ރަށެއްގެ ދަނޑެއްގައި މީހަކު މަސައްކަތް ކުރަނީ: ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލް މިއަދު ވަނީ ތަސްދީގު ކުރައްވާފައި --- ފޮޓޯ/މިހާރު
23 މެއި 2024 - 20:15
ރާއްޖެއަށް ކާބޯތަކެތި އެތެރެ ކުރުމުގެ ކުރަން ހުއްދަ ދިނުމުގެ ކުރިން އެ ތަކެތި ޓެސްޓުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ބާރު ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
އެ ބިލް މަޖިލީހަށް ހުށަހެޅީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު އެވެ. ނަމަވެސް، ކޮމިޓީ މަރުހަލާގައި ދިގުދެންމުމަށްފަހު އެ ބިލް ފާސްކުރީ މި މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި، މި މަހުގެ 13 ވަނަ ދުވަހެވެ.
އެ ގާނޫނުގެ ދަށުން ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި ރާއްޖެއަށް އިމްޕޯޓުކުރާ އަދި ރާއްޖެއިން އެކްސްޕޯޓު ކުރާ ކާބޯތަކެއްޗަކީ ރައްކާތެރި އަދި ސިއްހަތަށް ފައިދާހުރި އަދި އާންމު ސިއްހަތަށް ގެއްލުންނުވާ ފަދަ ތަކެތިކަން ކަށަވަރުކުރުމަށްޓަކައި ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި ރައްކާތެރިކަން ދެމެހެއްޓުމާ ގުޅޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅާނެ އެވެ.
އޭގެ އިތުރުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި އެ ތަކެއްޗަކީ އިންސާނުން ބޭނުންކުރުމަށް ސިއްހީގޮތުން އެކަށީގެންވާ ރައްކާތެރި ތަކެތިކަން އެނގޭނެ އުސޫލުތަކާއި މިންގަނޑުތައް ވެސް އާއްމުކުރަންޖެހޭނެ އެވެ.
އެ ބިލް ރައީސް މިއަދު ތަސްދީގު ކުރެއްވިޔަސް، އެ ގާނޫނަށް އަމަލު ކުރަން ފަށާނީ މިއަދުން ފެށިގެން ތިން މަސް ފަހުންނެވެ. މި ގާނޫނާ ހިލާފުވެއްޖެނަމަ، އެ އަމަލެއްގެ ކުޑަބޮޑު މިނަށް ބަލާ، 10،000ރ. އާއި 750،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އޮވެ އެވެ.
ހެލްތު މިނިސްޓްރީން މިދިޔަ ހަފުތާގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ އެ ގާނޫނަށް އަމަލުކުރަން ފެށުމުން ރާއްޖެއަށް އެތެރެކުރެވެނީ ރައްކާތެރި ކާބޯތަކެތިކަން ޔަގީން ކުރެވޭނެ ކަމަށެވެ.
ރާއްޖެއަށް މިހާރު ގެންނަ ކާބޯތަކެތި ޓެސްޓުކުރަނީ ރެންޑަމްކޮށެވެ. ނަމަވެސް، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނަށް އަމަލުކުރަން ފެށުމުން، ކެއުމާއި ބުއިމުގައި ބޭނުންކުރާ ހުރިހާ ބާވަތެއް ދެން ރާއްޖެ އެތެރެކުރެވޭނީ ޓެސްޓުކުރުމަށްފަހު އެވެ. އެއާއެކު، ރާއްޖޭގައި ދަނޑުވެރިން ހައްދާ ތަކެތި ޓެސްޓުކުރުމުގެ މަޝްވަރާތައް ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުގީ
24 May 2024
ރައީސް ތިކުރެއްވީ ވަރަށް މުހިންމު ކަމެއް. ދެން މާރުކޭޓުގަ ވިއްކާ މަސްވެސް ތާޒާކޮއްލިބޭނެ. މިހާރު ހަދާގޮތަކީ ކޮންމެސްވަރަކަށް ފިނި ކުނިފެންގަޑެއްގަ ބަހައްޓާފަ އަނެއްދުވަހު ވިއްކަނީ އެމަސް. ހެސްކިޔާފަ ބެކްޓީރިޔާ ހުންނާނެ. މުއިއްޒު ހަމަ ތަފާތު.
މަގުމަތީ މީހާ
24 May 2024
މިއޮތީ އަނެއްކާވެސް ހަމަ ދުންފަތުގެ ޤާނޫނު އަދި ހަމަ ތިމާވެށީގެ ޤާނޫނާ އެއްފެންވަރެއްގެ ޤާނޫނެއް ތަސްދީގުކޮށްފަ. ނުވާނެ އެއްކަމެއްވެސް މިސާލު ނިމިދިޔަ ހަފުތާގަ ހުއްދަނެތި ކާބޯތަކެތި ވިއްކާމީހުންނަށް އެކަމުގެ ހިއްވަރުދިނުމުގެ އިނާމުދިނީ.
އަލީ ވަހީދު ކަރާބެ
24 May 2024
އެމް.އެފްޑީއޭ އަށް ތިކަން ވާނެތަ، ތިތަނަށް ހުއްދަ ހޯދަން ފޯމް ލާގެން ނަގާ 5 މަސް ހުއްދައެއް ދޭން، ތިތަނަށް ކަމަށް ޤާބިލް ވަޒީފާއަށް ޤާބިލް މީހުން ލާ، އެހެން ނޫނީ މިތާ މީހުން ބަޑަށް ޖެހޭނީ
ސަންފަ އަލީ
24 May 2024
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލް ތަސްދީޤް ކުރުމަކުން އަދި ނުފުދޭ. މިއޮތް ގަދަ ވިއްސާރައިގަ ރަށްރަށް ދަތުރުކުރާ ބޯޓްތައް އެހުރީ މާލޭގައި އަދި ރަށުގައި ތަށިވެފައި. ޒަރޫރީ އައިޓްތައް ރަށްރަށުން މިހާރު އެދަނީ ހުސްވަމުން. މީގެ ތެރޭގައި ކާއްކާ ގޭސް، ކާޑު، ފިޔާ އަލުވި ފަދަ ތަކެތި ހިމެނޭ. މިކަން ސަރުކާރުން ދުރާލާ ކައުންސިލްތައް މެދުވެރިކޮށް ބައްލާވާ ހައްލުކޮށް ދެއްވުން އެދެން. މޫސުން ލަފާކޮށްފައިވާގޮތުން ކުރިއަށް މިއޮތް ހަފްތާވެސް ވިއްސާރަވާނެ.
ޓިން ޓިން
23 May 2024
ބިލު ފާސްކޮށްފާ ބިލުގާ އޮތް އެއްޗެއް ތަންފީޒުކުރެވޭތޯ ބަލާތި.
ރަންނަ
24 May 2024
ނުކެރޭނެ ކުރާކަށް. ވަރަށް ކެރިގެން މިބުނީ