންދާއިރު އެކަހެރިކޮށް ދިރިއުޅޭ ދޮށީއުމުރުގެ މީހުންނަށް ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމުތަކުގެ ތެރެއިން ދޫކުރާ ފްލެޓަށް ނުވަތަ އިޖުތިމާއީ ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެ އުސޫލު ވެސް ކަނޑައެޅޭނެ ކަމަށެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ސޯޝަލް ހައުސިން އާ ބެހޭ ބިލުގައި ވެސް ވަނީ މި ބައިތައް ހިމަނައިފަ އެވެ.
ބިލުގައި ވާ ގޮތުން ބޯހިޔާވަހިކަން ދިނުމުގައި އިސްކަން ދޭނެ ފަރާތްތަކަކީ:
- އުމުރުން ދުވަސްވީ، ބަލި ހާލަތު ދަށް ޑިޕެންޑެންޓް ބަލަމުންދާ ފަރާތްތައް
- ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތްތައް
- ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތެއްގެ ބަލަދުވެރިން ނުވަތަ ބަލަމުން އަންނަ މީހެއް
- ބޮޑު ބައްޔެއް ތަހައްމަލު ކުރަމުންދާ މީހުން
- ބޮޑު ބައެއް ތަހަމައްލު ކުރަމުންދާ މީހުންގެ ޑިޕެންޑެންޓެއް ބަލަމުންދާ މީހުން
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
22 May 2024
ރަނގަޅު ކަމެއް. ހަމަ މިހެން އެބަުޅޭ ތިމާ އާ ގުޅުމެއް ނެތް، ނިކަމެތި އެކަނިވެރިން ބަލަހައްޓާ މީހުންވެސް.
ނަށީދު
22 May 2024
ލިބުނީމަ ނެރެލާނެ ނުބަލަހައްޓާނެ.
އައްބާސް މުހައްމަދު
22 May 2024
މިއީ ސަރުކާރުން ކުރި ވަރަށް ރަނގަޅު ކަމެއް. ޕޭޕާ ހުށަހެޅި ފަރާތަށް ޝުކުރު ހައްގު، މިކަން ކޮށްދޭތީ ރައީސް މުއިއްޒްއަށް ޝުކުރު ހައްގު
ތިހާމް ހުސައިން
22 May 2024
ފުރިހަމައަށް ތާއިދު. ދުވަސްވީ މީހުންންށް އަޅާލުމަށް އެޅުނު ރަނގަޅު ހަރުދަނާ ފިޔަވަޅެއް.
އިގްބާލް އަލީ
22 May 2024
ފެނިގެން މިދަނީ މުޅިންވެސް މިކަހަލަ ރަނގަޅު ކަންކަން މި ސަރުކާރުން ކުރަމުންދާތަން. އެއްވެސް ސަރުކާރަކުން ނެތް މައިންބަފައިންނަށް ހާއްސަ ސަމާލުކަމެއް ދޭ ގޮތަށް ޕޮއިންޓް ދިން ސަރުކާރެއް.
މުސާ ނިޒާރު
22 May 2024
މިކަހަލަ ޒަމާނެއްގައި މިއީ ކުރި ވަރަށް ރަނގަޅު ކަމެއް. މައިންނާ ބަފައިންނަށް އަޅާލާ ދަރިން ގިނަވާނެ ކަމެއް.
މިކަހަލަޒަމާން
22 May 2024
މިއީ މާ ގިނައިން މައިންބަފައިން ބަލާ އުޅޭ ޒަމާނެއްތަ؟ ހުރިހާ ކަމެއްގެ ފައިދާ ނަގަން އާދަވެފަ އޮތް ފައިސާއަށް އިންތިހާއަށް ދަހިވެތިކަން އުފެދިފައިވާ ޒަމާނެއްގަ ވާނެ ކަންކަމެއް ނޫން ތިހުންނަނީ
ދަރި
21 May 2024
ހުށަހެޅުއްވި ކަރުދާހަކީ ވަރަށްރަނގަޅު ކަރުދާހެއްކަމަށް ދެކެން. ހަމަތިޔަ މޭރުމުން ޤައުމުގެ ދެން ހުރި އެހެން ހުރިހާ ޚިދުމަތްތަކެއްވެސް ތަރުތީބުވެގެން ދާންވީ. 40 އަހަރު މުއްދަތަށް ސިވިލްސާ ވަންޓް ކުރައްވާ ޚިދުމަތް އަގުކުރައްވަންވީކީ ރައީސް އަތްޕުޅުން ދެއްވާ ކަރުދާސްކޮޅަކުން އަދި ޓްރޮފީއަކުންނޫން. އުފާވެރިކަމުގެ ޑޯޒެއްދެއްވަންވީ މަހުންމަހަށް އެ މާފައާއިކާފަގެ ބޭންކްއެކައުންޓަށް ޖަމާވާރުފިޔާގެ ޢަދަދުން.މިދައުރުގައި އުފާވެރިކަމުގެހައްދެއްނެތް. އިންޝާﷲ.
ހަސަނަނާ
21 May 2024
ތިޕޮއިންޓް މިންކުރާނެ އެއްވެސް ގޮތެއްނެތް! އަހަރެން މައިންބަފައިން އުޅެނީ ރަށުގަ ކޮއްކޮކައީ، އެކަމު ކޮންމެ މަހަކުވެސް ހުރިހާ ދަރިން އެލަވަންސްއެއް މަންމައާއި ބައްޕަދެން! ކާކަށް ޕޮއިންޓު ހައްޤީ؟ މަންމަ ބޭނުމެއްނޫން މާލޭގަ އުޅޭކަށް!
އަބްދު ﷲ
21 May 2024
މަޖިލީހުގައިވެސް މިގޮތަށް މާތްالله ގެ އިސްމުފުޅު ފެންނަން އިންނަން ޖެހޭ. އޭރުން މަޖިލީސް މެމްބަރުންވެސް އިޙުތިރާމާ، އިޚްލާޞްތެރި ކަމާ، ނަޒާހަތްތެރި ކަމާ އެކު މަސައްކަތް ކުރާނީ. އަދި މަޖްލިސް ކުރިން ފެނުނު ވަރަށްވުރެ ތަހުޒީބީ ތަނަކަށް ވެގެންދާނެ.
އމމމމމމމ
21 May 2024
މިއީ ވަރަށް މުހިންމު ނިންމުމެއް، ސަރުކާރުން އެންމެ އިސްކަން ދޭން ޖެހެނީ އެންމެ ހާލުގަ ދިރިއުޅޭ މީހުންނަށް އެހެން ނޫނީ އެމީހުން ފަގީރުކަމާއި ނިކަމެތި ކަމަށް ދިޔުމުގެ ފުރުސަތު އެބަ އޮތް.