ލައިފްސްޓައިލް / ފައިދާހުރި ކާނާ

ހަށިގަނޑަށް އެންމެ ބަލަން ޖެހޭ އުމުރަށް އެޅީތަ؟

ދެ އަންހެނަކު ދުވާ ޓްރެކްގައި ހިނގަނީ

އުމުރުން 30 އަހަރަށް ވުރެ މަތިވުމުން، މީހާ ކަންނެތްވެ، ހަށިގަނޑަށް ދޭންވާ ސަމާލުކަން ކުޑަ ކޮށްލެވެ އެވެ. އެކަމަކު އެ އުމުރަށް އެޅުމަކީ ހަށިގަނޑަށް އެންމެ ބަލަން ޖެހޭ އުމުރެ އެވެ. ފަރުވާ ކުޑަކޮށްލެވިއްޖެ ނަމަ ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތި ވެދާނެ އެވެ.

އެ އުމުރުގައި، ހަށިގަނޑަށް ސަމާލުކަން ދޭން ޖެހޭ ގޮތް އެންމެ ގިނައިން ކިޔައިދޭ އެކަކީ، ފިޓްނަސް އިންސްޓްރަކްޓަރު ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) އެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމު ތަކުގައި ފިޓްނަސް އާ ބެހޭ ގިނަ މައުލޫމާތު އޭނާ ހިއްސާކުރެ އެވެ.

@fitfazil "Did you know? Sarcopenia, the age-related loss of muscle mass and function, affects us all. Maintaining muscle is key to aging gracefully – it supports metabolism, balance, and overall vitality as we journey through life. Tune in as we uncover the science behind why muscle matters in the quest for graceful aging. 💪✨ #MuscleMatters #fyp #foryoupage #trending ♬ original sound - Fitfazil

ފިޓްނެސް އާ ބެހޭ ގޮތުން ފާޒިލް ހަދާފައި އިން ޓިކްޓޮކެއް

ފާޒިލް ބުނި ގޮތުގައި އުމުރުން 30 އަހަރުވުމުން ހަށިގަނޑަށް ދޭން ޖެހޭ ސަމާލުކަން އިތުރު ކުރަންޖެހެ އެވެ. ގަވާއިދުން ކަސްރަތު ކުރުމާއި، ވޯކްއައުޓްތަކާއި ޔޯގާ ނުވަތަ ސްޓްރެޗިން ފަދަ ހަރަކާތްތަކަށް އިސްކަން ދިނުން ވަރަށް މުހިންމު ކަމަށް އޭނާ ބުންޏެވެ.

އަދި ރެޖިމަންޓެއް ފެށުމުގެ ކުރިން ސިއްހީ މާހިރެއްގެ ލަފާ ހޯދައި މަޝްވަރާ ކުރުމަކީ އެފަދަ ކަމަކަށް ކުރިމަތިލާއިރު، ފައިދާ ކަށަވަރުކޮށްދޭނެ ކަމެއް ކަމަށެވެ. ހާއްސަކޮށް ސިއްހީ މައްސަލަ އެއް ހުންނަ މީހެއް ނަމަ މިފަދަ ކަންކަމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށް ފާޒިލް ބުންޏެވެ.

ފާޒިލް ބުނި ގޮތުގައި ކަސްރަތުގެ ރޫޓިންތައް އެއްގޮތަކަށް ބެހެއްޓުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. އަދި ބަރު އެއްޗިހި އުފުލުމަށް ވުރެ މުހިއްމީ އެއްކަމަކަށް ފޯކަސްވެގެން ގަވާއިދުން އެކަމެއް ކުރެމެވެ.

ކަސްރަތު ކުރާއިރު، އަބަދުވެސް އެއް ރޫޓިންއެއް ގެންގުޅުން ވަރަށް މުހިއްމު."

