ރ. ދުވާފަރު: އެ ރަށުގައި ދުވަސްވީ މީހެއްގެ މޫނަށް މިއަދު ވަނީ ކެމިކަލް ޖަހާފައި
21 ފެބުރުއަރީ 2017 - 15:09
ރ. ދުވާފަރުގައި އުމުރުން ދުވަސްވީ މީހެއްގެ މޫނަށް މިއަދު ކެމިކަލް ޖަހައި ޒަހަމްކޮށްލައިފި އެވެ.
މި ހާދިސާގައި ޒަހަމްވި އިބްރާހިމް މުހައްމަދު، 71،ގެ ހާލު ސީރިއަސް ވުމުން އޭނާ އަށް ފަރުވާ ދިނުމަށް މީގެ އިރުކޮޅެއް ކުރިން ވަނީ މާލެ ގެނެސްފަ އެވެ.
މީގެ ދެ މަހެއްހާ ދުވަސް ކުރިން ށ. ޅައިމަގު އަންހެނެއްގެ މޫނަށް ވެސް ބްލީޖް ޖެހުމުން އޭނާއަށް ގެއްލުންތަކެއް ވެފައި ވެ އެވެ.
ދުވާފަރު ކައުންސިލްގެ ނައިބު ރައީސް އަހުމަދު އާމިރު ވިދާޅުވީ އެ ރަށުގައި ޖަމާއަތްތެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ މި މީހާގެ މޫނަށް ކެމިކަލް ޖެހީ މިއަދު ފަތިސް ނަމާދަށް ދަނިކޮށް މަގުމަތިން ކަމަށެވެ. އެކަން ކުރީ ޒުވާން އުމުރުގެ ކުއްޖެއް ނަމަވެސް އެއީ ކާކުކަމެއް އަދި ނުހޯދެ އެވެ.
އާމިރު ވިދާޅުވީ ފައިބަރުގެ މަސައްކަތްކުރާއިރު ބޭނުން ކުރާ ކަމަށް ބެލެވޭ ކެމިކަލް އިބްރާހިމްގެ މޫނަށް ޖެހުމުން އޭނާ ވަރަށް ބާރަށް ހަޅޭއްލަވައިގެން ކަމަށާއި އޭނާއަށް އެހީތެރިވެދިނީ އެ އަޑަށް މަގުމައްޗަށް ނިކުތް ބައެއް ކަމަށެވެ.
ކެމިކަލް ޖެހުމުގެ ސަބަބުން އެއް ލޯ ނުހުޅުވޭއިރު މޫނުމަތި ވެސް ޒަހަމްވެފައިވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެއްގޮތަކަށް ވެސް ނޭނގެ އެއީ ކީއްވެ ކުރި ކަމެއް ކަމެއް. އޭނާ އަކީ ދީނަށް ލޯބި ކުރާ ވަރަށް ރަނގަޅު މީހެއް. އޭނާއަށް އެފަދަ އަނިޔާއެއް ދިން ސަބަބެއް ހަމަ އެއްގޮތަކަށް ވެސް ނުވިސްނޭ،" އާމިރު ވިދާޅުވި އެވެ.
ޅައިމަގު އަންހެން މީހާގެ މޫނަށް ބްލީޗް ޖެހި މައްސަލައިގައި ދެ މީހަކު ހައްޔަރު ކުރި އެވެ. އުމުރުން 50 ހަކަށް އަހަރުގެ އެ މީހާގެ ގަޔަށް ބްލީޗް ޖެހީ ފަތިސް ނަމާދުކޮށް ނިންމުމަށް ފަހު ގޭގެ ބޭރު ދޮރު ހުޅުވާލި ވަގުތު، ދޮރު ކުރިމަތީ ހުރި މީހެއް ކަމަށް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮމަންމޭން
22 February 2017
ބަޔަކު ޤަބޫލު ކުރިއަސް ނުކުރިއަސް މިއީ ޝައިތޯނާ އިންސާނާއަށް ސަވާރުވެގެން ކުރުވާކަންތައް. ފަތިސްނަމާދަކީ ޝައިތޯނާ އެންމެބޮޑަށްހުރަސް އަޅަންބޭނުންވާ ނަމާދު. މިހާރު މިބޮޑުވާ ޖީލުތަކުގެ ކުދިންގެ އަޚްލާގާފިކުރާ ދޭތެރޭގަ ވިސްނާފިކުރުކުރާ ދައުލަތުގެ މުއައްސަސާއެއްނެތެވެ. އަދިކިއެއްތަ އެކަންކަމާ ބެލެވެރިންވެސް ނުވިސްނައެވެ. އިރުއޮއްސުމާއެކު ކުޑކުދިން ގޭތެރެއަށްވައްދާ ދޮރުތައްލެއްޕުމަށް އަންގަވާފަވާކަން ސައްޙަހަދީޘްތަކުންއެގޭއިރު އެކަމަށް ފަރުވާލެއް ބަހައްޓާ ސްކޫލެއް ނެތެވެ.