ދުޅަ ހެޔޮ ސިއްހަތެއްގައި ހުރުމަށް ނިއުޓްރިޝަން އަކީ ވަރަށް މުހިއްމު މާއްދާއެކެވެ. އޭނާ ބާރުއަޅަނީ ފައިދާ ހުރި ކާނާ ކެއުމަށް އިސްކަން ދިނުމަށެވެ.

ދިވެހިންގެ ތެރޭގައި ކުޅިކޮށް ކެއުމަކީ ވަރަށް އާންމުކަމެކެވެ. އަދި މިފަދަ ކަންކަމުން ދުރުވާން މަސައްކަތް ކުރަން ޖެހޭކަން ވެސް އޭނާ ބުންޏެވެ. ކުޅިކޮށް ކެއުމުން ހަޖަމު ކުރަން އުނދަގޫ ވާނެތީ އެވެ.

ފިޓްނެސްގައި ހައިޑްރޭޝަން އަކީ ވަރަށް މުހިއްމު ކަމެކެވެ. ގިނައިން ފެން ބުއިމަށް ހަނދާން ކުރަން ވާނެ ކަމަށާއި ހާއްސަކޮށް ވޯކައުޓު ކުރަމުންދާ ގަޑި ތަކުގައި ގިނައިން ފެން ބޯންޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

ގޭގައި ހުންނައިރު، ބޮޑީ ވެއިޓް ކަސްރަތު ވެސް މުހިއްމެވެ.

ފާޒިލް ބުނީ ޖިމަކަށްދާ ނަމަ، ރެޒިސްޓެންޓް ޓްރެއިނިން އެއް އިތުރު ކޮށްލަން ވިސްނާލަން ޖެހޭނެ ކަމަށެވެ.

ވޯކްއައުޓް ހަމަ ފަށާތަނުން ނަތީޖާ ނުފެނިދާނެ. މުހިއްމީ ހިތްވަރު އެލުވައި ނުލައި ގަވާއިދުން ވޯކައުޓުތައް ހެދުން.

އަދި ފިޓްނެސްގައި މުހިއްމީ އަވަހަށް ނަތީޖާ ފެނުމެއް ނޫނެވެ. މުހިއްމީ ކެތްތެރިކަމާ އެކު މަޑުމަޑުން ކުރިއަށް ގެންދިއުމެވެ. ހަށިގަނޑަށް އަންނަ ކުރިއެރުން ލަސްވެދާނެ އެވެ. ނަމަވެސް ހިތްވަރު އެލުވައި ނުލައި މަސައްކަތް ކުރުމުން ނަތީޖާ ފެންނާނެ ކަމުގެ ޔަގީންކަން ފާޒިލް ދެ އެވެ.

3 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިއްދޫމީހާ

23 May 2024

ފިޓް ފާޒިލް ގާތުން އަހާލަބަލަ ޝަރުމީލާގެ އުމުރު..

The name is already taken The name is available. Register?

ދޮންމޫ

23 May 2024

ބޮޑެތި ހަރަދުތައް ކުރުމުގެ ބަދަލުވައި އަހަރެމެން ވަށައިގެންމިވާ ރީތި މޫދުގެ ބޭނުން ހިފަންޖެހޭ ހަފްތާއަކު މަދުވެގެން 5ދުވަހު30މިނެޓް ފަތާލަބަލަ ވާގޮތެއްބަލަން. ޖިމްތަކަށް ތިދުއްވާލާ ލާރި ޖީބުގައި ހަރުލާނެ.

The name is already taken The name is available. Register?

ބާބަކިއު

23 May 2024

ޒުވާންއިރުއްސުރެ އުމުރަށް ބަލާންވީ. ޒުވާން އުމުރުގާ ހަބޭހަށް އޭތިމީތި ބޮއިފާ އުމުރުން ތިރީސްސާޅީހަށް އެރީމާ ހަށިގަނޑު އޮންނާނީ ވާނެއެއްޗެއް ވެފާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454