ޗިކުސް
22 February 2017
މި ކަމަށް ވެއްޖެ ނުން ހަރުކަށި ބިލެއް ފާސްކުރަން. ރަތް ފުށުގަ މިކަންތައް އާއްމުވެއްޖިއްޔާ ބޮޑެތި ހިތަމަވެރި ހާދިސާތައް ދިމާވުންކާރި ، ކެމިކަލްސް ކޮންމެ ރަށަކުން ލިބޭލެއް އެހާމެ ފަސޭހަ.
ހުސޭނު
22 February 2017
ރަނގަޅަށް ތަހުގީގު ކުރުމުން ހޯދޭނެ ތިކަން. ކާކުތޯ އޭނާއާ މުއާމަލާތް ކުރަނީ އެފަދަ. އޭނަގެ ފޯނަށް ގޫޅާފަހުރިޓޮ. ފޯން ލޮކޭޝަންސް. ކޮށްފާޏެ ކަމަށް ބެލެވޭ ފަރާތްތައް ހޯދާ ސުވާލުކޮށް ކުޑަ ތަނެއްގައި ބައިގަޑިއެއްހާއިރުން ތިޔަކްނ ކުރުމަކީ އެއްވެސް ކަމެއް ނުން. ތަހުގީގު ރަނގަޅަށް ގެންދޭ އަވަހަށް ފުލުހުންގޮސް.
އަމައްޔާއި
22 February 2017
އާ ކަމެއް ދަސްވީ ދޯ! ކުރިން އަޑު އިވެނީ އިންޑިއާ ޕާކިސްތާނުގަ މިކަހަލަ ކަންކަންހިނގާ އަޑު. މި ޤައުމަށް ކީއްތަ މިވަނީ؟
ހާރީ
22 February 2017
ކޮންމެ ކަމަކާ ދީނާ ނާޅުވާ، ހަޤީޤީ މުއުމިނުން އެފަދަ ކަންކަމެއް ނުކުރާނެ
ހައްގު
22 February 2017
ގައުމުގެ އަދުލު އިންސާފު ނެތިދިއުމުން ރޯމާދުވާލު މިފަދަ އަނިޔާވެރި އަމަލުތައް ބިރެއްނެތި ހިންގުން އިތުރުވެދެއެވެ. ދަންވަރު ކޯޓު ހުޅުވައިގެން ފުލުފުލުގައި ޝަރީއަތްކޮށް, ފްރޭމްކޮށްގެންނާއި ދޮގުހެކި ހޯދައިގެން, ޝެއިޚް އިމްރާން އާއި ކާނަލް ނާޒިމްފަދަ ސިޔާސީ ލީޑަރުންގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުކޮށް ދިގުމުއްދަތަށް ޖަލަށްލަމުންދާއިރު ހަޤީޤީ ޓެރަރިޒަމަކީ މިއީނޫންތޯއެވެ.
ނެނޯ
21 February 2017
އަފްއާނިސްތާނުތަ މިއީ؟ ދީނީ ހަރުކަށި ފިކުރުގެ މީހުންގެ ހޮބީއެއް އަންހެނުންގެ މޫނަށް އެސިޑްޖެހުމަކީ.
ރަދީފް
22 February 2017
ދީނީ ހަރުކަށި މީހުން އެކަނިތަކުއްތަކަށް އަރައިގަންނަނީ. ލަދުކޮބާ؟؟
ޔަގީން
21 February 2017
މީ ޒުވާނުން ބަރުވެރި ކުރުވާފައި، ހަމައިގައި ތިބެން ނުޖެހިފައި، ޖަލުގެ ތޭރިތަކުގެ ބިއްދޮށަށް ދާން ނުޖެހޭނެ ކަމުގެ "ޔަގީން" ކަން ލިބިފައި ވާތީ ކަންހިނގާނެ ގޮތް. ހުރި ހިތާމައެއްގެ ބޮޑުކަމާ.
ކައުންސެލަރު
21 February 2017
އަތުމޮޔަ ހަދަނީދޯ!!! ކޮން ކަމެއްދެން އަޅެ
އަލީ
21 February 2017
ވަރަށް މޮޔަ ސޮރެއް ތިކަން ތިކުރީ. އެއްވެސް ބާރެއްނެތް އުމުރުން ދުވަސްވީ މުސްކުޅިއަކަށް ތިފަދަ ކަމެއް ކުރާނީ މޮޔައެއް.